ދަ ޑިމޮކްރެޓްސް ގެ ބައެއް މެންބަރުން-- ފޮޓޯ/ވޮއިސް
ހަބަރު
30 May 2023 | 16:08
ޕާޓީ އުފައްދަން ފޯމު ލާނީ އަތޮޅުތެރެއިންވެސް ބޭނުންވާ މީހުން ހިމަނައިގެން: ދަ ޑިމޮކްރެޓްސް

ޕާޓީ އުފައްދަން ފޯމު ލާނީ އަތޮޅުތެރެއިންވެސް ބޭނުންވާ މީހުން ހިމަނައިގެން ކަމަށް ދަ ޑިމޮކްރެޓްސްއިން ބުނެފިއެވެ.

ޕާޓީއަށް މީހުން ސޮއިކުރުމާ ބެހޭގޮތުން "ވޮއިސް"އާ ވާހަކަ ދައްކަވަމުން މާލެ ސިޓީ ކައުންސިލްގެ ގަލޮޅު އުތުރު ދާއިރާގެ މެމްބަރު މުހައްމަދު ސައިފް ފާތިހު ވިދާޅުވީ ރާއްޖޭގެ އެކި ކަންކޮޅުތަކުން ފޯމުތައް ފުރަމުން ދާ ކަމަށާއި އިދާރީގޮތުން ކުރަން ޖެހޭ ވަރަށް ގިނަ މަސައްކަތްތައްވެސް ކުރަމުންދާ ކަމަށެވެ.

ބޭނުންވަނީ ރާއްޖޭގެ ހުރިހާ ސަރަހައްދަކުންވެސް ބޭނުންވާ މީހުންނަށް ފުރުސަތު ދިނުމަށްފަހު އީސީއަށް ފޯމުތައް ހުށަހަޅަން ކަމަށް ސައިފް ވިދާޅުވިއެވެ.

"މިހާރު ވަރަށް މާލެ ސެންޓްރިކްކޮށް މި ޕްރޮސެސް ކުރަން ޖެހިފަ މި އޮންނަނީ، ގާނޫނާ ގަވާއިދުތައް އޮތް ގޮތުން. އެއީ މިސާލަކަށް އިލެކްޝަންސް ކޮމިޝަނަށް ފިޒިކަލް ކޮޕީއެއް ހުށަހަޅަން ޖެހޭ. އެހެންވީމަ އަޅުގަނޑުމެންނަށް ވަރަށް ބޮޑަށް ޝަކުވާ ފުރަތަމަ ދުވަސްކޮޅުގަ އަތުވެއްޖެ(ރަށްރަށުން)، ތިމަންނަމެންނާ ނުލާ ތިޔަ (ފޯމު) ލައިގެން ނުވާނޭ" ސައިފް ވިދާޅުވިއެވެ.

އެންމެ މުހިންމު ކަމަކީ މީހުންގެ ބައިވެރިވުންކަން ފާހަގަ ކުރައްވައި ސައިފް ވިދާޅުވީ ޕާޓީ އުފެދުމުގައި ބައިވެރިވާން ބޭނުން ވެގެން ރަށްރަށުން އާއްމު ފަރާތްތަކުން ގުޅާ ކަމަށެވެ. އަދި އެގޮތަށް އެފަރާތްތަކުން އެދެމުންދާއިރު، އެ ފަރާތްތައް ނުހިމަނައި ފޯމު ނުލާނެކަމަށް ސައިފް ވިދާޅުވިއެވެ.

"އައްޑޫއާ ދިއްދޫއާ ފޯއްމުލަކާ ތުޅާދޫއާ ހުވަދޫއާ މިތަންތަން ނުލާ ކޮން ސިޔާސީ ޕާޓީއެއްތޯ ރާއްޖޭގަ ހެދޭނީ" ސައިފް ވިދާޅުވިއެވެ.

މަޖިލީހުގެ ރައީސް އަދި އެމްޑީޕީގެ ރައީސް މުހައްމަދު ނަޝީދު އިސްވެ ހުންނަވައިގެން އުފައްދެވި ފިކުރެއްގެ ދިރުން ގޮފިން އުފައްދަން ނިންމާފައިވާ ޕާޓީ ކަމުގައިވާ "ދި ޑިމޮކްރެޓްސް" އުފެއްދުމުގެ ހުއްދަ އިލެކްޝަންސް ކޮމިޝަން (އީސީން) ދީފައި ވަނީ މިދިޔަ ބުދަ ދުވަހުއެވެ.

އެ ހުއްދަ ދެމުން އީސީން ބުނެފައި ވަނީ ޕާޓީއަށް މަދުވެގެން 3000 މެމްބަރުން ހަމަކުރުމަށްޓަކައި ތިން މަސް ލިބިގެންދާނެ ކަމަށާއި އެ އަދަދަށް މެމްބަރުން ހަމަ ކުރުމުން ޕާޓީ އުފެއްދުމަށް ބާއްވާ ބައްދަލުވުމަށް އެ ޕާޓީއަށް ދައުވަތު ދޭނެ ކަމަށެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
26 Aug 2026
އެމްޑީޕީގެ ޑެޕިއުޓީ ޗެއާޕާސަންކަމުން އަހުމަދު އަބްދުﷲ އިސްތިއުފާދެއްވައިފި
މީގެ އިތުރުން ޕާޓީގެ ރައީސް، ނައިބު ރައީސް، ޗެއާޕާސަން އަދި ޑެޕިއުޓީ ޗެއާޕާސަނުންގެ މަގާމުގައި ތިއްބަވާ ބޭފުޅުންނަކީ ޕްރައިމަރީގައި ވާދަކުރައްވާ ހުރިހާ ކެންޑިޑޭޓުންނަށް ވެސް ހަމަހަމަކަމާއެކު އިންސާފުވެރިކޮށް ކަންކަން ކޮށްދޭންޖެހޭ ބަޔަކަށް ވާންޖެހޭނެ ކަމަށް އެ ސިޓީގައި ވަނީ ފާހަގަކުރައްވާފައެވެ
26 Aug 2026
ދެވަނަ ދައުރު ނިންމާލުމަށްފަހު ރައްޔިތުންގެ މަޖިލިސް ޗުއްޓީއަށް
މިއަހަރުގެ ތިންވަނަ ދައުރު ނުވަތަ ފަހު ދައުރުގެ ޖަލްސާތައް ތާވަލުކުރެވިފައި ވަނީ އަންނަ އޮކްޓޫބަރު މަހުގެ 1 ވަނަ ދުވަހުން ފެށިގެން ނޮވެމްބަރު މަހުގެ ނިޔަލަށެވެ
26 Aug 2026
ޕީއެންސީގެ މެމްބަރުންގެ އަދަދު 71،000 އަށް އަރައިފި
މި އަދަދަށް މެމްބަރުން އިތުރުވި މައިގަނޑު ސަބަބަކީ ސަރުކާރާމެދު ރައްޔިތުންގެ އޮތް އިތުބާރުކަމަށް މުންދު ވިދާޅުވިއެވެ.
26 Aug 2026
ބޭރު ފައިސާ ކަޅު ބާޒާރުގައި ވިއްކުން ކުށަކަށް ހަދާ ބިލު މަޖިލީހުން ފާސްކޮށްފި
އެމްއެމްއޭގެ ރޭޓަށްވުރެ މަތިން ބޭރު ފައިސާ ވިއްކުމާއި އިސްތިހާރުކުރުން ޖިނާއީ ކުށަކަށް ހަދާ ބިލު 47 މެންބަރުންގެ ވޯޓާއެކު މަޖިލީހުން ފާސްކޮށްފިއެވެ.
26 Aug 2026
ކައުންސިލްތަކުގެ އިހްތިސާސްގައި ހުންނަ ބިންތައް ސަރުކާރަށް ނެގޭ އިސްލާހް ފާސްކޮށްފި
މަޖިލީހުގައި ނެގުނު ވޯޓުގައި 47 މެމްބަރަކު ވަނީ ބިލް ފާސްކުރަން ވޯޓުދީފައެވެ. މި ބިލަށް ވޯޓު ނުދެނީ އެމްޑީޕީއަށް ނިސްބަތްވާ 11 މެމްބަރުންނެވެ.
26 Aug 2026
މަންފާ ޤުރުއާން ކޭމްޕް މަހިބަދޫގައި ފަށައިފި
މަންފާ އެކަޑަމީން އިންތިޒާމުކޮށްގެން ކޮންމެ އަހަރަކު ރާއްޖޭގެ ރަށެއްގައި ސިލްސިލާކޮށް ކުރިއަށް ގެންދިއުމަށް ނިންމާފައިވާ "މަންފާ ޤުރުއާން ކޭމްޕް" ގެ ފުރަތަމަ ކޭމްޕް އދ. މަހިބަދޫގައި ފަށައިފިއެވެ.
26 Aug 2026
ޝައްމޫން ހަމީދު އެޗްއާރުސީއެމަށް އައްޔަނުކުރުމަށް މަޖިލީހުން ރުހުން ދީފި
ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި ޝަންމޫން އެ މަގާމަށް އައްޔަންކުރަން ފާސްކުރީ ވޯޓުގައި ބައިވެރިވެވަޑައިގެންނެވި 57 މެންބަރުންގެ އިއްތިފާގުންނެވެ.
26 Aug 2026
ރިސޯޓްތަކަށް ލިބޭ އާމްދަނީގެ %40 ރާއްޖޭގެ ބޭންކުތަކަށް މާރުކުރަންޖެހޭ އިސްލާހް ފާސްކޮށްފި
ދިވެހިރާއްޖޭގެ ފަތުރުވެރިކަމުގެ ދާއިރާގައި ހަރަކާތްތެރިވާ ރިސޯޓުތަކަށް ލިބޭ އާމްދަނީގެ 40 އިންސައްތަ ޑޮލަރު، ރާއްޖޭގެ ބޭންކުތައް މެދުވެރިކޮށް ދިވެހި ރުފިޔާއަށް މާރުކުރަން ލާޒިމްވާ ގޮތަށް ޤާނޫނަށް އިސްލާޙު ގެނެސް ރައްޔިތުންގެ މަޖިލީހުން މިއަދު ފާސްކޮށްފިއެވެ.