މެޗުން ބަލިވުމުން ރޮނާލްޑޯ ރޮނީ
ކުޅިވަރު
12 Dec 2022 | 10:05
ރޮނާލްޑޯގެ އަސަރުން ފުރިގެންވާ މެސެޖެއް: އަހަރެންގެ އެ ހުވަފެން ވަޅުޖެހިއްޖެ

މިހާރު ޤަތަރުގައި ކުރިއަށްދާ ވޯލްޑްކަޕް ގައި، ކުއާޓާ ފައިނަލުގައި މޮރޮކޯ އާއި ބައްދަލުކުރި މެޗުގައި 1-0 އިން ޕޯޗުގަލް ބަލިވުމާއިއެކު، މި އަހަރުގެ ވޯލްޑްކަޕް ގެ ތަށި ހޯދުމަށް އެ ޓީމުން ދެކެމުންއައި ހުވަފެން ނިމުމަކަށް ވަނީ އައިސްފައެވެ. 

އެކަމާއި ގުޅިގެން، އެންމެ ބޮޑަށް ދެރަވެ ހިތާމަކުރި އެއް ކުޅުންތެރިއަކީ އެ ޓީމުގެ ހުނަރުވެރި އަދި ތަޖުރިބާކާރު ކުޅުންތެރިޔާ ކްރިސްޓިއާނޯ ރޮނާލްޑޯ އެވެ. އެކަން ދަނޑުމަތިން ވެސް އެންމެނަށް ފެނިގެން ދިޔައެވެ. 

ކުއާޓާ ފައިނަލްގެ އެ މެޗުގެ ފުރަތަަމަ އެގާރައިން ރޮނާލްޑޯ އަށް ޖާގަ ލިބިފައި ނުވާއިރު، ދެވަނަ ހާފުގައި މެޗަށް އަރައިވެސް، މޮރޮކޯ ކޮޅަށް ގޯލެއް ޖަހައި، ޕޯޗުގަލް އަށް ކާމިޔާބީ ހޯދައިދެވޭ ގޮތެއް ރޮނާލްޑޯ އަކަށް ނުވިއެވެ. އެއާއެކު މެޗު ނިމިގެންވެސް ދިޔައީ 1-0 ގެ ނަތީޖާއިން މޮރޮކޯ ކުރީގައި އޮވެއެވެ. 

މެޗުން ދަށް ވުމުން، ޕޯޗުގަލް ކުޅުންތެރިން ހިތާމަ ފާޅުކުރި އިރު، އެންމެ ގިނަ މީހުން ރޮއްވާލީ، ރޮނާލްޑޯ ރޮމުންދާ މަންޒަރު ފެނުމުންނެވެ. އުމުރުން ދޮށީ ވުމުގެ ސަބަބުން މިފަހަރު ގެ ވޯލްޑްކަޕު ގައިވެސް ބެންޗުގައި އިންނަން ޖެހިފައިވާއިރު، މިއީ އޭނާގެ އެންމެ ފަހު ވޯލްޑްކަޕް ކަމުން އޭނާ ގިނަ ހުވަފެންތަކެއް އައީ ދެކެމުންނެވެ. އެކަން ހާމަކޮށް އޭނާގެ ހުރިހާ އިހްސާސްތައް ބަނޑުންކޮށްލީ އިންސްޓަގްރާމް ގައި ކުރި އަސަރުގަދަ ޕޯސްޓަކުންނެވެ. 

ރޮނާލްޑޯ ގެ އެ ޕޯސްޓުގައި ބުނީ، ޕޯޗުގަލްއާ އެކު ވޯލްޑް ކަޕް ކާމިޔާބު ކުރުމަކީ ކެރިއަރުގައި އެންމެ ބޭނުންވި ކަންތައް ކަމަށެވެ. 

"ޕޯޗުގަލްއާ އެކު ވޯލްޑް ކަޕް ކާމިޔާބު ކުރުމަކީ ކެރިއަރުގައި އެންމެ ބޭނުންވި ކަންތައް. އަހަރެންނަށް ބައިނަލްއަގްވާމީ ތަށިތައް ލިބުނު. އެކަމަކު ޕޯޗުގަލްގެ ނަން ވޯލްޑް ކަޕްގެ ތަށީގައި ލިޔެލުމަކީ އަހަރެންގެ އެންމެ ބޮޑު ހުވަފެން" ސޯޝަލް މީޑިއާގައި މިއަދު ރޮނާލްޑޯ އާއްމުކުރި ބަޔާނުގައި ބުނެފައިވެ އެވެ.

"އެ ހުވަފެން ހަގީގަތަކަށް ހަދަން އަހަރެން ވަރަށް ބުރަކޮށް މަސައްކަތްކުރިން. ފަސް މުބާރާތުގައި ހޭދަވި 16 އަހަރު އަހަރެން ގޯލު ޖެހިން. އަހަރެންގެ ވަށައިގެން ތިބީ ޕޯޗުގަލްގެ މޮޅެތި ކުޅުންތެރިން. ޕޯޗުގަލްގެ އެތައް މިލިއަން ބަޔަކު އަހަރެންނަށް ސަޕޯޓް ދިން. ތަށި ހޯދުމަށްޓަކައި އަހަރެން ހުރިހާ އެއްޗެއް ދިނިން." ރޮނާލްޑޯ ބުންޏެވެ.

އެހެންނަމަވެސް މޮރޮކޯ އަތުން ބަލިވި މެޗާއި އެކު އެ ހުވަފެންވެސް ވަޅުޖެހިއްޖެ ކަމަށާ، އެ މެޗުން ބަލިވުމާއި ގުޅިގެން ތަފާތު ވާހަކަ ދެކެވުނަސް ހިތުގައި ގައުމަށް އޮތް ލޯބި ފަނޑުނުވާނެ ކަމަށެވެ.

ހިތާމައަކީ އަހަރެންގެ އެ ހުވަފެން (ވޯލްޑްކަޕު ތަށި ހޯދުމުގެ ހުވަފެން) ވަޅުޖެހުނުކަން. މީހުން ދައްކާ ވާހަކަ އަށް ރައްދު ދިނުމުގެ ބޭނުމެއްނެތް. އަހަރެން އެންމެނަށް ބުނެލަން އޮތީ، ވަރަށް ގިނަ ވާހަކަ ދައްކައިފި، ވަރަށް ގިނަ ވާހަކަ ލިޔެފިވެސް، ވަރަށް ގިނަ ވާހަކަ ފަތުރައިފި، އެކަމު ޓީމަށްޓަކައި އަހަރެންގެ ހިތުގައި އޮތް އިޚްލާޞްތެރިކަން އެންމެ ހިނދުކޮޅަކަށް ވެސް ކުޑައެއް ނުވޭ. އަހަރެން އަބަދުވެސް ދިޔައީ އަހަރެންގެ ލަނޑުދަނޑި ހާސިލް ކުރަން ހަނގުރާމަ ކުރަމުން، އަހަރެންގެ ގައުމާއި އަހަރެންގެ ޓީމުގެ ކުޅުންތެރިންނަށް ފުރަގަހެއް ނުދޭނަން. ރޮނާލްޑޯ ބުންޏެވެ. 

މިއާއެކު އޭނާވަނީ ކުޅުންތެރިންނާއި، ޕޯޗުގަލް ގެ ސަޕޯޓަރުންނާއި ގަތަރަށްވެސް ޝުކުރު އަދާކޮށްފައެވެ. 

މިފަހަރުގެ ވޯލްޑްކަޕްގައި ރޮނާލްޑޯ އަށް ޖެހުނީ އެންމެ ގޯލެކެވެ. އެއީ ގާނާ ކޮޅަށް ޖެހި ޕެނަލްޓީ އެކެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
12 Oct 2026
70 އަހަރުން މަތީގެ ހުރިހާ ފަރާތްތަކަށް ޙައްޖުވުމަށް ފުރުސަތު ދެނީ
ޙައްޖުގެ މަތިވެރި އަޅުކަން އަދާކުރުމަށް ފައިސާ ދައްކައި، ޙައްޖު ކިއުއިން ޖާގަ ލިބުނުތާ 3 އަހަރުވެފައިވާ ޢުމުރުން 70 އަހަރުން މަތީގެ ހުރިހާ ފަރާތްތަކަށް، ކުރިއަށް އޮތް 1448 ވަނަ އަހަރުގެ ޙައްޖުގެ އަޅުކަން އަދާކުރުމަށް ފުރުސަތު ދިނުމަށް ސަރުކާރުން ނިންމައިފިއެވެ.
12 Oct 2026
ވަޠަނީ ޚިދުމަތުގެ ފަންނީ ތަމްރީނުގެ 3 ވަނަ ބެޗު ފަށައިފި
ބ.ކިހާދޫގައި ޤާއިމުކޮށްފައިވާ އެމްއެންޑީއެފް ސުކޫލް އޮފް އިންޖިނިއަރިންގ އެންޑް ލޮޖިސްޓިކްސް ގައި 16 ހަފުތާގެ މުއްދަތަށް ކުރިއަށްގެންދާ މި ފަންނީ ތަމްރީނު ޕްރޮގްރާމުގައި، ރާއްޖޭގެ 17 އަތޮޅެއްގެ 44 ރަށަކަށް ނިސްބަތްވާ ޒުވާނުން ބައިވެރިވެއެވެ. އޭގެ ތެރޭގައި ހިމެނެނީ 64 ފިރިހެން އަދި 20 އަންހެން ދަރިވަރުންނެވެ.
12 Oct 2026
އަނބިކަނބަލުން ޖަލުގައި؛ ރާޖަޕަކްސާ ހޮސްޕިޓަލުގައި އެޑްމިޓްކޮށްފި
ސްރީ ލަންކާގެ ކުރީގެ ރައީސް މަހިންދަ ރާޖަޕަކްސާގެ އަނބި ކަނބަލުން ޖަލުގައި ހުއްޓާ ކޮލަމްބޯގެ އަމިއްލަ ހޮސްޕިޓަލެއްގައި އޭނާ އެޑްމިޓްކޮށްފިއެވެ.
12 Oct 2026
ބަންގްލަދޭޝް މީހުންނަށް ފައިސާ ފޮނުވަން ފަސޭހަ ކުރުމަށް ތިން ހުށަހެޅުމެއް
ދިވެހިރާއްޖޭގައި މަސައްކަތްކުރާ ބަންގްލަދޭޝް ރައްޔިތުންނަށް ފައިސާ ފޮނުވުން ފަސޭހަކުރުމަށް ބަންގްލަދޭޝް ބޭންކުން ތިން ހުށަހެޅުމެއް ހުށަހަޅައިފިއެވެ. މި ހުށަހެޅުންތަކުގެ ތެރޭގައި ދިވެހި ރުފިޔާ ބޭނުންކުރުމާއި، ދަތުރުފަތުރާ ގުޅޭ މުއާމަލާތްތަކާއި، ދެގައުމުގެ މެދުގައި ކަރަންސީ ސްވޮޕް އެގްރީމަންޓެއް ހެދުން ހިމެނެއެވެ.
12 Oct 2026
ހ. ގެއަކުން ގިނަ ބަނގުރާ ކޭސް އަތުލައިގެންފި
މާލެ ތެރެއަށް ބަނގުރާ ފޯރުކޮށްދޭ ކަމުގެ މަޢުލޫމާތަކާ ގުޅިގެން ހ. މާދޫގެ ކޯޓު އަމުރެއްގެ ދަށުން ފާސްކޮށް، ގިނަ ޢަދަދެއްގެ ބަނގުރާ ކޭސް އަތުލައިގަނެ ދެ ބިދޭސީއަކު ހައްޔަރުކޮށްފިއެވެ.
12 Oct 2026
ހޫޘީން ސައުދީ އެއާޕޯޓަށް ދިން ހަމަލާއާ ގުޅޭ ވީޑިއޯއެއް
ސަޢޫދީ ޢަރަބިއްޔާގެ ރިޔާޟްގައި ހުންނަ ކިންގް ޚާލިދު ބައިނަލްއަޤްވާމީ އެއާޕޯޓަށް ހޫޘީ ހަނގުރާމަވެރިން މި އޮކްޓޯބަރު މަހުގެ 10 ވަނަ ދުވަހު ދިން ހަމަލާގެ ވަގުތު ދައްކުވައިދޭ ސީސީޓީވީ ފުޓޭޖް އަލް ޢަރަބިއްޔާ ނެޓްވޯކުން އާއްމުކޮށްފިއެވެ.
12 Oct 2026
މަސްތުގެ ހާލަތުގައި ހުރެ، ނުރައްކާތެރިކޮށް ސައިކަލު ދުއްވި މީހާ 30 ދުވަހަށް ބަންދުކޮށްފި
މީނާއަކީ ތަކުރާރުކޮށް އެއްގަމު އުޅަނދު ދުއްވުމުގެ ގާނޫނާއި ގަވާއިދުތަކާ ޚިލާފުވެފައިވާ މީހެއް ކަމަށާއި އޭނާ 44,000 ރުފިޔާގެ ޓްރެފިކް ޖޫރިމަނާ ނުދައްކައި އޮތްކަން ފުލުހުން އޭރު ވަނީ ފާހަގަކޮށްފައެވެ.
12 Oct 2026
ބޭންކަށް ލޯނު ފައިސާ ދައްކަން ކޯޓުން ވަލީދާއަށް ޙުކުމްކޮށްފި
ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) އިން ނަގާފައިވާ "ލުއި އެކްސްޕްރެސް" ލޯނެއްގެ ފައިސާ އާއި ކްރެޑިޓް ކާޑަށް ދައްކަންޖެހޭ ގިނަ އަދަދެއްގެ ފައިސާ ދައްކާފައި ނުވާތީ އެފައިސާ ބޭންކަށް ދެއްކުމަށް ކުރީގެ ޑެޕިއުޓީ މިނިސްޓަރު ވަލީދާ ވަލީދު އަށް ސިވިލް ކޯޓުން ޙުކުމްކޮށްފިއެވެ. މި ޙުކުމް ކުރީ މިމަހު 11 ވަނަ ދުވަހުއެވެ.