ޣާޒީ ސްކޫލުގެ މުވައްޒަފުންގެ އިހްތިޖާޖު ގެ ތެރެއިން: ފޮޓޯ/ވޮއިސް
ހަބަރު
14 Dec 2022 | 17:55
ޣާޒީ ސްކޫލްގައި ކޮރަޕްޝަނުގެ މައްސަލަތަކެއް އޮތް ކަމަށް ބުނެ އިހްތިޖާޖު ކޮށްފި

ހުޅުމާލޭގައި ހުންނަ ގާޒީ ސްކޫލްގައި ކޮރަޕްޝަނާއި ފުރައްސާރައިގެ މައްސަލަތައް އޮތް ކަމަށް ބުނެ، އެ ސްކޫލްގެ މުވައްޒަފުންތަކެއް މިއަދު ސްކޫލްގައި އިހްތިޖާޖުކޮށްފިއެވެ.

ހެނދުނު ދަންފަޅީގެ ކިޔެވުން ނިމުނު ވަގުތު ކުރިއަށް ދިޔަ އިހްތިޖާޖުގައި ޓީޗަރުން ބައިވެރިވީ އެކި ޝުއޫރުތައް ލިޔެފައިވާ ބޯޑުތައް ހިފައިގެންނެވެ.

މުޒާހަރާގެ ބައިވެރިން ވަނީ އެ ސްކޫލުގެ ޑެޕިއުޓީ ޕްރިންސިޕަލް އައިމިނަތު ރިޔާޒާ އާއި އެ ސްކޫލުގައި ކުރިން މަސައްކަތް ކުރި އެހެން ދެ މުވައްޒަފެއްގެ ކޮރަޕްޝަންގެ މައްސަލަތަކެއް ފާހަގަކޮށްފައެވެ.

އެގޮތުން، ބެލެނިވެރިން އެ ސްކޫލަށް ހަދިޔާކުރި ޓީވީތަކުގެ ތެރެއިން ބައެއް ޓީވީތައް ވީނުވީއެއް ނޭނގި ގެއްލިފައިވާ ކަމާއި، ކިޔަވައިދެމުން ދިޔަ ވަގުތު ކްލާސްރޫމްގެ ތެރެއަށް ފަންކާ ވެއްޓި އެކަމުގެ ސަބަބުން ދަރިވަރުން ބިރުވެރިކަމެއްގެ ތެރޭގައި އުޅެން ޖެހުން ފަދަ ޝުއޫރުތައް ޓީޗަރުން ފާޅުކޮށްފައިވެއެވެ. 

މީގެ އިތުރުން، ޣާޒީ ސްކޫލުގައި ކުރިން މަސައްކަތް ކުރި އެޑްމިނިސްޓްޜޭޓަރު ޝިޔާޒާގެ މައްޗަށް ގިނަ ގިނަ ކޮރަޕްޝަންގެ ތުހުމަތުތަކެއް އެ ސުކޫލުގެ މުވައްޒަފުން ކުރާއިރު، އޭގެ ތެރޭގައި، ސްކޫލުގެ ސެކިއުރިޓީ ނުހައްގުން ގަވައިދާ ހިލާފަށް ބަޔަކާއި ހަވާލުކުރުމާއި ސްކޫލުގެ ޕީޓީއޭއިން ހިންގާފައިވާ ހަރަކާތްތަކުން ލިބުނު ފައިސާ ސްކޫލުގެ ބަޖެޓަށް ނުވަނުން ހިމެނެއެވެ.

އަދި ޝިޔާޒާ ކޮރަޕްޝަންގެ އަމަލުތައް ހިންގިއިރު، އެޑިއުކޭޝަން މިނިސްޓްރީން އެކަމާ މެދު ފިޔަވަޅު ނާޅާ ކަމަށާއި، އޭގެ ބަދަލުގައި އޭނާ އަށް މިނިސްޓްރީގެ ބޮޑު ވަޒީފާއެއް ދިން ކަމަށް ވެސް ބައެއް ޓީޗަރުން ބުނެފައިވެއެވެ. އަދި އޭގެ އިތުރުން، އެޑްމިނިސްޓްރޭޓިވް އޮފިސަރުގެ މަގާމުގައި އޭނާ ހުރި އިރު މެޑިކަލް ސެޓްފިކެޓުތައް ފޯޖުކޮށް، ސްކޫލްގެ ސާވާ ހެކުކޮށް ގިނަ ކަންކަން ހިންގާފައިވާ ކަމަށްވެސް ތުހުމަތު ކޮށްފައިވެއެވެ. 

އޭގެ އިތުރުން ސްކޫލު މަރާމާތުކުރަން އަންނަ ފަރާތްތަކުން ސްކޫލުގެ މުވައްޒަފުންނަށް ޖެއްސުން ކުރުމާއި ސްކޫލުގެ ޑެޕިއުޓީ ޕްރިންސިޕަލް ރިޔާޒާ އަމިއްލައަށް ގަވައިދުތަކެއް ކަނޑައެޅުމާއި މަސައްކަތުގެ ބިރު ދައްކާފައިވާ ކަމަށާ، އަދި ސްކޫލުގައި މަސައްކަތް ކުރި ޑްރައިވަރަކު މުވައްޒަފުންގެ އަތުން ފައިސާ ނަގައި ފަހުން ނުދޭކަން ވެސް އިހްތިޖާޖުގެ ބައިވެރިން ވަނީ ފާހަގަކޮށްފައެވެ.

ޣާޒި ސުކޫލުގެ މި މައްސަލަ އާއި ގުޅިގެން އެޑިއުކޭޝަން މިނިސްޓްރީން ވަނީ، އެ ސުކޫލުގައި ކުރިއަށް ދިޔަ އިހްތިޖާޖު ގެ ބައިވެރިން ވާހަކަ ދައްކާފައިވަނީ ހަގީގަތާއި ޚިލާފަށް ކަމަށާ، އެހެން ކަމުން އެ މުވައްޒަފުން މުޒާހަރާ ކުރި މައްސަލަ ބަލަން ފަށާފައިވާ ކަމަށް ބުނެފައެވެ. 

ކޮމެންޓް
ގުޅޭ ލިޔުންތައް
05 Oct 2026
މުދައްރިސުންގެ ބުރަ ކުރުމަށް މި ސަރުކާރުން އިސްކަންދޭނެ: ރައީސް މުޢިއްޒު
މުދައްރިސުންގެ ދުޅަހެޔޮކަމަށް އިސްކަންދީ، އެ ބޭފުޅުންގެ މަސައްކަތުގެ ބުރަ ކުޑަކުރުމަށާއި މަސައްކަތުގެ މާޙައުލު ރަނގަޅުކުރުމަށް މި ސަރުކާރުން އަބަދުވެސް މަސައްކަތްކުރާނެ ކަމުގެ ޔަޤީންކަން ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ދެއްވައިފިއެވެ.
05 Oct 2026
ކ. ގުރައިދޫ ފެރީ ގިމަތައާއެކު ރަށުގެ މަލަމައްޗަށް ޗާލުކަން; ތަފާތު ރީތި, މަސައްކަތެއް
ގުރައިދޫ ފެރީ ގިމަތައާއެކު ރަށުގެ މަލަމައްޗަށް ވަނީ ބޮޑު ފުރިހަމަ ކަމެއް ލިބިގެން ގޮސްފަ އެވެ.
05 Oct 2026
ޝެއިޚް ނައިފަރީގެ "މަގޭ ސުވާލަކީ" ގެ 100 ވަނަ ޕްރަގްރާމް ހިންނަވަރުގައި، ވަރަށް ޚާއްސަ ވާނެ
މީގެ އިތުރުން އެރޭގެ ޕްރަގްރާމަށް ހާޒިރުވާ ބައިވެރީންގެ މެދުގައި ގުރުއަތެއް ނަގާ އުމްރާ ދަތުރެއް ދޭން ނިންމާފައިވާ ކަމަށް "މަގޭ ސުވާލަކީ" ޓީމުން ބުނެ އެވެ.
05 Oct 2026
އިމާރާތެއްގެ ދެވަނަ ބުރިން ވެއްޓެމުންދިޔަ ކުޑަކުއްޖަކު ހިފައި، ސަލާމަތްކޮށްފި
މިޞްރުގެ ޖީޒާ ޕްރޮވިންސްގެ ކާރުބާރު ބޮޑު ސަރަޙައްދެއްގައި ހުރި އިމާރާތެއްގެ ދެވަނަ ބުރިން ވެއްޓުނު 4 އަހަރުގެ ކުޑަކުއްޖަކު، އެ ވަގުތު އެތަނުގައި ހުރި ޒުވާނަކު ހުޝިޔާރުކަމާއެކު ހިފަހައްޓައި އެ ކުއްޖާގެ ފުރާނަ ސަލާމަތްކޮށްފިއެވެ. މި ހައިރާންކުރުވަނިވި ހާދިސާ ހިނގި ގޮތުގެ ވީޑިއޯ މިހާރު ވަނީ ސޯޝަލް މީޑިއާގައި ވަރަށް ބޮޑަށް ވައިރަލްވެފައެވެ.
05 Oct 2026
ސައިކަލު މަތީ އޮށޯވެގެންއޮވެ ހައިވޭގައި ދުއްވި މީހާ ހައްޔަރު؛ ހުރީ މަސްތުގެ ހާލުގައި، 44,000 ރުފިޔާގެ ޓްރެފިކް ޖޫރިމަނާ އޮތް
އޭނާ 44,000 ރުފިޔާގެ ޓްރެފިކް ޖޫރިމަނާ ނުދައްކައި އޮތް އިރު، އޭނާގެ ޓްރެފިކް ކުށުގެ ރެކޯޑުތަކުގެ ތެރޭގައި ލައިސަންސް ނެތި ދުއްވުމާއި ވަންވޭއާ ހިލާފަށް ދުއްވުމާއި ބާރު ސްޕީޑުގައި ދުއްވުމާއި ލޯގަނޑު ނުޖަހައި ދުއްވުމާއި ލައިސަންސް ހިފަހައްޓާފައި އޮއްވައި ތަކުރާރުކޮށް ދުއްވުމާއި މަގުމަތީގެ އަމާންކަން ގެއްލޭގޮތަށް ނުރައްކާތެރިކޮށް ދުއްވުމާއި ސައިކަލުގެ ލައިޓުތައް މޮޑިފައިކޮށްގެން ދުއްވުން ހިމެނެ އެވެ.
04 Oct 2026
އުސް އިމާރާތްތަކުގައި ރޯވެއްޖެނަމަ އަލިފާން ނިންވަން ޑްރޯން ބޭނުންކުރަން ފަށަނީ
އުސް އިމާރާތްތަކުގައި ހިނގާ އަލިފާނުގެ ހާދިސާތަކުގައި އަލިފާން ނިންވުމަށް ޑްރޯން ބޭނުންކުރަން ފަށަން ތައްޔާރުވަމުންދާ ކަމަށެވެ.
04 Oct 2026
އޮޅުވާލައިގެން ރަޖިސްޓްރީކޮށްފައި ހުރި ވެހިކަލްތަކުގެ މައްސަލަ ބަލާނެ: މިނިސްޓަރު ސައީދު
"މި މައްސަލަތައް ތަހުގީގުކުރުމަށް ހާއްސަ ޓީމެއް އެކުލަވާލައި ފުލުހުންނާއި މިނިވަން މުއައްސަސާތަކާއި ގުޅިގެން މިހާރު ދަނީ މަސައްކަތް ކުރަމުން," މިނިސްޓަރު ވިދާޅުވި އެވެ.
04 Oct 2026
ބާރުބޮޑުވާ ގަޑިތަކުގައި ބޭނުންކުރުމަށާއި ސްކޫލް ކުދިންނަށް ހާއްސަ ބަސްތަކެއް ތައާރަފްކުރަނީ
މާލޭ މަގުތަކުގެ 82 އިންސައްތަ ވެހިކަލްތަކުން ފުރިފައިވާތީ، ތޮއްޖެހުން ހައްލުކުރުމަށް ސްކޫލް ބަސް ރޫޓުތަކާއި ރަޝް އަވާ ބަސްތައް ތައާރަފުކޮށް ވެހިކަލް ރަޖިސްޓްރޭޝަން ކޮންޓްރޯލްކުރަން ރާވާފައިވާ ކަމަށް ވަޒީރު ވިދާޅުވެއްޖެއެވެ.