ގަލޮޅު އުތުރު ދާއިރާގެ ކައުންސިލަރު ސައިފް ފާތިހު
ހަބަރު
14 Jun 2023 | 16:04
މާލޭގެ ބިމުގެ ބޭނުން ކުރަންވާނީ ދެފުށް ފެންނަ ގޮތަށް، ހާމަކަން ބޮޑުކޮށް: ސައިފު

‏މާލޭ ބިމުގެ ބޭނުން ޢާންމު މަސްލަޙަތަށް އެންމެ ހެޔޮ ގޮތުގައި ހިފުމާއި، އެތަންތަނުން އާމްދަނީ އުފައްދާ ހޯދުމަކީ މާލެ ސިޓީ ކައުންސިލްގެ މަސްއޫލިއްޔަތެއް ކަމަށާ، އެކަން ހިންގާންޖެހޭނީ ދެފުށްފެންނަ ގޮތަށް ކަމަށް މާލެ ސިޓީ ކައުންސިލުގެ ގަލޮޅު އުތުރު ދާއިރާގެ ކައުންސިލަރު ސައިފް ފާތިހު ވިދާޅުވެއްޖެއެވެ.

މާލޭގެ އެއްވެސް ހުސް ޖާގައެއް، މަގެއް، މައިޒާނެއް، ޕާކެއް، ބިމެއް ވަކި ކަމަކަށް-ވިޔަފާރިއަށް އެކަށައަޅައި، ކުއްޔަށް ދޫކުރުމާއި، އެތަންތަނަށް ބަދަލުގެނެސް، ތަރައްޤީކުރުމާއި، އެތަންތަނާ ގުޅޭގޮތުން ލިބޭ ޕްރޮޕޯޒަލް ވިލަރެސްކޮށް، ފަހުބަސް ބުނެ، ގޮތް ނިންމުމުގެ އިޚްތިޔާރެއް ކައުންސިލުގެ ކޮމިޓީއަކަށް ލިބިގެންނުވާކަމަށާއި، އެފަދަ ނިންމުމެއް ނިންމޭނީ މާލޭ ސިޓީ ކައުންސިލްގެ ޢާންމު ރަސްމީ ޖަލްސާއަކުން ވޯޓުލާ ފާސްކޮށްގެން ކަމަށް ހަމަޖެއްސުމަށް ކައުންސިލްގެ ޖަލްސާއަށް ހުށަހަޅައި އެގޮތަށް ވަނީ ފާސްކޮށްފައެވެ. 

އެ ހުށަހެޅުން ހުށަހެޅުއްވީ، މާލެސިޓީ ކައުންސިލްގައި ހިމެނިވަޑައިގަންނަވާ ކައުންސިލަރުންގެ ތެރެއިން، ދަ ޑިމޮކްރެޓްސް އަށް ނިސްބަތްވާ ކައުންސިލަރުންނެވެ. އެއީ ގަލޮޅު މެދު ދާއިރާގެ ކައުންސިލަރު މަރިޔަމް ރީހާން ނާޒިމް(ރީނު) އާއި، ސައިފުގެ އިތުރުން ގަލޮޅު ހުޅަނގު ދާއިރާގެ ކައުންސިލަރު މަރިޔަމް ނާޒިމާ މުހައްމަދު ފާއިޒެވެ. 

އެކަމާއި ގުޅިގެން ސައިފް ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ، މާލޭ ބިމުގެ ބޭނުން ޢާންމު މަސްލަޙަތަށް އެންމެ ހެޔޮ ގޮތުގައި ހިފުމާއި، އެތަންތަނުން އާމްދަނީ އުފައްދާ ހޯދުމަކީ މާލެސިޓީ ކައުންސިލްގެ މަސްއޫލިއްޔަތެއް ކަމަށެވެ.

"އެކަން ހިންގާންޖެހޭނީ ދެފުށްފެންނަ، ހާމަކަން ބޮޑު، ހުޅުވާލެވިފައިވާ ޑިމޮކްރެޓިކް ހަމަތަކުގެ މަތިން!" ސައިފް ވިދާޅުވި އެވެ. 

މިއާއެކު ސައިފް ވަނީ، އެކަން ފާސްކުރުމަށް ވޯޓުދެއްވި ހުރިހާ ކައުންސިލަރުންނަށް ޝުކުރު އަދާކުރައްވާފައެވެ. 

ކޮމެންޓް
ގުޅޭ ލިޔުންތައް
26 Aug 2026
ދެވަނަ ދައުރު ނިންމާލުމަށްފަހު ރައްޔިތުންގެ މަޖިލިސް ޗުއްޓީއަށް
މިއަހަރުގެ ތިންވަނަ ދައުރު ނުވަތަ ފަހު ދައުރުގެ ޖަލްސާތައް ތާވަލުކުރެވިފައި ވަނީ އަންނަ އޮކްޓޫބަރު މަހުގެ 1 ވަނަ ދުވަހުން ފެށިގެން ނޮވެމްބަރު މަހުގެ ނިޔަލަށެވެ
26 Aug 2026
ޕީއެންސީގެ މެމްބަރުންގެ އަދަދު 71،000 އަށް އަރައިފި
މި އަދަދަށް މެމްބަރުން އިތުރުވި މައިގަނޑު ސަބަބަކީ ސަރުކާރާމެދު ރައްޔިތުންގެ އޮތް އިތުބާރުކަމަށް މުންދު ވިދާޅުވިއެވެ.
26 Aug 2026
ބޭރު ފައިސާ ކަޅު ބާޒާރުގައި ވިއްކުން ކުށަކަށް ހަދާ ބިލު މަޖިލީހުން ފާސްކޮށްފި
އެމްއެމްއޭގެ ރޭޓަށްވުރެ މަތިން ބޭރު ފައިސާ ވިއްކުމާއި އިސްތިހާރުކުރުން ޖިނާއީ ކުށަކަށް ހަދާ ބިލު 47 މެންބަރުންގެ ވޯޓާއެކު މަޖިލީހުން ފާސްކޮށްފިއެވެ.
26 Aug 2026
ކައުންސިލްތަކުގެ އިހްތިސާސްގައި ހުންނަ ބިންތައް ސަރުކާރަށް ނެގޭ އިސްލާހް ފާސްކޮށްފި
މަޖިލީހުގައި ނެގުނު ވޯޓުގައި 47 މެމްބަރަކު ވަނީ ބިލް ފާސްކުރަން ވޯޓުދީފައެވެ. މި ބިލަށް ވޯޓު ނުދެނީ އެމްޑީޕީއަށް ނިސްބަތްވާ 11 މެމްބަރުންނެވެ.
26 Aug 2026
މަންފާ ޤުރުއާން ކޭމްޕް މަހިބަދޫގައި ފަށައިފި
މަންފާ އެކަޑަމީން އިންތިޒާމުކޮށްގެން ކޮންމެ އަހަރަކު ރާއްޖޭގެ ރަށެއްގައި ސިލްސިލާކޮށް ކުރިއަށް ގެންދިއުމަށް ނިންމާފައިވާ "މަންފާ ޤުރުއާން ކޭމްޕް" ގެ ފުރަތަމަ ކޭމްޕް އދ. މަހިބަދޫގައި ފަށައިފިއެވެ.
26 Aug 2026
ޝައްމޫން ހަމީދު އެޗްއާރުސީއެމަށް އައްޔަނުކުރުމަށް މަޖިލީހުން ރުހުން ދީފި
ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި ޝަންމޫން އެ މަގާމަށް އައްޔަންކުރަން ފާސްކުރީ ވޯޓުގައި ބައިވެރިވެވަޑައިގެންނެވި 57 މެންބަރުންގެ އިއްތިފާގުންނެވެ.
26 Aug 2026
ރިސޯޓްތަކަށް ލިބޭ އާމްދަނީގެ %40 ރާއްޖޭގެ ބޭންކުތަކަށް މާރުކުރަންޖެހޭ އިސްލާހް ފާސްކޮށްފި
ދިވެހިރާއްޖޭގެ ފަތުރުވެރިކަމުގެ ދާއިރާގައި ހަރަކާތްތެރިވާ ރިސޯޓުތަކަށް ލިބޭ އާމްދަނީގެ 40 އިންސައްތަ ޑޮލަރު، ރާއްޖޭގެ ބޭންކުތައް މެދުވެރިކޮށް ދިވެހި ރުފިޔާއަށް މާރުކުރަން ލާޒިމްވާ ގޮތަށް ޤާނޫނަށް އިސްލާޙު ގެނެސް ރައްޔިތުންގެ މަޖިލީހުން މިއަދު ފާސްކޮށްފިއެވެ.
26 Aug 2026
ޕާކިސްތާނުގެ ހޮސްޕިޓަލެއްގައި ހިނގި އަލިފާނުގެ ހާދިސާގައި 14 ކުދިން މަރުވެއްޖެ
ޕާކިސްތާނުގެ ވެރިރަށް އިސްލާމްއާބާދުގައި ހުންނަ ސަރުކާރުގެ މައި ހޮސްޕިޓަލެއްގެ ނާސަރީގައި ހިނގި ނުރައްކާތެރި އަލިފާނުގެ ހާދިސާއެއްގައި، އަލަށް އުފަންވި މަދުވެގެން 14 ކުދިން މަރުވެއްޖެއެވެ.