ދަ ޑިމޮކްރެޓްސްގެ ފަރާތުން މާލޭގެ މޭޔަރުކަމަށް ވާދަކުރައްވާ މުޙައްމަދު ސައިފް ފާތިޙް. ފޮޓޯ: ޑިމޮކްރެޓްސް
ހަބަރު
17 Dec 2023 | 12:53
މާލޭގެ ބިމުން މާލޭގެ ރައްޔިތުންނަށް ހައްލުތަކެއް ހޯދަދޭން ޖެހޭ: ސައިފް

މާލޭގެ ބިމުން މާލޭގެ ރައްޔިތުންނަށް ހައްލުތަކެއް ހޯދަދޭން ޖެހޭ ކަމަށް ދަ ޑިމޮކްރެޓްސްގެ ޓިކެޓްގައި މާލޭގެ މޭޔަރ ކަމަށް ވާދަކުރައްވާ، ގަލޮޅު އުތުރު ދާއިރާގެ ކައުންސިލް މެންބަރު މުޙައްމަދު ސައިފް ފާތީޙް ވިދާޅުވެއްޖެއެވެ.

ސައިފް މިހެން ވިދާޅުވީ ކެމްޕޭނު ލޯންޗްކުރުމަށް އެޕާޓީގެ ހަރުގޭގައި ރޭ ބޭއްވި ޖަލްސާގައި ދެއްކެވި ވާހަކައިގައެވެ.

ސައިފް ވިދާޅުވީ މާލެއާއި މެދު ވިސްނާ ވިސްނުން ބިނާ ކުރައްވަނީ މައިގަނޑު ދެ ހަޤީޤަތެއް ޤަބޫލު ކޮށްގެން ތިބެ ކަމަށެވެ.

އޭގެ ތެރެއިން ފުރަތަމަ ޤަބޫލު ކުރުމަކީ މާލޭގެ މައްސަލަތައް ހައްލުކުރަން މަޑުކޮށް ލަސްކުރެވެން ނެތްކަން ކަމަށެވެ.

“އަޅުގަނޑުމެންނަކަށް ނެތް މާލޭގެ ކަންކަން ހައްލުކުރަން 10، 15 20 އަަހަރު އަދި ހޭދަކުރެވޭކަށެއް، އެކަމުގެ ސަބަބުން އެތައް ބައެއްގެ ހަޔާތް ބަރުބާދުވެ އެތައް ބައެއްގެ ޙަޔާތައް ލޮޅުންތައް އަރައިގެން ގޮސް ހަލާކުވެގެން އެބަދޭ” 

މުޙައްމަދު ސައިފް ފާތިޙް

އެގޮތުން އެތައް ބަޔަކު މަސްތުވާތަކެތީގެ ވަބާގައި ޖެހިގެން އެބަދާ ކަމަށާއި އެތައް ބައެއްގެ އާއިލާ ތައް ރޫޅިގެން ދާ ކަމަށެވެ. އަދި އެތައް ބައިވަރު ގުޅުންތަކެއް ކަފާސްވެ ހަލާކުވެގެން އެބަދާ ކަމަށެވެ.

“އެހެންވީމާ އަޅުގަނޑު މެންނަށް އެބަ އިނގޭ މާލޭގެ މައްސަލަ ހައްލުކުރުމަކީ ވަރަށް ދިގުރާސްތާގައި ވަރަށް ބައިވަރު ޚަރަދު ކޮށްގެން ވަރަށް ބޮޑު ކޮށް ވަރަށް ގިނަ ދުވަހުން ކުރެވޭ ކަމަކަށް ހަދައިގެން ފަރުޖެއްސެން ނެތް ކަން، މިއަދު މާލެއަށް ހައްލެއް ބޭނުންކަން” 

މުޙައްމަދު ސައިފް ފާތިޙް

ދެވަނަ ޤަބޫލު ކުރުމެއް ކަމަށް ސައިފް ވިދާޅުވީ މާލެގެ ބިމުން މާލޭގެ ރައްޔިތުންނަށް ހައްލު ހޯދައި ދިނުމުގެ ވާހަކައެވެ.

ސައިފް ވިދާޅުވީ އޭނާގެވެސް މަންމަ ބައްޕަ ފަރާތުންވެސް މާލެ ދޫކޮށް ދާނެ ރަށެއް ފަޅެއްވެސް ނެތް ކަމަށެވެ.

“އަޅުގަނޑުމެން ޤަބޫލުކުރަން އެބަޖެހޭ މާލޭގެ ރައްޔިތުންނަށް މާލޭގެ ބިމުން އެބަ ހައްލުތަކެއް ހޯދައިދޭން ޖެހޭ ކަން” ސައިފް ވިދާޅުވިއެވެ.

ސައިފް ވިދާޅުވީ އެކަން ކުރެވޭނީ މާލެ ރީއޮގަނައިޒް ކޮށްގެން މާލޭގެ އިންތިޒާމްތައް ބަދަލުކޮށްގެން ކަމަށެވެ. އަދި ހަމައެކަނި ކޮންމެވެސް ތަނެއްގައި އޮތް ފަޅެއް ފަރެއް ހިއްކައިގެން އެތަން އާބާދުވުމުގެ އިންތިޒާރުގައި މާލޭމީހުންގެ އުމުރު ނަގައިލަން ނުޖެހޭ ކަމަށްވެސް ސައިފް ވިދާޅުވިއެވެ.

މީގެ އިތިުރަށް ސައިފް ވިދާޅުވީ ސިޓީ ކައުންސިލްގެ މި އިންތިޚާބުގައި ޑިމޮކްރެޓްސް އިން ހުށައަޅަނީ އެވިދާޅުވާފަދަ ބަދަލުތައް އަވަސްގޮތެއްގައި ގެނެސްދެވޭނެ ގޮތްތައް ކަމަށެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
26 Aug 2026
ދެވަނަ ދައުރު ނިންމާލުމަށްފަހު ރައްޔިތުންގެ މަޖިލިސް ޗުއްޓީއަށް
މިއަހަރުގެ ތިންވަނަ ދައުރު ނުވަތަ ފަހު ދައުރުގެ ޖަލްސާތައް ތާވަލުކުރެވިފައި ވަނީ އަންނަ އޮކްޓޫބަރު މަހުގެ 1 ވަނަ ދުވަހުން ފެށިގެން ނޮވެމްބަރު މަހުގެ ނިޔަލަށެވެ
26 Aug 2026
ޕީއެންސީގެ މެމްބަރުންގެ އަދަދު 71،000 އަށް އަރައިފި
މި އަދަދަށް މެމްބަރުން އިތުރުވި މައިގަނޑު ސަބަބަކީ ސަރުކާރާމެދު ރައްޔިތުންގެ އޮތް އިތުބާރުކަމަށް މުންދު ވިދާޅުވިއެވެ.
26 Aug 2026
ބޭރު ފައިސާ ކަޅު ބާޒާރުގައި ވިއްކުން ކުށަކަށް ހަދާ ބިލު މަޖިލީހުން ފާސްކޮށްފި
އެމްއެމްއޭގެ ރޭޓަށްވުރެ މަތިން ބޭރު ފައިސާ ވިއްކުމާއި އިސްތިހާރުކުރުން ޖިނާއީ ކުށަކަށް ހަދާ ބިލު 47 މެންބަރުންގެ ވޯޓާއެކު މަޖިލީހުން ފާސްކޮށްފިއެވެ.
26 Aug 2026
ކައުންސިލްތަކުގެ އިހްތިސާސްގައި ހުންނަ ބިންތައް ސަރުކާރަށް ނެގޭ އިސްލާހް ފާސްކޮށްފި
މަޖިލީހުގައި ނެގުނު ވޯޓުގައި 47 މެމްބަރަކު ވަނީ ބިލް ފާސްކުރަން ވޯޓުދީފައެވެ. މި ބިލަށް ވޯޓު ނުދެނީ އެމްޑީޕީއަށް ނިސްބަތްވާ 11 މެމްބަރުންނެވެ.
26 Aug 2026
މަންފާ ޤުރުއާން ކޭމްޕް މަހިބަދޫގައި ފަށައިފި
މަންފާ އެކަޑަމީން އިންތިޒާމުކޮށްގެން ކޮންމެ އަހަރަކު ރާއްޖޭގެ ރަށެއްގައި ސިލްސިލާކޮށް ކުރިއަށް ގެންދިއުމަށް ނިންމާފައިވާ "މަންފާ ޤުރުއާން ކޭމްޕް" ގެ ފުރަތަމަ ކޭމްޕް އދ. މަހިބަދޫގައި ފަށައިފިއެވެ.
26 Aug 2026
ޝައްމޫން ހަމީދު އެޗްއާރުސީއެމަށް އައްޔަނުކުރުމަށް މަޖިލީހުން ރުހުން ދީފި
ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި ޝަންމޫން އެ މަގާމަށް އައްޔަންކުރަން ފާސްކުރީ ވޯޓުގައި ބައިވެރިވެވަޑައިގެންނެވި 57 މެންބަރުންގެ އިއްތިފާގުންނެވެ.
26 Aug 2026
ރިސޯޓްތަކަށް ލިބޭ އާމްދަނީގެ %40 ރާއްޖޭގެ ބޭންކުތަކަށް މާރުކުރަންޖެހޭ އިސްލާހް ފާސްކޮށްފި
ދިވެހިރާއްޖޭގެ ފަތުރުވެރިކަމުގެ ދާއިރާގައި ހަރަކާތްތެރިވާ ރިސޯޓުތަކަށް ލިބޭ އާމްދަނީގެ 40 އިންސައްތަ ޑޮލަރު، ރާއްޖޭގެ ބޭންކުތައް މެދުވެރިކޮށް ދިވެހި ރުފިޔާއަށް މާރުކުރަން ލާޒިމްވާ ގޮތަށް ޤާނޫނަށް އިސްލާޙު ގެނެސް ރައްޔިތުންގެ މަޖިލީހުން މިއަދު ފާސްކޮށްފިއެވެ.
26 Aug 2026
ޕާކިސްތާނުގެ ހޮސްޕިޓަލެއްގައި ހިނގި އަލިފާނުގެ ހާދިސާގައި 14 ކުދިން މަރުވެއްޖެ
ޕާކިސްތާނުގެ ވެރިރަށް އިސްލާމްއާބާދުގައި ހުންނަ ސަރުކާރުގެ މައި ހޮސްޕިޓަލެއްގެ ނާސަރީގައި ހިނގި ނުރައްކާތެރި އަލިފާނުގެ ހާދިސާއެއްގައި، އަލަށް އުފަންވި މަދުވެގެން 14 ކުދިން މަރުވެއްޖެއެވެ.