ގުޅިފަޅުގައި ހިނގި އަލިފާނުގެ ހާދިސާގެ މަންޒަރެއް
ހަބަރު
17 Dec 2022 | 16:56
އަލިފާނުގެ ހާދިސާއަށްފަހު ގެއްލުނުކަމަށް ރިޕޯޓު ކުރި އެފްކޯންސްގެ މުވައްޒަފު ހޯދަނީ!

މިދިޔަ ބުރާސްފަތި ދުވަހު ގުޅިފަޅުގައި ހުންނަ ތިލަމާލެ ބްރިޖުގެ މަސައްކަތްކުރާ އެފްކޮންސް ކުންފުނީގެ މުވައްޒަފުންގެ އެކޮމޮޑޭޝަން ބްލޮކެއްގައި ހިނގި އަލިފާނުގެ ހާދިސާއަށްފަހު ނުފެންނަކަމަށް ރިޕޯޓުކުރި އެފްކޯންސް އިންފްރާސްޓްރަކްޗާގެ މުވައްޒަފު ހޯދުމުގެ މަސައްކަތް މިހާރު ފަށާފައިވާކަމަށް ފުލުހުން ބުނެފިއެވެ. 

ބުރާސްފަތި ދުވަހު ހިނގި އެ ހާދިސާއަށްފަހު އެފްކޯންސް ކުންފުނީގެ މުވައްޒަފެއް މަދުކަމަށް މެނޭޖުމަންޓާއި މައުލޫމާތު ހިއްސާ ކުރި ނަމަވެސް، މިއަދާއި ހަމަޔަށް އެކަމާއި ގުޅިގެން އެއްވެސް ފިޔަވަޅެއް އަޅާފައި ނުވާކަން ފާހަގަކޮށް އެ ކުންފުނީގެ މުވައްޒަފުން ވަނީ ގުޅިފަޅުގައި އިހުތިޖާޖުކޮށްފަ އެވެ. 

އަދި ގެއްލުނު މީހާ ހޯދާދީ، މުވައްޒަފުންގެ ރައްކާތެރިކަން ކަށަވަރުކޮށްދިނުމަށްވެސް މުޒާހަރާގެ ބައިވެރިން ވަނީ އަޑުއުފުލާފައެވެ. 

އެކަމާއި ގުޅިގެން ފުލުހުން ބުނީ ގުޅިފަޅުގައި ހިނގި އަލިފާނުގެ ހާދިސާއަށްފަހު މީހަކު ގެއްލިފައިވާކަމަށް ރިޕޯޓުކޮށްފައިވާކަމަށާއި، އެމީހާ ހޯދުމުގެ މަސައްކަތް މިހާރު ކުރަމުންދާކަމަށެވެ. 

އެގޮތުން އެ ހާދިސާ ހިނގި އިމާރާތުގެ ވަށައިގެންވާ ސަރަހައްދު އިތުރަށް ބަލަމުންދާކަން ފުލުހުން ވަނީ ހާމަކޮށްފައެވެ. 

ބުރާސްފަތި ދުވަހުގެ ރޭ ގުޅިފަޅުގައި ހިނގި އަލިފާނުގެ ހާދިސާގެ އަނިޔާވި 76 މީހުންނަށް ޓްރީޓޮޕް ހިސްޕިޓަލާއި އައިޖީއެމް ހޮސްޕިޓަުން ވަނީ ފަރުވާދީފައެވެ. ފަރުވާ ދިން މީހުންގެ ތެރެއިން 6 މީހުންގެ ހާލު ސީރިއެސްކަމަށް ފުލުހުން ވަނީ ބުނެފައެވެ. 

އެ ހާދިސާއަށްފަހު އެތަނުގައި ދިރިއުޅޭ ފަރާތްތައް ވަގުތީ ހިޔާއަށް ބަދަލުކޮށްފައިވާއިރު، އެކު ޖުމްލަ 465 މީހުން އެތަނުގައި ދިރިއުޅެމުންދާކަމަށް މައުލޫމާތު ލިބެއެވެ. 

ކޮމެންޓް
ގުޅޭ ލިޔުންތައް
07 Oct 2026
ފަތުރުވެރިކަމާއި މަސްވެރިކަމުގައި ރާއްޖެ އާއި ބަންގްލަދޭޝް ގުޅިގެން މަސައްކަތްކުރަންޖެހޭ
މިނިސްޓަރު ވިދާޅުވީ، ދެމެހެއްޓެނިވި މަސްވެރިކަމާއި ފަތުރުވެރިކަން ކުރިއެރުވުމަށްޓަކައި ދެ ޤައުމު ގުޅިގެން މަސައްކަތް ކުރަންޖެހޭ ކަމަށެވެ
07 Oct 2026
ސައިކަލު ޖެހި ސީރިއަސް އަނިޔާވީ އެއް އާއިލާއެއްގެ ދެ މީހުންނަށް
ހުޅުމާލެ ފޭސް 2 ގައި ރޭ ދަންވަރު ނުރައްކާތެރި އެކްސިޑެންޓެއް ހިނގައި، ސީރިއަސް އަނިޔާތަކެއް ލިބުނު މީހުންގެ ތެރޭގައި އެއް އާއިލާއަކަށް ނިސްބަތްވާ ދެބެންގެދެދަރި ދެ ޒުވާނުން ހިމެނޭކަން ހާމަވެއްޖެއެވެ.
07 Oct 2026
ހުޅުމާލޭ ފްލެޓްތަކުގެ ދެބައިކުޅަ އެއްބައި މީހުން ކުލި ނުދައްކާ: ޒުހައިރު
ދިވެހިރާއްޖޭގެ އަޑުގެ "އަހާށޭ ބުނާނަން" ޕްރޮގްރާމުގައި ވާހަކަދައްކަވަމުން ޒުހައިރު ވިދާޅުވީ، އެ ކުންފުނިން ބެލެހެއްޓުމާ ހަވާލުވެފައިވާ ފްލެޓުތަކުގެ ތެރެއިން 50 އިންސައްތަ ފްލެޓުގެ ކުލި ނުލިބޭ ކަމަށެވެ. ކުލި ނުދެއްކެނީ ތަފާތު ސަބަބުތަކާ ހެދި މާލީ ދަތިކަން ދިމާވެގެން ކަމަށް އޭނާ ފާހަގަކުރެއްވިއެވެ.
07 Oct 2026
ލޭބަލްކުރުމުގެ ގަވާއިދަށް ވިޔަފާރިތައް އަހުލުވެރިކުރުމުގެ ސެޝަނެއް ބާއްވައިފި
އެޗްޑީސީއާއި އެމްއެފްޑީއޭ ގުޅިގެން ހުޅުމާލޭ ޓޭކްއެވޭ ވިޔަފާރިތަކަށް ކާބޯތަކެތި ބަންދުކުރުމާއި ލޭބަލްކުރުމުގެ އާ ގަވާއިދާ ބެހޭ މައުލޫމާތު ދިނުމުގެ ސެޝަނެއް ކުރިއަށް ގެންގޮސްފިއެވެ.
07 Oct 2026
ތަރައްގީގެ މަޝްރޫއުތައް ހަލުވިކުރުމަށް ކުންފުނިތަކުގެ ވެރިންނާ އެކު ކެބިނެޓުން މަޝްވަރާކޮށްފި
ރައީސް އޮފީހުން ބުނީ އެ ބައްދަލުވުމުގައި ރައީސްގެ ރިޔާސީ ވައުދުތަކާ ގުޅިގެން ހުރިހާ ރަށެއްގައި ކުރިއަށް ގެންދާ މަޝްރޫއުތަކާ ބެހޭ އެންމެ ފަހުގެ މައުލޫމާތު ހިއްސާކޮށް، ފުޅާ ދާއިރާއެއްގައި ހިޔާލު ބަދަލުކޮށްފައިވާ ކަމަށެވެ.
07 Oct 2026
ރަޝިޔާއިން ރޭ ޔޫކްރެއިނަށް ދިން ވައިގެ ހަމަލާތަކެއްގައި އެތައް ބަޔަކު މަރުވެއްޖެ
ޒެލެންސްކީ އެކްސްގައި ޝާއިއުކުރި ޕޯސްޓެއްގައި ބުނެފައިވާ ގޮތުގައި، ޗެރްނީހީވް ސަރަހައްދުގެ ޕްރައިލޫކީ ސިޓީގައި ފަސް ބުރީގެ އާންމުން ދިރިއުޅޭ އެޕާޓްމަންޓް އިމާރާތެއް ބިމާ ހަމަކޮށްލި ހަމަލާގައި ފަސް މީހުން މަރުވެ، 26 މީހަކަށް އަނިޔާ ލިބިފައިވެއެވެ. އަނިޔާވި މީހުންގެ ތެރޭގައި ފަސް ކުޑަކުއްޖަކު ހިމެނެއެވެ.
07 Oct 2026
ދަރަވަންދޫ ފަރުގެ މުރަކަ އާލާކުރުމުގެ ޕްރޮގްރާމެއް ފަށަނީ
ދިރާގާއި ސޮނެވާ ސީއެސްއެމް ގުޅިގެން ބ. ދަރަވަންދޫގެ ފަރުގެ މުރަކަ އާލާކުރުމަށް "ދިރުން" ޕްރޮގްރާމް ހިންގުމުގެ ޕާޓްނަރޝިޕެއް ޤާއިމުކޮށް، ކޮމިއުނިޓީ މުރަކަ ނާސަރީއެއް ޤާއިމުކުރުމަށް ރާވައިފިއެވެ.
07 Oct 2026
12 ކިލޯ މަސްތުވާތަކެއްޗާއެކު ދެ ދިވެހިން ބެންކޮކުން ހައްޔަރުކޮށްފި
ގިނަ އަދަދެއްގެ ކްރިސްޓަލް މެތް އަދި ކެނެބިސްއާއެކު ދެ ދިވެހި ފިރިހެނުން ތައިލެންޑުގެ ވެރިރަށް ބެންކޮކުން ހައްޔަރުކޮށްފިއެވެ. ބެންކޮކުގެ ނޫސްތަކުން ރިޕޯޓްކޮށްފައިވާ ގޮތުގައި މި މައްސަލައިގައި ހައްޔަރުކޮށްފައިވަނީ އުމުރުން 46 އަހަރުގެ އަލީ ރަޝީދު އަދި 34 އަހަރުގެ މުޙައްމަދު ވިސާމް އެވެ.