ހަބަރު
16 Dec 2022 | 14:11
ރިޝްވަތަކީ، އެކަމުގައި އުޅޭ އެންމެންގެ މައްޗަށް ލަޢުނަތް ޙައްޤުވެގެންވާ ކަމެއް: ޚުތުބާ

ރިޝްވަތަކީ، އެކަމުގައި އުޅޭ އެންމެންގެ މައްޗަށް މާތްﷲ ގެ ލަޢުނަތް ޙައްޤުވެގެންވާ ކަމެއް ކަމަށް ކީރިތި ރަސޫލާ ހަދީޘް ކުރައްވާފައިވާ ކަމަށް މިއަދުގެ ޚުތުބާގައި ބުނެފިއެވެ.

ރިޝްވަތު ދިނުމާއި ލިބިގަތުމުގެ ނުބައިކަމާއި ގުޅޭގޮތުން ދިން މިއަދުގެ ހުތުބާގައި ބުނީ، ރިޝްވަތު ދިނުމާއި، ރިޝްވަތު ހިފުމާއި، ކަންކަމުގައި ނާޖާއިޒު ފައިދާ ހޯދުމާއި، ޚިޔާނާތްތެރިވުމާއި، މަކަރާއި ޙީލަތްހެދުމަކީ އިސްލާމްދީނުގައި ޙަރާމް ކުރައްވާފައިވާ ބޮޑެތި ފާފަތަކުގެ ތެރޭގައި ހިމެނޭ ކަންކަން ކަމަށެވެ.

އެހެންކަމުން ކޮންމެ މުސްލިމެއްގެ މައްޗަށް ވާޖިބުވެގެންވަނީ، މިފަދަ ކަންކަމުން ދުރުހެލިވެ، އެހެން މީހުންވެސް ދުރުހެލި ކުރުމަށް މަސައްކަތް ކުރުން ކަމަށާ، އަދި އެކަމުގެ ނުބައިކަން މީސްތަކުންނަށް ބުނެދީ، އެކަމުގެ ސަބަބުން ފަހުން ދިމާވެދާނެ ހިތި ނަތީޖާތަކުގެ ވާހަކައިން މީސްތަކުން ހޭލުންތެރިކުރުވުން ކަމަށެވެ. 

"ރިޝްވަތުގެ ތެރެއިން ލިބޭ މަންފާއެއްގެ ސަބަބުން ވަގުތީ އުފަލެއް ލިބުނު ނަމަވެސް، ރިޝްވަތު ދޭ މީހުންނާއި، ރިޝްވަތު ހިފާ މީހުންނާއި، ރިޝްވަތު ދިނުމުގައި މެދުވެރިއަކަށްވާ މީހުންނަށް ފަހުން ލިބޭ ގެއްލުމާއި ހަލާކު މާބޮޑުކަން ވިސްނައިލަން ޖެހެއެވެ." މިއަދުގެ ޚުތުބާގައި ބުނެފައިވެއެވެ.

ކޮރަޕްޝަންގެ ތެރެއިން ނުވަތަ ޙަރާމް ގޮތްގޮތުން ފައިސާ ހޯދައިގެން އެ ތަކެތި އަނބިދަރިންނަށް ކާންދިނުމަކީ ތިމާމެންގެ ދަރިން ބޮޑެތި ޖަރީމާތައް ހިންގުމަށް މަގުފަހިވެދާނެ ކަމެވެ. ވީމާ، އަހަރަމެން ކުރެ ކޮންމެ މީހެއްގެ ޒިންމާއެއް ކަމުގައި ވާންވީ ތިމާގެ އަމިއްލަ ނަފުސަށާއި ތިމާގެ ބާރުފޯރާ އެންމެން މި ނުބައި ވަބާއި ރައްކާތެރިވުމަށް ނަސޭޙަތްތެރިވުމެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
03 Aug 2026
ބުރު ސްޕޯޓްސް އަތުން ނިއުރޭޑިއަންޓަށް ފަސޭހަ މޮޅެއް
މެޗްގައި ބްރެޒިލްގެ ޑޮރިއެލްޓަން ވަނީ ވަނީ ނިއުއަށް ކުޅެދިން ފުރަތަމަ މެޗްގައިގައި ހެޓްރިކް ހެދުމުގެ ޝަރަފް ހޯދާފައެވެ
03 Aug 2026
އާހިދުގެ މަގާމުގެ މުއްދަތު ހަމަވަނީ، އިންފޮމޭޝަން ކޮމިޝަނަރު ކަމަށް ހުޅުވާލައިފި
ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން ބުނީ އެ މަގާމަށް ކުރިމަތިލުމުގެ ފުރުސަތު މިއަދުން ފެށިގެން 16 އޮގަސްޓު ވާ އާދީއްތަ ދުވަހުގެ 12:00 ގެ ނިޔަލަށް އޮންނާނެ ކަމަށެވެ.
03 Aug 2026
ޑްރަގް ހުރި 26 ސެލޯފިންކޮޅާއެކު ޒުވާނަކު ހައްޔަރު ކޮށްފި
މި ތަކެތީގެ ވަގުތީ ބަރުދަނަކީ 24.80 ގުރާމެވެ.
03 Aug 2026
އެއްވެސް ރިސޯޓެއްގެ ހެޑް ލީސް ވިއްކާލާލާކަށް ނޫޅެން: އެމްޓީޑީސީ
އެމްޓީޑީސީގެ މުއާމަލާތްތަކުގެ އެންމެހާ މައުލޫމާތުތައް ހިއްސާދާރުންނަށް ހިއްސާކުރަމުންދާނޭކަމުގެ ޔަގީންކަން ދެމުން އެކުންފުނިން ވަނީ، ލިސްޓުކުރުމުގެ ގަވާއިދުގައި ބަޔާންކޮށްފައިވާ ހުރިހާ ކަމެއް އެކުންފުނިން ކުރަމުންދާނީ ހާމަކަމާއެކުގައިކަމަށް ބުނެފައެވެ.
03 Aug 2026
ކޮރަޕްޝަން ހުއްޓުވަން އޭސީސީ އާއި ސްޓެލްކޯއާ ދެމެދު އެއްބަސްވުމެއް
މި ފަހުމުނާމާގެ ދަށުން ދެ ފަރާތުގެ މެދުގައި ފަންނީ އެހީތެރިކަން ބަދަލުކުރުމާއި، ދެ ފަރާތުން ގުޅިގެން ކުރާ މަސައްކަތްތަކުގައި ވަސީލަތްތައް ހިއްސާކުރުން ވެސް ހިމެނެ އެވެ.
03 Aug 2026
ޑީއެންއާރުގެ ކައުންޓަރުތަކަށް 17 އަހަރު، ޒަމާނީ ފެންވަރަށް ތަރައްގީ ކުރަނީ
ޑީއެންއާރުގެ މިހާރުގެ ކައުންޓަރުން ހިދުމަތް ދެމުންދާތާ 17 އަހަރުވީ އެވެ.
03 Aug 2026
ވަޒީފާއާބެހޭ ޓްރައިބިއުނަލްގެ ނައިބު ރައީސަކަށް މަމްދޫހް އައްޔަނުކޮށްފި
ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު، ވަޒީފާއާބެހޭ ޓްރައިބިއުނަލްގެ ނައިބު ރައީސް ކަމަށް، މއ. އެރަލްސީ، އަޙްމަދު މަމްދޫހް ޢައްޔަން ކުރައްވައިފި އެވެ.
03 Aug 2026
ޔުއެފާގެ އިންޒާރެއް އިންފަންޓީނޯއަށް، ޤާނޫނީ ފިޔަވަޅު އަޅަންޖެހިދާނެ
މީޑިއާގެ ބައެއް ރިޕޯޓްތައް ބުނާގޮތުގައި ވިލާތުގެ ބައެއް ޤައުމުތަކުން ވަނީ އިންފަންޓީނޯ މަގާމުން ވަކުކުރުމުގެ މަސައްކަތްވެސް ފަށާފައެވެ. ނަމަވެސް މިހާތަނަށް އިންފަންޓީނޯ މަގާމުން އިސްތިއުފާ ދިނުމުގެ އެއްވެސް އިޝާރާތެއް ދީފައެއް ނުވެއެވެ