މާލެ ސިޓީ ކައުންސިލުގެ ގަލޮޅު އުތުރު ދާއިރާގެ ކައުންސިލަރު ސައިފް ފާތިހު
ހަބަރު
24 Nov 2022 | 15:35
ބޮޑު އަގުގައި މަގު ހަދަން އާރުޑީސީއަަށް ދިނީ އެ ކުންފުނީގެ ދަރަންޏަށް ލުއިދޭން: ސައިފް

ސަރުކާރު ކުންފުންޏެއް ކަމަށްވާ (ރޯޑް ޑިވެލޮޕްމެންޓް ކޯޕަރޭޝް) އާރްޑީސީއަށް ބޮޑު އަގުގައި މަގު ހަދަން ހަވާލުކުރީ އެ ކުންފުނީގެ ދަރަންޏަށް ލުއިދޭން ކަމަށް މާލެ ސިޓީ ކައުންސިލުގެ ގަލޮޅު އުތުރު ދާއިރާގެ އެމްޑީޕީ ކައުންސިލަރު ސައިފް ފާތިހު ވިދާޅުވެއްޖެއެވެ.

އަމީނީ މަގު ހެދުމުގެ މަޝްރޫއު ލަސްވެ، އެ މަސައްކަތް މަޑު ޖެހިފައި އޮތުމާއި ގުޅިގެން ކަންބޮޑުވުން ފާޅުކުރައްވައި ސައިފް ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ، މަގުތަކަކީ މުނިސިޕަލް ކަމެއް ކަމަށެވެ.

އަދި ލާމަރުކަޒީ ގާނޫނުގެ ދަށުން މުނިސިޕަލް ޚިދުމަތްތަކަކީ ސިޓީ ކައުންސިލްގެ ދަށުގައި އޮންނަ ކަންކަން ކަމަށް ވާއިރު، ސިޓީ ކައުންސިލް އަތުން އެ މަސައްކަތް ނަގައި، ބޮޑު އަގުގައި އެ މަސައްކަތް ސަރުކާރު ހިއްސާވާ ކުންފުންޏަކާ ހަވާލުކުރީ އެ ކުންފުނީގެ ދަރަންޏަށް ލުއިދޭން ކަމަށް އޭނާ ވިދާޅުވިއެވެ. 

ސައިޕލފް ވިދާޅުވީ އެފަދައިން ކަންކުރުމުން އެ ކުންފުނި ޖަވާބުދާރީއެއް އަދި ޒިންމާދާރެއް ނުކުރެވޭ ކަމަށެވެ. އަދި ހަތަރު މަސް ދުވަހުން މަގުގެ ވިހި ފޫޓުގެ މަސައްކަތް ވެސް ނުނިމޭ ކަމަަށް އޭނާ ވިދާޅުވި އެވެ. 

އަމީނީ މަގު ހެދުމުގެ މަސައްކަތް މާލޭ ސިޓީ ކައުންސިލްގެ ބެލުމުގެ ދަށުން އާރުޑީސީއަަށް ހަވާލު ކޮށްފައިވަނިކޮށް، ސިޓީ ކައުންސިލްގެ އަތުން އެ މަސައްކަތް ނަގައި، އަލުން އަނެއްކާ އެ މަސައްކަތް، ސަރުކާރުން އާރުޑީސީއާއި ހަވާލު ކުރީ 80 އެތައް މިލިއަން ރުފިޔާއަކަށެވެ.

ބޮޑު އަގުގައި މަސައްކަތް ހަވާލުކޮށްފައި ވަނިކޮށް މަސައްކަތް މަޑުޖެހި ލަސްވަމުންދާތީ އާންމުން ޝަކުވާކުރަން ފެށުމުން އިއްޔެ އެ ކުންފުނިން ނެރުނު ބަޔާނެއްގައި ބުނެފައިވަނީ އެ މަސައްކަތް ނުހުއްޓޭކަމަށެވެ. ނަމަވެސް އެމްޑަބްލިއުއެސްސީން ދޭ ބައެއް ޚިދުމަތްތައް ދިނުމަށް ބޭނުންވާ ވަސީލަތްތައް ނުލިބުމުގެ ސަބަބުން މަސައްކަތް މަޑުޖައްސާލަންޖެހިފައިވާ ކަމަށެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
26 Aug 2026
ދެވަނަ ދައުރު ނިންމާލުމަށްފަހު ރައްޔިތުންގެ މަޖިލިސް ޗުއްޓީއަށް
މިއަހަރުގެ ތިންވަނަ ދައުރު ނުވަތަ ފަހު ދައުރުގެ ޖަލްސާތައް ތާވަލުކުރެވިފައި ވަނީ އަންނަ އޮކްޓޫބަރު މަހުގެ 1 ވަނަ ދުވަހުން ފެށިގެން ނޮވެމްބަރު މަހުގެ ނިޔަލަށެވެ
26 Aug 2026
ޕީއެންސީގެ މެމްބަރުންގެ އަދަދު 71،000 އަށް އަރައިފި
މި އަދަދަށް މެމްބަރުން އިތުރުވި މައިގަނޑު ސަބަބަކީ ސަރުކާރާމެދު ރައްޔިތުންގެ އޮތް އިތުބާރުކަމަށް މުންދު ވިދާޅުވިއެވެ.
26 Aug 2026
ބޭރު ފައިސާ ކަޅު ބާޒާރުގައި ވިއްކުން ކުށަކަށް ހަދާ ބިލު މަޖިލީހުން ފާސްކޮށްފި
އެމްއެމްއޭގެ ރޭޓަށްވުރެ މަތިން ބޭރު ފައިސާ ވިއްކުމާއި އިސްތިހާރުކުރުން ޖިނާއީ ކުށަކަށް ހަދާ ބިލު 47 މެންބަރުންގެ ވޯޓާއެކު މަޖިލީހުން ފާސްކޮށްފިއެވެ.
26 Aug 2026
ކައުންސިލްތަކުގެ އިހްތިސާސްގައި ހުންނަ ބިންތައް ސަރުކާރަށް ނެގޭ އިސްލާހް ފާސްކޮށްފި
މަޖިލީހުގައި ނެގުނު ވޯޓުގައި 47 މެމްބަރަކު ވަނީ ބިލް ފާސްކުރަން ވޯޓުދީފައެވެ. މި ބިލަށް ވޯޓު ނުދެނީ އެމްޑީޕީއަށް ނިސްބަތްވާ 11 މެމްބަރުންނެވެ.
26 Aug 2026
މަންފާ ޤުރުއާން ކޭމްޕް މަހިބަދޫގައި ފަށައިފި
މަންފާ އެކަޑަމީން އިންތިޒާމުކޮށްގެން ކޮންމެ އަހަރަކު ރާއްޖޭގެ ރަށެއްގައި ސިލްސިލާކޮށް ކުރިއަށް ގެންދިއުމަށް ނިންމާފައިވާ "މަންފާ ޤުރުއާން ކޭމްޕް" ގެ ފުރަތަމަ ކޭމްޕް އދ. މަހިބަދޫގައި ފަށައިފިއެވެ.
26 Aug 2026
ޝައްމޫން ހަމީދު އެޗްއާރުސީއެމަށް އައްޔަނުކުރުމަށް މަޖިލީހުން ރުހުން ދީފި
ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި ޝަންމޫން އެ މަގާމަށް އައްޔަންކުރަން ފާސްކުރީ ވޯޓުގައި ބައިވެރިވެވަޑައިގެންނެވި 57 މެންބަރުންގެ އިއްތިފާގުންނެވެ.
26 Aug 2026
ރިސޯޓްތަކަށް ލިބޭ އާމްދަނީގެ %40 ރާއްޖޭގެ ބޭންކުތަކަށް މާރުކުރަންޖެހޭ އިސްލާހް ފާސްކޮށްފި
ދިވެހިރާއްޖޭގެ ފަތުރުވެރިކަމުގެ ދާއިރާގައި ހަރަކާތްތެރިވާ ރިސޯޓުތަކަށް ލިބޭ އާމްދަނީގެ 40 އިންސައްތަ ޑޮލަރު، ރާއްޖޭގެ ބޭންކުތައް މެދުވެރިކޮށް ދިވެހި ރުފިޔާއަށް މާރުކުރަން ލާޒިމްވާ ގޮތަށް ޤާނޫނަށް އިސްލާޙު ގެނެސް ރައްޔިތުންގެ މަޖިލީހުން މިއަދު ފާސްކޮށްފިއެވެ.
26 Aug 2026
ޕާކިސްތާނުގެ ހޮސްޕިޓަލެއްގައި ހިނގި އަލިފާނުގެ ހާދިސާގައި 14 ކުދިން މަރުވެއްޖެ
ޕާކިސްތާނުގެ ވެރިރަށް އިސްލާމްއާބާދުގައި ހުންނަ ސަރުކާރުގެ މައި ހޮސްޕިޓަލެއްގެ ނާސަރީގައި ހިނގި ނުރައްކާތެރި އަލިފާނުގެ ހާދިސާއެއްގައި، އަލަށް އުފަންވި މަދުވެގެން 14 ކުދިން މަރުވެއްޖެއެވެ.