އުރީދޫ ނޭޝަން ފީފާ ޓޯނަމަންޓް 3 ގެ ޕޯސްޓަރެއް/ ފޮޓޯ: އުރީދޫ
ވިޔަފާރި
17 Dec 2022 | 17:12
އުރީދޫ ނޭޝަން ފީފާ ޓޯނަމަންޓް 3 އަށް މިހާރު ހިލޭ ރަޖިސްޓްރީ ކުރެވޭނެ، އެއްވަނަ 4ކޭ ސްމާޓް ޓީވީއެއް!

އުރީދޫ ނޭޝަން އިން ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ކުޅިވަރު ކުޅޭ ފަރާތްތަކަށް ހާއްސަކޮށްގެން ބާއްވާ ފީފާ މުބާރާތަށް ހިލޭ ރަޖިސްޓްރީ ކުރުމުގެ ފުރުސަތު ހުޅުވާލައިފިއެވެ. 

މި މުބާރާތުގައި ބައިވެރިވުމަށް ރަޖިސްްޓްރީ ކުރުމުގެ ފުރުސަތު މާދަމާގެ ނިޔަލަށް ހަމަވާއިރު،  ވުމަށް ޝައުގުވެރިވާ ފަރާތްތަކަށް މާދަމާ (18 ޑިސެމްބަރުގެ) ކުރިން http://ore.do/fifa23 މެދުވެރިކޮށް ރަޖިސްޓަރ ކޮށްލެވޭނެއެވެ.

19 ޑިސެމްބަރ 2022 ގައި ފެށުމަށް ހަމަޖެހިފައިވާ އުރީދޫ ނޭޝަން ފީފާ މުބާރާތަކީ އީޓުއެސް ގޭމިންގް ފުވައްމުލައް އަތޮޅު ކައުންސިލާއި މަންނަމް ކެފޭ އަދި ކްލަބް ކޮރަލްސް ގުޅިގެން މާލެ ސިޓީ، ފުވައްމުލައް ސިޓީ، އައްޑޫ ސިޓީ އަދި ކުޅުދުއްފުށި ސިޓީ ހިމެނޭ ހަތަރު ސިޓީގައި ފެށުމަށް ހަމަޖެހިފައިވާ މުބާރާތެކެވެ.

ރަޖިސްޓްރީކޮށްފައިވާ ބައިވެރިން މުބާރާތުގެ ގްރޫޕް ސްޓޭޖާއި ނޮކްއައުޓް ސްޓޭޖާއި ސެމީ ފައިނަލް އަދި ފައިނަލް ހިމެނޭ ގޮތަށް 4 މަރުހަލާއެއްގައި ވާދަކުރާއިރު، އީއޭ ފީފާ އޮންލައިން މުބާރާތްތަކުގެ ރަސްމީ ގައިޑްލައިންތަކާ އެއްގޮތަށް ބައިވެރިން އަމަލުކުރަން ޖެހެއެވެ.

މި މުބާރާތުގައި ވަނަ ވަނައަށް އަންނަ ފަރާތްތަކަށް އަގު ހުރި އިނާމުތައް ވަނީ ކަނޑައަޅާފައެވެ. 

އެގޮތުން 1 ވަނަ 2 ވަނަ އަދި 3 ވަނަ ހޯދާ ބައިވެރިންނަށް އުރީދޫ ނޭޝަން ފީފާ ޓޯނަމަންޓް ގެ ގިފްޓް ޕާޓްނަރު ރެޑްވޭވްއިން އަގުހުރި އިނާމުތަކެއް ވަނީ ހަމަޖެހިފައެވެ.

އިނާމުތަކުގެ ތެރޭގައި، 1 ވަނައަށް ދާ ފަރާތަށް ނިކާއީ 65″ ސްމާޓް ވެބް އޯއެސް 4ކޭ ޔޫއެޗްޑީ ޓީވީއެއް ވަނީ ހުށައަޅާފައެވެ. ދެވަނަ އަށް ދާ ފަރާތަކަށް  ގޭމިން ކިޓް (ކީބޯޑް، މައުސް، ހެޑްފޯން އަދި މައުސް ޕެޑް) އެއް އަދި 3 ވަނަ އަށް ދާ ފަރާތަކަށް  ހައިސެންސް ބާ އެޗްއެސް201-60 2.0 ޗެނަލް ސައުންޑްބާ ވަނީ ހުށައަޅާފައެވެ. 

ކޮމެންޓް
ގުޅޭ ލިޔުންތައް
03 Aug 2026
އަލިފާން ނިއްވުމުގައި ހަރަކާތްތެރިވި ދެ ހެލިކޮޕްޓަރު ޖެހި ދެ މީހަކު މަރުވެއްޖެ
ޔޫނާން (ގްރީސް)ގެ ވެރިރަށް އެތެންސްއާ ގާތްގަނޑަކަށް 65 ކިލޯމީޓަރު ހުޅަނގުގައި އޮންނަ ސަރަހައްދެއްގައި ރޯވެފައިވާ ބޮޑު އަލިފާންގަނޑެއް ނިއްވުމަށް މަސައްކަތް ކުރަމުންދަނިކޮށް، ދެ ހެލިކޮޕްޓަރު ވައިގެ ތެރޭގައި ޖެހި ހިނގި ނުރައްކާތެރި ހާދިސާއެއްގައި ދެ މީހަކު މަރުވެއްޖެއެވެ.
03 Aug 2026
އަހަރުގެ ފުރަތަމަ ހަ މަސްދުވަހު ސީ-ޓު-އެއާ ކާގޯއަށް 6 އިންސައްތައިގެ ކުރިއެރުމެއް
ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓް (ވީއައިއޭ) މެދުވެރިކޮށް ކުރިއަށްގެންދާ ސީ-ޓު-އެއާ ޓްރާންޝިޕްމަންޓްގެ ޚިދުމަތަށް ބޮޑު ތަރުހީބެއް ލިބި، މިއަހަރުގެ ފުރަތަމަ ހަ މަސްދުވަހުގެ ތެރޭގައި 6 އިންސައްތައިގެ ކުރިއެރުމެއް ލިބިފައިވާކަމަށް މޯލްޑިވްސް އެއާޕޯޓްސް ކޮމްޕެނީ ލިމިޓެޑް (އެމްއޭސީއެލް) އިން ހާމަކޮށްފިއެވެ.
03 Aug 2026
ފަލަސްތީނުގެ އަސީރުން ތިބޭ ޖަލުތަކުގެ ވަށައިގެން ކިނބޫ ގެންގުޅުން މަނާކުރާ އަމުރެއް
ނިރުބަވެރި އިސްރާއީލުގެ ޖަލުތަކުގައި ތިބި ފަލަސްތީނުގެ މުސްލިމް އަސީރުން ބޭތިއްބުމަށް ހަދާފައިވާ ކެޓްޒިއޮޓް ޖަލުގެ ވަށައިގެން ކިނބޫ ގެންގުޅުމަށް އެ ޖަމާއަތުގެ ނޭޝަނަލް ސެކިއުރިޓީ މިނިސްޓަރު އިތަމާރު ބެން ގްވީރު ރާވާފައިވާ ރޭވުން ތަންފީޒުކުރުން، ގުދުސްގެ ޑިސްޓްރިކްޓް ކޯޓުން ވަގުތީ ގޮތުން ހުއްޓުވައިފިއެވެ.
03 Aug 2026
ހާމަ ވޯޓު ނެގުމަކީ އަސާސީ ޤަވާޢިދާ އެއްގޮތަށް ކުރާ ކަމެއް: ޕީއެންސީ
ޕީޕަލްސް ނޭޝަނަލް ކޮންގްރެސް (ޕީއެންސީ) ގެ މަތީ މަޖިލީހުގެ މެންބަރުން އިންތިޚާބު ކުރުމަށްޓަކައި ހާމަ ވޯޓު ނެގުމަށް ނިންމާފައިވަނީ އެ ޕާޓީގެ އަސާސީ ޤަވާޢިދާ އެއްގޮތަށް ކަމަށް އެ ޕާޓީން ބުނެފިއެވެ.
03 Aug 2026
ކަޕްވިނާސް ކަޕްގެ ފުރަތަމަ މެޗްގައި މިއަދު ހަވީރު ނިއުރޭޑިއަން ނިކުންނާނީ ބުރާ ދެކޮޅަށް
ޗެމްޕިއަން ޓީމްތަކަށް ދައުވަތު ދީގެން ކުޅެވޭ މި މުބާރާތުގައި ވާދަކުރާނީ، ނިއުރޭޑިއަންޓް ސްޕޯޓްސް ކްލަބާއި ބުރު ސްޕޯޓްސްގެ އިތުރުން، އޮޑި ސްޕޯޓްސް އާއި މާޒިޔާ ސްޕޯޓްސް ކްލަބެވެ
03 Aug 2026
ލީޑްސް ޔުނައިޓެޑް އަތުން ލިވަޕޫލް ބަލިވެއްޖެ
އެމެރިކާގައި މިހާރު ކުރިއަށްދާ ޕްރިސީޒަން ދަތުރުގައި ކުޅުނު އެންމެ ފަހުމެޗްގައި ލިވަޕޫލްގެ މައްޗަށް ލީޑްސް ކުރި ހޯދީ 4-2 ގެ ނަތީޖާއިންނެވެ
02 Aug 2026
ތަކެތީގެ އަގު ބޮޑުވާތީ ކަމަށް ބުނެ ކަޅުހުކުރުގައި އެމްޑީޕީން މުޒާހަރާއަށް ނިކުންނަނީ
އެމްޑީޕީން މިރޭ ބޭއްވި އެ ޕާޓީގެ ގައުމީ މަޖިލީހުގެ 4 ވަނަ ދައުރުގެ 36 ވަނަ ބައްދަލްވުމުގައި އޮގަަސްޓް 12 ވަނަ ދުވަހު މުޒާހަރާ ކުރަން ނިންމީ އެ ޕާޓީގެ ޗެއާޕާސަން, ރައީސް މުހައްމަދު ނަޝީދެވެ.
02 Aug 2026
އެމްޑީޕީގެ ކޮންގްރެސް ވެސް ސެޕްޓެންބަރު މަހު ބާއްވަން ނިންމައިފި
63 މެންބަރުން ބައިވެރިވި ބައްދަލްވުމުގައި އެ ހުށައެޅުމަށް 52 މެންބަރުންގެ ތާއީދު ލިބުނެވެ.