ގްރެފިކްސް: ނަސޭހަތް
ހަބަރު
09 Dec 2022 | 21:19
ޑިޖިޓަލް ކޮންޓެންޓް ހަދާ ފަރާތްތަކަށް "ނަސޭހަތް" ގެ ޚާއްސަ ހަދިޔާއެއް

ޑިޖިޓަލް ކޮންޓެންޓް ހަދާ ފަރާތްތަކަށް "ނަސޭހަތް" ޖަމިއްޔާއިން ވަރަށް ޚާއްސަ ހަދިޔާއެއް ފޯރުކޮށްދީފިއެވެ.

ދީނީ އެކިއެކި ވީޑިއޯ ތަކާއި އެނޫންވެސް ވީޑިއޯ ތައްޔާރުކުރާ ފަރާތްތަކަށް، މިއުޒިކް ފްރީ ބެކްގްރައުންޑް އަޑުތަކެއް ފޯރުކޮށްދިނުމުގެ މަގުސަދުގައި ނަސޭހަތް ޖަމިއްޔާއިން މިވަނީ ހައިކޮލިޓީ، ބެކްގްރައުންޑް ސައުންޑް ތަކެއް ނެރެފައެވެ. "ފްރީ އިސްލާމިކް ބެކްގްރައުންޑް ސައުންޑް 2022" ގެ ނަމުގައި ނަސޭހަތުން މިއަދު ނެރުނު މި ޕެކުގައި ޖުމުލަ 39 ސައުންޑް ޓްރެކް ހިމެނެއެވެ. އަދި މިހުރިހާ ސައުންޑް ޓްރެކް އެއްވެސް ހިލޭ ޑައުންލޯޑު ކޮށްގެން ބޭނުން ކުރުމުގެ ފުރުސަތު ރާއްޖެއާއި ބޭރު ގައުމުގެވެސް އެންމެހާ ފަރާތްތަކަށް ހުޅުވާލެވިފައިވާ ކަމަށް އެ ޖަމިއްޔާ އިން ބުނެއެވެ.

މީގެ އިތުރުން ނަސޭހަތުން ބުނީ، މިވަގުތަށް 39 ސައުންޑް ޓްރެކްސް ނެރެފައި ވީނަމަވެސް އުއްމީދަކީ ކުރިއަށް އޮތް ތަނުގައި އިތުރު ޓްރެކްސް ނެރެ، ޖުމުލަ 100 ބެކްގްރައުންޑް ތައްޔާރުކުރުން ކަމަށެވެ. 

ނަސޭހަތް ޖަމިއްޔާއިން އުފައްދާފައިވާ މި މިއުޒިކް ފްރީ ސައުންޑް ޓެރެކް ތަށް ތައްޔާރުކުރުމަށް ވަރަށް ގިނަ ފަރާތްތަކުން މާލީ ގޮތުންނާއި އެނޫންވެސް ގޮތް ގޮތުން އެހީވެފައިވާ ކަން ފާހަގަކޮށް، އެޖަމިއްޔާއިން ވަނީ އެ ހުރިހާ ފަރާތްތަކަށް ވަރަށް ބޮޑަށް ޝުކުރު އަދާކޮށްފައެވެ.

މި ޕްރޮޖެކްޓް ގެ އިތުރުން ވެސް ނަސޭހަތް ޖަމިއްޔާއިން މިނޫންވެސް އެތައް ޕްރޮޖެކްޓެއް މިހާރުވެސް އަންނަނީ ހިންގަމުންނެވެ. އެގޮތުން، "އާބާރް އެމްވީ" އާއި ގުޅިގެން ފެނަށް ބޭނުންޖެހިފައިވާ މުސްލިމު އާއިލާ އަކަށް ފެންވަޅެއް ހަދިޔާ ކުރުމުގެ ފުރުސަތު އާއްމުންނަށް ވަނީ ހުޅުވާލާފައެވެ.

މި ޕްރޮޖެކްޓް ގެ ދަށުން، އިންޑިއާ އަދި ނޭޕާލްގައި -/5000 ރުފިޔާއަށް ފެންވަޅެއް ބިނާ ކުރެވޭ އިރު، ބަންގްލަދޭޝްގައި -/6500 ރުފިޔާއަށް އަދި ރޮހިންޖާ ރެފިއުޖީ ކޭމްޕެއްގައި -/7500 އަށް ފެންވަޅު ބިނާކުރެވޭނެއެވެ. ނަސޭހަތް ޖަމިއްޔާއާއި ގުޅިގެން އެ ތަންތަނުގައި ފެންވަޅު ބިނާ ކުރަން ބޭނުންވާ ފަރާތްތަކުން ނަސޭހަތުގެ ފޭސްބުކް ޕޭޖަށް މެސެޖު ކުރުމުން ނުވަތަ 7478882 ގުޅާލުމުން އެކަމާއި ގުޅޭ އިތުރު މައުލޫމާތު ލިބިގެންދާނެކަމަށްވެސް އެ ޖަމިއްޔާ އިން ބުނެއެވެ.

ފެންވަޅު ޕްރޮޖެކްޓާއި އެކު، ރަށްރަށުގައި ދީނީ ހޭލުންތެރިކަން އިތުރުކުރުމަށް، އާއްމު ތަންތަނުގައި ހަރުކުރާ ކެންވަސް ހެދުމުގެ މަސައްކަތް ވެސް އެ ޖަމިއްޔާ އިން އަންނަނީ ކުރަމުންނެވެ. މިފަދަ އެތައް ޚިދުމަތް ތަކެއް ދީނީ ރޮގުން ކުރަމުންދާއިރު، މި ޕްރޮޖެކްޓް ތަކާއި އެ ނޫންވެސް ކުރިއަށް ހުރި ޕްރޮޖެކްޓް ތަކަށް މާލީގޮތުން އެހީ ފޯރުކޮށްދިނުމަށް އަންނަނިވި އެކައުންޓަށް ފައިސާ ޖަމާކުރުމަށް އެ ޖަމިއްޔާ އިން އެދެއެވެ. މި ގޮތުން އެ ޖަމިއްޔާއަށް ލިބޭ އެންމެހައި ފައިސާވެސް ހޭދަކުރަމުންދާނީ ދީނީ ހޭލުންތެރިކަން އިތުރުކުރުމަށް ކުރަމުންގެންދާ މަސައްކަތްތަކަށް ކަމަށްވެސް ނަސޭހަތުން ބުނެއެވެ.

ބީ.އެމް.އެލް އިސްލާމިކް އެކައުންޓު: 7770000085163

އެކައުންޓް ނަން: NASEYHAI

ނަސޭހަތަކީ އާއްމުންގެ މެދުގައި ދީނީ ހޭލުންތެރިކަން އިތުރުކުރުމުގެ ގޮތުން 2013 ވަނަ އަހަރުން ފެށިގެން ހަރަކާތްތެރިވަމުން އަންނަ ޖަމިއްޔާއެކެވެ. އެގޮތުން އެ ޖަމިއްޔާގެ އިންސްޓަގްރާމް ޕޭޖާއި، ފޭސްބުކް، ޓުވީޓާ, ވައިބާ, ޓެލެގްރާމް އަދި ޔޫޓިއުބް ޗެނަލް މެދުކޮށްވެސް ދީނީ އެކި ޕޯސްތަކާއި ވީޑިއޯ ކްލިޕް ތައް އަންނަނީ އާއްމުންނަށް ފޯރުކޮށްދެމުންނެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
12 Oct 2026
70 އަހަރުން މަތީގެ ހުރިހާ ފަރާތްތަކަށް ޙައްޖުވުމަށް ފުރުސަތު ދެނީ
ޙައްޖުގެ މަތިވެރި އަޅުކަން އަދާކުރުމަށް ފައިސާ ދައްކައި، ޙައްޖު ކިއުއިން ޖާގަ ލިބުނުތާ 3 އަހަރުވެފައިވާ ޢުމުރުން 70 އަހަރުން މަތީގެ ހުރިހާ ފަރާތްތަކަށް، ކުރިއަށް އޮތް 1448 ވަނަ އަހަރުގެ ޙައްޖުގެ އަޅުކަން އަދާކުރުމަށް ފުރުސަތު ދިނުމަށް ސަރުކާރުން ނިންމައިފިއެވެ.
12 Oct 2026
ވަޠަނީ ޚިދުމަތުގެ ފަންނީ ތަމްރީނުގެ 3 ވަނަ ބެޗު ފަށައިފި
ބ.ކިހާދޫގައި ޤާއިމުކޮށްފައިވާ އެމްއެންޑީއެފް ސުކޫލް އޮފް އިންޖިނިއަރިންގ އެންޑް ލޮޖިސްޓިކްސް ގައި 16 ހަފުތާގެ މުއްދަތަށް ކުރިއަށްގެންދާ މި ފަންނީ ތަމްރީނު ޕްރޮގްރާމުގައި، ރާއްޖޭގެ 17 އަތޮޅެއްގެ 44 ރަށަކަށް ނިސްބަތްވާ ޒުވާނުން ބައިވެރިވެއެވެ. އޭގެ ތެރޭގައި ހިމެނެނީ 64 ފިރިހެން އަދި 20 އަންހެން ދަރިވަރުންނެވެ.
12 Oct 2026
އަނބިކަނބަލުން ޖަލުގައި؛ ރާޖަޕަކްސާ ހޮސްޕިޓަލުގައި އެޑްމިޓްކޮށްފި
ސްރީ ލަންކާގެ ކުރީގެ ރައީސް މަހިންދަ ރާޖަޕަކްސާގެ އަނބި ކަނބަލުން ޖަލުގައި ހުއްޓާ ކޮލަމްބޯގެ އަމިއްލަ ހޮސްޕިޓަލެއްގައި އޭނާ އެޑްމިޓްކޮށްފިއެވެ.
12 Oct 2026
ބަންގްލަދޭޝް މީހުންނަށް ފައިސާ ފޮނުވަން ފަސޭހަ ކުރުމަށް ތިން ހުށަހެޅުމެއް
ދިވެހިރާއްޖޭގައި މަސައްކަތްކުރާ ބަންގްލަދޭޝް ރައްޔިތުންނަށް ފައިސާ ފޮނުވުން ފަސޭހަކުރުމަށް ބަންގްލަދޭޝް ބޭންކުން ތިން ހުށަހެޅުމެއް ހުށަހަޅައިފިއެވެ. މި ހުށަހެޅުންތަކުގެ ތެރޭގައި ދިވެހި ރުފިޔާ ބޭނުންކުރުމާއި، ދަތުރުފަތުރާ ގުޅޭ މުއާމަލާތްތަކާއި، ދެގައުމުގެ މެދުގައި ކަރަންސީ ސްވޮޕް އެގްރީމަންޓެއް ހެދުން ހިމެނެއެވެ.
12 Oct 2026
ހ. ގެއަކުން ގިނަ ބަނގުރާ ކޭސް އަތުލައިގެންފި
މާލެ ތެރެއަށް ބަނގުރާ ފޯރުކޮށްދޭ ކަމުގެ މަޢުލޫމާތަކާ ގުޅިގެން ހ. މާދޫގެ ކޯޓު އަމުރެއްގެ ދަށުން ފާސްކޮށް، ގިނަ ޢަދަދެއްގެ ބަނގުރާ ކޭސް އަތުލައިގަނެ ދެ ބިދޭސީއަކު ހައްޔަރުކޮށްފިއެވެ.
12 Oct 2026
ހޫޘީން ސައުދީ އެއާޕޯޓަށް ދިން ހަމަލާއާ ގުޅޭ ވީޑިއޯއެއް
ސަޢޫދީ ޢަރަބިއްޔާގެ ރިޔާޟްގައި ހުންނަ ކިންގް ޚާލިދު ބައިނަލްއަޤްވާމީ އެއާޕޯޓަށް ހޫޘީ ހަނގުރާމަވެރިން މި އޮކްޓޯބަރު މަހުގެ 10 ވަނަ ދުވަހު ދިން ހަމަލާގެ ވަގުތު ދައްކުވައިދޭ ސީސީޓީވީ ފުޓޭޖް އަލް ޢަރަބިއްޔާ ނެޓްވޯކުން އާއްމުކޮށްފިއެވެ.
12 Oct 2026
މަސްތުގެ ހާލަތުގައި ހުރެ، ނުރައްކާތެރިކޮށް ސައިކަލު ދުއްވި މީހާ 30 ދުވަހަށް ބަންދުކޮށްފި
މީނާއަކީ ތަކުރާރުކޮށް އެއްގަމު އުޅަނދު ދުއްވުމުގެ ގާނޫނާއި ގަވާއިދުތަކާ ޚިލާފުވެފައިވާ މީހެއް ކަމަށާއި އޭނާ 44,000 ރުފިޔާގެ ޓްރެފިކް ޖޫރިމަނާ ނުދައްކައި އޮތްކަން ފުލުހުން އޭރު ވަނީ ފާހަގަކޮށްފައެވެ.
12 Oct 2026
ބޭންކަށް ލޯނު ފައިސާ ދައްކަން ކޯޓުން ވަލީދާއަށް ޙުކުމްކޮށްފި
ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) އިން ނަގާފައިވާ "ލުއި އެކްސްޕްރެސް" ލޯނެއްގެ ފައިސާ އާއި ކްރެޑިޓް ކާޑަށް ދައްކަންޖެހޭ ގިނަ އަދަދެއްގެ ފައިސާ ދައްކާފައި ނުވާތީ އެފައިސާ ބޭންކަށް ދެއްކުމަށް ކުރީގެ ޑެޕިއުޓީ މިނިސްޓަރު ވަލީދާ ވަލީދު އަށް ސިވިލް ކޯޓުން ޙުކުމްކޮށްފިއެވެ. މި ޙުކުމް ކުރީ މިމަހު 11 ވަނަ ދުވަހުއެވެ.