ދުފާ ތަކެތި--
ހަބަރު
21 Dec 2022 | 14:30
ކޮންމެ 5 މީހަކުން 4 މީހުން ފޯއް/ސުޕާރީ ދުފުމުގައި ބޭނުންކުރޭ: އެޗްޕީއޭ

ދިވެހިރާއްޖޭގައި ދިރިއުޅޭ ކޮންމެ 5 މީހަކުން 4 މީހުން ފޯއް ނުވަތަ ސުޕާރި ދުފުމުގައި ބޭނުންކުރާ ކަމަށްް އެޗްޕީއޭ އިން ބުނެފިއެވެ. 

އެޗްޕީއޭއިން ނެރުނު ސްޓެޕް ސާވޭ 2022ގައި ބުނެފައިވާ ގޮތުން، ކޮންމެ 5 މީހަކުން 4 މީހުން ފޯއް ނުވަތަ ސުޕާރި ދުފުމުގައި ބޭނުންކުރެއެވެ. އަދި އޭގެ ތެރެއިންވެސް ދެބައި ކުޅަ އެއްބައި މީހުންނަނީ ކޮންމެ ދުވަހަކުވެސް ދުފުމުގައި ފޯއް/ސުޕާރި ބޭނުންކުރާ މީހުން ކަމަށް މި ސާވޭ އިން ދައްކާ ކަމަށް އެ އިދާރާއިން ބުނެއެވެ. 

ދުފުމުގައި، ސުޕާރީ، ފޯއް، ބިލެއް އަދި ހުނި ފަދަ ތަކެތި ބޭނުންކުރުމަކީ އަނގައިގެ އަދި ކަރުތެރޭގެ ކެންސަރު ޖެހުމަށް މަގުފަހިވާ ކަމެއް ކަމަށްވާއިރު އެތަކެތި ކެއުމުން ދުރުހެލިވުމަކީ މިފަދަ ނުރައްކާތެރި ބަލިތަކުން ސަލާމަތް ވުމަށް އެޅޭނެ ފިޔަވަޅެއް ކަމަށް އެޗްޕީއޭ އިން ބުނެއެވެ.

ދުނިޔޭގެ ސިއްހަތު ޖަމިއްޔާ، ޑަބްލިއުއެޗްއޯއިން ކޮށްފައިވާ ދިރާސާއެއްގެ އަލީގައި ބުނެފައިވަނީ ސުޕާރީގެ ސަބަބުން އަނގައިގެ ކެންސަރަށް މަގުފަހިވާ ކަމަށެވެ. ޑަބްލިއުއެޗްއޯގެ އޭޖެންސީއެއް ކަމަށްވާ އިންޓަނޭޝަނަލް އޭޖެންސީ ފޯ ރީސާޗް އޮން ކެންސާގެ އަނގައިގެ ހާއްސަ ޑޮކްޓަރެއް ކަމަށްވާ އަލޯކް ލަތީ ވިދާޅުވި ގޮތުގައި ސުޕާރީގައި އަލްކަލޮއިޑްސް އާއި ޕޮލިފެނޮލްސް ކިޔާ މާއްދާތަކެއް އެކުލެވެ އެވެ. މި މާއްދާތަކަކީ ކެންސަރަށް މަގުފަހި ކުރުވާ މާއްދާތަކެވެ.

މީގެ އިތުރުންވެސް، ދުފުމާއި ސުޕާރީ ކެއުމުގެ ސަބަބުން ނުރައްކާތެރި ކެންސަރުގެ އިތުރުން އަނގައިގެ ހަންގަނޑު ބޯވުމާއި ދަތުގެ މައްސަލަތައް ވެސް ދިމާވާކަމަށް ރާއްޖޭގެ ޑޮކްޓަރުންވެސް އަންނަނީ ބުނަމުންނެވެ. އަދި ދެވި ހިފުމަށް މަގުފަހިކޮށްދޭ ބައެއް މާއްދާތައް ވެސް ސުޕާރީ އާއި ދުފާ އެއްޗެހީގައި ހިމެނޭ ކަމަށް އެފަރާތްތަކުން ފާހަގަކުރެއެވެ. 

އެހެންކަމުން، ފޯއް އަދި ސުޕާރީ ގެ ބަދަލުގައި، ފޮނިތޮށި، ދިރި، ކަރަންފޫ އަދި ކާފޫރު ތޮޅި ބޭނުން ކުރުމަށް އެޗްޕީއޭ އިން އިލްތިމާސްކުރެއެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
12 Oct 2026
ވަޠަނީ ޚިދުމަތުގެ ފަންނީ ތަމްރީނުގެ 3 ވަނަ ބެޗު ފަށައިފި
ބ.ކިހާދޫގައި ޤާއިމުކޮށްފައިވާ އެމްއެންޑީއެފް ސުކޫލް އޮފް އިންޖިނިއަރިންގ އެންޑް ލޮޖިސްޓިކްސް ގައި 16 ހަފުތާގެ މުއްދަތަށް ކުރިއަށްގެންދާ މި ފަންނީ ތަމްރީނު ޕްރޮގްރާމުގައި، ރާއްޖޭގެ 17 އަތޮޅެއްގެ 44 ރަށަކަށް ނިސްބަތްވާ ޒުވާނުން ބައިވެރިވެއެވެ. އޭގެ ތެރޭގައި ހިމެނެނީ 64 ފިރިހެން އަދި 20 އަންހެން ދަރިވަރުންނެވެ.
12 Oct 2026
އަނބިކަނބަލުން ޖަލުގައި؛ ރާޖަޕަކްސާ ހޮސްޕިޓަލުގައި އެޑްމިޓްކޮށްފި
ސްރީ ލަންކާގެ ކުރީގެ ރައީސް މަހިންދަ ރާޖަޕަކްސާގެ އަނބި ކަނބަލުން ޖަލުގައި ހުއްޓާ ކޮލަމްބޯގެ އަމިއްލަ ހޮސްޕިޓަލެއްގައި އޭނާ އެޑްމިޓްކޮށްފިއެވެ.
12 Oct 2026
ބަންގްލަދޭޝް މީހުންނަށް ފައިސާ ފޮނުވަން ފަސޭހަ ކުރުމަށް ތިން ހުށަހެޅުމެއް
ދިވެހިރާއްޖޭގައި މަސައްކަތްކުރާ ބަންގްލަދޭޝް ރައްޔިތުންނަށް ފައިސާ ފޮނުވުން ފަސޭހަކުރުމަށް ބަންގްލަދޭޝް ބޭންކުން ތިން ހުށަހެޅުމެއް ހުށަހަޅައިފިއެވެ. މި ހުށަހެޅުންތަކުގެ ތެރޭގައި ދިވެހި ރުފިޔާ ބޭނުންކުރުމާއި، ދަތުރުފަތުރާ ގުޅޭ މުއާމަލާތްތަކާއި، ދެގައުމުގެ މެދުގައި ކަރަންސީ ސްވޮޕް އެގްރީމަންޓެއް ހެދުން ހިމެނެއެވެ.
12 Oct 2026
ހ. ގެއަކުން ގިނަ ބަނގުރާ ކޭސް އަތުލައިގެންފި
މާލެ ތެރެއަށް ބަނގުރާ ފޯރުކޮށްދޭ ކަމުގެ މަޢުލޫމާތަކާ ގުޅިގެން ހ. މާދޫގެ ކޯޓު އަމުރެއްގެ ދަށުން ފާސްކޮށް، ގިނަ ޢަދަދެއްގެ ބަނގުރާ ކޭސް އަތުލައިގަނެ ދެ ބިދޭސީއަކު ހައްޔަރުކޮށްފިއެވެ.
12 Oct 2026
ހޫޘީން ސައުދީ އެއާޕޯޓަށް ދިން ހަމަލާއާ ގުޅޭ ވީޑިއޯއެއް
ސަޢޫދީ ޢަރަބިއްޔާގެ ރިޔާޟްގައި ހުންނަ ކިންގް ޚާލިދު ބައިނަލްއަޤްވާމީ އެއާޕޯޓަށް ހޫޘީ ހަނގުރާމަވެރިން މި އޮކްޓޯބަރު މަހުގެ 10 ވަނަ ދުވަހު ދިން ހަމަލާގެ ވަގުތު ދައްކުވައިދޭ ސީސީޓީވީ ފުޓޭޖް އަލް ޢަރަބިއްޔާ ނެޓްވޯކުން އާއްމުކޮށްފިއެވެ.
12 Oct 2026
މަސްތުގެ ހާލަތުގައި ހުރެ، ނުރައްކާތެރިކޮށް ސައިކަލު ދުއްވި މީހާ 30 ދުވަހަށް ބަންދުކޮށްފި
މީނާއަކީ ތަކުރާރުކޮށް އެއްގަމު އުޅަނދު ދުއްވުމުގެ ގާނޫނާއި ގަވާއިދުތަކާ ޚިލާފުވެފައިވާ މީހެއް ކަމަށާއި އޭނާ 44,000 ރުފިޔާގެ ޓްރެފިކް ޖޫރިމަނާ ނުދައްކައި އޮތްކަން ފުލުހުން އޭރު ވަނީ ފާހަގަކޮށްފައެވެ.
12 Oct 2026
ބޭންކަށް ލޯނު ފައިސާ ދައްކަން ކޯޓުން ވަލީދާއަށް ޙުކުމްކޮށްފި
ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) އިން ނަގާފައިވާ "ލުއި އެކްސްޕްރެސް" ލޯނެއްގެ ފައިސާ އާއި ކްރެޑިޓް ކާޑަށް ދައްކަންޖެހޭ ގިނަ އަދަދެއްގެ ފައިސާ ދައްކާފައި ނުވާތީ އެފައިސާ ބޭންކަށް ދެއްކުމަށް ކުރީގެ ޑެޕިއުޓީ މިނިސްޓަރު ވަލީދާ ވަލީދު އަށް ސިވިލް ކޯޓުން ޙުކުމްކޮށްފިއެވެ. މި ޙުކުމް ކުރީ މިމަހު 11 ވަނަ ދުވަހުއެވެ.
12 Oct 2026
ލިވަޕޫލް އަތުން މެންޗެސްޓަރ ސިޓީ މޮޅުވެ، ތާވަލްގެ އެއްވަނައަށް
މި މޮޅާއެކު މެންޗެސްޓަރ ސިޓީ އޮތީ ލީގުގައި ކުޅުނު ހުރިހާ މެޗަކުން މޮޅުވެ، ޖުމްލަ 15 ޕޮއިންޓާއެކު ތާވަލުގެ އެއްވަނައިގައެވެ. މިއީ މި ސީޒަނުގައި ލިވަޕޫލް ބަލިވި ފުރަތަމަ މެޗެވެ. އެ ޓީމު މިހާރު އޮތީ ހަ ޕޮއިންޓާއެކު ތާވަލުގެ ފަހަތުގައެވެ.