ޕީޕީއެމްގެ ނައިބު ރައީސް ޑރ.މުހައްމަދު މުޢިއްޒު އާއި އިދިކޮޅު ރިޔާސީ ކެންޑިޑޭޓް ރައީސް ޔާމީން އަބްދުލްގައްޔޫމް - ފޮޓޯ: ރައީސް އޮފީސް
ހަބަރު
09 Dec 2022 | 12:53
ޤައުމު ސަލާމަތްކުރަން ބޭނުންވާނަމަ ރައީސް ޔާމީންއާއި ޤައުމު ހަވާލުކުރަންޖެހޭ: ޑރ. މުޢިއްޒު

އިސްލާމް ދީނާއި ޤައުމުގެ މިނިވަންކަމާއި މެދު ވިސްނާ ޤައުމު ސަލާމަތްކުރަން ބޭނުންވާނަމަ 2023 ވަނަ އަހަރުގެ ރިޔާސީ އިންތިޚާބުގަ ރައީސް ޔާމީންއަށް ޤައުމު ހަވާލުކުރަންޖެހޭ ކަމަށް ޕީޕީއެމްގެ ނައިބު ރައީސް ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.

ޕީޕީއެމްގެ ޖަގަހަ ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން ޑރ.މުޢިއްޒު ވަނީ ރައީސް ޔާމީންގެ ސަރުކާރާއި ރައީސް ސޯލިހުގެ ސަރުކާރުގެ ތަފާތުތައް ބަޔާންކޮށްދެއްވާފައެވެ.

މުޢިއްޒު ވިދާޅުވީ ދެސަރުކާރުގެ ތަރައްޤީގެ ތަފާތު ރައްޔިތުންނަށް މިހާރު އިޙުސާސު ކުރެވޭނެކަމަށެވެ.

އެހޮތުން، މުއިއްޒު ވިދާޅުވީ ރައީސް ޔާމީންގެ ވެރިކަމުގެ ދައުރަށް ހަތަރު އަހަރު ފުރި، 2017 ވަނަ އަހަރުގެ ޑިސެމްބަރު އައިއިރު ސިނަމާލެ ބްރިޖު ޕްރޮޖެކްޓުގެ 70 ޕަސެންޓު އޮތީ ނިމިފައި ކަމަށެވެ. ނަމަވެސް މި ސަރުކާރުން އަޅާ ތިލަމާލެ ބްރިޖުގެ އެއް ޕަސެންޓުވެސް އަދި ނުނިމޭ ކަމަށެވެ.

"އެހެންވީމަ މީ ރައީސް ޔާމީންގެ ތަރައްގީއަށް، އެ ލީޑަރޝިޕަށް މި ގައުމު މިހާރު ބޭނުންވެފައި އޮތް ވަރު ދޭހަކޮށްދޭ ހަމަ ކުޑަކުޑަ އެހެންނަމަވެސް މުހިންމު މިސާލެއް،" މުއިއްޒު ވިދާޅުވި އެވެ.

"މީ ދެވަނަ ފަހަރަށް ތަހަންމަލް ކުރެވޭނެ ފަދަ ވެރިކަމެއް ނޫން. ދީނާ ގައުމަށް ވިސްނާނަމަ، ގައުމު ސަލާމަތް ކުރަން ބޭނުންވާނަމަ އެބަޖެހޭ ރައީސް ޔާމީނަށް މިއަންނަ އަހަރު އިންތިހާބުގައި ގައުމު ހަވާލުކުރަން."

މިއާއިއެކު ޑރ. މުޢިއްޒު ވިދާޅުވީ މިވެރިކަމަކީ ދިވެހި ރައްޔިތުންނަށް ހެދުނު ގޯހެއް ކަމަށާއި، އޭގެ ސަބަބުން ފަސް އަހަރުގެ ތަރައްގީ ގެއްލިގެން ގޮސްފައިވާއިރު، މި ހެދުނު ގޯސް ކުރިއަށްއޮތްތަނުގައި ރަނގަޅު ކުރުމުގެ މަސައްކަތް ކުރެއްވުމަށް އިލްތިމާސް ކުރައްވާފައެވެ.

ކޮމެންޓް
ފުޅި
ނެތޭ ނެތޭ ތިކަންވާކަށް! ވައްކަމަށް އާއެކޭ ބުނެވޭކަށް ނެތޭ! ވައްކަމާ މަ ދެކޮޅު!
09 Dec 2022
ގުޅޭ ލިޔުންތައް
03 Aug 2026
ޑްރަގް ހުރި 26 ސެލޯފިންކޮޅާއެކު ޒުވާނަކު ހައްޔަރު ކޮށްފި
މި ތަކެތީގެ ވަގުތީ ބަރުދަނަކީ 24.80 ގުރާމެވެ.
03 Aug 2026
އެއްވެސް ރިސޯޓެއްގެ ހެޑް ލީސް ވިއްކާލާލާކަށް ނޫޅެން: އެމްޓީޑީސީ
އެމްޓީޑީސީގެ މުއާމަލާތްތަކުގެ އެންމެހާ މައުލޫމާތުތައް ހިއްސާދާރުންނަށް ހިއްސާކުރަމުންދާނޭކަމުގެ ޔަގީންކަން ދެމުން އެކުންފުނިން ވަނީ، ލިސްޓުކުރުމުގެ ގަވާއިދުގައި ބަޔާންކޮށްފައިވާ ހުރިހާ ކަމެއް އެކުންފުނިން ކުރަމުންދާނީ ހާމަކަމާއެކުގައިކަމަށް ބުނެފައެވެ.
03 Aug 2026
ކޮރަޕްޝަން ހުއްޓުވަން އޭސީސީ އާއި ސްޓެލްކޯއާ ދެމެދު އެއްބަސްވުމެއް
މި ފަހުމުނާމާގެ ދަށުން ދެ ފަރާތުގެ މެދުގައި ފަންނީ އެހީތެރިކަން ބަދަލުކުރުމާއި، ދެ ފަރާތުން ގުޅިގެން ކުރާ މަސައްކަތްތަކުގައި ވަސީލަތްތައް ހިއްސާކުރުން ވެސް ހިމެނެ އެވެ.
03 Aug 2026
ޑީއެންއާރުގެ ކައުންޓަރުތަކަށް 17 އަހަރު، ޒަމާނީ ފެންވަރަށް ތަރައްގީ ކުރަނީ
ޑީއެންއާރުގެ މިހާރުގެ ކައުންޓަރުން ހިދުމަތް ދެމުންދާތާ 17 އަހަރުވީ އެވެ.
03 Aug 2026
ވަޒީފާއާބެހޭ ޓްރައިބިއުނަލްގެ ނައިބު ރައީސަކަށް މަމްދޫހް އައްޔަނުކޮށްފި
ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު، ވަޒީފާއާބެހޭ ޓްރައިބިއުނަލްގެ ނައިބު ރައީސް ކަމަށް، މއ. އެރަލްސީ، އަޙްމަދު މަމްދޫހް ޢައްޔަން ކުރައްވައިފި އެވެ.
03 Aug 2026
ޔުއެފާގެ އިންޒާރެއް އިންފަންޓީނޯއަށް، ޤާނޫނީ ފިޔަވަޅު އަޅަންޖެހިދާނެ
މީޑިއާގެ ބައެއް ރިޕޯޓްތައް ބުނާގޮތުގައި ވިލާތުގެ ބައެއް ޤައުމުތަކުން ވަނީ އިންފަންޓީނޯ މަގާމުން ވަކުކުރުމުގެ މަސައްކަތްވެސް ފަށާފައެވެ. ނަމަވެސް މިހާތަނަށް އިންފަންޓީނޯ މަގާމުން އިސްތިއުފާ ދިނުމުގެ އެއްވެސް އިޝާރާތެއް ދީފައެއް ނުވެއެވެ
03 Aug 2026
ވެހިކަލް ފީ މާލެ ސިޓީ ކައުންސިލް ބަޖެޓުން އުނިކުރަން އެދިއްޖެ
އެއްގަމު އުޅަނދުތަކުގެ އަހަރީ ފީގެ ގޮތުގައި މާލޭ ސިޓީ ކައުންސިލަށް ލިބޭ ފައިސާ އެ ކައުންސިލުގެ ބަޖެޓުން އުނިކޮށް ސަރުކާރަށް ލިބޭނެ އިންތިޒާމެއް ހަމަޖެއްސެވުމަށް ހައުސިން ވުޒާރާގެ ވަޒީރު ޑރ. ޢަބްދުالله މުއްޠަލިބު އެދިވަޑައިގެންފިއެވެ.
03 Aug 2026
އުފެއްދުންތެރިކަމުގެ ޤައުމީ މައުރަޒުގައި އިންސާފްކޮށްދޭނޭ ފަނޑިޔާރުން ހޯދަނީ
ޝަރުތުތަކުގެ ތެރޭގައި ވާދަކުރުމުގެ ބައިގައި އެއްވެސް ގިންތިއަކުން ވާދަކުރާ ފަރާތެއް ކަމުގައި ނުވުމާއި، ފަނޑިޔާރުކަން ކުރުމަށް ހުށަހަޅާ ގިންތީގައި ވާދަކުރާ ފަރާތަކާއި އާއިލީ ގުޅުމެއް އޮތް ފަރާތެއް ނުވަތަ ވިޔާފާރީގެ މަސްލަހަތު އޮތް ފަރާތެއްކަމުގައި ނުވުމެވެ. މީގެ އިތުރުންވެސް އިތުރު ޝަރުތުތައް ހިމެނޭ