އާރްޓީއެލް ފެރީއަކަށް މީހުން އަރުވަނީ - ފޮޓޯ: ޕްލޭނިންގ މިނިސްޓްރީ
ވިޔަފާރި
11 Dec 2022 | 10:07
އާރްޓީއެލް ޅ.އަތޮޅުގެ ދަތުރުތަކުން އަގު ނަގަން ފަށައިފި

ރާއްޖެ ޓްރާންސްޕޯޓް ލިންކް، އާރް.ޓީ.އެލްގެ ޚިދުމަތް ޒޯން 2 ގައި ހިމެނޭ ޅ. އަތޮޅުގައި އަގުނަގައިގެން ދޭން ފަށައިފިއެވެ.

އާރް.ޓީ.އެލްގެ ޚިދުމަތް ޒޯން 2 ގައި ހިމެނޭ ޅ. އަތޮޅުގައި ފަށާފައިވަނީ މިދިޔަ މަހު 16 ގައެވެ. އަދި އެމަހު 17 އިން 20 އަށް އެންމެ ފުރަތަމަ ކުރިއަށް ގެންގޮސްފައިވަނީ ފެރީތަކުގެ ޓެކްނިކަލް ޓެސްޓު ދަތުރުތަކެކެވެ. މި ދަތުރުތަކަށްފަހު، އާއްމުން މި ޚިދުމަތަށް އަހުލުވެރިކުރުމުގެ ގޮތުން ހިލޭ ދަތުރުކުރުމުގެ ފުރުޞަތު ހުޅުވާލީ މިދިޔަމަހުގެ 21 ވަނަ ދުވަހުއެވެ.

ކުރިން ހަމަޖައްސާފައިވަނީ މިދިޔަމަހުގެ 27 އާއި ހަމައަށް މި ދަތުރުތައް ކުރިއަށްގެންދިއުމަށެވެ. އަދި ނޮވެމްބަރު 28 އިން ފެށިގެން އަގު ނަގާގޮތަށެވެ. ނަމަވެސް އެ މުއްދަތު ފަހުން ޕްލޭނިންގ މިނިސްޓްރީން ވަނީ އިތުރުކޮށްދީފައެވެ. 

ރަސްމީކޮށް އަގު ނަގައިގެން ދަތުރުތައް ފެށުމާއެކު، ކައުންސިލް މެދުވެރިކޮށް ފެރީގެ ޖާގަ ދޫކުރުން ހުއްޓާލެވޭނެއެވެ. އަދި އާރް.ޓީ.އެލްގެ ވެބްސައިޓް އަދި ޓްރެވަލް އެޕް ޓިކެޓް ގަތުމަށް ބޭނުންކުރެވޭނެކަމަށް އެމް.ޓީ.ސީ.ސީން ބުނެއެވެ.

ޅ. އަތޮޅުގައި އާރް.ޓީ.އެލްގެ ފެރީ ޚިދުމަތުގެ އަގުތައް އުޅެނީ 35 ރުފިޔާއާއި 125 ރުފިޔާއާއި ދެމެދުގައެވެ.

ފެރީ ދަތުރުތައް ޅ.އަތޮޅުގެ ހުރިހާ ރަށްތަކަށް ދަތުރުކުރާ އިރު ޖުމުލަ ތިން ރޫޓަކުން ދަތުރު ކުރުމަށް ވަނީ ހަމަޖެހިފައެވެ. އެގޮތުން ދަތުރުކުރާ ޅ އަތޮޅުގެ ރަށް ރަށުން ޅ. މަޑިވަރުގައި ގާއިމްކޮށްފައިވާ އެއާޕޯޓްއަށް ވެސް އާރްޓީއެލް ފެރީގެ ދަތުރުތައް ކުރާނެއެވެ.

އެމް.ޓީ.ސީ.ސީން އާރްޓީއެލް ފެރީގެ ހިދުމަތް ރަސްމީކޮށް ޖޫން 12 ގައި ފެށި އިރު، ފުރަތަމަ ފެށީ ޒޯން 1 ގައި ހިމެނޭ އަތޮޅުތަކުގެ ތެރެއިން ހއ. އަތޮޅުންނެވެ. އޭގެ ފަހުން ހދ.، އަދި ށ. އަތޮޅަށް ފެރީގެ ދަތުރުތައް ވަނީ ފަށައިފަ އެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
13 Sep 2026
ޤަތަރު އެއާވޭޒްއިން ރާއްޖެއަށް ކުރާ ދަތުރުތައް އިތުރުކުރަނީ
މި ބަދަލާއެކު، ގަތަރުގެ ހަމަދު އިންޓަނޭޝަނަލް އެއާޕޯޓް މެދުވެރިކޮށް ރާއްޖެއަށް ދުވާލަކު ތިން ފްލައިޓް އޮޕަރޭޓް ކުރާނެއެވެ.
13 Sep 2026
ވިއްސާރައިގައި އައްޑޫގެ އިތުރު ގެތަކަކަށް ބޮޑެތި ގެއްލުންތަކެއް
މިހާރު ރާއްޖެއަށް ކުރަމުންދާ ވިއްސާރައިގައި ދެކުނުގެ އަތޮޅުތަކަށް ބޯކޮށް ވާރޭވެހި، ފެންބޮޑުވުމުގެ ސަބަބުން ބޮޑެތި ގެއްލުންތަކެއް ލިބެމުންދާ ކަމަށް ނޭޝަނަލް ޑިޒާސްޓާ މެނޭޖްމަންޓް އޮތޯރިޓީ (އެންޑީއެމްއޭ) އިން ހާމަކޮށްފިއެވެ.
13 Sep 2026
އެމްބާޕޭގެ ގޯލްތަކާއެކު ރެއާލް މެޑްރިޑުން، ރަޔޯ ވަޔެކާނޯ ބަލިކޮށް ދެވަނައަށް
13 Sep 2026
ސަންޑަލޭންޑް ބަލިކޮށް އާސެނަލް މޮޅުވުމުގެ ސިލްސިލާ ކުރިއަށް
ސަންޑަލޭންޑް މެޗުން ލިބުނު މޮޅާއެކު އާސެނަލް މިހާރު އޮތީ ތާވަލުގެ އެއްވަނައިގައި ތިން ޕޮއިންޓުގެ ލީޑަކާއެކުގައެވެ. ދެވަނައިގައި އޮތް މެންޗެސްޓާ ސިޓީ މިއަދު މެންޗެސްޓާ ޔުނައިޓެޑާ ދެކޮޅަށް ނުކުންނާނެއެވެ
13 Sep 2026
އިސްލާމްދީނަކީ ރާއްޖޭގެ ޤައުމީ ބިންގާ: ރައީސް މަޢުމޫން
އިސްލާމް ދީނަކީ ދިވެހިރާއްޖޭގެ ޤައުމީ ބިންގާ ކަމަށާ އެ ދީން ދޫކޮށްލައިގެން ފަރު ނުޖެއްސޭނެ ކަމުގައި ކުރީގެ ރައީސުލްޖުމްހޫރިއްޔާ އަލްއުސްތާޛު މަޢުމޫން ޢަބްދުލްޤައްޔޫމް ގޮވާލައްވައިފިއެވެ.
13 Sep 2026
އަރިދަފުސް ރޯގާ އާއި ބޭރަށްހިންގުން އިތުރުވަނީ
ރާއްޖޭގައި މި ދުވަސްވަރު އަރިދަފުސް ރޯގާ، ހޮޑުލުން އަދި ބޭރަށްހިންގުމުގެ ކޭސްތައް އިތުރުވަމުންދާތީ، އެކަމަށް ސަމާލުވެ ރައްކާތެރިކަމުގެ ފިޔަވަޅުތައް އެޅުމަށް ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން އިލްތިމާސްކޮށްފިއެވެ.
13 Sep 2026
އައްޑޫ ލިންކު ރޯޑުގެ ހާލަތު ގޯސްވެ، ޒަރޫރީ ބޭނުންތަކަށް މެނުވީ މަގަށް ނުނިކުތުމަށް އެދިއްޖެ
އައްޑޫ ސިޓީއަށް މިހާރު ކުރަމުންދާ ވިއްސާރައިގެ ސަބަބުން އައްޑޫ ލިންކް ރޯޑުގެ ހާލަތު އިތުރަށް ގޯސްވެ، ނުރައްކާތެރި ހާލަތަކަށް ގޮސްފައިވާތީ، ޒަރޫރީ ބޭނުންތަކަށް މެނުވީ އެ މަގުގައި އުޅަނދުފަހަރު ނުދުއްވުމަށް އައްޑޫ ސިޓީ ކައުންސިލުން އިލްތިމާސްކޮށްފިއެވެ.
13 Sep 2026
ހާޓް އެޓޭކް ޖެހޭ މީހުންގެ ލޭގައި މައިކްރޯޕްލާސްޓިކް ހުންނަ މިންވަރު އިތުރު
ނުރައްކާތެރި ބާވަތުގެ ހާޓް އެޓޭކެއް ކަމަށްވާ "އެސްޓީ-އެލިވޭޝަން މައޮކާޑިއަލް އިންފާކްޝަން" (ސްޓެމީ) ޖެހޭ މީހުންގެ ހިތުގެ ލޭހޮޅިތަކުގައި، އާދައިގެ ސިއްހަތެއްގައި ހުންނަ މީހުންނާއި ހިތުގެ އެހެނިހެން ދާއިމީ ބަލިތައް ހުންނަ މީހުންނަށް ވުރެ މައިކްރޯޕްލާސްޓިކާއި ނެނޯޕްލާސްޓިކް ހުންނަ މިންވަރު އިތުރުކަން އައު ދިރާސާއަކުން ދައްކައިފިއެވެ.