ދަ ޑިމޮކްރެޓްސްގެ ކައުންސިލް މެމްބަރު ސައިފް ފާތިހު--ފޮޓޯ: އެމްވީ ޕްލަސް
ހަބަރު
13 Nov 2023 | 22:45
ވަކިވަމުން ދަމުންވެސް ދިވެހި ރައްޔިތުންނަށް އެދެއްވީ ކެއްސެއް: ފާތިހު

ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ޞާލިހު އެ މަގާމުން ވަކިވެވަޑައިގަންނަވަމުންވެސް ދިވެހި ރައްޔިތުންނަށް ދެއްވީ ކެއްސެއް ކަމަށް މާލެ ސިޓީގެ ގަލޮޅު އުތުރު ދާއިރާގެ ކައުންސިލަރު މުހައްމަދު ސައިފް ފާތިހް ވިދާޅުވެއްޖެއެވެ.

ސައިފް މިފަދައިން ވިދާޅުވީ މޯލްޑިވްސް މާކެޓިން އެންޑް ޕަބްލިކް ރިލޭޝަންސް ކޯޕަރޭޝަން (އެމްއެމްޕީއާރުސީ) ހިޔާނާތުގެ މޭސްތިރިންކަމަށް ދައުލަތުން ބުނާ އަދި އެ މައްސަލައިގައި ހުކުމް ވެސް އިއްވާފައިވާ ކުރީގެ ނައިބު ރައީސް އަހުމަދު އަދީބާއި އެ ކުންފުނީގެ ކުރީގެ މެނޭޖިން ޑިރެކްޓަރު ލ ޒިޔަތަށް މާފު ދީ މިނިވަންކުރެއްވުމަށް ރައީސް ޞާލިހު ނިންމެވުމާއި ގުޅިގެންނެވެ.

އެގޮތުން ސައިފް ވިދާޅުވީ، އެމްއެމްޕީއާރްސީ ޚިޔާނާތުގެ ސަބަބުން ދައުލަތުން ގެެއްލުނު ފައިސާ ރައީސް ޞާލިހު އަށް ހޯދައިނުދެއްވުނުއިރު، އެމަނިކުފާނު ހުންނެވީ އެ ޚިޔާނާތުގައި ބައިވެރިވި 'ވަގުންނަށް' ސަލާމަތްދެއްވައިގެން ކަމަށެވެ. 

"ކަރަޕްޝަންގެ މައްޗަށް ކަރަޕްޝަންގެ ހިންގަވާފައި، ވަކިވަމުން ދަމުންވެސް ދިވެހި ރައްޔިތުންނަށް އެދެއްވީ ކެއްސެއް. މިއީ އިބޫ ޞާލިހްގެ ފެންވަރު. ދެވަނަ ދައުރެއް ނުލިބުނީ މިފެންވަރުގެ މީހެއްކަން ދިވެހިންނަށް ސާފުވާތީ." ސައިފް ވިދާޅުވިއެވެ.

އެމްއެމްޕީއާރުސީގެ ހިޔާނާތުގެ މައްސަލައިގައި އަދީބުގެ މައްޗަށް ދައުލަތުން ކްރިމިނަލް ކޯޓުގައި ހަތް ދައުވާއެއް އުފުލުމުން، އެ ހުރިހާ ދައުވާއެއް ވެސް ކޯޓުގައި ވަނީ ސާބިތުވެފަ އެވެ. އެމްއެމްޕީއާރުސީ މައްސަލައިގައި އަދީބަށް އުފުލި ދައުވާތަކުގެ ތެރޭގައި ޓޫރިޒަމް މިނިސްޓަރު ކަމުގެ މަގާމުގައި ހުންނަވައިގެން މަގާމުގެ ނުފޫޒު ބޭނުންކޮށްގެން ފައިދާ ހޯދައިދިނުމުގެ ދައުވާ ހިމެނެއެވެ. އަދީބުގެ މައްޗަށް އެ ހަތް ދައުވާ ވެސް އުފުލީ އެމްއެމްޕީއާރްސީގެ ތެރެއިން 2014 ވަނަ އަހަރުން ފެށިގެން 2015 ވަނަ އަހަރާއި ދެމެދު ހިންގި ކޮރަޕްޝަނާއި މަނީލޯންޑްރިން މައްސަލައާއި ގުޅިގެންނެވެ.

މީގެއިތުރުން ޒިޔަތަކީ ވެސް އިއުތިރާފުގެ އެއްބަސްވުމުގެ ދަށުން ޖަލު ހުކުމް ގޭގައި ތަންފީޒު ކުރައްވަމުން އައި ބޭފުޅެކެވެ. އޭރު އޭނާގެ މައްޗަށް ޝަރީއަތްތައް ކުރިޔަށް ދިޔައިރު ދައުލަތުން ބުނެފައި ވަނީ ޒިޔަތަކީ ހިޔާނާތް ހިންގުމުގެ އެއް މޭސްތިރިޔާ ކަމަށެވެ. ޒިޔަތުގެ މައްޗަށް އިއްވި ހުކުމުގެ އަދަބު ވެސް ލުއިވީ އެއްބަސްވުމެއް އޮތުމާއި އެކު ރައީސް ޔާމީންގެ މައްސަލައަށް ހެކި ބަސް ދެއްވުމުންނެވެ.

ވެރިކަމުގެ ދައުރު ނިމެން 3 ދުވަހަށްވެފައި ވަނިކޮށް އަދީބާއި ޒިޔަތަށް ރައީސް މިވަނީ މައާފު ދެއްވާފައެވެ.

ކޮމެންޓް
އާދަމް
އިބޫއަކީ ޙަގީގީ ޚިޔާނާތްތެރިވާ އެވެ. އަދި ދިވެހިންނަށް ހުރިހާދުވަހަކު އަނިޔާދިން ބޮޑު ޗޯރުކަން މިކަމުން ސާބިތު ނުވޭތޯއެވެ. ޔާމީނުގެ ސަރުޢަތް ސިޔާސީ ވާނެ މިންވަރު މިކަމުންވެސް ދޭހަވެއެވެ.
13 Nov 2023
ޒަމީރު
އެމްއެމްޕީއާރުސީ ގެ ވަގުންގެ ތެރޭގަ ޔާމީނުވެސް ހިމެނޭތަ އަނެއްކާ!
14 Nov 2023
ކަލޯ
ސައިފް މި އަނގަފިދެއް. އެހެން އެންމެން ސާބިތުނުވެ، ގޭގައި ކީއްވެ އަދީބު ވަކި ބަނދުކުރަންވީ؟؟
14 Nov 2023
ގުޅޭ ލިޔުންތައް
26 Aug 2026
ދެވަނަ ދައުރު ނިންމާލުމަށްފަހު ރައްޔިތުންގެ މަޖިލިސް ޗުއްޓީއަށް
މިއަހަރުގެ ތިންވަނަ ދައުރު ނުވަތަ ފަހު ދައުރުގެ ޖަލްސާތައް ތާވަލުކުރެވިފައި ވަނީ އަންނަ އޮކްޓޫބަރު މަހުގެ 1 ވަނަ ދުވަހުން ފެށިގެން ނޮވެމްބަރު މަހުގެ ނިޔަލަށެވެ
26 Aug 2026
ޕީއެންސީގެ މެމްބަރުންގެ އަދަދު 71،000 އަށް އަރައިފި
މި އަދަދަށް މެމްބަރުން އިތުރުވި މައިގަނޑު ސަބަބަކީ ސަރުކާރާމެދު ރައްޔިތުންގެ އޮތް އިތުބާރުކަމަށް މުންދު ވިދާޅުވިއެވެ.
26 Aug 2026
ބޭރު ފައިސާ ކަޅު ބާޒާރުގައި ވިއްކުން ކުށަކަށް ހަދާ ބިލު މަޖިލީހުން ފާސްކޮށްފި
އެމްއެމްއޭގެ ރޭޓަށްވުރެ މަތިން ބޭރު ފައިސާ ވިއްކުމާއި އިސްތިހާރުކުރުން ޖިނާއީ ކުށަކަށް ހަދާ ބިލު 47 މެންބަރުންގެ ވޯޓާއެކު މަޖިލީހުން ފާސްކޮށްފިއެވެ.
26 Aug 2026
ކައުންސިލްތަކުގެ އިހްތިސާސްގައި ހުންނަ ބިންތައް ސަރުކާރަށް ނެގޭ އިސްލާހް ފާސްކޮށްފި
މަޖިލީހުގައި ނެގުނު ވޯޓުގައި 47 މެމްބަރަކު ވަނީ ބިލް ފާސްކުރަން ވޯޓުދީފައެވެ. މި ބިލަށް ވޯޓު ނުދެނީ އެމްޑީޕީއަށް ނިސްބަތްވާ 11 މެމްބަރުންނެވެ.
26 Aug 2026
މަންފާ ޤުރުއާން ކޭމްޕް މަހިބަދޫގައި ފަށައިފި
މަންފާ އެކަޑަމީން އިންތިޒާމުކޮށްގެން ކޮންމެ އަހަރަކު ރާއްޖޭގެ ރަށެއްގައި ސިލްސިލާކޮށް ކުރިއަށް ގެންދިއުމަށް ނިންމާފައިވާ "މަންފާ ޤުރުއާން ކޭމްޕް" ގެ ފުރަތަމަ ކޭމްޕް އދ. މަހިބަދޫގައި ފަށައިފިއެވެ.
26 Aug 2026
ޝައްމޫން ހަމީދު އެޗްއާރުސީއެމަށް އައްޔަނުކުރުމަށް މަޖިލީހުން ރުހުން ދީފި
ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި ޝަންމޫން އެ މަގާމަށް އައްޔަންކުރަން ފާސްކުރީ ވޯޓުގައި ބައިވެރިވެވަޑައިގެންނެވި 57 މެންބަރުންގެ އިއްތިފާގުންނެވެ.
26 Aug 2026
ރިސޯޓްތަކަށް ލިބޭ އާމްދަނީގެ %40 ރާއްޖޭގެ ބޭންކުތަކަށް މާރުކުރަންޖެހޭ އިސްލާހް ފާސްކޮށްފި
ދިވެހިރާއްޖޭގެ ފަތުރުވެރިކަމުގެ ދާއިރާގައި ހަރަކާތްތެރިވާ ރިސޯޓުތަކަށް ލިބޭ އާމްދަނީގެ 40 އިންސައްތަ ޑޮލަރު، ރާއްޖޭގެ ބޭންކުތައް މެދުވެރިކޮށް ދިވެހި ރުފިޔާއަށް މާރުކުރަން ލާޒިމްވާ ގޮތަށް ޤާނޫނަށް އިސްލާޙު ގެނެސް ރައްޔިތުންގެ މަޖިލީހުން މިއަދު ފާސްކޮށްފިއެވެ.
26 Aug 2026
ޕާކިސްތާނުގެ ހޮސްޕިޓަލެއްގައި ހިނގި އަލިފާނުގެ ހާދިސާގައި 14 ކުދިން މަރުވެއްޖެ
ޕާކިސްތާނުގެ ވެރިރަށް އިސްލާމްއާބާދުގައި ހުންނަ ސަރުކާރުގެ މައި ހޮސްޕިޓަލެއްގެ ނާސަރީގައި ހިނގި ނުރައްކާތެރި އަލިފާނުގެ ހާދިސާއެއްގައި، އަލަށް އުފަންވި މަދުވެގެން 14 ކުދިން މަރުވެއްޖެއެވެ.