ކައުންސިލަރު ސައިފް ފާތިހް
20 Nov 2023
މާލޭ މޭޔަރު ކަމަށް ޑިމޮކްރެޓްސްގެ ސައިފް ވާދަކުރައްވަނީ
ހުސްވެފައިވާ މާލޭ މޭޔަރު ކަމުގެ މަޤާމަށް ޑިމޮކްރެޓްސްގެ މެމްބަރު މުޙައްމަދު ސައިފް ފާތިޙް ވާދަ ކުރައްވާނެ ކަަން އިއުލާނު ކުރައްވައިފިއެވެ.
13 Nov 2023
ވަކިވަމުން ދަމުންވެސް ދިވެހި ރައްޔިތުންނަށް އެދެއްވީ ކެއްސެއް: ފާތިހު
ގެެއްލުނު ފައިސާ ނުހޯއްދެވި ތާނގައި، އެމްއެމްޕީއާރުސީ ގެ ވަގުންނަށް ސަލާމަތްދެއްވައިގެން ހުންނަވާފައި، ކަރަޕްޝަންގެ މައްޗަށް ކަރަޕްޝަންގެ ހިންގަވާފައި، ވަކިވަމުން ދަމުންވެސް ދިވެހި ރައްޔިތުންނަށް އެދެއްވީ ކެއްސެއް ކަމަށް ދް ޑިމޮކްރެޓްސްގެ ކައުންސިލް މެމްބަރު ސައިފް ފާތިހު ވިދާޅުވެއްޖެއެވެ.
14 Jun 2023
މާލޭގެ ބިމުގެ ބޭނުން ކުރަންވާނީ ދެފުށް ފެންނަ ގޮތަށް: ސައިފު
‏މާލޭ ބިމުގެ ބޭނުން ޢާންމު މަސްލަޙަތަށް އެންމެ ހެޔޮ ގޮތުގައި ހިފުމާއި، އެތަންތަނުން އާމްދަނީ އުފައްދާ ހޯދުމަކީ މާލެ ސިޓީ ކައުންސިލްގެ މަސްއޫލިއްޔަތެއް ކަމަށާ، އެކަން ހިންގާންޖެހޭނީ ދެފުށްފެންނަ ގޮތަށް ކަމަށް މާލެ ސިޓީ ކައުންސިލުގެ ގަލޮޅު އުތުރު ދާއިރާގެ ކައުންސިލަރު ސައިފް ފާތިހު ވިދާޅުވެއްޖެއެވެ.
30 May 2023
"ޕާޓީ އުފައްދަން ފޯމު ލާނީ އަތޮޅުތެރެއިންވެސް ބޭނުންވާ މީހުން ހިމަނައިގެން"
ޕާޓީ އުފައްދަން ފޯމު ލާނީ އަތޮޅުތެރެއިންވެސް ބޭނުންވާ މީހުން ހިމަނައިގެން ކަމަށް ދަ ޑިމޮކްރެޓްސްއިން ބުނެފިއެވެ.
25 Jan 2023
މާލެ ސިޓީ ކައުންސިލް އޮތީ އެއްވެސް ކަމެއް ނުކުރެވޭ ގޮތަށް މަރުތަޅުއަޅުވާފަ: ސައިފް
މާލެ ސިޓީ ކައުންސިލް އޮތީ އެއްވެސް ކަމެއް ނުކުރެވޭ ގޮތަށް މަރުތަޅުއަޅުވާފައި ކަމަށް މާލެ ސިޓީ ކައުންސިލްގެ ގަލޮޅު އުތުރު ދާއިރާގެ މެމްބަރުމުހައްމަދު ސައިފް ފާތިހު ވިދާޅުވެއްޖެއެވެ.
18 Dec 2022
"މާލޭގެ ތަރައްޤީއަށް އޮތް އެންމެބޮޑު ހުރަހަކީ ލޭންޑް ޔޫސް ޕްލޭން ހިފެހެއްޓިފަ އޮތުން"
މާލޭގެ ތަރައްޤީއަށް މިވަގުތު އޮތް އެންމެބޮޑު ހުރަހަކީ މާލޭގެ ލޭންޑް ޔޫސް ޕްލޭން ފާސްނުކޮށް ހިފެހެއްޓިފަ އޮތުން ކަމަށް މާލެ ސިޓީ ގަލޮޅު އުތުރު ދާއިރާގެ ކައުންސިލަރު މުޙައްމަދު ސައިފް ފާތިހު ވިދާޅުވެއްޖެއެވެ.
24 Nov 2022
"ބޮޑު އަގުގައި މަގު ހަދަން އާރުޑީސީއަަށް ދިނީ ދަރަންޏަށް ލުއިދޭން"
ސަރުކާރު ކުންފުންޏެއް ކަމަށްވާ (ރޯޑް ޑިވެލޮޕްމެންޓް ކޯޕަރޭޝް) އާރްޑީސީއަށް ބޮޑު އަގުގައި މަގު ހަދަން ހަވާލުކުރީ އެ ކުންފުނީގެ ދަރަންޏަށް ލުއިދޭން ކަމަށް މާލެ ސިޓީ ކައުންސިލުގެ ގަލޮޅު އުތުރު ދާއިރާގެ އެމްޑީޕީ ކައުންސިލަރު ސައިފް ފާތިހު ވިދާޅުވެއްޖެއެވެ.