ރިޔާސީ އިންތިޚާބަށް އިލެކްޝަނުން ވަގުތީ މުވައްޒިފުން ހޯދަން ފަށައިފި

އިލެކްޝަންސް ކޮމިޝަންގެ ރައީސް ފުއާދު ތައުފީގު--

އަންނަ އަހަރު ބޭއްވުމަށް ހަމަޖެހިފައިވާ ރިޔާސީ އިންތިޚާބުގެ އެކި މަސައްކަތްތައް ކުރުމަށްޓަކައި ވަގުތީ މުވައްޒަފުން ހޯދުމަށް އިލެކްޝަންސް ކޮމިޝަނުން އިޢުލާންކޮށްފިއެވެ.

އަންނަ އަހަރު ބޭއްވުމަށް ހަމަޖެހިފައިވާ އިންތިޚާބަށް ބޭނުންވާ ވަޞީލަތްތާއި، މީހުންނާއި ތަކެތި ހޯދުމުގެ މަސައްކަތް އިލެކްޝަނުން ކުރަމުން އަންނައިރު، އިންތިޚާބުގެ މަސައްކަތުގައި ހަރަކާތްތެރިވާނެ ވަގުތީ 11 މުވައްޒިފަކު ހޯދުމަށް ވަނީ އިޢުލާންކޮށްފައެވެ.

މިފަރާތްތަކަށް މުސާރައިގެ ގޮތުގައި މަހަކު 4465 ރުފިޔާއާއި، ސާވިސް އެލަވެންސްގެ ގޮތުގައި 1،500 ރުފިޔާގެ އިތުރުން މަސައްކަތަށް ނިކުންނަ ކޮންމެ ދުވަހަކު 155 ރުފިޔާ ދިނުމަށް ވަނީ ހަމަޖެހިފައެވެ. މީގެ އިތުރުން އިތުރު ގަޑީގައި މަސައްކަތް ކުރާނަމަ ކަނޑައެޅިފައިވާ އުސޫލުން އިތުރުގަޑީގެ ފައިސާވެސް ދިނުމަށް ވަނީ ހަމަޖެހިފައެވެ.

Advertisement

އެ މަގާމަށް ޝައުޤުވެރިވާ ފަރާތްތަކުން މިމަހުގެ 25 ވާ އާދީއްތަ ދުވަހުގެ 15:00 ގެ ކުރިން އިލެކްޝަންސް ކޮމިޝަނުގެ ވަޒީފާއަށް އެދޭ ފޯމު ފުރިހަމަ ކުރެއްވުމަށްފަހު، ހުށަހަޅަންޖެހޭ ލިޔުންތައް ހުށަހެޅުމަށް ވަނީ ހުޅުވާލާފައެވެ.

ކޮންމެ ފަސް އަހަރަކުން އެއް ފަހަރު ބާއްވާ މި އިންތިޚާބު ބާއްވަން ތާވަލްކޮށްފައި ވަނީ އަންނަ އަހަރުގެ ސެޕްޓެމްބަރު މަހަށެވެ. 

Advertisement

ކޮމެންޓް

Advertisement

Advertisement