ދިވެހިރާއްޖޭގެ ހައިކޯޓު: ފޮޓޯ/މިހާރު
ހަބަރު
12 Dec 2022 | 14:26
ހެކި ނެތުމުން ޓެރަރިޒަމުގެ ތުހުމަތުކުރި މީހެއް ހައިކޯޓުން މިނިވަންކޮށްފި

ޓެރަރިޒަމުގެ ނުރައްކާތެރި ހަމަލާއެއް ދިނުމަށް ރޭވިކަމުގެ ތުހުމަތުގައި ފުލުހުން އައްޑޫ ސިޓީން ހައްޔަރުކުރި އެކަކު ބަންދުގައި ބަހައްޓަން އެކަށީގެންވާ މިންވަރަށް ހެކި ނެތުމުން ހައިކޯޓުން އޭނާ މިނިވަންކޮށްފިއެވެ.

އައްޑޫ ސިޓީގައި ހަރުކަށި ފިކުރު ގަބޫލުކުރާ ފަރާތްތަކުން ޓެރަރިސްޓް ޖަމާއަތެއްކަމަށްވާ އިސްލާމިކް ސްޓޭޓްއަށް ތާއީދުކޮށް، ގޮވާތަކެތި ބޭނުންކޮށްގެން ދިވެހިރާއްޖޭގައި ޓެރަރިޒަމްގެ ހަމަލާއެއްދީ، ގައުމީ ސަލާމަތަށް ނުރައްކާކުރުމަށް ރާވަމުންދިޔަކަމުގެ ތުހުމަތުގައި 2022 ނޮވެމްބަރ 11 ވަނަ ދުވަހުން ފެށިގެން އައްޑޫ ސިޓީއާއި، މާލެއާއި، ކ.ގުރައިދޫގައި ހާއްސަ އޮޕަރޭޝަނެއް ކުރިއަށް ގެންގޮސް 14 މީހަކު ވަނީ ހައްޔަރުކޮށްފަ އެވެ. 

މި މައްސަލާގައި ހައްޔަރުކުރި މީހުންގެ ތެރެއިން 6 މީހަކު ޝަރީޢަތްނ ނިމެންދެން ބަންދުކުރަން ދަށު ކޯޓުން އަމުރުކުރިއެެވެ.

އެ ނިންމުން އިސްތިއުނާފުކުރުމުން ޝަރީޢަތް ނިމެންދެން ބަންދުކޮށްފައި ތިބި މީހުންގެ ތެރެއިން ސ.މަރަދޫފޭދޫ، އާޒާ، މުޙައްމަދު ޤައިސް މިއަދު ހައިކޯޓުން މިނިވަންކޮށްފައިވެއެވެ.

ޤައިސްގެ ފަރާތުން ހައިކޯޓުގައި ބަންދު އަމުރު އިސްތިއުނާފުކުރީ އޭނާ ބަންދުގައި ބަހައްޓަން އަމުރުކުރީ އެއްވެސް ހެއްކެއް ޤަރީނާއެއް ހުށަނާޅާ ހަމައެކަނި ފުލުހުންގެ އިންޓެލިޖެންސް ރިޕޯޓެއްގައި ހުރި މައުލޫމާތަށް ބިނާކޮށްކަމަށްވާތީ އެއީ ޤާނޫނާ ޚިލާފު ނިންމުމެއްކަމަށް ބަޔާންކޮށެވެ.

އެ މައްސަލަ ހައިކޯޓުގައި ބެއްލެވި ފަނޑިޔާރުންގެ އިއްތިފާޤުން ނިންމަވާފައިވަނީ ހަމައެކަނި އިންޓެލިޖެންސް ރިޕޯޓަކަށް ބިނާކޮށް މީހަކު ބަންދުގައި ނުބެހެއްޓޭނެކަމަށެވެ. އަދި ޤައިސް ބަންދުގައި ބަހައްޓަން ނިންމާފައިވަނީ އިތުރު އެއްވެސް ހެއްކެއް ނެތި އިންޓެލިޖެންސް ރިޕޯޓަށް ބިނާކޮށް ކަމުގައިވާތީ އޭނާ ބަންދުކުރި އަމުރު ހައިކޯޓުން ބާތިލުކުރިއެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
03 Aug 2026
ކޮރަޕްޝަން ހުއްޓުވަން އޭސީސީ އާއި ސްޓެލްކޯއާ ދެމެދު އެއްބަސްވުމެއް
މި ފަހުމުނާމާގެ ދަށުން ދެ ފަރާތުގެ މެދުގައި ފަންނީ އެހީތެރިކަން ބަދަލުކުރުމާއި، ދެ ފަރާތުން ގުޅިގެން ކުރާ މަސައްކަތްތަކުގައި ވަސީލަތްތައް ހިއްސާކުރުން ވެސް ހިމެނެ އެވެ.
03 Aug 2026
ޑީއެންއާރުގެ ކައުންޓަރުތަކަށް 17 އަހަރު، ޒަމާނީ ފެންވަރަށް ތަރައްގީ ކުރަނީ
ޑީއެންއާރުގެ މިހާރުގެ ކައުންޓަރުން ހިދުމަތް ދެމުންދާތާ 17 އަހަރުވީ އެވެ.
03 Aug 2026
ވަޒީފާއާބެހޭ ޓްރައިބިއުނަލްގެ ނައިބު ރައީސަކަށް މަމްދޫހް އައްޔަނުކޮށްފި
ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު، ވަޒީފާއާބެހޭ ޓްރައިބިއުނަލްގެ ނައިބު ރައީސް ކަމަށް، މއ. އެރަލްސީ، އަޙްމަދު މަމްދޫހް ޢައްޔަން ކުރައްވައިފި އެވެ.
03 Aug 2026
ޔުއެފާގެ އިންޒާރެއް އިންފަންޓީނޯއަށް، ޤާނޫނީ ފިޔަވަޅު އަޅަންޖެހިދާނެ
މީޑިއާގެ ބައެއް ރިޕޯޓްތައް ބުނާގޮތުގައި ވިލާތުގެ ބައެއް ޤައުމުތަކުން ވަނީ އިންފަންޓީނޯ މަގާމުން ވަކުކުރުމުގެ މަސައްކަތްވެސް ފަށާފައެވެ. ނަމަވެސް މިހާތަނަށް އިންފަންޓީނޯ މަގާމުން އިސްތިއުފާ ދިނުމުގެ އެއްވެސް އިޝާރާތެއް ދީފައެއް ނުވެއެވެ
03 Aug 2026
ވެހިކަލް ފީ މާލެ ސިޓީ ކައުންސިލް ބަޖެޓުން އުނިކުރަން އެދިއްޖެ
އެއްގަމު އުޅަނދުތަކުގެ އަހަރީ ފީގެ ގޮތުގައި މާލޭ ސިޓީ ކައުންސިލަށް ލިބޭ ފައިސާ އެ ކައުންސިލުގެ ބަޖެޓުން އުނިކޮށް ސަރުކާރަށް ލިބޭނެ އިންތިޒާމެއް ހަމަޖެއްސެވުމަށް ހައުސިން ވުޒާރާގެ ވަޒީރު ޑރ. ޢަބްދުالله މުއްޠަލިބު އެދިވަޑައިގެންފިއެވެ.
03 Aug 2026
އުފެއްދުންތެރިކަމުގެ ޤައުމީ މައުރަޒުގައި އިންސާފްކޮށްދޭނޭ ފަނޑިޔާރުން ހޯދަނީ
ޝަރުތުތަކުގެ ތެރޭގައި ވާދަކުރުމުގެ ބައިގައި އެއްވެސް ގިންތިއަކުން ވާދަކުރާ ފަރާތެއް ކަމުގައި ނުވުމާއި، ފަނޑިޔާރުކަން ކުރުމަށް ހުށަހަޅާ ގިންތީގައި ވާދަކުރާ ފަރާތަކާއި އާއިލީ ގުޅުމެއް އޮތް ފަރާތެއް ނުވަތަ ވިޔާފާރީގެ މަސްލަހަތު އޮތް ފަރާތެއްކަމުގައި ނުވުމެވެ. މީގެ އިތުރުންވެސް އިތުރު ޝަރުތުތައް ހިމެނޭ
03 Aug 2026
ގިނަބަޔަކު އެ ފިލްމަކަށް އިންތިޒާރުކުރާ ޖަންނަތު މިރޭ އޮލިމްޕަހަށް
03 Aug 2026
ބެލްޖިއަމަށާއި، އީޔޫ ސަފީރުކަމުގެ މަޤާމަށް ދިޔާނާ ޢައްޔަންކޮށްފި
ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު، ބެލްޖިއަމަށާއި، ޔޫރަޕިއަން ޔޫނިއަނަށް ދިވެހިރާއްޖެއިން ކަނޑައަޅާފައި ހުންނަވާ ސަފީރުކަމުގެ މަޤާމަށް ކުރީގެ ބަންޑާރަ ނާއިބު ފާޠިމަތު ދިޔާނާ މިއަދު ޢައްޔަންކުރައްވައިފިއެވެ.