ެ
ދީން
23 Dec 2022 | 13:12
ރުޅިއައިސް، ވާހަކަ ނުދައްކައި ނުތިބޭ؛ އެންމެ ރަނގަޅު މީހަކީ އިސްވެ ވާހަކަ ދައްކާ މީހާ: ޚުތުބާ

އެކަކު އަނެކަކު ދެކެ ރުޅިއައިސް، ވާހަކަ ނުދައްކައި ނުތިބުމަށް މިއަދުގެ ޚުތުބާގައި ނަސޭހަތްތެރިވެއްޖެއެވެ. 

އިސްލާމީ ވަހުދަތާއި އެއްބައިވަންތަ ކަމުގެ މުހިންމުކަން މައުޟޫއަށް މިއަދު އިއްވާފައިވާ ޚުތުބާގައި ބުނީ، އަހަރެމެންގެ މެދުގައި ވަޙްދަތު ޤާއިމުކުރުމަށް ބޭނުންވާނަމަ އިސްލާމްދީނުގެ އަޚްލާޤުން އަހަރަމެންގެ ޒީނަތްތެރިވާން ޖެހޭކަމަށެވެ.

އަދި އެއްބަޔަކު އަނެއް ބަޔަކަށް އަޅާފައި ހެޔޮފޯރުވައި ރަޙްމަތްތެރިކަމާއި އެކުވެރިކަން ޤާއިމުކޮށް، އެއްބަޔަކު އަނެއް ބަޔަކާ ގުޅިގެން އުޅެން ޖެހޭކަމަށް ޚުތުބާގައި ބުނެފައިވެއެވެ.

މިއާއެކު ޚުތުބާގައި ބުނީ، އިސްލާމީ ވަޙްދަތާއި އީމާންކަމުގެ އުޚުއްވަތްތެރިކަން ޤާއިމު ކުރެވޭނީ، އަރައިރުންތަކާއި، ދެބަސްވުންތަކާއި، ބައިބައިވުމުން އެކަހެރިވެ ތިބެ، އަމިއްލަ މަސްލަހަތުތަކާއި، ދުންޔަވީ މަންފާތަކަށް ވުރެ، މުޖުތަމައާއި ޤައުމާއި، އުއްމަތުގެ މަސްލަހަތުތައް އިސްކޮށްގެން ކަމަށެވެ.

"ތިޔަބައިމީހުންގެ މެދުގައިވާ އިސްލާމީ އުޚުއްވަތްތެރިކަމުގެ މަތިން ހަނދުމަކުރާށެވެ! ތިޔަބައިމީހުންގެ މުޖުތަމަޢުގައި އޮތް ޒަމާންވީ ރީތި އަޚްލާޤިއްޔާތަށް ތަބާވެ ތެދު ބުނާށެވެ! ދޮގު ނަހަދާށެވެ! މުޖުތަމަޢު ބައިބައިވެ ނިކަމެތިވެދާނެ އެއްވެސް ކަމެއް ނުކުރާށެވެ! ލޮބުވެތި ރަސޫލާ ހަދީޘް ކުރައްވާފައިވާ ފަދައިން، ކޮންމެ މީހަކުވެސް ހެޔޮކަމުގެ ތަޅުތަނޑިއަކަށް ވާށެވެ! އަދި ނުބައި ކަންތަކުގެ ތަޅަކަށް ވާށެވެ! އެކަކު އަނެކަކު ދެކެ ރުޅިއައިސް، ވާހަކަ ނުދައްކައި ނުތިބޭށެވެ! އެންމެ ރަނގަޅު މީހަކީ އިސްވެ ވާހަކަ ދައްކާ މީހާއެވެ." ޚުތުބާގައި ބުނެފައިވެއެވެ. 

މިއާއެކު ޚުތުބާގައި ބުނީ، މުސްލިމުންގެ މެދުގައި މި އެއްބައިވަންތަކަމާއި އުހުވަތްތެރިކަން ނެތިދިއުމުން އިސްލާމީ ދައުލަތުގެ ގޮށްތައް މޮހި ބާރުތައް ނިކަމެތިވެ ކަފާސްވެ، ދުޝްމަނުން އަހަރުމެންގެ މައްޗަށް ތަފާތު ގޮތްގޮތަށް ބާރުފޯރުވަން ފެށިކަމަށެވެ.

އަދި އިސްލާމީ އުއްމަތާއި މިއަދު ކުރިމަތިވެފައިވާ މުސީބާތްތައް ގިރާކޮށްފައި ދެވޭވަރުގެ ގާބިލްކަން އިސްލާމީ އުއްމަތުގެ ވަހުދަތުގައްޔާ އެއްބަނޑު އެއްބަފާ ކަމުގެ ގެތުންތަކުގައި ހުރިކަން ފާހަގަކޮށް ޚުތުބާގައި ބުނީ، އެކަމަށްޓަކައި އެންމެ ފުރަތަމަ ކުރަންޖެހޭ ކަމަކީ އިސްލާމީ ވަހުދަތަށް ބޭނުންވާ ބިންގާ ވަރުގަދަ ކުރުން ކަމަށެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
12 Sep 2026
މޫސުން ވަރަށް ގޯސްވެއްޖެ. ބައެއް ސަރަހައްދުތަކަށް ޔެލޯ އެލާޓް
ކޮންމެހެން ކުރަންޖެހޭ ދަތުރުތައް ފިޔަވައި އެހެން ދަތުރުތައް ނުކުރުމަށާއި، ދަތުރަށް ފުރުމުގެ ކުރިން މޫސުމާ ބެހޭ އެންމެ ފަހުގެ މަޢުލޫމާތު ހޯދައި، ސަލާމަތީ ވަސީލަތްތައް ފުރިހަމައަށް ހުރިތޯ ޔަޤީންކުރުމަށް ކަމާބެހޭ ފަރާތްތަކުން ވަނީ އަންގާފައެވެ
12 Sep 2026
ބްރިޖު ރައްކާތެރިކޮށް ރަނގަޅު ގޮތުގައި ބެލެހެއްޓުމަށް ގުޅިގެން މަސައްކަތް ކުރުމަށް ސަފީރު ގޮވާލައްވައިފި
މި ދެ ބޯޓު ވަނީ ދިޔަވެ، މާލެ އަތޮޅުގެ އިރުން، ރާއްޖޭގެ ސަރަހައްދުން 30 ނޯޓިކަލްމޭލު ބޭރަށް މިރޭގެ ވަގުތެއްގައި އަޑިއަށް ގޮސްފަ އެވެ.
11 Sep 2026
ބްރިޖަށް އުރުނު ދެ ބޯޓް ދިޔަވެ އަޑިއަށް ހިނގައްޖެ
ސިނަމާލެ ބްރިޖަށް ރޭ އުރުނު ދެ ބޯޓް ދިޔަވެ މިރޭ އަޑިއަށް ހިނގައްޖެ އެވެ.
11 Sep 2026
ފީފާއިން ބައްސާމް އުމުރަށް ސަސްޕެންޑްކޮށް، 1.2 މިލިއަން ޑޮލަރުން ޖޫރިމަނާކޮށްފި
ފުޓްބޯލް އެސޯސިއޭޝަން އޮފް މޯލްޑިވްސް (އެފްއޭއެމް) ގެ ކުރީގެ ރައީސް ބައްސާމް އަދީލް ޖަލީލް، ކޮވިޑް-19 ގެ ރިލީފް ފަންޑުގެ ފައިސާ އަމިއްލަ ބޭނުމަށް ބޭނުންކުރި މައްސަލައިގައި ފުޓްބޯޅައާ ގުޅުންހުރި އެންމެހައި ހަރަކާތްތަކުން އުމުރަށް ސަސްޕެންޑްކޮށް، ބޮޑު އަދަދަކުން ޖޫރިމަނާކުރުމަށް ދުނިޔޭގެ ފުޓްބޯޅައިގެ މައި އިދާރާ (ފީފާ) އިން ނިންމައިފިއެވެ.
11 Sep 2026
ޕީއެންސީގެ އަންހެނުންގެ ހަރަކާތުގެ ރައީސާ އަކަށް މިނިސްޓަރު ހީނާ
ހީނާ އަކީ ޕީޕީއެމް / ޕީއެންސީ އެކުގައި ހިންްގިއިރު އެ ޕާޓީގެ އިސް މަގާމުތައް ފުރުއްވި ބޭފުޅެކެވެ. އެގޮތުން ދެ ޕާޓީގެ ތަރުޖަމާންކަން ކުރެއްވި އެވެ.
11 Sep 2026
ބޯޓް އުރުނު ހާދިސާ؛ ބްރިޖުގެ ސްޓްރަކްޗާއަށް ގެއްލުމެއް ނުވޭ
މި ތެޔޮ ބޯޓު އުތުރު ފަރާތުން އޮޔާ އައިސް އެންމެ ފުރަތަމަ ޖެހުނީ ސިނަމާލެ ބްރިޖުގެ ތަނބެއްގައެވެ. ތަނބުގައި ޖެހުމުގެ ސަބަބުން ބޯޓަށް އެކި ވަރުގެ ގެއްލުންތައް ލިބިފައިވެ އެވެ.
11 Sep 2026
ދެކުނަށް މޫސުން ގޯސް; ފޭދޫގެ 30 ވުރެ ގިނަ ގެއަށް ފެންވަދެ ގެއްލުން
އެ އޮތޯރިޓީން ބުނީ އައްޑޫ ސިޓީގެ ރަށްރަށުގައި ފެންބޮޑުވުމާ ގުޅިގެން، ކައުންސިލްތަކާއިސިފައިންނާއި ފުލުހުން ގުޅިގެން ފެންހިއްކުމުގެ މަސައްކަތް މެދުކެނޑުމެއްނެތި ދަނީ ކުރަމުން ކަމަށެވެ.
11 Sep 2026
އިކުއިޓީ ޕޭމަންޓް ދެއްކޭނެ ފެސޭހަ ސިސްޓަމެއް ގާއިމް ކުރަނީ
އިކުއިޓީ ޕޭމަންޓް ދެއްކޭނެ ލުއި ސިސްޓަމެއް ގާއިމް ކުރުމުގެ މަސައްކަތް ސަރުކާރުން ކުރަމުންދާ ކަމަށް ރައީސް ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.