ދީން
09 Dec 2022 | 13:14
މުސްލިމު އަޚާގެ ބޭނުންތައް ފުއްދައި ދިނުމުން ޤިޔާމަތް ދުވަހު، ﷲ ތިމާގެ ބޭނުން ފުއްދައިދޭނެ: ޚުތުބާ

ތިމާގެ މުސްލިމް އަޚާ، ކާނެ ބޯނެ އެއްޗެއް ނެތިފައި، ނުވަތަ ލާނެ އާފޭރާމެއް ނެތިފައި، ނުވަތަ ޙަޔާތުގެ މުހިއްމު ބޭނުމެއް ނުފުދިފައި ހުއްޓައި، އޭނާގެ ބޭނުން ފުއްދައިދީފިނަމަ، ޤިޔާމަތްދުވަހު މާތްﷲ ތިމާގެ ބޭނުންތައް ފުއްދަވައި ދެއްވާނެ ކަމަށް މިއަދުގެ ޚުތުބާގައި ބުނެފިއެވެ. 

"އިސްލާމްދީނަކީ އެކުވެރިކަމުގެ ދީން" މައުޟޫއަށް މިއަދު ގެނެސްދިން ޚުތުބާގައި ބުނީ، އަޅުގަނޑުމެން މުސްލިމުންނަކީ، އެއްބަނޑު އެއްބަފާ އުޚުއްވަތްތެރި ބަޔަކަށް ވީހިނދު، އެކަކު އަނެކަކަށް ދިމާވާ ކަންކަމުގައި އެހީތެރިވެ ހެއު ފޯރުވުމަކީ ވެސް އިސްލާމީ އުޚުއްވަތްތެރިކަމުގެ ވަރަށް މުހިއްމު ކަމެއް ކަމަށެވެ.

އެގޮތުން އެކަކުގެ ބޭނުންތައް ދަނެ، ތިމާގެ އަމިއްލަ ޙަޔާތް ބާއްޖަވެރިކުރަން އެދޭ ފަދައިން ތިބާގެ މުސްލިމް އަޚާގެ ޙަޔާތަށް އާރޯކަމާއި ބާއްޖަވެރިކަން ގެނައުމަށް މަސައްކަތްކުރަން ޖެހޭ ކަމަށްވެސް ޚުތުބާގައި ބުނެފައިވެއެވެ.

"ތިމާގެ މުސްލިމް އަޚާ، ކާނެ ބޯނެ އެއްޗެއް ނެތިފައި، ނުވަތަ ލާނެ އާފޭރާމެއް ނެތިފައި، ނުވަތަ ޙަޔާތުގެ މުހިއްމު ބޭނުމެއް ނުފުދިފައި ހުއްޓައި، އޭނާގެ ބޭނުން ފުއްދައިދީފިނަމަ، ޤިޔާމަތްދުވަހު މާތްﷲ ތިބާގެ ބޭނުންތައް ފުއްދަވައި ދެއްވާނެއެވެ." މިއަދުގެ ޚުތުބާގައި ބުނެފައިވެއެވެ.

މިއާއެކު ޚުތުބާގައި ބުނީ، ކޮންމެ އިންސާނަކީވެސް އެހެން މީހުންގެ އެހީތެރިކަމާއި އަޅައިލުން ބޭނުންވާނެ މީހެއް ކަމަށެވެ. ވުމާއެކު، މުޞީބާތާއި ތަކުލީފުގެ ވަގުތުގައި، އެހެން މީހުންގެ ހިތާމަތަކުގައި ބައިވެރިވާންޖެހެއެވެ. އެފަދަ ވަގުތުތަކުގައި އެ މީހުންނަށް އެހީތެރިވެ، އަޅާލުމަކީ އަޅުގަނޑުމެންގެ މައްޗަށް ވާޖިބު ކަމެއް ކަމަށާ، އެއީ އީމާންކަން ފުރިހަމަވުމުގެ ރަމްޒެއްގެ އިތުރުން މުއުމިނުންގެ ސިފައެއް ކަމަށްވެސް ޚުތުބާގައި ބުނެފައިވެއެވެ. 

ކޮމެންޓް
ގުޅޭ ލިޔުންތައް
28 Jul 2026
ޖަޕާނަށް ރިކްޓަރ މިންގަނޑުން 7.1 ގެ ބާރުގަދަ ބިންހެލުމެއް އަތުވެއްޖެ
ޖަޕާނުގެ ހުޅަނގު ދެކުނު ސަރަހައްދަށް ރިކްޓަރ މިންގަނޑުން 7.1 ގެ ބާރުގަދަ ބިންހެލެއް އަތުވެއްޖެއެވެ. މި ބިންހެލުމާ ގުޅިގެން ނެރުނު ސުނާމީގެ އިންޒާރު، އެ ޤައުމުގެ މީޓިއޮރޮލޮޖިކަލް އެޖެންސީން މިހާރު ވަނީ ކަނޑާލައިފައެވެ.
28 Jul 2026
ސްޕޯޓްސް ކޯޕަރޭޝަން އުވާލިއިރު، ގެއްލުން 43 މިލިއަން ރުފިޔާއަށްވުރެ މަތީގައި
ޕޯޓްސް ކޯޕަރޭޝަން އުވާލާފައިވަނީ އެކުންފުންޏަށް ލިބެމުންދިޔަ ގެއްލުންތަކާއެކު، ކުންފުނިން ދެމެހެއްޓެނިވި ގޮތެއްގައި އާމްދަނީ ހޯދޭނެ މަގެއް ނެތުމުގެ ސަބަބުންނެވެ.
28 Jul 2026
އެސްބީއައިގެ ލޯނެއް ނުދައްކައިގެން ނ. މާވެލާވަރު ވިއްކާލަނީ
ސްޓޭޓް ބޭންކް އޮފް އިންޑިއާ (އެސްބީއައި) އިން އަތަމާ އިންވެސްޓްމަންޓް ޕްރައިވެޓް ލިމިޓެޑަށް ދޫކޮށްފައިވާ ލޯނަކަށް ރަހުނުކޮށްފައިވާ ނ. މާވެލާވަރު، 111.6 މިލިއަން އެމެރިކާ ޑޮލަރަށް ނީލަމުގައި ވިއްކާލުމަށް އިޢުލާންކޮށްފިއެވެ.
28 Jul 2026
ފެނަކައިގެ އޮޑިޓް: ކޮރަޕްޝަނާއި މަނީލޯންޑަރިންގެ ތަހުގީގު ހިންގަން އެދެން ފާސްކޮށްފި
ނިމިދިޔަ ސަރުކާރުގައި ފެނަކަ ކޯޕަރޭޝަނުން އައްޑޫ ސިޓީގައި ހިންގި މަޝްރޫއުތަކުގައި ކޮރަޕްޝަނާއި މަނީ ލޯންޑަރިންއަށް މަގުފަހިވާ ގޮތަށް ކަންކަން ހިނގާފައިވާތީ، އެ މައްސަލަތައް ފުލުހުން މެދުވެރިކޮށް ތަހުގީގު ކުރުމަށް ރައްޔިތުންގެ މަޖިލީހުން ފާސްކޮށްފިއެވެ.
28 Jul 2026
އެކްސިޑެންޓް ވުމުން ފިލި ދޯނި 18 ދުވަސް ވީއިރުވެސް ނުފެނޭ
މި މަހުގެ ނުވަ ވަނަ ދުވަހުގެ ރޭ މާލެ ކައިރީ ކަނޑުމަތީ ހިނގި އެކްސިޑެންޓަށް ފަހު، މަޑުނުކޮށް ދިޔަ އުޅަނދު އަދިވެސް ނުފެންނަ ކަމަށާއި އެ އުޅަނދު ހޯދުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށް ފުލުހުން މިއަދު ބުނެފިއެވެ.
28 Jul 2026
ޖޭއެންޑްޖޭއިން ކެންސަރުޖެހޭ މައްސަލަ ހައްލުކުރުމަށް 5.5 ބިލިއަން ޑޮލަރު
އެމެރިކާގެ މަޝްހޫރު ކުންފުނި، ޖޯންސަން އެންޑް ޖޯންސަން (ޖޭ.އެންޑް.ޖޭ) އިން އުފައްދާ ބޭބީ ޕައުޑަރު ބޭނުންކޮށްގެން ކެންސަރު ޖެހިފައިވާ ކަމަށް ބުނެ އުފުލާފައިވާ އެތައް ހާސް ދައުވާތަކެއް ހައްލުކުރުމަށް 5.5 ބިލިއަން އެމެރިކާ ޑޮލަރު ދިނުމަށް އެ ކުންފުނިން ހުށަހަޅައިފިއެވެ.
28 Jul 2026
ރިނިއުބަލް އެނާޖީ އެޖެންސީގެ ދާއިމީ މަންދޫބަކަށް ޠާރިޤު އައްޔަންކުރަން މަޖިލީހަށް
އިންޓަނޭޝަނަލް ރިނިއުބަލް އެނާޖީ އެޖެންސީގެ ދާއިމީ މަންދޫބަކަށް، ކުރީގެ ތިމާވެއްޓާ ބެހޭ ވަޒީރު ޠާރިޤު އިބްރާހީމް އައްޔަންކުރަން ރުހުން ހޯދުމަށް މަޖިލީހަށް ފޮނުއްވައިފިއެވެ.
28 Jul 2026
އިންޑިއާގެ އެންމެ ރަނގަޅު އެއާޕޯޓުން އެއްވެސް ފްލައިޓެއް އޮޕަރޭޓް ނުކުރޭ
ޖުލައި އަދި އޮގަސްޓް މަހު އެއްވެސް ފްލައިޓެއް މި އެއާޕޯޓަށް ދަތުރުނުކުރާއިރު، މި ނަތީޖާއާއެކު އިންޑިއާގެ އޭވިއޭޝަން ސިނާއަތުގެ ގިނަ ބައެއްގެ މެދުގައި ވަނީ ސުވާލުތަކެއް އުފެދިފައެވެ. ކުރިން މި އެއާޕޯޓުން ދިއްލީ އަދި ވަރަނާސީއަށް ދަތުރުތައް ކުރި ނަމަވެސް، މިހާރު އެ ދަތުރުތައް ވަނީ މެދުކަނޑާލާފައެވެ.