މެމްބަރު އުޝާމް މަޖިލީހުގެ ކޮމެޓީގައި/ ފޮޓޯ: މަޖިލިސް
ހަބަރު
11 Dec 2022 | 14:34
މި ސަރުކާރަކީ ވަރަށް ކޮރަޕްޓް ސަރުކާރެއް ކަމަށް ގިނަ ރައްޔިތުން ގަބޫލުކުރޭ: އުޝާމް

މި ސަރުކާރަކީ ކޮރަޕްޓު ސަރުކާރެއް ކަމަށް ރައްޔިތުންގެ ގިނަ ބަޔަކު ގަބޫލުކުރާކަމަށް ރައްޔިތުންގެ މަޖިލީހުގެ ވިލިމާލޭ ދާއިރާގެ މެމްބަރު އަހުމަދު އުޝާމު ވިދާޅުވެއްޖެއެވެ. 

އުޝާމު މިފަދައިން ވިދާޅުވެފައިވަނީ، ކޮރަޕްޝަންގެ ކިތަންމެ ކުޑަ އަމަލެއް ހިންގަންވެސް ރުހިވަޑައި ނުގަންނަވާކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހު ވިދާޅުވި ވިދާޅުމަށް ރައްދުދެއްވާ ކުރެއްވި ޓްވީޓެއްގައެވެ. 

ރައީސް ސޯލިހަށް ރައްދުދެއްވާ އުޝާމު ކުރެއްވި ޓްވީޓުގައި ވަނީ އެމަނިކުފާނަށް ގިނަ ސުވާލުތަކެއްވެސް އަމާޒު ކުރައްވާފައެވެ. 

ކޮރަޕްޝަންގެ އަމަލުތަކަށް ރުހިވަޑައި ނުގަންނަވާއިރު، ދައުވާލިބޭ ފަރާތްތަކާ، ކޮރަޕްޓަންގެ ބޮޑެތި ތުހުމަތުތަކުގައި ތަހުގީގު ކުރެވޭ ފަރާތްތައް މި ސަރުކާރުގެ ކެބިނެޓާއި ކުންފުނިތަކުގެ އެންމެ އިސް މަގާމުތަކުގައި ގިނަ އަދަދަކަށް ތިބެނީ ކީއްވެތޯ އުސާމު އެއްސެވިއެވެ. 

އެއާއެކު އޭނާ ވިދާޅުވީ މި ސަރުކާރަކީ މިހާތަނަށް އުފެދުުނު އެންމެ ކޮރަޕްޓު ސަރުކާރުކަމަށް ރައްޔިތުންގެ ގިނަ ބަޔަކު ގަބޫލުކުރާ ކަމަށެވެ. 

މި ސަރުކާރުގެ ތެރެއިން ފެންމަތިވި އެންމެ ބޮޑު ކޮރަޕްޝަންގެ މައްސަލައަކީ ކޯވިޑްގެ އެންމެ ނުރައްކާތެރި ހާލަތުގައި ފަރުވާދިނުމަށް ކަމަށް ބުނެ ވެންޓިލޭޓަރުތަކެއް ގަތުމުގެ ނަމުގައި ހިންގި ކޮރަޕްޝަނެވެ. 

މިހާތަނަށް އެ މައްސަލައާއި ގުޅިގެން އެއްވެސް މިހަކާއި މެދު ފިޔަވަޅު އަޅާފައި ނުވާއިރު، އެ ޚިޔާނާތުގެ ތެރެއިން ދައުލަތަށް ގެއްލުނު އެންމެ ރުފިޔާއެއްވެސް ހޯދިފައެއް ނުވެއެވެ. އަދި ގެންނަން ބުނި ވެންޓިލޭޓަރުތައްވެސް ގެނެވިފައެއް ނުވެއެވެ. 

ކޮމެންޓް
ގުޅޭ ލިޔުންތައް
07 Oct 2026
ފަތުރުވެރިކަމާއި މަސްވެރިކަމުގައި ރާއްޖެ އާއި ބަންގްލަދޭޝް ގުޅިގެން މަސައްކަތްކުރަންޖެހޭ
މިނިސްޓަރު ވިދާޅުވީ، ދެމެހެއްޓެނިވި މަސްވެރިކަމާއި ފަތުރުވެރިކަން ކުރިއެރުވުމަށްޓަކައި ދެ ޤައުމު ގުޅިގެން މަސައްކަތް ކުރަންޖެހޭ ކަމަށެވެ
07 Oct 2026
ސައިކަލު ޖެހި ސީރިއަސް އަނިޔާވީ އެއް އާއިލާއެއްގެ ދެ މީހުންނަށް
ހުޅުމާލެ ފޭސް 2 ގައި ރޭ ދަންވަރު ނުރައްކާތެރި އެކްސިޑެންޓެއް ހިނގައި، ސީރިއަސް އަނިޔާތަކެއް ލިބުނު މީހުންގެ ތެރޭގައި އެއް އާއިލާއަކަށް ނިސްބަތްވާ ދެބެންގެދެދަރި ދެ ޒުވާނުން ހިމެނޭކަން ހާމަވެއްޖެއެވެ.
07 Oct 2026
ހުޅުމާލޭ ފްލެޓްތަކުގެ ދެބައިކުޅަ އެއްބައި މީހުން ކުލި ނުދައްކާ: ޒުހައިރު
ދިވެހިރާއްޖޭގެ އަޑުގެ "އަހާށޭ ބުނާނަން" ޕްރޮގްރާމުގައި ވާހަކަދައްކަވަމުން ޒުހައިރު ވިދާޅުވީ، އެ ކުންފުނިން ބެލެހެއްޓުމާ ހަވާލުވެފައިވާ ފްލެޓުތަކުގެ ތެރެއިން 50 އިންސައްތަ ފްލެޓުގެ ކުލި ނުލިބޭ ކަމަށެވެ. ކުލި ނުދެއްކެނީ ތަފާތު ސަބަބުތަކާ ހެދި މާލީ ދަތިކަން ދިމާވެގެން ކަމަށް އޭނާ ފާހަގަކުރެއްވިއެވެ.
07 Oct 2026
ލޭބަލްކުރުމުގެ ގަވާއިދަށް ވިޔަފާރިތައް އަހުލުވެރިކުރުމުގެ ސެޝަނެއް ބާއްވައިފި
އެޗްޑީސީއާއި އެމްއެފްޑީއޭ ގުޅިގެން ހުޅުމާލޭ ޓޭކްއެވޭ ވިޔަފާރިތަކަށް ކާބޯތަކެތި ބަންދުކުރުމާއި ލޭބަލްކުރުމުގެ އާ ގަވާއިދާ ބެހޭ މައުލޫމާތު ދިނުމުގެ ސެޝަނެއް ކުރިއަށް ގެންގޮސްފިއެވެ.
07 Oct 2026
ތަރައްގީގެ މަޝްރޫއުތައް ހަލުވިކުރުމަށް ކުންފުނިތަކުގެ ވެރިންނާ އެކު ކެބިނެޓުން މަޝްވަރާކޮށްފި
ރައީސް އޮފީހުން ބުނީ އެ ބައްދަލުވުމުގައި ރައީސްގެ ރިޔާސީ ވައުދުތަކާ ގުޅިގެން ހުރިހާ ރަށެއްގައި ކުރިއަށް ގެންދާ މަޝްރޫއުތަކާ ބެހޭ އެންމެ ފަހުގެ މައުލޫމާތު ހިއްސާކޮށް، ފުޅާ ދާއިރާއެއްގައި ހިޔާލު ބަދަލުކޮށްފައިވާ ކަމަށެވެ.
07 Oct 2026
ރަޝިޔާއިން ރޭ ޔޫކްރެއިނަށް ދިން ވައިގެ ހަމަލާތަކެއްގައި އެތައް ބަޔަކު މަރުވެއްޖެ
ޒެލެންސްކީ އެކްސްގައި ޝާއިއުކުރި ޕޯސްޓެއްގައި ބުނެފައިވާ ގޮތުގައި، ޗެރްނީހީވް ސަރަހައްދުގެ ޕްރައިލޫކީ ސިޓީގައި ފަސް ބުރީގެ އާންމުން ދިރިއުޅޭ އެޕާޓްމަންޓް އިމާރާތެއް ބިމާ ހަމަކޮށްލި ހަމަލާގައި ފަސް މީހުން މަރުވެ، 26 މީހަކަށް އަނިޔާ ލިބިފައިވެއެވެ. އަނިޔާވި މީހުންގެ ތެރޭގައި ފަސް ކުޑަކުއްޖަކު ހިމެނެއެވެ.
07 Oct 2026
ދަރަވަންދޫ ފަރުގެ މުރަކަ އާލާކުރުމުގެ ޕްރޮގްރާމެއް ފަށަނީ
ދިރާގާއި ސޮނެވާ ސީއެސްއެމް ގުޅިގެން ބ. ދަރަވަންދޫގެ ފަރުގެ މުރަކަ އާލާކުރުމަށް "ދިރުން" ޕްރޮގްރާމް ހިންގުމުގެ ޕާޓްނަރޝިޕެއް ޤާއިމުކޮށް، ކޮމިއުނިޓީ މުރަކަ ނާސަރީއެއް ޤާއިމުކުރުމަށް ރާވައިފިއެވެ.
07 Oct 2026
12 ކިލޯ މަސްތުވާތަކެއްޗާއެކު ދެ ދިވެހިން ބެންކޮކުން ހައްޔަރުކޮށްފި
ގިނަ އަދަދެއްގެ ކްރިސްޓަލް މެތް އަދި ކެނެބިސްއާއެކު ދެ ދިވެހި ފިރިހެނުން ތައިލެންޑުގެ ވެރިރަށް ބެންކޮކުން ހައްޔަރުކޮށްފިއެވެ. ބެންކޮކުގެ ނޫސްތަކުން ރިޕޯޓްކޮށްފައިވާ ގޮތުގައި މި މައްސަލައިގައި ހައްޔަރުކޮށްފައިވަނީ އުމުރުން 46 އަހަރުގެ އަލީ ރަޝީދު އަދި 34 އަހަރުގެ މުޙައްމަދު ވިސާމް އެވެ.