ގަލޮޅު އުތުރު ދާއިރާގެ ކައުންސިލަރު ސައިފް ފާތިހު -- ފޮޓޯ/ މާލެ ސިޓީ ކައުންސިލް
ހަބަރު
25 Jan 2023 | 13:16
މާލެ ސިޓީ ކައުންސިލް އޮތީ އެއްވެސް ކަމެއް ނުކުރެވޭ ގޮތަށް މަރުތަޅުއަޅުވާފަ: ސައިފް

މާލެ ސިޓީ ކައުންސިލް އޮތީ އެއްވެސް ކަމެއް ނުކުރެވޭ ގޮތަށް މަރުތަޅުއަޅުވާފައި ކަމަށް މާލެ ސިޓީ ކައުންސިލްގެ ގަލޮޅު އުތުރު ދާއިރާގެ މެމްބަރުމުހައްމަދު ސައިފް ފާތިހު ވިދާޅުވެއްޖެއެވެ.

ސައިފް މިހެން ވިދާޅުވީ، މިއަދު ކުރިއަށްދިޔަ މާލެ ސިޓީ ކައުންސިލްގެ ހަތަރު ވަނަ ދައުރުގެ 86 އަހަރީ އާއްމު ޖަލްސާގައި ވާހަކަ ދައްކަވަމުންނެވެ.

ސައިފް ވިދާޅުވީ، މާލޭގެ ޕާކިންގެ މައްސަލަ ހައްލު ކުރުމަށް ހައްލު ހޯދާފައިވާ ކަމަށާއި ނަމަވެސް އެ ހައްލު ހޯދައިނުދީ ސަރުކާރުން ހިފަހައްޓަނީ ކީއްވެކަމެއް ނޭނގޭ ކަމަށެވެ.

"ދައުލަތުގެ މަޖެޓަށް ބުރަވަނީކީ ނޫން. ދައުލަތުން އުފުލަން ޖެހޭ ތަކުލީފެއް އޮތީކީ ނޫން. އަޅުގަނޑުމެންނަށް މިއަދުވެސް އެބަ އޮތޭ މި މަސައްކަތް ފަށައިގަނެގެން މާލެއަށް ހައްލު ހޯދެން. އެހެން ނަމަވެސް މާލޭ ސިޓީ ކައުންސިލަކީ އޮޕޮޒިޝަން ޑޮމިނޭޓް ކުރާ، ނޫނީ މާލޭ ސިޓީ ކައުންސިލްގަ މިތަނަށް ހޮވިފަ ތިބި ގިނަ އެމްޑީޕީ މެމްބަރުންނަކީ މި ސަރުކާރު މި މާލެއަށް އަޅާނުލާ ނުލުމުގެ ވާހަކަ ދައްކާ ބަޔަކަށް ވާތީ، ޖެއްސުމަށް ކުރާ ކަމެއްގެ ގޮތުން މި ހުރިހާ ކަމެއް ހުއްޓުވާފަ މިއޮތީ،" ސައިފް ވިދާޅުވިއެވެ.

ސައިފް ވިދާޅުވީ މާލޭގެ ލޭންޑް ޔޫސް ޕްލޭންވެސް އޮތީ ފްރީޒްކޮށްފައި ކަމަށާއި މާލޭ ސިޓީ ކައުންސިލުން އެދުނު ގޮތަކަށް އެއްވެސް ކަމެއް ނުކުރެވޭ ކަމަށެވެ.

ޕާކިން ހެދުމުގެ މަސައްކަތާއި ލައިޓް އިންޑަސްޓްރިއަލް ޒޯނެއް ގާއިމު ކުރުމުން މަސައްކަތް ފަދަ ގިނަ މަޝްރޫއުތައް ނުހިންގޭ ގޮތަށް މާލެ ސިޓީ ކައުންސިލް އޮތީ މަރުތަޅުއަޅުވާފައި ކަމަށް ސައިފް ވިދާޅުވިއެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
26 Aug 2026
އެމްޑީޕީގެ ޑެޕިއުޓީ ޗެއާޕާސަންކަމުން އަހުމަދު އަބްދުﷲ އިސްތިއުފާދެއްވައިފި
މީގެ އިތުރުން ޕާޓީގެ ރައީސް، ނައިބު ރައީސް، ޗެއާޕާސަން އަދި ޑެޕިއުޓީ ޗެއާޕާސަނުންގެ މަގާމުގައި ތިއްބަވާ ބޭފުޅުންނަކީ ޕްރައިމަރީގައި ވާދަކުރައްވާ ހުރިހާ ކެންޑިޑޭޓުންނަށް ވެސް ހަމަހަމަކަމާއެކު އިންސާފުވެރިކޮށް ކަންކަން ކޮށްދޭންޖެހޭ ބަޔަކަށް ވާންޖެހޭނެ ކަމަށް އެ ސިޓީގައި ވަނީ ފާހަގަކުރައްވާފައެވެ
26 Aug 2026
ދެވަނަ ދައުރު ނިންމާލުމަށްފަހު ރައްޔިތުންގެ މަޖިލިސް ޗުއްޓީއަށް
މިއަހަރުގެ ތިންވަނަ ދައުރު ނުވަތަ ފަހު ދައުރުގެ ޖަލްސާތައް ތާވަލުކުރެވިފައި ވަނީ އަންނަ އޮކްޓޫބަރު މަހުގެ 1 ވަނަ ދުވަހުން ފެށިގެން ނޮވެމްބަރު މަހުގެ ނިޔަލަށެވެ
26 Aug 2026
ޕީއެންސީގެ މެމްބަރުންގެ އަދަދު 71،000 އަށް އަރައިފި
މި އަދަދަށް މެމްބަރުން އިތުރުވި މައިގަނޑު ސަބަބަކީ ސަރުކާރާމެދު ރައްޔިތުންގެ އޮތް އިތުބާރުކަމަށް މުންދު ވިދާޅުވިއެވެ.
26 Aug 2026
ބޭރު ފައިސާ ކަޅު ބާޒާރުގައި ވިއްކުން ކުށަކަށް ހަދާ ބިލު މަޖިލީހުން ފާސްކޮށްފި
އެމްއެމްއޭގެ ރޭޓަށްވުރެ މަތިން ބޭރު ފައިސާ ވިއްކުމާއި އިސްތިހާރުކުރުން ޖިނާއީ ކުށަކަށް ހަދާ ބިލު 47 މެންބަރުންގެ ވޯޓާއެކު މަޖިލީހުން ފާސްކޮށްފިއެވެ.
26 Aug 2026
ކައުންސިލްތަކުގެ އިހްތިސާސްގައި ހުންނަ ބިންތައް ސަރުކާރަށް ނެގޭ އިސްލާހް ފާސްކޮށްފި
މަޖިލީހުގައި ނެގުނު ވޯޓުގައި 47 މެމްބަރަކު ވަނީ ބިލް ފާސްކުރަން ވޯޓުދީފައެވެ. މި ބިލަށް ވޯޓު ނުދެނީ އެމްޑީޕީއަށް ނިސްބަތްވާ 11 މެމްބަރުންނެވެ.
26 Aug 2026
މަންފާ ޤުރުއާން ކޭމްޕް މަހިބަދޫގައި ފަށައިފި
މަންފާ އެކަޑަމީން އިންތިޒާމުކޮށްގެން ކޮންމެ އަހަރަކު ރާއްޖޭގެ ރަށެއްގައި ސިލްސިލާކޮށް ކުރިއަށް ގެންދިއުމަށް ނިންމާފައިވާ "މަންފާ ޤުރުއާން ކޭމްޕް" ގެ ފުރަތަމަ ކޭމްޕް އދ. މަހިބަދޫގައި ފަށައިފިއެވެ.
26 Aug 2026
ޝައްމޫން ހަމީދު އެޗްއާރުސީއެމަށް އައްޔަނުކުރުމަށް މަޖިލީހުން ރުހުން ދީފި
ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި ޝަންމޫން އެ މަގާމަށް އައްޔަންކުރަން ފާސްކުރީ ވޯޓުގައި ބައިވެރިވެވަޑައިގެންނެވި 57 މެންބަރުންގެ އިއްތިފާގުންނެވެ.
26 Aug 2026
ރިސޯޓްތަކަށް ލިބޭ އާމްދަނީގެ %40 ރާއްޖޭގެ ބޭންކުތަކަށް މާރުކުރަންޖެހޭ އިސްލާހް ފާސްކޮށްފި
ދިވެހިރާއްޖޭގެ ފަތުރުވެރިކަމުގެ ދާއިރާގައި ހަރަކާތްތެރިވާ ރިސޯޓުތަކަށް ލިބޭ އާމްދަނީގެ 40 އިންސައްތަ ޑޮލަރު، ރާއްޖޭގެ ބޭންކުތައް މެދުވެރިކޮށް ދިވެހި ރުފިޔާއަށް މާރުކުރަން ލާޒިމްވާ ގޮތަށް ޤާނޫނަށް އިސްލާޙު ގެނެސް ރައްޔިތުންގެ މަޖިލީހުން މިއަދު ފާސްކޮށްފިއެވެ.