އިންތިގާލީ އިންސާފުގެ އޮފީހުން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގެ ތެރެއިން/ ފޮޓޯ: ޕީއެސްއެމް
ހަބަރު
11 Dec 2022 | 12:49
އިންތިގާލީ އިންސާފުގެ އޮފީހަށް ހުށައެޅި މައްސަލަތައް އަންނަ އަހަރުގެ މެދުތެރެއަށް ނިންމަނީ

އިންތިޤާލީ އިންސާފުގެ އޮމްބަޑްސްޕަރސަންގެ އޮފީހަށް ހުށަހެޅިފައިވާ މައްސަލަތައް އަންނަ އަހަރުގެ މެދުތެރެއަށް ނިންމާލުމަށް މަސައްކަތް ކުރަމުންދާކަމަށް އެއޮފީހުން ބުނެފިއެވެ. 

އިންތިޤާލީ އިންސާފުގެ އޮމްބަޑްސްޕަރސަންގެ އޮފީހުގެ އިޚްތިޞާޞްގެ ތެރެއިން ބެލުމަށް ނިންމާފައިވަނީ 455 މައްސަލައެކެވެ. މީގެ ތެރެއިން މިހާތަނަށް 111 މައްސަލައެއްގެ ތަޙުޤީޤުކޮށް ވަނީ ނިންމާލާފައެވެ.

އިންތިޤާލީ އިންސާފު އޮފީހުން ބުނީ މިހާރު ތަހުގީގް ކުރަމުންދާ މައްސަލަތައް ނިންމައި އަންނަ އަހަރުގެ މެދުތެރެއަށް ހުރިހާ މައްސަލައެއް ނިންމުމަށް އެ އޮފީހުން އަމާޒުކޮށްފައިވާކަމަށެވެ.

އިންތިޤާލީ އިންސާފުގެ އޮފީހުން ހާމަކޮށްފައިވާގޮތުގައި ޤައުމީ މަސްލަހަތުގެ މައްސަލައިގެ ގޮތުގައި އެ އޮފީހުން 7 މައްސަލައެއް ތަހުގީގުކުރެއެވެ.

އޭގެ ތެރޭގައި ތިނަދޫއިން މީހުން ބޭލި މައްސަލައިގެ އިތުރުން، ކުރީގެ ރައީސް އަލްއަމީރު މުޙައްމަދު ދީދީ ދެކޮޅަށް ލާއިންސާނީ އަމަލުތަކެއް ހިންގާ އަސާސީ ހައްގުތަކުން މަހްރޫމްކޮށް، އިންސާފުވެރި ޝަރީޢަތެއް ހިންގުމަށް ފުރުޞަތު ނުލިބޭގޮތަށް ހިންގި އަމަލުތަކާއި ގުޅިގެން ހުށައެޅި މައްސަލައާއި، 2012 ވަނަ އަހަރުގެ ފެބުރުއަރީ މަހުގެ 5،6، އަދި 7ގައި ފުލުހުންނާއި އެމްއެންޑިއެފް އިން ޤައުމީ ޓީވީއަށް ވަދެ ޚިޔާލުފާޅުކުރުމާއި ދެކޮޅަށް ހިންގި އަމަލުތަކާއި، އެދުވަސްތަކުގައި އެއްވެ އުޅުމާއި ދެކޮޅަށް ހިންގި ލާއިންސާނީ އަމަލުތަކާ ދެކޮޅަށް ހުށައަޅާފައިވާ މައްސަލަ ހިމެނެއެވެ.

މީގެ އިތުރުން 2018 ވަނަ އަހަރުގެ ފެބުރުއަރީ 1އިން ފެށިގެން 1 އޭޕްރީލް 2018އަށް ޤާނޫނާ ޚިލާފަށް މީހުން ހައްޔަރުކޮށް އިންސާފްވެރި ޝަރީއަތުން މަހްރޫމްކޮށް އިންސާނީ ހައްގުތަކާ ޚިލާފަށް ހިންގި އަމަލުތަކާ ގުޅިގެން ވެސް ހުށައަޅި މައްސަލައާއި، 1 މެއި 2015 ގައި މާލޭގައި ބޭއްވި އެއްވުމާއި ގުޅިގެން، ސަލާމަތީ ބާރުތަކުން އިންސާނީ ހައްގުތަކާއި ޚިލާފަށް ހިންގި އަމަލުތަކާއި އަސާސީ ހައްގުތަކުން މަހްރޫމް ކުރުމަށް ހިންގި އަމަލުތަކައި ގުޅޭގޮތުން ހުށައަޅާފައިވާ މައްސަލައަކީވެސް އެ އޮފީހުން ޤައުމީ މަސްލަހަތު ހިމެނޭ މައްސަލައިގެ ގޮތުގައި ބަލަމުން އަންނަ މައްސަލަތަކެވެ.

އިންތިޤާލީ އިންސާފުގެ އޮފީހުން ބަލަމުން އަންނަ މަސައްސަލަތައް ނިންމުމަށް، އެ އޮފީހުގެ މުއްދަތު ރައީސުލްޖުމްހޫރިއްޔާ ވަނީ އިތުރުކޮށްދެއްވާފައެވެ.

އެގޮތުން އިންތިޤާލީ އިންސާފުގެ އޮމްބަޑްސްޕަރސަންގެ އޮފީހުގެ މުއްދަތު 17 ނޮވެންބަރު 2023 ގެ ނިޔަލަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް އިތުރުކޮށްދެއްވާފައިވެއެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
07 Oct 2026
ފަތުރުވެރިކަމާއި މަސްވެރިކަމުގައި ރާއްޖެ އާއި ބަންގްލަދޭޝް ގުޅިގެން މަސައްކަތްކުރަންޖެހޭ
މިނިސްޓަރު ވިދާޅުވީ، ދެމެހެއްޓެނިވި މަސްވެރިކަމާއި ފަތުރުވެރިކަން ކުރިއެރުވުމަށްޓަކައި ދެ ޤައުމު ގުޅިގެން މަސައްކަތް ކުރަންޖެހޭ ކަމަށެވެ
07 Oct 2026
ސައިކަލު ޖެހި ސީރިއަސް އަނިޔާވީ އެއް އާއިލާއެއްގެ ދެ މީހުންނަށް
ހުޅުމާލެ ފޭސް 2 ގައި ރޭ ދަންވަރު ނުރައްކާތެރި އެކްސިޑެންޓެއް ހިނގައި، ސީރިއަސް އަނިޔާތަކެއް ލިބުނު މީހުންގެ ތެރޭގައި އެއް އާއިލާއަކަށް ނިސްބަތްވާ ދެބެންގެދެދަރި ދެ ޒުވާނުން ހިމެނޭކަން ހާމަވެއްޖެއެވެ.
07 Oct 2026
ހުޅުމާލޭ ފްލެޓްތަކުގެ ދެބައިކުޅަ އެއްބައި މީހުން ކުލި ނުދައްކާ: ޒުހައިރު
ދިވެހިރާއްޖޭގެ އަޑުގެ "އަހާށޭ ބުނާނަން" ޕްރޮގްރާމުގައި ވާހަކަދައްކަވަމުން ޒުހައިރު ވިދާޅުވީ، އެ ކުންފުނިން ބެލެހެއްޓުމާ ހަވާލުވެފައިވާ ފްލެޓުތަކުގެ ތެރެއިން 50 އިންސައްތަ ފްލެޓުގެ ކުލި ނުލިބޭ ކަމަށެވެ. ކުލި ނުދެއްކެނީ ތަފާތު ސަބަބުތަކާ ހެދި މާލީ ދަތިކަން ދިމާވެގެން ކަމަށް އޭނާ ފާހަގަކުރެއްވިއެވެ.
07 Oct 2026
ލޭބަލްކުރުމުގެ ގަވާއިދަށް ވިޔަފާރިތައް އަހުލުވެރިކުރުމުގެ ސެޝަނެއް ބާއްވައިފި
އެޗްޑީސީއާއި އެމްއެފްޑީއޭ ގުޅިގެން ހުޅުމާލޭ ޓޭކްއެވޭ ވިޔަފާރިތަކަށް ކާބޯތަކެތި ބަންދުކުރުމާއި ލޭބަލްކުރުމުގެ އާ ގަވާއިދާ ބެހޭ މައުލޫމާތު ދިނުމުގެ ސެޝަނެއް ކުރިއަށް ގެންގޮސްފިއެވެ.
07 Oct 2026
ތަރައްގީގެ މަޝްރޫއުތައް ހަލުވިކުރުމަށް ކުންފުނިތަކުގެ ވެރިންނާ އެކު ކެބިނެޓުން މަޝްވަރާކޮށްފި
ރައީސް އޮފީހުން ބުނީ އެ ބައްދަލުވުމުގައި ރައީސްގެ ރިޔާސީ ވައުދުތަކާ ގުޅިގެން ހުރިހާ ރަށެއްގައި ކުރިއަށް ގެންދާ މަޝްރޫއުތަކާ ބެހޭ އެންމެ ފަހުގެ މައުލޫމާތު ހިއްސާކޮށް، ފުޅާ ދާއިރާއެއްގައި ހިޔާލު ބަދަލުކޮށްފައިވާ ކަމަށެވެ.
07 Oct 2026
ރަޝިޔާއިން ރޭ ޔޫކްރެއިނަށް ދިން ވައިގެ ހަމަލާތަކެއްގައި އެތައް ބަޔަކު މަރުވެއްޖެ
ޒެލެންސްކީ އެކްސްގައި ޝާއިއުކުރި ޕޯސްޓެއްގައި ބުނެފައިވާ ގޮތުގައި، ޗެރްނީހީވް ސަރަހައްދުގެ ޕްރައިލޫކީ ސިޓީގައި ފަސް ބުރީގެ އާންމުން ދިރިއުޅޭ އެޕާޓްމަންޓް އިމާރާތެއް ބިމާ ހަމަކޮށްލި ހަމަލާގައި ފަސް މީހުން މަރުވެ، 26 މީހަކަށް އަނިޔާ ލިބިފައިވެއެވެ. އަނިޔާވި މީހުންގެ ތެރޭގައި ފަސް ކުޑަކުއްޖަކު ހިމެނެއެވެ.
07 Oct 2026
ދަރަވަންދޫ ފަރުގެ މުރަކަ އާލާކުރުމުގެ ޕްރޮގްރާމެއް ފަށަނީ
ދިރާގާއި ސޮނެވާ ސީއެސްއެމް ގުޅިގެން ބ. ދަރަވަންދޫގެ ފަރުގެ މުރަކަ އާލާކުރުމަށް "ދިރުން" ޕްރޮގްރާމް ހިންގުމުގެ ޕާޓްނަރޝިޕެއް ޤާއިމުކޮށް، ކޮމިއުނިޓީ މުރަކަ ނާސަރީއެއް ޤާއިމުކުރުމަށް ރާވައިފިއެވެ.
07 Oct 2026
12 ކިލޯ މަސްތުވާތަކެއްޗާއެކު ދެ ދިވެހިން ބެންކޮކުން ހައްޔަރުކޮށްފި
ގިނަ އަދަދެއްގެ ކްރިސްޓަލް މެތް އަދި ކެނެބިސްއާއެކު ދެ ދިވެހި ފިރިހެނުން ތައިލެންޑުގެ ވެރިރަށް ބެންކޮކުން ހައްޔަރުކޮށްފިއެވެ. ބެންކޮކުގެ ނޫސްތަކުން ރިޕޯޓްކޮށްފައިވާ ގޮތުގައި މި މައްސަލައިގައި ހައްޔަރުކޮށްފައިވަނީ އުމުރުން 46 އަހަރުގެ އަލީ ރަޝީދު އަދި 34 އަހަރުގެ މުޙައްމަދު ވިސާމް އެވެ.