ދަނގެތީ ކައުންސިލްގެ އިދާރާ--
ހަބަރު
21 Dec 2022 | 09:46
ރަށުގައި ޣައިރު ދީންތަކުގެ ޢީދުތައް ފާހަގަ ނުކުރުމަށް ދަނގެތީ ކައުންސިލުން އަންގައިފި

މި ދުވަސްވަރަކީ ގެސްޓްހައުސް ތަކަށް ފަތުރުވެރިން ގިނަވަމުން އަންނަ ދުވަސްވަރުތަކަށް ވާއިރު، ކްރިސްމަސް ދުވަސް ފަދަ ޣައިރު ދީންތަކުގެ ޢީދުތައް ފާހަގަކުރުމުގެ ގޮތުން އެއްވެސް ކަމެއް ރަށުގައި ނުކުރުމަށް ދަނގެތީ ކައުންސިލުން އަންގައިފިއެވެ. 

ދަނގެތީ ކައުންސިލުން ނެރުނު ބަޔާނެއްގައި ބުނީ، ރަށަށް ޒިޔާރަތްކުރާ ފަތުރުވެރިން ގިނަވުމަކީ ޖުމްލަކޮށް ރަށުގެ ގިނަ ބަޔަކަށް އެކަމުގެ ނަފާ ލިބިގެންދާ، އަދި ރަށުގެ ޢުމްރާނީ ތަރައްޤީއަށް ވެސް ވަރަށް ބޮޑު ކުރިއެރުން ތަކެއް ލިބޭނެ ކަމެއް ކަމަށެވެ. އެހެން ކަމުން ރަށުގެ ސާފުތާހިރުކަމަށް ސަމާލުކަންދީ، ރަށަށް އަންނަ ފަތުރުވެރިންނަށް ހިތްހެޔޮ ކޮށް ހިތުމަށްވެސް އެ ކައުންސިލުން ވަނީ އެދިފައެވެ.

މިއާއެކު ދަނގެތީ ކައުންސިލުން ވަނީ، ފަތުރުވެރިން ގެންނަ ފަރާތްތަކުން ދިވެހި ރާއްޖޭގެ ޤާނޫނުތަކާއި ޤަވާޢިދުތަކާއި އެއްގޮތަށް ޢަމަލު ކުރުމަށް ފަތުރުވެރިނަށް ހަނދާންކޮށްދީ އިރުޝާދު ދިނުމަށްވެސް އަންގާފައެވެ. 

"އެގޮތުން، ޤާނޫނު ނަމްބަރު 94/6 ދިވެހި ރައްޔިތުންގެ ދީނީ އެއްބައިވަންތަކަން ޙިމާޔަތްކުރުމާއިބެހޭ ޤާނޫނުގެ ދަށުން ހެދިފައިވާ ދިވެހި ރައްޔިތުންގެ ދީނީ އެއްބައިވަންތަކަން ޙިމާޔަތްކުރުމުގެ ޤަވާޢިދު (R-40/2022) ގެ 9 ވަނަ މާއްދާ ސާފުވާނެ ގޮތަށް އެފަދަ ފަރާތްތަކަށް ރަނގަޅަށް އިރުޝާދު ދިނުމަށް ދަންނަވަމެވެ. އެ ޤަވާއިދުގެ 9 ވަނަ މާއްދާގައި ވާގޮތުން "ދިވެހިރާއްޖޭގައި ދިރިއުޅޭ ޣައިރު މުސްލިމުންނާއި، ދިވެހިރާއްޖެއަށް ޒިޔާރަތްކުރާ ޣައިރު މުސްލިމުން ފާޅުކަން ބޮޑުގޮތެއްގައި އެމީހުންގެ ދީނީ ޝިޢާރުތައް ފާޅުކުރުމާއި ޢާންމު ތަންތާނގައި ޖަމާޢަތް ހަދައިގެން އެފަދަ ދީނީ ޙަރަކާތްތައް ހިންގުމާއި، އެމީހުންގެ އެފަދަ އެއްވެސް ޙަރަކާތެއްގައި ދިވެއްސަކު ބައިވެރިވުމަކީ މަނާ ކަމެކެވެ." މިގޮތުން، ކްރިސްމަސް ދުވަސް ފަދަ ޣައިރު ދީންތަކުގެ ޢީދުތައް ފާހަގަކުރުމުގެ ގޮތުން މި ރަށުގައި އެއްވެސް ހަރަކާތެއް ނުހިންގުމަށް ދަންނަވަމެވެ." ދަނގެތީ ކައުންސިލްގެ ބަޔާނުގައި ވެއެވެ. 

މިއާއެކު އެކައުންސިލުން ވަނު، މީހުން ދިރިއުޅޭ ރަށްރަށުގައި އުޅޭއިރު، ދިވެހިރާއްޖޭގައި ޓޫރިސްޓު ގެސްޓްހައުސް ހިންގުމާއިބެހޭ ޤަވާޢިދާއި އަދި އެ ކައުންސިލުން ޢާންމުކޮށްފައިވާ ހެދުން އެޅުމުގެ މިންގަނޑާ އެއްގޮތަށް ޢާންމު އިޖްތިމާޢީ މިންގަނޑަށް ފެތޭ ފަދަ ހެދުމެއްގައި އުޅުމަށް ފަތުރުވެރިންނަށް އިރުޝާދުދީ އެގޮތަށް ޢަމަލު ކުރޭތޯ ބަލައި، އެކަން ޔަޤީން ކުރަން އަންގާފައެވެ.

ކްރިސްމަސް ފަދަ ޣައިރުދީން ތަކުގެ ޢީދު ފާހަގަކުރުން އިސްލާމް ދީނާއި ރާއްޖޭގެ ގާނޫނު އަސާސީން މަނާ ކުރާއިރުވެސް މި ފަހަކަށް އައިސް ރަށްރަށުގައިވެސް އެފަދަ ކަންކަން ފާހަގަކުރަމުންދާތަން ފެނެއެވެެ. މިފަދަ ކަންކަން ޒުވާން ޖީލުތަކަށް ފެނި، އެކަމަށް އެއްގޯސްވުމަކީ އިޖުތިމާއީ ފޭރާން ހަލާކުވެގެންދާނެ ކަމެއް ކަމަށް ގިނަ ބަޔަކު ދެކެއެވެ. 

ކޮމެންޓް
ގުޅޭ ލިޔުންތައް
03 Aug 2026
ވަޒީފާއާބެހޭ ޓްރައިބިއުނަލްގެ ނައިބު ރައީސަކަށް މަމްދޫހް އައްޔަނުކޮށްފި
ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު، ވަޒީފާއާބެހޭ ޓްރައިބިއުނަލްގެ ނައިބު ރައީސް ކަމަށް، މއ. އެރަލްސީ، އަޙްމަދު މަމްދޫހް ޢައްޔަން ކުރައްވައިފި އެވެ.
03 Aug 2026
ޔުއެފާގެ އިންޒާރެއް އިންފަންޓީނޯއަށް، ޤާނޫނީ ފިޔަވަޅު އަޅަންޖެހިދާނެ
މީޑިއާގެ ބައެއް ރިޕޯޓްތައް ބުނާގޮތުގައި ވިލާތުގެ ބައެއް ޤައުމުތަކުން ވަނީ އިންފަންޓީނޯ މަގާމުން ވަކުކުރުމުގެ މަސައްކަތްވެސް ފަށާފައެވެ. ނަމަވެސް މިހާތަނަށް އިންފަންޓީނޯ މަގާމުން އިސްތިއުފާ ދިނުމުގެ އެއްވެސް އިޝާރާތެއް ދީފައެއް ނުވެއެވެ
03 Aug 2026
ވެހިކަލް ފީ މާލެ ސިޓީ ކައުންސިލް ބަޖެޓުން އުނިކުރަން އެދިއްޖެ
އެއްގަމު އުޅަނދުތަކުގެ އަހަރީ ފީގެ ގޮތުގައި މާލޭ ސިޓީ ކައުންސިލަށް ލިބޭ ފައިސާ އެ ކައުންސިލުގެ ބަޖެޓުން އުނިކޮށް ސަރުކާރަށް ލިބޭނެ އިންތިޒާމެއް ހަމަޖެއްސެވުމަށް ހައުސިން ވުޒާރާގެ ވަޒީރު ޑރ. ޢަބްދުالله މުއްޠަލިބު އެދިވަޑައިގެންފިއެވެ.
03 Aug 2026
އުފެއްދުންތެރިކަމުގެ ޤައުމީ މައުރަޒުގައި އިންސާފްކޮށްދޭނޭ ފަނޑިޔާރުން ހޯދަނީ
ޝަރުތުތަކުގެ ތެރޭގައި ވާދަކުރުމުގެ ބައިގައި އެއްވެސް ގިންތިއަކުން ވާދަކުރާ ފަރާތެއް ކަމުގައި ނުވުމާއި، ފަނޑިޔާރުކަން ކުރުމަށް ހުށަހަޅާ ގިންތީގައި ވާދަކުރާ ފަރާތަކާއި އާއިލީ ގުޅުމެއް އޮތް ފަރާތެއް ނުވަތަ ވިޔާފާރީގެ މަސްލަހަތު އޮތް ފަރާތެއްކަމުގައި ނުވުމެވެ. މީގެ އިތުރުންވެސް އިތުރު ޝަރުތުތައް ހިމެނޭ
03 Aug 2026
ގިނަބަޔަކު އެ ފިލްމަކަށް އިންތިޒާރުކުރާ ޖަންނަތު މިރޭ އޮލިމްޕަހަށް
03 Aug 2026
ބެލްޖިއަމަށާއި، އީޔޫ ސަފީރުކަމުގެ މަޤާމަށް ދިޔާނާ ޢައްޔަންކޮށްފި
ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު، ބެލްޖިއަމަށާއި، ޔޫރަޕިއަން ޔޫނިއަނަށް ދިވެހިރާއްޖެއިން ކަނޑައަޅާފައި ހުންނަވާ ސަފީރުކަމުގެ މަޤާމަށް ކުރީގެ ބަންޑާރަ ނާއިބު ފާޠިމަތު ދިޔާނާ މިއަދު ޢައްޔަންކުރައްވައިފިއެވެ.
03 Aug 2026
ފެނަކައިގެ ގަވާއިދާ ޚިލާފު ޕްރޮމޯޝަންތައް ތަޙުޤީޤުކުރަން ފޮނުވަން ފާސްކޮށްފި
ފެނަކައިގެ މުވައްޒަފުންނަށް 2022 އަދި 2023ގައި ގަވާއިދާ ޚިލާފަށް ދީފައިވާ ވަޒީފާގެ ކުރިއެރުންތައް ތަޙުޤީޤުކުރުމަށް އޭސީސީ އަދި ފުލުހުންނަށް ފޮނުވަން މަޖިލީހުން ފާސްކޮށްފި.
03 Aug 2026
ޖަންގިޔަލުން ޑްރަގު ފެނުނު އަންހެންމީހާއަށް ކުރިދައުވާ އަނބުރާ ގެންދިޔަ ސަބަބު
އަންހެނެއްގެ ޖަންގިޔާ ތެރޭގައި ފޮރުވާފައި ހުރި މަސްތުވާތަކެއްޗަކީ އޭނާގެ އެއްޗެއް ކަމަށް ބުނެ، އެކަމާ ފިރިމީހާ ހަވާލުވުމާ ގުޅިގެން އެ އަންހެންމީހާގެ މައްޗަށް ކުރި ދައުވާ އަނބުރާ ގެންދަން ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީހުން ނިންމި ސަބަބު އެ އޮފީހުން ހާމަކޮށްދީފިއެވެ.