ޕީއެސްއެމް ބޭރުގައި އިދިކޮޅު ކޯލިޝަނުން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގެ ތެރެއިން--ފޮޓޯ/ޕީޕީއެމް
ހަބަރު
18 Dec 2022 | 14:56
ޕީއެސްއެމް, އެމްޑީޕީގެ ހަރުގެއަކަށް ބަދަލުވެއްޖެ; ރައްޔިތުން އެވާހަކަ ދައްކާ: އިދިކޮޅު

ޕީއެސްއެމް, އެމްޑީޕީގެ ހަރުގެއަކަށް ބަދަލުވެއްޖެ ކަމަށާ ރައްޔިތުން އެވާހަކަ ދައްކާ ކަމަށް އިދިކޮޅު ޕީޕީއެމް/ޕީއެންސީ ކޯލިޝަނުން ބުނެފިއެވެ. 

ދައުލަތުގެ މީޑިއާ ސިޔާސީކޮށް، ރައީސް ޞާލިހު ޕްރޮމޯޓްކޮށް، އިދިކޮޅަށް އެއްވެސް ފުރުސަތެއް ނުދީ ޕަބްލިކް ސަރވިސް މީޑިއާގެ ޤާނޫނާ ޚިލާފަށް ޢަމަލުކުރަމުންދާތީއާއި، ޕީއެސްއެމް ހިންގާގޮތާމެދު ރައްޔިތުންގެ ހުރި ކަންބޮޑުވުންތަކާއި މުވައްޒަފުންނަށް ބިރުދައްކާ، މުވައްޒަފުން ނިކަމެތި ކުރަމުންދާތީއާއި، ރިޔާސީ އިންތިޚާބު ބޯމަތިވާއިރު އެމްޑީޕީ ބޭނުންވާގޮތަށް ޕީއެސްއެމް ހިންގަމުންދާތީ، މިކަންކަމުގެ ކަންބޮޑުވުން ފާޅުކުރުމަށް ޕީއެސްއެމްގެ ސީއީއޯ ޢަލީ ހާލިދާއި ބައްދަލުކުރުމަށް އިދިކޮޅު ގެ ޓީމުން މިއަދު ވަނީ ޕީއެސްއެމްއަށް ގޮސްފައެވެ. 

"ޕީއެސްއެމް އަކީ މިހާރު އެމްޑީީޕީގެ ހަރުގެއަކަށް ބަދަލު ވެއްޖެ. މިއީ އެންމެ ބޮޑު ކަންބޮޑުވުމަކީ. ރައްޔިތުން އެވާހަކަ އެބަ ދައްކާ. ގައުމުގެ ހާލަތު އޮތީ އޮންނާނެ ގޮތަކަށް އޮއްވައި، މި މީހުން ދައްކަނީ އެހެން ވާހަކައެއް. މުޅިން މި ވަގު ސަރުކާރު ޕްރޮމޯޓް ކުރުމުގެ މަސައްކަތް މިކުރަނީ. އެއްވެސް ކަމެއް ކުރާ ސަރުކާރެއް ނޫން މިއީ. ރައްޔިތުންގެ ފައިސާ "ފެލާލަނީ". އަލީ ޚަލިދާއި ބައްދަލު ކުރުމަށް ދިޔުމަށް ފަހު ނޫސްވެރިންނާއި ބައްދަލުކުރައްވައި ވާހަކަ ދައްކަވަމުން އަދުރޭ ވިދާޅުވިއެވެ.

މީގެ އިތުރުން ވެސް، އަދުރޭ ވަނީ ވޯލްޑްކަޕު ރާއްޖޭގެ ރަށްތަކަށް ދެއްކުމުގެ ކަންކަން ސަރުކާރުން ކުރި ގޮތުން ހިތްހަމަ ނުޖެހުން ފާޅުކުރައްވާފައެވެ. އެގޮތުން، މީގެ ކުރިން އަހަރު ތަކުގައި، ދައުލަތުގެ މީޑިއާއިން ވޯލްޑްކަޕު ދައްކާއިރު، މިފަހަރު ރާއްޖެ ޓީވީއަށް އެކަން ހަވާލު ކުރުމާއި ގުޅިގެން އެކަމަށްވެސް އޭނާ ވަނީ ފާޑުވިދާޅުވެފައެވެ. 

މިއާއެކު، އަދުރޭ ވަނީ ޕީއެސްއެމްގައި މަސައްކަތް ކުރާ މުވައްޒަފުންނާއި ދޭތެރޭގައި އެ ކުންފުނީގެ ސީއީއޯ އަލީ ޚާލިދު ކަންކަން ކުރަމުންދާ ގޮތާއި މެދު ކަންބޮޑުވުން ފާޅުކުރައްވާފަ އެވެ.

އަދި ޕީއެސްއެމްގެ ސީއީއޯ ޢަލީ ޚާލިދާއި ބައްދަލުކުރައްވައި އިދިކޮޅު ގެ ހުރި ކަންބޮޑުވުންތައް ފާޅުކުރައްވަން ދިޔުމުން، އޭނާ ދިޔައީ "ފިލަން" ކަމަށް ވެސް އަދުރޭ ވިދާޅުވިއެވެ. 

"މިތަން އޮތީ ދަރާ ވިކިފައި. މިތަނުގައި ހުރި ލާރިތަކަށް ވީގޮތެއް ނޭނގެ. މިކަހަލަ ބައިވަރު ކަންބޮޑުވުންތަކެއް ހުރީމާ އަޅުގަނޑުމެން މިތަނަށް މިއައީ. އައިސް އަޅުގަނޑުމެން ބައްދަލުވުމަށް އެދުނީމާ ވަލު ދޮރާށިން ފިލައިގެން ރައްކާވެގެން އެ ދިޔައީ." އަދުރޭ ވިދާޅުވިއެވެ. 

ކޮމެންޓް
ގުޅޭ ލިޔުންތައް
12 Oct 2026
ވަޠަނީ ޚިދުމަތުގެ ފަންނީ ތަމްރީނުގެ 3 ވަނަ ބެޗު ފަށައިފި
ބ.ކިހާދޫގައި ޤާއިމުކޮށްފައިވާ އެމްއެންޑީއެފް ސުކޫލް އޮފް އިންޖިނިއަރިންގ އެންޑް ލޮޖިސްޓިކްސް ގައި 16 ހަފުތާގެ މުއްދަތަށް ކުރިއަށްގެންދާ މި ފަންނީ ތަމްރީނު ޕްރޮގްރާމުގައި، ރާއްޖޭގެ 17 އަތޮޅެއްގެ 44 ރަށަކަށް ނިސްބަތްވާ ޒުވާނުން ބައިވެރިވެއެވެ. އޭގެ ތެރޭގައި ހިމެނެނީ 64 ފިރިހެން އަދި 20 އަންހެން ދަރިވަރުންނެވެ.
12 Oct 2026
އަނބިކަނބަލުން ޖަލުގައި؛ ރާޖަޕަކްސާ ހޮސްޕިޓަލުގައި އެޑްމިޓްކޮށްފި
ސްރީ ލަންކާގެ ކުރީގެ ރައީސް މަހިންދަ ރާޖަޕަކްސާގެ އަނބި ކަނބަލުން ޖަލުގައި ހުއްޓާ ކޮލަމްބޯގެ އަމިއްލަ ހޮސްޕިޓަލެއްގައި އޭނާ އެޑްމިޓްކޮށްފިއެވެ.
12 Oct 2026
ބަންގްލަދޭޝް މީހުންނަށް ފައިސާ ފޮނުވަން ފަސޭހަ ކުރުމަށް ތިން ހުށަހެޅުމެއް
ދިވެހިރާއްޖޭގައި މަސައްކަތްކުރާ ބަންގްލަދޭޝް ރައްޔިތުންނަށް ފައިސާ ފޮނުވުން ފަސޭހަކުރުމަށް ބަންގްލަދޭޝް ބޭންކުން ތިން ހުށަހެޅުމެއް ހުށަހަޅައިފިއެވެ. މި ހުށަހެޅުންތަކުގެ ތެރޭގައި ދިވެހި ރުފިޔާ ބޭނުންކުރުމާއި، ދަތުރުފަތުރާ ގުޅޭ މުއާމަލާތްތަކާއި، ދެގައުމުގެ މެދުގައި ކަރަންސީ ސްވޮޕް އެގްރީމަންޓެއް ހެދުން ހިމެނެއެވެ.
12 Oct 2026
ހ. ގެއަކުން ގިނަ ބަނގުރާ ކޭސް އަތުލައިގެންފި
މާލެ ތެރެއަށް ބަނގުރާ ފޯރުކޮށްދޭ ކަމުގެ މަޢުލޫމާތަކާ ގުޅިގެން ހ. މާދޫގެ ކޯޓު އަމުރެއްގެ ދަށުން ފާސްކޮށް، ގިނަ ޢަދަދެއްގެ ބަނގުރާ ކޭސް އަތުލައިގަނެ ދެ ބިދޭސީއަކު ހައްޔަރުކޮށްފިއެވެ.
12 Oct 2026
ހޫޘީން ސައުދީ އެއާޕޯޓަށް ދިން ހަމަލާއާ ގުޅޭ ވީޑިއޯއެއް
ސަޢޫދީ ޢަރަބިއްޔާގެ ރިޔާޟްގައި ހުންނަ ކިންގް ޚާލިދު ބައިނަލްއަޤްވާމީ އެއާޕޯޓަށް ހޫޘީ ހަނގުރާމަވެރިން މި އޮކްޓޯބަރު މަހުގެ 10 ވަނަ ދުވަހު ދިން ހަމަލާގެ ވަގުތު ދައްކުވައިދޭ ސީސީޓީވީ ފުޓޭޖް އަލް ޢަރަބިއްޔާ ނެޓްވޯކުން އާއްމުކޮށްފިއެވެ.
12 Oct 2026
މަސްތުގެ ހާލަތުގައި ހުރެ، ނުރައްކާތެރިކޮށް ސައިކަލު ދުއްވި މީހާ 30 ދުވަހަށް ބަންދުކޮށްފި
މީނާއަކީ ތަކުރާރުކޮށް އެއްގަމު އުޅަނދު ދުއްވުމުގެ ގާނޫނާއި ގަވާއިދުތަކާ ޚިލާފުވެފައިވާ މީހެއް ކަމަށާއި އޭނާ 44,000 ރުފިޔާގެ ޓްރެފިކް ޖޫރިމަނާ ނުދައްކައި އޮތްކަން ފުލުހުން އޭރު ވަނީ ފާހަގަކޮށްފައެވެ.
12 Oct 2026
ބޭންކަށް ލޯނު ފައިސާ ދައްކަން ކޯޓުން ވަލީދާއަށް ޙުކުމްކޮށްފި
ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) އިން ނަގާފައިވާ "ލުއި އެކްސްޕްރެސް" ލޯނެއްގެ ފައިސާ އާއި ކްރެޑިޓް ކާޑަށް ދައްކަންޖެހޭ ގިނަ އަދަދެއްގެ ފައިސާ ދައްކާފައި ނުވާތީ އެފައިސާ ބޭންކަށް ދެއްކުމަށް ކުރީގެ ޑެޕިއުޓީ މިނިސްޓަރު ވަލީދާ ވަލީދު އަށް ސިވިލް ކޯޓުން ޙުކުމްކޮށްފިއެވެ. މި ޙުކުމް ކުރީ މިމަހު 11 ވަނަ ދުވަހުއެވެ.
12 Oct 2026
ލިވަޕޫލް އަތުން މެންޗެސްޓަރ ސިޓީ މޮޅުވެ، ތާވަލްގެ އެއްވަނައަށް
މި މޮޅާއެކު މެންޗެސްޓަރ ސިޓީ އޮތީ ލީގުގައި ކުޅުނު ހުރިހާ މެޗަކުން މޮޅުވެ، ޖުމްލަ 15 ޕޮއިންޓާއެކު ތާވަލުގެ އެއްވަނައިގައެވެ. މިއީ މި ސީޒަނުގައި ލިވަޕޫލް ބަލިވި ފުރަތަމަ މެޗެވެ. އެ ޓީމު މިހާރު އޮތީ ހަ ޕޮއިންޓާއެކު ތާވަލުގެ ފަހަތުގައެވެ.