އައި-ޕްލޭހައުސްއެމްވީގައި ކުއްޖަކު ކުޅެނީ-- ފޮޓޯ/ އައި-ޕްލޭހައުސްއެމްވީ
ހަބަރު
08 Dec 2022 | 12:25
މާލޭގައި ކުޑަކުދިންގެ އިންޑޯ ޕްލޭގްރައުންޑެއް ހުޅުވައިފި

މިދިޔަ ނޮވެމްބަރު މަހުގެ 5 ވަނަ ދުވަހު ގަލޮޅު، ބުރުމަގު ކަށިމާ ހިނގުން ކަންމަތީގައި އައި-ޕްލޭހައުސްއެމްވީގެ ނަމުގައި ކުޑަކުދިންގެ އިންޑޯ ޕްލޭ ގްރައުންޑެއް ހުޅުވައިފިއެވެ.

1.5 އަހަރާއި 10 އަހަރާއި ދެމެދުގެ ކުދިންނަށް ހާއްސަ ކުޅޭ ސާމާނާއިއެކު ހުޅުވި ޕްލޭ ހައުސްއަކީ އެކި އުމުރުފުރާގެ ކުދިންނަށް ހާއްސަކޮށްގެން ހެލިފެލިވެ އުޅުމަށް ބާރުއެޅޭގޮތަށް ބައްޓަންކޮށްފައިވާތަނެކެވެ. މި އިމާރާތުގެ ފުރަތަމަ ފަންގިފިލާ ހާއްސަކޮށްފައިވަނީ ކުޑަކުދިންގެ ތަފާތު އިލްމާއި ހުނަރަށް ހާއްސަކޮށްގެން ހިންގޭ ޕްރޮގްރާމްތައް ކުރިއަށްގެންދިއުމަށެވެ.

އައި-ޕްލޭހައުސްއެމްވީގެ އިންޑޯ ޕްލޭ ގްރައުންޑަަކީ ގްރައުންޑް ފްލޯގައި ހުންނަތަނެކެވެ. ބެލެނިވެރިންނަށް އައި-ޕްލޭހައުސްއެމްވީއިން ލިބޭ އެއްމެ ބޮޑު ލުއިފަސޭހައަކީ ކުދިން ކުޅެލުމަށް އައި-ޕްލޭހައުސްއެމްވީގެ ބެލުމުގެ ދަށުގައި ބަހައްޓާފައިދެވޭގޮތަށްއޮންނައޮތުމެވެ. މަސައްކަތުގެ މާހައުލުގައި ބުރަކޮށް އުޅޭ ބެލެނިވެރިންނަށާ، އެކި އެކި ބޭނުމަށް އެކި ތަންތަނަށް ދާންޖެހޭ ބެލެނިވެރިންނަށް، ކުދިން އައި-ޕްލޭހައުސްގެ ބެލުމުގެ ދަށުގައި ކުޅެލަން ބެހެއްޓެއެވެ.

މީގެ އިތުރުންވެސް، ބެލެނިވެރިން ބޭނުންނަމަ، އިތުރު ފީއަކާނުލާ ބެލެނިވެރިންނަށްވެސް ކުދިންނާއެކު އައިސް އައި-ޕްލޭހައުސްއެމްވީ ޕޭރަންޓް ކޯނަރގައި މަޑުކޮށްލެވޭގޮތަށް ތަނުގެ އިންތިޒާމުވަނީ ހަމަޖެހިފައެވެ. މާލޭގައި ކުޑަ ތަންތަންކޮޅުގައި ދިރިއުޅެންޖެހިފައިވާއިރު، މިފަދަ ޕްލޭގްރައުންޑަކީ ބެލެނިވެރިން އަދި ކުދިންގެވެސް ޖިސްމާނީ އަދި ނަފްސާނީ ދުޅަހެޔޮކަމަށް އެހީތެރިވެދޭނެ ހިދުމަތެކެވެ. މި ޕްލޭގްރައުންޑްގެ ބޭނުން ގަޑިއިރަކަށް އަދި މަހަކަށްވެސް ބޭނުންކުރެވޭ ޕެކޭޖްތައް ހުންނައިރު، މިތަން ބޭނުންކުރުމަށްޓަކައި ކުރީބައިގަ-ބުކިންގް ހަދާކަށްނުޖެހެއެވެ.

އައި-ޕްލޭހައުސްއެމްވީގައި ކުއްޖަކު ކުޅެނީ-- ފޮޓޯ/ އައި-ޕްލޭހައުސްއެމްވީ

މި ޕްލޭ ގްރައުންޑް ހުޅުވިފައި ހުންނަނީ ބުރާސްފަތި، ހޮނިހިރުގައި ހެނދުނު 09:00 އިން ރޭގަނޑު 20:00 އަށެވެ. ހުކުރު ދުވަހު ހެނދުނު 09:00 އިން 11:00 އަށް އަދި މެންދުރުފަހު 14:00 އިން ރޭގަނޑު 20:00 އަށެވެ. ހަފްތާގެ އެހެނިހެން ދުވަސް ދުވަހު ހެނދުނު 09:00 އިން އިރު އޮއްސި 18:00 އަށެވެ. މި ޕްލޭގްރައުންޑް ކްލާސް ޕާޓީ، އުފަންދުވަހުގެ ޕާޓީ، އާއިލީ އެއްވުންތަކަށާއި އަދި ބައެއް ޕްރީ ސްކޫލްތަކުގެ ޕްލޭގްރައުންޑްގޮތުގައިވެސް ދަނީ ޕްރައިވެޓް ބުކިންގް ހެދުމަށްފަހު ބޭނުންކުރަމުންނެވެ. ޕްރައިވެޓް އިވެންޓްތަކަށް ބޭނުންކުރުމަށް ޕްރީ-ބުކިންގް ހެދޭގޮތަށް އައި-ޕްލޭހައުސްއެމްވީއިންވަނީ ހަމަޖައްސާފައެވެ.

އައި-ޕްލޭހައުސްއެމްވީގެ އިންޑޯ ޕްލޭގްރައުންޑްގެ އިތުރުން 1.5 އިން ފެށިގެން 10 އަހަރާދެމެދުގެ ކުދިންނަށް ތަފާތުއެކި ކްލާސްތައް އައި-ޕްލޭހައުސްއެމްވީގައި ހިންގައެވެ. މިގޮތުން 1.5 އާއި 3 އަހަރާދެމެދުގެ ޕްލޭ އެންޑް ލަރން ކްލާހުގެ ޖާގަ މިހާރުވަނީ ފުރިފައިކަމަށް އައި-ޕްލޭހައުސްއެމްވީއިން މައުލޫމާތުދެއެވެ. 3 އަހަރާއި 10 އަހަރާއި ދެމެދުގެ ކްލާސްތައް ބަހާލެވިފައިވަނީ ހަފްތާއަކު 3 ދުވަހު، ހަފްތާއަކު 5 ދުވަހު، އަދި ހޮނިހިރު ދުވަހުގެ ގަޑިތަކަށެވެ. ހެނދުނު 9 އިން ފެށިގެން ހަވީރު 6 އަކަށް ކްލާސްތައް ހުންނަނީ ޝެޑިއުލްކޮށްފައެވެ. މި ކްލާސްތަކުގެ އަމާޒަކީ ލިޔުމާއި ކިޔުމާއި ދޭހަވުމާއި،ހިސާބާއި،އާޓް، އެކަކު އަނެކަކާއި މުއާމަލާތްކުރުމާއި، ހެލިފެލިވެއުޅުމާއި އަދި މި ނޫންވެސް ދަރިވަރުންގެ މެދުގައި އިލްމީ ގާބިލިއްޔަތުކަން އިތުރުކޮށް ހުނަރު ތަރައްގީކުރުމެވެ. 

އައި-ޕްލޭހައުސްއެމްވީއިން މިހާރުވަނީ ސްކޫލް ބަންދުގެ ތެރޭގައި ހިންގުމަށް 3 އަހަރާއި 10 އަހަރުގެ ކުދިންނަށް ހާއްސަކޮށްގެން އައި-ކިޑް ޝެފް، އައި-ޖޫނިއަރ ޑިޒައިނަރ، އައި-ސައިންޓިސްޓް، އައި-ފަސްޓްއައިޑަރ އަދި އައި-ޕްރޮއެންވިރޯގެ ގޮތުގައި ހަފްތާއަކަށް ހިންގޭ ޕްރޮގްރާމްތަކެއް ތައާރަފްކޮށް ރެޖިސްޓްރީކުރަން ހުޅުވާލާފައެވެ. މި ޕްރޮގްރާމްތަކުގައި ބައިވެރިވުމަށް ރަޖިސްޓްރީކުރަން އައި-ޕްލޭހައުސްއެމްވީގެ އިންސްޓަގްރާމް، ފޭސްބުކް އަދި ހޮޓްލައިން 7754563 އަށް މެސެޖްކުރެވޭނެކަމަށް އައި-ޕްލޭހައުސްއެމްވީއިން މައުލޫމާތުދެއެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
12 Oct 2026
70 އަހަރުން މަތީގެ ހުރިހާ ފަރާތްތަކަށް ޙައްޖުވުމަށް ފުރުސަތު ދެނީ
ޙައްޖުގެ މަތިވެރި އަޅުކަން އަދާކުރުމަށް ފައިސާ ދައްކައި، ޙައްޖު ކިއުއިން ޖާގަ ލިބުނުތާ 3 އަހަރުވެފައިވާ ޢުމުރުން 70 އަހަރުން މަތީގެ ހުރިހާ ފަރާތްތަކަށް، ކުރިއަށް އޮތް 1448 ވަނަ އަހަރުގެ ޙައްޖުގެ އަޅުކަން އަދާކުރުމަށް ފުރުސަތު ދިނުމަށް ސަރުކާރުން ނިންމައިފިއެވެ.
12 Oct 2026
ވަޠަނީ ޚިދުމަތުގެ ފަންނީ ތަމްރީނުގެ 3 ވަނަ ބެޗު ފަށައިފި
ބ.ކިހާދޫގައި ޤާއިމުކޮށްފައިވާ އެމްއެންޑީއެފް ސުކޫލް އޮފް އިންޖިނިއަރިންގ އެންޑް ލޮޖިސްޓިކްސް ގައި 16 ހަފުތާގެ މުއްދަތަށް ކުރިއަށްގެންދާ މި ފަންނީ ތަމްރީނު ޕްރޮގްރާމުގައި، ރާއްޖޭގެ 17 އަތޮޅެއްގެ 44 ރަށަކަށް ނިސްބަތްވާ ޒުވާނުން ބައިވެރިވެއެވެ. އޭގެ ތެރޭގައި ހިމެނެނީ 64 ފިރިހެން އަދި 20 އަންހެން ދަރިވަރުންނެވެ.
12 Oct 2026
އަނބިކަނބަލުން ޖަލުގައި؛ ރާޖަޕަކްސާ ހޮސްޕިޓަލުގައި އެޑްމިޓްކޮށްފި
ސްރީ ލަންކާގެ ކުރީގެ ރައީސް މަހިންދަ ރާޖަޕަކްސާގެ އަނބި ކަނބަލުން ޖަލުގައި ހުއްޓާ ކޮލަމްބޯގެ އަމިއްލަ ހޮސްޕިޓަލެއްގައި އޭނާ އެޑްމިޓްކޮށްފިއެވެ.
12 Oct 2026
ބަންގްލަދޭޝް މީހުންނަށް ފައިސާ ފޮނުވަން ފަސޭހަ ކުރުމަށް ތިން ހުށަހެޅުމެއް
ދިވެހިރާއްޖޭގައި މަސައްކަތްކުރާ ބަންގްލަދޭޝް ރައްޔިތުންނަށް ފައިސާ ފޮނުވުން ފަސޭހަކުރުމަށް ބަންގްލަދޭޝް ބޭންކުން ތިން ހުށަހެޅުމެއް ހުށަހަޅައިފިއެވެ. މި ހުށަހެޅުންތަކުގެ ތެރޭގައި ދިވެހި ރުފިޔާ ބޭނުންކުރުމާއި، ދަތުރުފަތުރާ ގުޅޭ މުއާމަލާތްތަކާއި، ދެގައުމުގެ މެދުގައި ކަރަންސީ ސްވޮޕް އެގްރީމަންޓެއް ހެދުން ހިމެނެއެވެ.
12 Oct 2026
ހ. ގެއަކުން ގިނަ ބަނގުރާ ކޭސް އަތުލައިގެންފި
މާލެ ތެރެއަށް ބަނގުރާ ފޯރުކޮށްދޭ ކަމުގެ މަޢުލޫމާތަކާ ގުޅިގެން ހ. މާދޫގެ ކޯޓު އަމުރެއްގެ ދަށުން ފާސްކޮށް، ގިނަ ޢަދަދެއްގެ ބަނގުރާ ކޭސް އަތުލައިގަނެ ދެ ބިދޭސީއަކު ހައްޔަރުކޮށްފިއެވެ.
12 Oct 2026
ހޫޘީން ސައުދީ އެއާޕޯޓަށް ދިން ހަމަލާއާ ގުޅޭ ވީޑިއޯއެއް
ސަޢޫދީ ޢަރަބިއްޔާގެ ރިޔާޟްގައި ހުންނަ ކިންގް ޚާލިދު ބައިނަލްއަޤްވާމީ އެއާޕޯޓަށް ހޫޘީ ހަނގުރާމަވެރިން މި އޮކްޓޯބަރު މަހުގެ 10 ވަނަ ދުވަހު ދިން ހަމަލާގެ ވަގުތު ދައްކުވައިދޭ ސީސީޓީވީ ފުޓޭޖް އަލް ޢަރަބިއްޔާ ނެޓްވޯކުން އާއްމުކޮށްފިއެވެ.
12 Oct 2026
މަސްތުގެ ހާލަތުގައި ހުރެ، ނުރައްކާތެރިކޮށް ސައިކަލު ދުއްވި މީހާ 30 ދުވަހަށް ބަންދުކޮށްފި
މީނާއަކީ ތަކުރާރުކޮށް އެއްގަމު އުޅަނދު ދުއްވުމުގެ ގާނޫނާއި ގަވާއިދުތަކާ ޚިލާފުވެފައިވާ މީހެއް ކަމަށާއި އޭނާ 44,000 ރުފިޔާގެ ޓްރެފިކް ޖޫރިމަނާ ނުދައްކައި އޮތްކަން ފުލުހުން އޭރު ވަނީ ފާހަގަކޮށްފައެވެ.
12 Oct 2026
ބޭންކަށް ލޯނު ފައިސާ ދައްކަން ކޯޓުން ވަލީދާއަށް ޙުކުމްކޮށްފި
ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) އިން ނަގާފައިވާ "ލުއި އެކްސްޕްރެސް" ލޯނެއްގެ ފައިސާ އާއި ކްރެޑިޓް ކާޑަށް ދައްކަންޖެހޭ ގިނަ އަދަދެއްގެ ފައިސާ ދައްކާފައި ނުވާތީ އެފައިސާ ބޭންކަށް ދެއްކުމަށް ކުރީގެ ޑެޕިއުޓީ މިނިސްޓަރު ވަލީދާ ވަލީދު އަށް ސިވިލް ކޯޓުން ޙުކުމްކޮށްފިއެވެ. މި ޙުކުމް ކުރީ މިމަހު 11 ވަނަ ދުވަހުއެވެ.