ރައީސް ޔާމީން ޕޮލިހަށް ވަޑައިގަތުމަށްފަހު ނިކުންނަވަނީ/ ފޮޓޯ: ހަމަ
22 Dec 2022 | 14:36
ރައީސް ޔާމީންގެ ޝަރީއަތެއް މިމަހު 25 ގައި؛ މިއީ ހުކުމް ކުރާ ޝަރީއަތް ކަމަށް ބެލެވޭ

އެމްއެމްޕީއާރުސީ މެދުވެރިކޮށް ވ އާރަށް ކުއްޔަށް ދޫކުރުމުގެ މުއާމަލާތާއި ގުޅުވާ ކުރީގެ ރައީސް ޔާމީން އަބްދުލްގައްޔޫމުގެ މައްޗަށް ދައުލަތުން އުފުލާފައިވާ ދެ ދައުވާއާއު ގުޅޭ ޝަރީއަތެއް މިމަހު 25 ގައި ބޭއްވުމަށް ތާވަލްކޮށްފިއެވެ. 

އާރަށް ކުއްޔަށް ދޫކުރުމުން ރިޝްވަތުގެ ގޮތުގައި އެއް މިލިއަން ޑޮލަރު ގަބޫލު ކުރައްވައި އަދި އެ ފައިސާ ލޯންޑާ ކުރެއްވި ކަމަށް ބުނެ ޔާމީންގެ މައްޗަށް ދައުވާ ކުރާއިރު، އެމަނިކުފާނު ރިޝްވަތު ދެއްވި ކަމުގެ ކަމަށް ރައްޔިތުންގެ މަޖިލީހުގެ ފެލިދޫ ދާއިރާގެ ކުރީގެ މެމްބަރު ޔޫސުފް ނައީމްގެ މައްޗަށްވެސް ދައުވާކުރެ އެވެ.

މި މައްސަލާގެ ދެ ދައުވާއާ ގުޅޭ ޝަރީއަތުގެ އަޑުއެހުންތައް ނިންމާލާ، އެންމެ ފަހުން ބޭއްވި އަޑުއެހުމުގައި އެ މައްސަލައިގެ ޚުލާސާ ބަޔާން ވަނީ ހުށައަޅާފައެވެ. 

އެ މައްސަލައިގައި ޚުލާސާ ބަޔާން އިއްވަމުން ދައުވާ ލިބޭ ކުރީގެ ރައީސް ޔާމީނާއި، ވެލިދޫ ދާއިރާގެ ކުރީގެ މެމްބަރު ޔޫސުފް ނައީމުގެ ފަރާތުންވެސް ވަނީ އެ މައްސަލައިގައި ދައުލަތުން އުފުލާފައިވާ ދައުވާތައް ސާބިތުކޮށްދިނުމަށް އެކަށީގެންވާ މިންވަރަށް ދައުލަތަށް ހެކި ހުށައެޅިފައި ނުވާކަން ބަޔާންކޮށްފައެވެ. 

އެގޮތުން ޚުލާސާ ބަޔާން އިއްވަމުން ރައީސް ޔާމީންގެ އިސް ގާނޫނީ ވަކީލު ޑރ މުހައްމަދު ޖަމީލު އަހުމަދު ވިދާޅުވީ ވ އާރަށުގެ މުއާމަލާތަށް ރައީސް ޔާމީން ނުފޫޒު ފޯރުވިކަން ސާބިތުކުރެވޭ ހެއްކެއް ދައުލަތުން ހުށައަޅާފައި ނުވާކަމަށެވެ.

އެކަން ސާބިތުކޮށްދިނުމަށް ދައުލަތުގެ ހެކިންގެ ގޮތުގައި ހުށައަޅާފައިވާ ދެ ފަރާތަކީ (ކުރީގެ ނައިބުރައީސް އަހުމަދު އަދީބާއި އެމްއެމްޕީއާރުސީގެ ކުރީގެ މެނޭޖިން ޑިރެކްޓަރ ޒިޔަތަކީ) އެމްއެމްޕީއާރުސީގެ ޚިޔާނާތުގެ ކުށް ސާބިތުވެފައިވާ ފަރާތްތަކެއްކަމަށް ވެފައި، ނުފޫޒު ފޯރުވިކަން ސާބިތުކޮށްދިނުމަށް ހުށައަޅާފައިވާ ހަމައެކަނި ހެއްކަކީ އެ ދެފަރާތްކަމަށް ވުމުން، އެ ހެކިންގެ ހެކި ބަހަކީ އިތުރު ހެކި ގަރީނާއާއި ނުލާ ބަލައިގަނެވޭނެ ދެ ފަރާތްކަމަށް ރާއްޖޭގެ ސުޕްރިމް ކޯޓުން ކަނޑައަޅާފައިވާތީވެ، އެމީހުންގެ ހެކިބަސް ބަލައި ނުގަނެވޭނެކަމަށް ޑރ ޖަމީލު ވަނީ ވިދާޅުވެފައެވެ. 

ރައީސް ޔާމީންގެ ފަރާތްޕުޅުން ޚުލާސާ ބަޔާން އިއްވަމުން ޑރ ޖަމީލު އިތުރަށް ވިދާޅުވީ ދައުލަތުން ދައްކަމުންދާ ވާހަކަތަކީ ޚިޔާލީ ވާހަކަތަކެއް ކަމަށެވެ. އަދި ދައުލަތުން މަސައްކަތްކުރަނީ ވަކި ނަތީޖާތަކެއް ނެރެ ކޯޓަށް ވަކި މަންޒަރެއް ދެއްކުމަށްކަމަށް ވިދާޅުވިއެވެ. 

އެ މައްސަލައާއި ގުޅިގެން ޔޫސުފް ނައީމުގެ ގާނޫނީ ވަކީލުންވެސް އެކަންކަން ފާހަގަކުރައްވާފައިވެއެވެ. އަދި ކުށް ސާބިތުކޮށްދެވޭވަރަށް ދައުލަތަށް ހެކި ހުށައެޅިފައި ނުވާކަމަށް ޔޫސުފް ނައީމުގެ ފަރާތްޕުޅުން ޚުލާސާ ބަޔާން އިއްވަމުން ގާނޫނީ ވަކީލު ވަނީ ވިދާޅުވެފައެވެ. 

އޭގެ އިތުރުން ޔޫސުފް ނައީމް އަތްޕުޅުން ރައީސް ޔާމީން އެއްމިލިއަން ޑޮލަރު ބައްލަވައިގެންފައި ނުވާކަން ދައުލަތަށް ސާބިތުކޮށް ނުދެވޭކަންވެސް ޔޫސުފް ނައީމުގެ ގާނޫނީ ވަކީލު ފާހަގަކުރެއްވިއެވެ. އެނޫންވެސް މުހިންމު ގިނަ ނުގުތާތަކެއް ޔޫސުފް ނައީމުގެ ފަރާތްޕުޅުން ވަނީ ހުށައަޅުއްވާފައެވެ. 

އެ އަޑުއެހުމުގައި ދެ ފަރާތުންވެސް ޚުލާސާ ބަޔާން އިއްވާފައިވާއިރު، ދައުލަތުގެ ފަރާތުން ވަނީ ރައީސް ޔާމިންގެ މައްޗަށް އުފުލާފައިވާ ދެ ދައުވާވެސް ސާބިތުވާކަމަށް ކަނޑައަޅާދިނުމަށް ކޯޓުގައި އެދިފައެވެ.

މި މައްސަލާގެ ހުކުމް ކުރުމުގެ މަރުހަލާ ފިޔަވައި އެހެން ކަންކަން ނިމިފައިވާއިރު، މި އަހަރު ނިމުމުގެ ކުރިން މައްސަލަ އެއްކޮށް ނިންމާނެ ކަމަށް އިސް ގާޒީ އަހުމަދު ޝަކީލް ވަނީ ވިދާޅުވެފައެވެ.

އެހެން ކަމުން މިމަހު 25 ވަނަ ދުވަހަށް ތާވަލް ކޮށްފައިވަނީ މައްސަލައިގެ ހުކުމް ކުރުމުގެ ޝަރީއަތް ކަމަށް ބެލެވެއެވެ. މި އަޑުއެހުން އޮންނަން އެ ދުވަހު 9:00 ގައި ކަމަށް ކްރިމިނަލް ކޯޓުން ހާމަކޮށްފައިވެއެވެ. 

ކޮމެންޓް
ގުޅޭ ލިޔުންތައް
03 Aug 2026
ކޮރަޕްޝަން ހުއްޓުވަން އޭސީސީ އާއި ސްޓެލްކޯއާ ދެމެދު އެއްބަސްވުމެއް
މި ފަހުމުނާމާގެ ދަށުން ދެ ފަރާތުގެ މެދުގައި ފަންނީ އެހީތެރިކަން ބަދަލުކުރުމާއި، ދެ ފަރާތުން ގުޅިގެން ކުރާ މަސައްކަތްތަކުގައި ވަސީލަތްތައް ހިއްސާކުރުން ވެސް ހިމެނެ އެވެ.
03 Aug 2026
ޑީއެންއާރުގެ ކައުންޓަރުތަކަށް 17 އަހަރު، ޒަމާނީ ފެންވަރަށް ތަރައްގީ ކުރަނީ
ޑީއެންއާރުގެ މިހާރުގެ ކައުންޓަރުން ހިދުމަތް ދެމުންދާތާ 17 އަހަރުވީ އެވެ.
03 Aug 2026
ވަޒީފާއާބެހޭ ޓްރައިބިއުނަލްގެ ނައިބު ރައީސަކަށް މަމްދޫހް އައްޔަނުކޮށްފި
ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު، ވަޒީފާއާބެހޭ ޓްރައިބިއުނަލްގެ ނައިބު ރައީސް ކަމަށް، މއ. އެރަލްސީ، އަޙްމަދު މަމްދޫހް ޢައްޔަން ކުރައްވައިފި އެވެ.
03 Aug 2026
ޔުއެފާގެ އިންޒާރެއް އިންފަންޓީނޯއަށް، ޤާނޫނީ ފިޔަވަޅު އަޅަންޖެހިދާނެ
މީޑިއާގެ ބައެއް ރިޕޯޓްތައް ބުނާގޮތުގައި ވިލާތުގެ ބައެއް ޤައުމުތަކުން ވަނީ އިންފަންޓީނޯ މަގާމުން ވަކުކުރުމުގެ މަސައްކަތްވެސް ފަށާފައެވެ. ނަމަވެސް މިހާތަނަށް އިންފަންޓީނޯ މަގާމުން އިސްތިއުފާ ދިނުމުގެ އެއްވެސް އިޝާރާތެއް ދީފައެއް ނުވެއެވެ
03 Aug 2026
ވެހިކަލް ފީ މާލެ ސިޓީ ކައުންސިލް ބަޖެޓުން އުނިކުރަން އެދިއްޖެ
އެއްގަމު އުޅަނދުތަކުގެ އަހަރީ ފީގެ ގޮތުގައި މާލޭ ސިޓީ ކައުންސިލަށް ލިބޭ ފައިސާ އެ ކައުންސިލުގެ ބަޖެޓުން އުނިކޮށް ސަރުކާރަށް ލިބޭނެ އިންތިޒާމެއް ހަމަޖެއްސެވުމަށް ހައުސިން ވުޒާރާގެ ވަޒީރު ޑރ. ޢަބްދުالله މުއްޠަލިބު އެދިވަޑައިގެންފިއެވެ.
03 Aug 2026
އުފެއްދުންތެރިކަމުގެ ޤައުމީ މައުރަޒުގައި އިންސާފްކޮށްދޭނޭ ފަނޑިޔާރުން ހޯދަނީ
ޝަރުތުތަކުގެ ތެރޭގައި ވާދަކުރުމުގެ ބައިގައި އެއްވެސް ގިންތިއަކުން ވާދަކުރާ ފަރާތެއް ކަމުގައި ނުވުމާއި، ފަނޑިޔާރުކަން ކުރުމަށް ހުށަހަޅާ ގިންތީގައި ވާދަކުރާ ފަރާތަކާއި އާއިލީ ގުޅުމެއް އޮތް ފަރާތެއް ނުވަތަ ވިޔާފާރީގެ މަސްލަހަތު އޮތް ފަރާތެއްކަމުގައި ނުވުމެވެ. މީގެ އިތުރުންވެސް އިތުރު ޝަރުތުތައް ހިމެނޭ
03 Aug 2026
ގިނަބަޔަކު އެ ފިލްމަކަށް އިންތިޒާރުކުރާ ޖަންނަތު މިރޭ އޮލިމްޕަހަށް
03 Aug 2026
ބެލްޖިއަމަށާއި، އީޔޫ ސަފީރުކަމުގެ މަޤާމަށް ދިޔާނާ ޢައްޔަންކޮށްފި
ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު، ބެލްޖިއަމަށާއި، ޔޫރަޕިއަން ޔޫނިއަނަށް ދިވެހިރާއްޖެއިން ކަނޑައަޅާފައި ހުންނަވާ ސަފީރުކަމުގެ މަޤާމަށް ކުރީގެ ބަންޑާރަ ނާއިބު ފާޠިމަތު ދިޔާނާ މިއަދު ޢައްޔަންކުރައްވައިފިއެވެ.