މެސީ ވޯލްޑް ކަޕް ޓްރޮފީއާއި އެކު
ކުޅިވަރު
20 Dec 2022 | 10:43
ބީބީސީ ސްޕޯޓްސް ޕާސަނަލިޓީގެ ވޯލްޑް ސްޕޯޓް ސްޓާ އޮފް ދަ އިޔާ އެވޯޑް ލިއޮނަލް މެސީ އަށް!

2022 ވަނަ އަހަރުގެ ބީބީސީ ސްޕޯޓްސް ޕާސަނަލިޓީގެ ވޯލްޑް ސްޕޯޓްސް ސްޓާ އޮފް ދަ އިޔާގެ މަގާމް އާޖެންޓީނާއަށް ވޯލްޑް ކަޕް ކާމިޔާބުކޮށްދިން ކެޕްޓަން ލިއޮނަލް މެސީ ލިބިއްޖެއެވެ..

އުމުރުން 35 އަހަރުގެ މެސީގެ ކެޕްޓަން ކަމުގެ ދަށުން އާޖެންޓީނާ އިން ވަނީ ގަތަރުގައި 36 އަހަރަށް ފަހު ފުރަތަމަ ފަހަރަށް ވޯލްޑް ކަޕް ފުޓްބޯޅަ މުބާރާތް ކާމިޔާބުކޮއްފައެވެ. މީގެ އިތުރުން ފުރާންސްގެ ޕެރިސް ސެއިންޓް ޖާމަން (ޕީއެސްޖީ) ގެ ފޯވާޑް ވަނީ އޭނާގެ ފަސް ވަނަ ވޯލްޑް ކަޕްގައި ހަތް ލަނޑު ޖެހުމުގެ އިތުރުން މުބާރާތުގެ އެންމެ މޮޅު ކުޅުންތެރިއާގެ މާގާމް ވެސް ހޯދާފައެވެ.

މިދިޔަ އަހަރު ބީބީސީ ސްޕޯޓްސް ޕާސަނަލިޓީ އޮފް ދަ އިޔާގެ އެވޯޑް ލިބުނު ރަޗެލް ބްލެކްމޯރ

ބާސެލޯނާގެ ކުރީގެ ތަރި މެސީ އަކީ މިހާތަނަށް ދުނިޔޭގައި އުފެދުނު އެންމެ މޮޅު އެއް ފުޓްބޯޅަ ކުޅުންތެރިޔާގެ ގޮތުގައި ގިނަ ބަޔަކު ގަބޫލުކުރެ އެވެ.ވޯލްޑް ކަޕް ފައިނަލް މެޗުގައި ޕެނަލްޓީ ޖަހައިގެން 4-2 ފުރާންސް ބަލިކޮށް އާޖެންޓީނާ ތަށި އުފުލާލި އިރު މި މެޗުގައި މެސީ ދެ ލަނޑު ކާމިޔާބުކުރުމުގެ އިތުރުން ޕެނަލްޓީ ޝޫޓްގައި އާޖެންޓީނާ ޓީމުގެ ފުރަތަމަ ޕެނަލްޓީ ކާމިޔާބުކޮށްދިނީވެސް މެސީ އެވެ.

ބީބީސީ ސްޕޯޓްސް ޕާސަނަލިޓީސްގެ ވޯލްޑް ސްޕޯޓްސް ސްޓާ އޮފް ދަ އިޔާގެ އެވޯޑަކީ ކޮންމެ އަހަރަކުވެސް އެއަހަރަކު ދުނިޔޭގެ ފެންވަރުގައި ބޭއްވެ ކުޅިވަރު މުބާރާތްތަކުގެ ތެރެއިން އެންމެ ފާހަގަކޮށްލެވޭ ކާމިޔާބީއެއް ހޯދާ ކުޅިވަރު ކުޅުންތެރިއަކަށް ބީބީސީ ސްޕޯޓްސް އިން އެކުލަވާލާ ޕެނަލަކުން ދޭ އެވޯޑެކެވެ. 2021 ވަނަ އަހަރުގެ މި އެވޯޑް ލިބުނީ  އައިރިޝް ޖޯކީ ރަޗެލް ބްލެކްމޯރ އަށެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
03 Aug 2026
އާހިދުގެ މަގާމުގެ މުއްދަތު ހަމަވަނީ، އިންފޮމޭޝަން ކޮމިޝަނަރު ކަމަށް ހުޅުވާލައިފި
ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން ބުނީ އެ މަގާމަށް ކުރިމަތިލުމުގެ ފުރުސަތު މިއަދުން ފެށިގެން 16 އޮގަސްޓު ވާ އާދީއްތަ ދުވަހުގެ 12:00 ގެ ނިޔަލަށް އޮންނާނެ ކަމަށެވެ.
03 Aug 2026
ޑްރަގް ހުރި 26 ސެލޯފިންކޮޅާއެކު ޒުވާނަކު ހައްޔަރު ކޮށްފި
މި ތަކެތީގެ ވަގުތީ ބަރުދަނަކީ 24.80 ގުރާމެވެ.
03 Aug 2026
އެއްވެސް ރިސޯޓެއްގެ ހެޑް ލީސް ވިއްކާލާލާކަށް ނޫޅެން: އެމްޓީޑީސީ
އެމްޓީޑީސީގެ މުއާމަލާތްތަކުގެ އެންމެހާ މައުލޫމާތުތައް ހިއްސާދާރުންނަށް ހިއްސާކުރަމުންދާނޭކަމުގެ ޔަގީންކަން ދެމުން އެކުންފުނިން ވަނީ، ލިސްޓުކުރުމުގެ ގަވާއިދުގައި ބަޔާންކޮށްފައިވާ ހުރިހާ ކަމެއް އެކުންފުނިން ކުރަމުންދާނީ ހާމަކަމާއެކުގައިކަމަށް ބުނެފައެވެ.
03 Aug 2026
ކޮރަޕްޝަން ހުއްޓުވަން އޭސީސީ އާއި ސްޓެލްކޯއާ ދެމެދު އެއްބަސްވުމެއް
މި ފަހުމުނާމާގެ ދަށުން ދެ ފަރާތުގެ މެދުގައި ފަންނީ އެހީތެރިކަން ބަދަލުކުރުމާއި، ދެ ފަރާތުން ގުޅިގެން ކުރާ މަސައްކަތްތަކުގައި ވަސީލަތްތައް ހިއްސާކުރުން ވެސް ހިމެނެ އެވެ.
03 Aug 2026
ޑީއެންއާރުގެ ކައުންޓަރުތަކަށް 17 އަހަރު، ޒަމާނީ ފެންވަރަށް ތަރައްގީ ކުރަނީ
ޑީއެންއާރުގެ މިހާރުގެ ކައުންޓަރުން ހިދުމަތް ދެމުންދާތާ 17 އަހަރުވީ އެވެ.
03 Aug 2026
ވަޒީފާއާބެހޭ ޓްރައިބިއުނަލްގެ ނައިބު ރައީސަކަށް މަމްދޫހް އައްޔަނުކޮށްފި
ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު، ވަޒީފާއާބެހޭ ޓްރައިބިއުނަލްގެ ނައިބު ރައީސް ކަމަށް، މއ. އެރަލްސީ، އަޙްމަދު މަމްދޫހް ޢައްޔަން ކުރައްވައިފި އެވެ.
03 Aug 2026
ޔުއެފާގެ އިންޒާރެއް އިންފަންޓީނޯއަށް، ޤާނޫނީ ފިޔަވަޅު އަޅަންޖެހިދާނެ
މީޑިއާގެ ބައެއް ރިޕޯޓްތައް ބުނާގޮތުގައި ވިލާތުގެ ބައެއް ޤައުމުތަކުން ވަނީ އިންފަންޓީނޯ މަގާމުން ވަކުކުރުމުގެ މަސައްކަތްވެސް ފަށާފައެވެ. ނަމަވެސް މިހާތަނަށް އިންފަންޓީނޯ މަގާމުން އިސްތިއުފާ ދިނުމުގެ އެއްވެސް އިޝާރާތެއް ދީފައެއް ނުވެއެވެ
03 Aug 2026
ވެހިކަލް ފީ މާލެ ސިޓީ ކައުންސިލް ބަޖެޓުން އުނިކުރަން އެދިއްޖެ
އެއްގަމު އުޅަނދުތަކުގެ އަހަރީ ފީގެ ގޮތުގައި މާލޭ ސިޓީ ކައުންސިލަށް ލިބޭ ފައިސާ އެ ކައުންސިލުގެ ބަޖެޓުން އުނިކޮށް ސަރުކާރަށް ލިބޭނެ އިންތިޒާމެއް ހަމަޖެއްސެވުމަށް ހައުސިން ވުޒާރާގެ ވަޒީރު ޑރ. ޢަބްދުالله މުއްޠަލިބު އެދިވަޑައިގެންފިއެވެ.