އެޑިއުކޭޝަން މިނިސްޓަރު ޑރ. ޢާއިޝަތު ޢަލީ--
ހަބަރު
14 Dec 2022 | 18:24
ޣާޒީ ސްކޫލުގެ ކޮރަޕްޝަނާ ދެކޮޅަށް އިހްތިޖާޖު ކުރި މުވައްޒަފުންގެ މައްސަލަ ބަލަނީ

ޣާޒީ ސުކޫލުގައި ކޮރަޕްޝަނުގެ މައްސަލަތަކާއި މުވައްޒަފުންނަށް ބިރު ދެއްކުމުގެ މައްސަލަ ތައް އިންތިހާއަށް ގިނަވެފައިވާ ކަމަށް ބުނެ އިހްތިޖާޖު ކުރި އެ ސުކޫލުގެ މުވައްޒަފުންގެ މައްސަލަ ބަލަން ފަށާފައިވާ ކަމަށް އެޑިޔުކޭޝަން މިނިސްޓްރީން ބުނެފިއެވެ.  

ޣާޒީ ސްކޫލުގެ ޑެޕިއުޓީ ޕްރިންސިޕަލް އައިމިނަތު ރިޔާޒާ އާއި އެ ސްކޫލުގައި ކުރިން މަސައްކަތް ކުރި އެހެން ދެ މުވައްޒަފެއްގެ ކޮރަޕްޝަންގެ މައްސަލަތަކަކާއި، އަދި ސުކޫލު މުވައްޒަފުންނަށް ބިރު ދައްކާ މައްސަލަތަކަކާއި ގުޅިގެން މިއަދު އެ ސުކޫލުގެ ބައެއް ޓީޗަރުން ވަނީ އިހްތިޖާޖު ކޮށްފައެވެ. 

އެގޮތުން، ބެލެނިވެރިން އެ ސްކޫލަށް ހަދިޔާކުރި ޓީވީތަކުގެ ތެރެއިން ބައެއް ޓީވީތައް ވީނުވީއެއް ނޭނގި ގެއްލިފައިވާ ކަމާއި، ކިޔަވައިދެމުން ދިޔަ ވަގުތު ކްލާސްރޫމްގެ ތެރެއަށް ފަންކާ ވެއްޓި އެކަމުގެ ސަބަބުން ދަރިވަރުން ބިރުވެރިކަމެއްގެ ތެރޭގައި އުޅެން ޖެހުން ފަދަ ޝުއޫރުތައް ޓީޗަރުން ފާޅުކޮށްފައިވެއެވެ.

އަދި އެ ސްކޫލުގެ އެޑްމިނިސްޓްރޭޓަރަކަަށް ހުރި ޝިޔާޒާ ކޮރަޕްޝަންގެ އަމަލުތައް ހިންގިއިރު، އެޑިއުކޭޝަން މިނިސްޓްރީން އެކަމާ މެދު ފިޔަވަޅު ނާޅާ ކަމަށާއި، އޭގެ ބަދަލުގައި އޭނާ އަށް މިނިސްޓްރީގެ ބޮޑު ވަޒީފާއެއް ދިން ކަމަށް ވެސް ބައެއް ޓީޗަރުން ބުނެފައިވެއެވެ.

މިކަމާއި ގުޅިގެން މިނިސްޓްރީން މިއަދު ނެރުނު ބަޔާނުގައި ބުނީ، ގާޒީ ސްކޫލުގެ އެކި ކަންކަމާއި ގުޅިގެން ހުށަހެޅުނު ޝަކުވާތައް މިނިސްޓްރީން ބެލިއިރު ފައިސާ ބެލެހެއްޓުމާއި ގުޅުންހުރި މައްސަލަތަކެއް ފާހަގަކުރެވިފައިވާ ކަމަށެވެ. އަދި އެކަމާއި ގުޅިގެން ހެދި އޮޑިޓުން ވެސް މާލިއްޔަތު ގަވާއިދާއި ހިލާފަށް ކަންކަން ހިނގާފައިވާކަން ފާހަގަކުރެވުނު ކަން މިނިސްޓްރީން ފާހަގަކޮށްފައިވެއެވެ.

އަދި އެމައްސަލާގެ ރިޕޯޓު ނިމިފައިވަނިކޮށް، ސްކޫލުގެ ދެ މުވައްޒަފަކާއި ގުޅޭ ފޯޖުކުރުމުގެ މައްސަލައަކާއި، ސްކޫލަށް ލިބުނު ޓީވީއެއް މުވައްޒަފަކު ގެއަށް ގެންދިޔަ މައްސަލައެއް ވެސް ފެންމަތިވެފައިވާ ކަމަށާ، އެއީ ޖިނާއީ ކުށެއް ހިމެނޭ މައްސަލައަކަށްވުމުން އެ ދެ މައްސަލަވެސް ބަލަމުންދަނީ ފުލުހުންނަށް ހުށަހަޅައިގެން ކަމަށް މިނިސްޓްރީން ބުންޏެވެ.

މިމައްސަލަތައް ފެންމަތިވެފައިވަނިކޮށް އެމައްސަލަތަކާއި ގުޅިގެން ތުހުމަތުކުރެވޭ އެޑްމިނިސްޓްރޭޓަރު މިނިސްޓްރީގެ ޑިޕާޓުމެންޓަށް ބަދަލުކޮށްފައިވަނީ، ސިވިލް ސާވިސްގެ ގަވާއިދާއި އެއްގޮތަށް ކަމަށް މިނިސްޓްރީން ބުންޏެވެ.

މިނިސްޓްރީން އެބަދަލު ގެނެސްފައިވަނީ، ސިވިލް ސާވިސް ގަވާއިދުގައި ބުނާ، ”އިދާރީގޮތުން ގެނެވޭ ބަދަލެއްގެ ސަބަބުން ސަރުކާރު އޮފީހެއްގެ ހިންގުމަށް އެދެވޭ ބަދަލެއް ގެނެވިދާނެ ކަމަށް މިނިސްޓަރަށް އިސްވެރިއަކަށް ގަބޫލުކުރެވުން “ މި މާއްދާއަށް ރިއާޔަތް ކޮށް ކަމަށްވެސް މިނިސްޓްރީގެ ބަޔާނުގައި ވެއެވެ. 

މިނިސްޓްރީން ބުނީ، އެމައްސަލާގައި ކުރިއަށްދަނީ މުވައްޒަފު ޖަވާބުދާރީ ކުރެވުމުގެ މަރުހަލާ ކަމުން، ސްކޫލުގެ އެޑްމިނިސްޓްރޭޓިވްގެ މަގާމުގައި އެފަރާތް ހުރުމަކީ އެކަމުން ސްކޫލަށް އިތުރު މައްސަލަތައް ކުރިމަތިވެދާނެ ކަމެއް ކަމަށް ފާހަގަކުރެވިގެން އެ ބަދަލު ގެނައީ ސްކޫލުގެ ޕްރިންސިޕަލަށް ފޯނުން ގުޅައި މަޝްވަރާ ކުރުމަށް ފަހު ކަމަށެވެ.

”އެޑްމިނިސްޓްރޭޓަރު މިނިސްޓްރީގެ ޑިޕާޓުމެންޓަކަށް ވަގުތީގޮތުން ބަދަލުކުރެވުނީ ދެވުނު ޕްރޮމޯޝަނެއްގެ ގޮތުގައެއް ނޫނެވެ. އަދި އެފަރާތުގެ ވަޒީފާ މިނިސްޓްރީއަށް ބަދަލު ކުރުމުގެ ގޮތުގައެއް ނޫނެވެ. “މިނިސްޓްރީގެ ބަޔާނުގައި ބުނެފައި ވެެއެވެ.

މިނިސްޓްރީގެ ބަޔާނުގައި އެހެން ބުނެފައިވީނަމަވެސް އޭނާ ހުރީ މިނިސްޓްރީގެ ކޮން މަގާމެއްގައި ކަމެއް މިނިސްޓްރީން ސާފުކޮށެއް ނުދެ އެވެ. 

މިއާއެކު މިނިސްޓްރީގެ ބަޔާނުގައި ބުނީ، އެ އެޑްމިނިސްޓްރޭޓިވް އޮފިސަރުގެ މައްސަލަ ބަލަމުންދާކަން ސްކޫލަށް އަންގާފައިވަނިކޮށް، މިއަދު އިހުތިޖާޖު ކުރި ޓީޗަރުންގެ މައްސަލަ ބަލަން ފަށާފައިވާ ކަމަށެވެ. 

”މިގޮތަށް އަޅުގަނޑުމެން އަމަލުކުރަމުން ދަނިކޮށް އަދި މިނިސްޓްރީން އަޅަމުންދާ ފިޔަވަޅުތައް ސްކޫލު ހިންގެވުމާއި ހަވާލުވެ ހުންނެވި ފަރާތާއި ހިއްސާކުރަމުން ގެންދަނިކޮށް، އެޑްމިނިސްޓްރޭޓަރަށް ޕްރޮމޯޝަނެއް ދީފައިވާ ކަމަށް ބުނެ ސްކޫލުގެ މުވައްޒަފުންތަކެއް އިހުތިޖާޖުކުރި މައްސަލަ މިހާރު އަޅުގަނޑުމެން ބަލަން ފަށާފައިވާ ވާހަކަވެސް ދެންނެވީމެވެ، “ މިނިސްޓްރީގެ ބަޔާނުގައި ވެެއެވެ.

އަދި އެފަދަ ވާހަކަތައް ފެތުރުމާއި ގުޅިގެން ހިތާމަ ކުރާ ކަމަށްވެސް މިނިސްޓްރީގެ ބަޔާނުގައި ބުނެފައިވެއެވެ. 

ކޮމެންޓް
ގުޅޭ ލިޔުންތައް
05 Oct 2026
މުދައްރިސުންގެ ބުރަ ކުރުމަށް މި ސަރުކާރުން އިސްކަންދޭނެ: ރައީސް މުޢިއްޒު
މުދައްރިސުންގެ ދުޅަހެޔޮކަމަށް އިސްކަންދީ، އެ ބޭފުޅުންގެ މަސައްކަތުގެ ބުރަ ކުޑަކުރުމަށާއި މަސައްކަތުގެ މާޙައުލު ރަނގަޅުކުރުމަށް މި ސަރުކާރުން އަބަދުވެސް މަސައްކަތްކުރާނެ ކަމުގެ ޔަޤީންކަން ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ދެއްވައިފިއެވެ.
05 Oct 2026
ކ. ގުރައިދޫ ފެރީ ގިމަތައާއެކު ރަށުގެ މަލަމައްޗަށް ޗާލުކަން; ތަފާތު ރީތި, މަސައްކަތެއް
ގުރައިދޫ ފެރީ ގިމަތައާއެކު ރަށުގެ މަލަމައްޗަށް ވަނީ ބޮޑު ފުރިހަމަ ކަމެއް ލިބިގެން ގޮސްފަ އެވެ.
05 Oct 2026
ޝެއިޚް ނައިފަރީގެ "މަގޭ ސުވާލަކީ" ގެ 100 ވަނަ ޕްރަގްރާމް ހިންނަވަރުގައި، ވަރަށް ޚާއްސަ ވާނެ
މީގެ އިތުރުން އެރޭގެ ޕްރަގްރާމަށް ހާޒިރުވާ ބައިވެރީންގެ މެދުގައި ގުރުއަތެއް ނަގާ އުމްރާ ދަތުރެއް ދޭން ނިންމާފައިވާ ކަމަށް "މަގޭ ސުވާލަކީ" ޓީމުން ބުނެ އެވެ.
05 Oct 2026
އިމާރާތެއްގެ ދެވަނަ ބުރިން ވެއްޓެމުންދިޔަ ކުޑަކުއްޖަކު ހިފައި، ސަލާމަތްކޮށްފި
މިޞްރުގެ ޖީޒާ ޕްރޮވިންސްގެ ކާރުބާރު ބޮޑު ސަރަޙައްދެއްގައި ހުރި އިމާރާތެއްގެ ދެވަނަ ބުރިން ވެއްޓުނު 4 އަހަރުގެ ކުޑަކުއްޖަކު، އެ ވަގުތު އެތަނުގައި ހުރި ޒުވާނަކު ހުޝިޔާރުކަމާއެކު ހިފަހައްޓައި އެ ކުއްޖާގެ ފުރާނަ ސަލާމަތްކޮށްފިއެވެ. މި ހައިރާންކުރުވަނިވި ހާދިސާ ހިނގި ގޮތުގެ ވީޑިއޯ މިހާރު ވަނީ ސޯޝަލް މީޑިއާގައި ވަރަށް ބޮޑަށް ވައިރަލްވެފައެވެ.
05 Oct 2026
ސައިކަލު މަތީ އޮށޯވެގެންއޮވެ ހައިވޭގައި ދުއްވި މީހާ ހައްޔަރު؛ ހުރީ މަސްތުގެ ހާލުގައި، 44,000 ރުފިޔާގެ ޓްރެފިކް ޖޫރިމަނާ އޮތް
އޭނާ 44,000 ރުފިޔާގެ ޓްރެފިކް ޖޫރިމަނާ ނުދައްކައި އޮތް އިރު، އޭނާގެ ޓްރެފިކް ކުށުގެ ރެކޯޑުތަކުގެ ތެރޭގައި ލައިސަންސް ނެތި ދުއްވުމާއި ވަންވޭއާ ހިލާފަށް ދުއްވުމާއި ބާރު ސްޕީޑުގައި ދުއްވުމާއި ލޯގަނޑު ނުޖަހައި ދުއްވުމާއި ލައިސަންސް ހިފަހައްޓާފައި އޮއްވައި ތަކުރާރުކޮށް ދުއްވުމާއި މަގުމަތީގެ އަމާންކަން ގެއްލޭގޮތަށް ނުރައްކާތެރިކޮށް ދުއްވުމާއި ސައިކަލުގެ ލައިޓުތައް މޮޑިފައިކޮށްގެން ދުއްވުން ހިމެނެ އެވެ.
04 Oct 2026
އުސް އިމާރާތްތަކުގައި ރޯވެއްޖެނަމަ އަލިފާން ނިންވަން ޑްރޯން ބޭނުންކުރަން ފަށަނީ
އުސް އިމާރާތްތަކުގައި ހިނގާ އަލިފާނުގެ ހާދިސާތަކުގައި އަލިފާން ނިންވުމަށް ޑްރޯން ބޭނުންކުރަން ފަށަން ތައްޔާރުވަމުންދާ ކަމަށެވެ.
04 Oct 2026
އޮޅުވާލައިގެން ރަޖިސްޓްރީކޮށްފައި ހުރި ވެހިކަލްތަކުގެ މައްސަލަ ބަލާނެ: މިނިސްޓަރު ސައީދު
"މި މައްސަލަތައް ތަހުގީގުކުރުމަށް ހާއްސަ ޓީމެއް އެކުލަވާލައި ފުލުހުންނާއި މިނިވަން މުއައްސަސާތަކާއި ގުޅިގެން މިހާރު ދަނީ މަސައްކަތް ކުރަމުން," މިނިސްޓަރު ވިދާޅުވި އެވެ.
04 Oct 2026
ބާރުބޮޑުވާ ގަޑިތަކުގައި ބޭނުންކުރުމަށާއި ސްކޫލް ކުދިންނަށް ހާއްސަ ބަސްތަކެއް ތައާރަފްކުރަނީ
މާލޭ މަގުތަކުގެ 82 އިންސައްތަ ވެހިކަލްތަކުން ފުރިފައިވާތީ، ތޮއްޖެހުން ހައްލުކުރުމަށް ސްކޫލް ބަސް ރޫޓުތަކާއި ރަޝް އަވާ ބަސްތައް ތައާރަފުކޮށް ވެހިކަލް ރަޖިސްޓްރޭޝަން ކޮންޓްރޯލްކުރަން ރާވާފައިވާ ކަމަށް ވަޒީރު ވިދާޅުވެއްޖެއެވެ.