ގަލޮޅު އުތުރު ދާއިރާގެ ކައުންސިލަރ މުޙައްމަދު ސައިފް ފާތިހު: ފޮޓޯ/ މާލެސިޓީ ކައުންސިލް
ހަބަރު
18 Dec 2022 | 13:44
މާލޭގެ ތަރައްޤީއަށް މިވަގުތުއޮތް އެންމެބޮޑު ހުރަހަކީ ލޭންޑް ޔޫސް ޕްލޭން ހިފެހެއްޓިފަ އޮތުން: ސައިފް

މާލޭގެ ތަރައްޤީއަށް މިވަގުތު އޮތް އެންމެބޮޑު ހުރަހަކީ މާލޭގެ ލޭންޑް ޔޫސް ޕްލޭން ފާސްނުކޮށް ހިފެހެއްޓިފަ އޮތުން ކަމަށް މާލެ ސިޓީ ގަލޮޅު އުތުރު ދާއިރާގެ ކައުންސިލަރު މުޙައްމަދު ސައިފް ފާތިހު ވިދާޅުވެއްޖެއެވެ.

ސައިފް މިފަދައިން ވިދާޅުވީ މާލޭގެ ލޭންޑް ޔޫސް ޕްލޭން ފާސްނުކޮށްދީ އެއް އަހަރުވުމާއި ގުޅިގެން މޭޔަރު މުޢިއްޒު ކަންބޮޑުވުން ފާޅުކުރައްވާ ދެއްކެވި ވާހަކަފުޅާއި ގުޅިގެން ކައުންސިލްގެ 80 ވަނަ ރަސްމީ އާއްމު ޖަލްސާގައި ވާހަކަ ދައްކަވަމުންނެވެ. ސައިފް ވިދާޅުވީ ލޭންޑް ޔޫސް ޕްލޭން ފާސްކޮށްނުދީ އޮތުމުން މާލޭގެ ރައްޔިތުންނަށް ހޯދައިދޭންޖެހޭ މައުނަވީ ހަމަޖެހުމެއް ހޯދައިދެވެން ނެތްކަމަށެވެ.

”އަޅުގަނޑުމެން ހޯދައިދޭންޖެހޭ އެއްވެސް މައުނަވީ ރިލީފެއް މާލޭގެ ރައްޔިތުންނަށް ހޯދައިދެވޭކަށްނެތް ލޭންޑް ޔޫސް ޕްލޭންގަ ކަންތައްތައް ކުރުމަށް އެކަށައަޅާފަވާ ސަރަޙައްދުތަކާ އޭގެ ޕެރިމީޓަރސް އެނގިގެން ނޫނިއްޔާ. އަޅުގަނޑުމެންނަށް އެފުރުޞަތު މިއޮތީ ބަންދުވެފަ.“ ސައިފް ވިދާޅުވިއެވެ.

މީގެ އިތުރުން ސައިފް ވިދާޅުވީ ކުރިއަށް އޮތްތަނުގައިވެސް ލޭންޑް ޔޫސް ޕްލޭން ފާސްވެގެންދާނެ ކަމަށް ލަފާނުކުރެވޭ ކަމަށާއި، ފެންނަނީ ލޭންޑް ޔޫސް ޕްލޭން ހިފަހައްޓާތަން ކަމަށެވެ. އަދި ކައުންސިލާއި ގުޅިގެން ޙަރަކާތްތެރި މަސައްކަތެއް ސަރުކާރުން ކުރަމުންދާތަން ނުފެންނަ ކަމަށްވެސް ސައިފް ވިދާޅުވިއެވެ. މިއާއިއެކު އޭނާ ވިދާޅުވީ ލޭންޑް ޔޫސް ޕްލޭން ފާސްކޮށްނުދީ ހިފެހެއްޓުމުން ވަކި ހިސާބަކުން ކައުންސިލްގެ ފަރާތުން ކޯޓަށް ދާންޖެހޭނެ ކަމަށެވެ.

”ފެންނަނީ ލޭންޑް ޔޫސް ޕްލޭން ހިފަހައްޓާތަން، ލޭންޑް ޔޫސް ޕްލޭން ފާސްވިޔަނުދީ ހިފެހެއްޓީމަ ފަހަރުގަ ކަންތައްތަކެއް އަޅުގަނޑުމެންގެ މައްޗަށް ދަތިކޮށްގެން ނޫނީ އޮބެހެއްޓޭނެ ކަމަށް ޤަބޫލުކުރެވެނީ. ވަކި ހިސާބަކުން އަޅުގަނޑުމެން ދާންޖެހޭނެ ކޯޓަށްވެސް.“ ސައިފް ވިދާޅުވިއެވެ. 

ލާމަރުކަޒީ ޤާނޫނުގައި ބުނާގޮތުން މި ޕްލޭން ފާސްވެފައިވާކަމަށް މީގެ ކުރިން ހައުސިންގް މިނިސްޓަރު ވެސް ވިދާޅުވެފައިވާކަމަށާއި، މި ލޭންޑް ޔޫސް ޕްލޭންގެ ކަންތަކުގަ ކައުންސިލްގެ މުޅި އެޖެންޑާ މި ފަސް އަހަރު ދުވަހު ކުރަންޖެހޭ މަސައްކަތްތައް އެއްކޮށް ރަހީނުވެފަ އޮންނަގޮތަށް އޮތުމަކީ ޤަބޫލު ކުރެވޭނެ އަދި ބަލައިގަނެވޭނެ ކަމެއް ނޫންކަމުގައި ސައިފް ވިދާޅުވިއެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
26 Aug 2026
އެމްޑީޕީގެ ޑެޕިއުޓީ ޗެއާޕާސަންކަމުން އަހުމަދު އަބްދުﷲ އިސްތިއުފާދެއްވައިފި
މީގެ އިތުރުން ޕާޓީގެ ރައީސް، ނައިބު ރައީސް، ޗެއާޕާސަން އަދި ޑެޕިއުޓީ ޗެއާޕާސަނުންގެ މަގާމުގައި ތިއްބަވާ ބޭފުޅުންނަކީ ޕްރައިމަރީގައި ވާދަކުރައްވާ ހުރިހާ ކެންޑިޑޭޓުންނަށް ވެސް ހަމަހަމަކަމާއެކު އިންސާފުވެރިކޮށް ކަންކަން ކޮށްދޭންޖެހޭ ބަޔަކަށް ވާންޖެހޭނެ ކަމަށް އެ ސިޓީގައި ވަނީ ފާހަގަކުރައްވާފައެވެ
26 Aug 2026
ދެވަނަ ދައުރު ނިންމާލުމަށްފަހު ރައްޔިތުންގެ މަޖިލިސް ޗުއްޓީއަށް
މިއަހަރުގެ ތިންވަނަ ދައުރު ނުވަތަ ފަހު ދައުރުގެ ޖަލްސާތައް ތާވަލުކުރެވިފައި ވަނީ އަންނަ އޮކްޓޫބަރު މަހުގެ 1 ވަނަ ދުވަހުން ފެށިގެން ނޮވެމްބަރު މަހުގެ ނިޔަލަށެވެ
26 Aug 2026
ޕީއެންސީގެ މެމްބަރުންގެ އަދަދު 71،000 އަށް އަރައިފި
މި އަދަދަށް މެމްބަރުން އިތުރުވި މައިގަނޑު ސަބަބަކީ ސަރުކާރާމެދު ރައްޔިތުންގެ އޮތް އިތުބާރުކަމަށް މުންދު ވިދާޅުވިއެވެ.
26 Aug 2026
ބޭރު ފައިސާ ކަޅު ބާޒާރުގައި ވިއްކުން ކުށަކަށް ހަދާ ބިލު މަޖިލީހުން ފާސްކޮށްފި
އެމްއެމްއޭގެ ރޭޓަށްވުރެ މަތިން ބޭރު ފައިސާ ވިއްކުމާއި އިސްތިހާރުކުރުން ޖިނާއީ ކުށަކަށް ހަދާ ބިލު 47 މެންބަރުންގެ ވޯޓާއެކު މަޖިލީހުން ފާސްކޮށްފިއެވެ.
26 Aug 2026
ކައުންސިލްތަކުގެ އިހްތިސާސްގައި ހުންނަ ބިންތައް ސަރުކާރަށް ނެގޭ އިސްލާހް ފާސްކޮށްފި
މަޖިލީހުގައި ނެގުނު ވޯޓުގައި 47 މެމްބަރަކު ވަނީ ބިލް ފާސްކުރަން ވޯޓުދީފައެވެ. މި ބިލަށް ވޯޓު ނުދެނީ އެމްޑީޕީއަށް ނިސްބަތްވާ 11 މެމްބަރުންނެވެ.
26 Aug 2026
މަންފާ ޤުރުއާން ކޭމްޕް މަހިބަދޫގައި ފަށައިފި
މަންފާ އެކަޑަމީން އިންތިޒާމުކޮށްގެން ކޮންމެ އަހަރަކު ރާއްޖޭގެ ރަށެއްގައި ސިލްސިލާކޮށް ކުރިއަށް ގެންދިއުމަށް ނިންމާފައިވާ "މަންފާ ޤުރުއާން ކޭމްޕް" ގެ ފުރަތަމަ ކޭމްޕް އދ. މަހިބަދޫގައި ފަށައިފިއެވެ.
26 Aug 2026
ޝައްމޫން ހަމީދު އެޗްއާރުސީއެމަށް އައްޔަނުކުރުމަށް މަޖިލީހުން ރުހުން ދީފި
ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި ޝަންމޫން އެ މަގާމަށް އައްޔަންކުރަން ފާސްކުރީ ވޯޓުގައި ބައިވެރިވެވަޑައިގެންނެވި 57 މެންބަރުންގެ އިއްތިފާގުންނެވެ.
26 Aug 2026
ރިސޯޓްތަކަށް ލިބޭ އާމްދަނީގެ %40 ރާއްޖޭގެ ބޭންކުތަކަށް މާރުކުރަންޖެހޭ އިސްލާހް ފާސްކޮށްފި
ދިވެހިރާއްޖޭގެ ފަތުރުވެރިކަމުގެ ދާއިރާގައި ހަރަކާތްތެރިވާ ރިސޯޓުތަކަށް ލިބޭ އާމްދަނީގެ 40 އިންސައްތަ ޑޮލަރު، ރާއްޖޭގެ ބޭންކުތައް މެދުވެރިކޮށް ދިވެހި ރުފިޔާއަށް މާރުކުރަން ލާޒިމްވާ ގޮތަށް ޤާނޫނަށް އިސްލާޙު ގެނެސް ރައްޔިތުންގެ މަޖިލީހުން މިއަދު ފާސްކޮށްފިއެވެ.