ސައިފް ފާތިހް-- ފޮޓޯ: މާލެ ސިޓީ ކައުންސިލް
ހަބަރު
17 Jul 2024 | 16:44
މާލޭގައި ދުވަހަކު ނޫޅޭ މީހުން ހިމެނޭހެން ކުރީ ސަރުކާރުން ޢާންމުކުރި ލިސްޓަށް ފްލެޓު ދީގެންނުވާނެ: ސައިފް

މާލޭގައި ދުވަހަކު ނޫޅޭ މީހުން ހިމެނޭހެން ކުރީގެ ރައީސް އިބްރާޙިމް މުހައްމަދު ޞާލިހުގެ ސަރުކާރުން ޢާންމުކުރި ލިސްޓަށް ފްލެޓު ދީގެންނުވާނެކަމަށް ގަލޮޅު އުތުރު ދާއިރާގެ ކައުންސިލް މެންބަރު މުޙައްމަދު ސައިފް ފާތިޙް ވިދާޅުވެއްޖެއެވެ.

މާލެ ސިޓީ ކައުންސިލްގެ 4 ވަނަ ދައުރުގެ 154 ވަނަ ރަސްމީ ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން ސައިފް ވިދާޅުވީ، ފުރަތަމަ މި ލިސްޓް ކުރީ ސަރުކާރުން އެކުލަވާލި ގޮތުގެ މައްޗަށް ފްލެޓް ދޫކުރެވެން ނެތްކަން ގަބޫލުކުރާ ކަމަށެވެ.

"އަޅުގަނޑުވެސް ބެލި ބައެއް ބެލުންތަކުން އިނގޭ ދަރިއަކު ނެތް މީހުންނަށް މެނުއަލީ ދަރިއަކު ހުރިކަމަށް މެނުއަލީ ބަދަލުކޮށްގެން ފްލެޓް ދީފައި އެބަހުރި. އަޅުގަނޑަށް އެނގިގެން ނ އަތޮޅުގެ ސްކޫލް ގެ ޓީޗަރަކަށް، އެތައް އަހަރަކު، ޓެން އިޔާޒް އަށް ވުރެ ގިނަ ދުވަހު މަސައްކަތް ކުރައްވާފައި ހުރި ބޭފުޅަކަށް މާލޭގައި 15 އަހަރު ދިރިއުޅުކަމުގެ ލިޔުންދީގެން ފްލެޓް ލިބޭނެ ކަމުގެ ލިސްޓްގައި ހިމެނިފައި އެބަހުރި."

ސައިފް ވިދާޅުވިއެވެ.

އެހެންކަމުން ކުރީ ސަރުކާރުން އެކުލަވާލި ލިސްޓްގައިވާގޮތަށް ފްލެޓްތައް ނުބެހޭނެ ކަމަށާއި، އެ ފްލެޓްތައް ލިބޭނީ މާލޭގެ ސަރަހައްދުގައި ނުވަތަ މާލޭގައި ހަގީގަތުގައި ވެސް ދިރިއުޅޭ ރައްޔިތުންނަށް ކަމަށް ސައިފް ވިދާޅުވިއެވެ.

ފްލެޓްތަކަކީ ސިޔާސީ ގޮތުން މަންފާއެއް ހޯދަން އިންތިހާބަކާއި ދިމާކޮށް ބަހާލާއެއްޗަކަށް އެއްވެސް އިރެއްގައި ފްލެޓްވެސް ގޯތިވެސް ވެގެންނުވާނެ ކަމަށް ވެސް ސައިފް ވިދާޅުވިއެވެ.

ސައިފް ވިދާޅުވީ، މި ލިސްޓަށް ވަރަށް ގިނަ ދުވަސްވެފައިވާ ކަމަށާއި، ނުގަވައިދުން ބަޔަކަށް ލިސްޓްގައި ނަންތަކެއް ހިމެނިފައި ހުރިކަމަށް ވިޔަސް އެ ލިސްޓްގައި ގިނަ ވާނީ ރަނގަޅަށް ހިމެނިފައި ހުރި ނަންތައް ކަމަށެވެ. އަދި ހައްގުވެރިންގެ ނަންތައް ހިމެނިފައި އޮތްލެއް ގިނަވާނެ ކަމަށާއި، އެހެންކަމުން ރަނގަޅަށް އެވޯޑްކޮށްފައި ހުރި ފަރާތްތަކަށް އަވަހަށް ފްލެޓް ހަވާލުކުރުމަކީ ވަރަށް މުހިންމު ކަމެއްކަން ސައިފް ފާހަގަކުރެއްވިއެވެ.

ކޮމެންޓް
ޢަލީބެ
މާލޭގައި ދުވަހަކު ނޫޅޭ މީހުނަށް ފުލެޓު ދިނީ ޔާމީންވެރިކަމުގާ އެފުލެޓު އަތުލަން ނުގޮވާ އަނެއްކާވެސް މުއިއްޒު އަތްބާނަން ފުލެޓު ތައްދޭންވީތަ
17 Jul 2024
Aish
ސައިފް ބުނީ ރަގަޅަށް ރަށްރަށުގައި ދިރިއުޅޭ ބައިވަރުމީހުންނަށްފުލެޓްލިބިފައިއެބަހުރި..އަޅުގަނޑުކަހަލަ މާލޭގައި 25އަހަރުއުޅުނުމީހުންނަށްނުލިބޭ
17 Jul 2024
💯
💯
17 Jul 2024
ވާނުވާ
ތީ ވަރަށް ވާނުވާ ނުބަލާ ވާހަކަ ދައްކާ މީހެއް.
17 Jul 2024
ގެދޮރުވެރިޔާ
ތާއީދު
18 Jul 2024
ގުޅޭ ލިޔުންތައް
26 Aug 2026
ދެވަނަ ދައުރު ނިންމާލުމަށްފަހު ރައްޔިތުންގެ މަޖިލިސް ޗުއްޓީއަށް
މިއަހަރުގެ ތިންވަނަ ދައުރު ނުވަތަ ފަހު ދައުރުގެ ޖަލްސާތައް ތާވަލުކުރެވިފައި ވަނީ އަންނަ އޮކްޓޫބަރު މަހުގެ 1 ވަނަ ދުވަހުން ފެށިގެން ނޮވެމްބަރު މަހުގެ ނިޔަލަށެވެ
26 Aug 2026
ޕީއެންސީގެ މެމްބަރުންގެ އަދަދު 71،000 އަށް އަރައިފި
މި އަދަދަށް މެމްބަރުން އިތުރުވި މައިގަނޑު ސަބަބަކީ ސަރުކާރާމެދު ރައްޔިތުންގެ އޮތް އިތުބާރުކަމަށް މުންދު ވިދާޅުވިއެވެ.
26 Aug 2026
ބޭރު ފައިސާ ކަޅު ބާޒާރުގައި ވިއްކުން ކުށަކަށް ހަދާ ބިލު މަޖިލީހުން ފާސްކޮށްފި
އެމްއެމްއޭގެ ރޭޓަށްވުރެ މަތިން ބޭރު ފައިސާ ވިއްކުމާއި އިސްތިހާރުކުރުން ޖިނާއީ ކުށަކަށް ހަދާ ބިލު 47 މެންބަރުންގެ ވޯޓާއެކު މަޖިލީހުން ފާސްކޮށްފިއެވެ.
26 Aug 2026
ކައުންސިލްތަކުގެ އިހްތިސާސްގައި ހުންނަ ބިންތައް ސަރުކާރަށް ނެގޭ އިސްލާހް ފާސްކޮށްފި
މަޖިލީހުގައި ނެގުނު ވޯޓުގައި 47 މެމްބަރަކު ވަނީ ބިލް ފާސްކުރަން ވޯޓުދީފައެވެ. މި ބިލަށް ވޯޓު ނުދެނީ އެމްޑީޕީއަށް ނިސްބަތްވާ 11 މެމްބަރުންނެވެ.
26 Aug 2026
މަންފާ ޤުރުއާން ކޭމްޕް މަހިބަދޫގައި ފަށައިފި
މަންފާ އެކަޑަމީން އިންތިޒާމުކޮށްގެން ކޮންމެ އަހަރަކު ރާއްޖޭގެ ރަށެއްގައި ސިލްސިލާކޮށް ކުރިއަށް ގެންދިއުމަށް ނިންމާފައިވާ "މަންފާ ޤުރުއާން ކޭމްޕް" ގެ ފުރަތަމަ ކޭމްޕް އދ. މަހިބަދޫގައި ފަށައިފިއެވެ.
26 Aug 2026
ޝައްމޫން ހަމީދު އެޗްއާރުސީއެމަށް އައްޔަނުކުރުމަށް މަޖިލީހުން ރުހުން ދީފި
ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި ޝަންމޫން އެ މަގާމަށް އައްޔަންކުރަން ފާސްކުރީ ވޯޓުގައި ބައިވެރިވެވަޑައިގެންނެވި 57 މެންބަރުންގެ އިއްތިފާގުންނެވެ.
26 Aug 2026
ރިސޯޓްތަކަށް ލިބޭ އާމްދަނީގެ %40 ރާއްޖޭގެ ބޭންކުތަކަށް މާރުކުރަންޖެހޭ އިސްލާހް ފާސްކޮށްފި
ދިވެހިރާއްޖޭގެ ފަތުރުވެރިކަމުގެ ދާއިރާގައި ހަރަކާތްތެރިވާ ރިސޯޓުތަކަށް ލިބޭ އާމްދަނީގެ 40 އިންސައްތަ ޑޮލަރު، ރާއްޖޭގެ ބޭންކުތައް މެދުވެރިކޮށް ދިވެހި ރުފިޔާއަށް މާރުކުރަން ލާޒިމްވާ ގޮތަށް ޤާނޫނަށް އިސްލާޙު ގެނެސް ރައްޔިތުންގެ މަޖިލީހުން މިއަދު ފާސްކޮށްފިއެވެ.
26 Aug 2026
ޕާކިސްތާނުގެ ހޮސްޕިޓަލެއްގައި ހިނގި އަލިފާނުގެ ހާދިސާގައި 14 ކުދިން މަރުވެއްޖެ
ޕާކިސްތާނުގެ ވެރިރަށް އިސްލާމްއާބާދުގައި ހުންނަ ސަރުކާރުގެ މައި ހޮސްޕިޓަލެއްގެ ނާސަރީގައި ހިނގި ނުރައްކާތެރި އަލިފާނުގެ ހާދިސާއެއްގައި، އަލަށް އުފަންވި މަދުވެގެން 14 ކުދިން މަރުވެއްޖެއެވެ.