ދީން
23 Dec 2022 | 14:12
މިއީ ޤަބުރުސްތާނެވެ

އިޙްސާސްކުރެވެނީ ހަމަހިމޭންކަމާއި އެކަނިވެރިކަމެވެ. ދުނިޔެވީ މަޖަލާއި ސަކަރާތް ކެނޑިގެން ގޮއްސިއެވެ. ކިތަންމެ އަންނަން ބޭނުން ނުވިޔަސް މިތަނަށް ހަމަ ކޮންމެ މީހަކުވެސް ގެނެވޭނެއެވެ. މިތަނުން އޭނާގެ ލޯބިވާ އަހުލުންނާއި މިތުރުންނާ ވަކިވާން ޖެހޭނެއެވެ. އެއްކުރިހާ މުދާތައް ދޫކޮށްލަން ޖެހޭނެއެވެ. އޮންނަން ޖެހޭނީ ތިމާކުޅަ ޢަމަލަކާއެކީ އެކަނިމާއެކަންޏެވެ. މިއަދު ކާކުބާއެވެ؟ އަހުރެންބާއެވެ؟ ނުވަތަ ތިބާ ބާއެވެ؟

ތާބިޢީ ބޭކަލެއްކަމުގައިވާ ޙަސަނުލް ބަޞަރީ رَحِمَهُ اللهُ ޖަނާޒާއެއްގައި ބައިވެރިވެވަޑައިގެން ހުންނަވަނިކޮށް މީހަކު ސުވާލުކޮށްލިއެވެ. "މިއީ ކާކުގެ ޖަނާޒާއެއްތޯއެވެ؟" އެހިނދު ޖަވާބުދެއްވިއެވެ. "އަހަރެންނާއި ތިބާއެވެ." ތެދެކެވެ. އަހަރެންނާއި ތިބާއެވެ. އަހަރެންނާއި ތިބާގެ މައްޗަށް ޖަނާޒާގެ ކަންކަން ކުރެވި، ޤަބުރުސްތާނުގެ ގޮވެއްޗަށް ގެނައުމުގެ ދުވަސްވަނީ ދާދި ގާތުގައެވެ. ހަމަ ޔަޤީނުންވެސް އަހަރެންނާއި ތިބާގެ މައްޗަށް އެކަންކަން ކުރެވޭނެ ކަމީ ޝައްކެއް އޮތްކަމެއް ނޫނެވެ.

މިތަނުގައި މިވާ މީހުންނަކީ އަހަރެމެން ފަދައިން ދުނިޔޭގައި އުޅުނު މީހުންނެވެ. ދުނިޔަވީ ޙަޔާތުގެ އުފާވެރިކަމާއި މަޤްޞަދުތައް ޙާޞިލުކުރުމަށް ގަދައަޅައި މަސައްކަތްކުރި މީހުންނެވެ. އަހަރެމެން ފަދައިން ފޮނި އުއްމީދުތަކެއް ކުރި މީހުންނެވެ. ލިބުނު ބާރެއް ބޭނުންކޮށްގެން ދުނިޔެ އާރާސްތުކުރުމަށްޓަކައި އަވަދިނެތި އުޅުނު މީހުންނެވެ. ދުނިޔެ އަޅާފައި ދާންޖެހޭނެކަމުގެ މަތިން އެކި މިންވަރަށް ހަނދާންވެ ހަނދާންނެތިވެ އުޅުނު މީހުންނެވެ. ޢާލަމްތަކުގެ ވެރި ރަސްކަލާނގެ ރުއްސެވުން އަދައިގެން އެކި މިންވަރަށް އަޅުކަމުގައި އުޅުނު މީހުންނެވެ.

ވިސްނާލައްވާށެވެ! މިތަނުގައި މިވާ ކޮންމެ މީހަކަށްވެސް އެވަނީ މަރަކީ ކޮން އެއްޗެއްކަން އެނގިފައެވެ. އެބައިމީހުން އެތިބި ތަނުގައިވާ ފިތުނައާއި ލިބޭ ނިޢުމަތާއި ޢަޛާބު ޝައްކެތް ނެތް މިންވަރަށް ތަޖުރިބާކުރެވިފައެވެ. އެކަންކަން އިޙްސާސްކުރެވިފައެވެ. ކަންމިހެން ހުރިއިރު، އަމިއްލަ ނަފްސާ ސުވާލުކޮށްލާށެވެ! މިތަނުގައި މިވާ ކޮންމެ މީހަކަށްމެ ދުނިޔޭގެ ޙަޔާތަށް އައުމުގެ ކުޑަކުޑަ ފުރުޞަތެއް ލިބިއްޖެނަމަ އެބައިމީހުން ކުރާނީ ކޮންކަމެއްތޯއެވެ؟ ކުރިން އުޅުނުފަދައިން މާތް ﷲއަށް އުރެދި އުޅޭނެތޯއެވެ؟ ނަމާދުތަކަށް ގޮވާލެވޭއިރު ބީރުކަންފަތެއް ދީގެން ހުންނާނެތޯއެވެ؟ ހެޔޮޢަމަލުތައް ކުރުމާމެދު ޣާފިލުވެ، އަމިއްލަ އެދުންތަކަށް ތަބާވެ ފާޙިޝް ނުބައި ޢަމަލުތަކުގައި އުޅޭނެ ހެއްޔެވެ؟ ނޫނީ އެބައިމީހުންގެ ވަގުތުތައް ހޭދަކުރާނީ ނަމާދުކުރުމާއި، ޤުރްއާން ކިޔެވުމާއި، ހެޔޮކަންކަން މީސްތަކުންގެ ތެރޭގައި ފަތުރައި، ހެޔޮގޮތަށް މީހުންނަށް ގޮވާލައި ބައެއްކަމުގައި ނޫން ހެއްޔެވެ؟ އަހަރެމެންނަށް އެއްބަސްވެވޭ ޖަވާބަކަށް ވާނީ ހަމަގައިމުވެސް އެބައިމީހުން ފާފަތަކެއް ނުކުރާނެކަމެވެ. އަދި ޘަވާބާއި ދަރުމަ ހޯދުމަށް ކެނޑިނޭޅި މަސައްކަތްކުރާނެކަމެވެ. އަހަރެމެން މިދުނިޔޭގައި ވަގުތުތައް ހޭދަކުރާފަދައިން ވަގުތުތައް ހޭދަނުކުރާނެކަމެެވެ. ތައުބާވެ ޞާލިޙު ޢަމަލުތައް ކޮށްލަން އިތުރު ފުރުޞަތަކަށް އެއިގެ ތެރެއިން ހަމަކޮންމެ މީހަކުވެސް އިންތިހާއަށް އެދޭނެއެވެ. އިތުރު ނަމާދުތަކެއް ކޮށްލައި، މަތިވެރި ޛިކުރެއް ކޮށްލައި، އިތުރު ޞަދަޤާތެއް ކޮށްލާނެ ފުރުޞަތަކަށެވެ. ދުނިޔަވީ ޙަޔާތުގައި ކުޑަކުޑަ ވަގުތުކޮށްޅެއް ލިބިފައިވާ މީހެއްކަމުގައި ވާނަމަ ކިހާ ރަނގަޅުހޭ ހިތަށް އަރާނެއެވެ.

އެހެންނަމަވެސް ވިސްނާށެވެ! އެމީހުންނަކަށް ދެން ދުވަހަކުވެސް އެ ފުރުޞަތެއް ނުލިބޭނެއެވެ. ދުނިޔަވީ ޙަޔާތަކަށް ނާދެވޭނެއެވެ. މިތަނުގައި މިވާ އެންމެން އެ އެދޭ ފުރުޞަތު މިވަނީ އަހަރެމެންނަށް ލިބިފައެވެ. މި ދުނިޔަވީ ޙަޔާތުގައި މިވަގުތު ހުރުމުގެ ފުރުޞަތު ލިބިފައި މިވަނީ އަހަރެމެންނަށެވެ. ތައުބާވެ، ހެޔޮޢަމަލުކޮށް، ނަފްސު އިޞްލާޙުކޮށްލާނެ ފުރުޞަތު ލިބިފައި މިވަނީ އަހަރެމެންނަށެވެ. ވީއިރު، ފުރުޞަތުގެ ބޭނުން ހިފަންވީއެވެ. ކުރަން އޮތް ހެޔޮކަމެއްނަމަ އަވަހަށް ކުރަންވީއެވެ. ފާފައެއް ކުރެވޭނަމަ އަވަހަށް ތައުބާވާންވީއެވެ. ނަފްސު ނުބައި މަގަކުން ދާކަމުގައިވާނަމަ އިޞްލާޙުކުރަންވީއެވެ. ހެޔޮލަފާ ރަނގަޅުމީހަކަށް ވާންވީއެވެ. ބިމުގެ އަޑީގައި މިވާ ގޯއްޗަށް އަހަރެމެންވެސް ދާންޖެހުމުގެ ކުރިންނެވެ. ދާންޖެހޭނެ ވަގުތު ވަނީ ހަމަ ދާދި ގާތުގައެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
12 Sep 2026
މޫސުން ވަރަށް ގޯސްވެއްޖެ. ބައެއް ސަރަހައްދުތަކަށް ޔެލޯ އެލާޓް
ކޮންމެހެން ކުރަންޖެހޭ ދަތުރުތައް ފިޔަވައި އެހެން ދަތުރުތައް ނުކުރުމަށާއި، ދަތުރަށް ފުރުމުގެ ކުރިން މޫސުމާ ބެހޭ އެންމެ ފަހުގެ މަޢުލޫމާތު ހޯދައި، ސަލާމަތީ ވަސީލަތްތައް ފުރިހަމައަށް ހުރިތޯ ޔަޤީންކުރުމަށް ކަމާބެހޭ ފަރާތްތަކުން ވަނީ އަންގާފައެވެ
12 Sep 2026
ބްރިޖު ރައްކާތެރިކޮށް ރަނގަޅު ގޮތުގައި ބެލެހެއްޓުމަށް ގުޅިގެން މަސައްކަތް ކުރުމަށް ސަފީރު ގޮވާލައްވައިފި
މި ދެ ބޯޓު ވަނީ ދިޔަވެ، މާލެ އަތޮޅުގެ އިރުން، ރާއްޖޭގެ ސަރަހައްދުން 30 ނޯޓިކަލްމޭލު ބޭރަށް މިރޭގެ ވަގުތެއްގައި އަޑިއަށް ގޮސްފަ އެވެ.
11 Sep 2026
ބްރިޖަށް އުރުނު ދެ ބޯޓް ދިޔަވެ އަޑިއަށް ހިނގައްޖެ
ސިނަމާލެ ބްރިޖަށް ރޭ އުރުނު ދެ ބޯޓް ދިޔަވެ މިރޭ އަޑިއަށް ހިނގައްޖެ އެވެ.
11 Sep 2026
ފީފާއިން ބައްސާމް އުމުރަށް ސަސްޕެންޑްކޮށް، 1.2 މިލިއަން ޑޮލަރުން ޖޫރިމަނާކޮށްފި
ފުޓްބޯލް އެސޯސިއޭޝަން އޮފް މޯލްޑިވްސް (އެފްއޭއެމް) ގެ ކުރީގެ ރައީސް ބައްސާމް އަދީލް ޖަލީލް، ކޮވިޑް-19 ގެ ރިލީފް ފަންޑުގެ ފައިސާ އަމިއްލަ ބޭނުމަށް ބޭނުންކުރި މައްސަލައިގައި ފުޓްބޯޅައާ ގުޅުންހުރި އެންމެހައި ހަރަކާތްތަކުން އުމުރަށް ސަސްޕެންޑްކޮށް، ބޮޑު އަދަދަކުން ޖޫރިމަނާކުރުމަށް ދުނިޔޭގެ ފުޓްބޯޅައިގެ މައި އިދާރާ (ފީފާ) އިން ނިންމައިފިއެވެ.
11 Sep 2026
ޕީއެންސީގެ އަންހެނުންގެ ހަރަކާތުގެ ރައީސާ އަކަށް މިނިސްޓަރު ހީނާ
ހީނާ އަކީ ޕީޕީއެމް / ޕީއެންސީ އެކުގައި ހިންްގިއިރު އެ ޕާޓީގެ އިސް މަގާމުތައް ފުރުއްވި ބޭފުޅެކެވެ. އެގޮތުން ދެ ޕާޓީގެ ތަރުޖަމާންކަން ކުރެއްވި އެވެ.
11 Sep 2026
ބޯޓް އުރުނު ހާދިސާ؛ ބްރިޖުގެ ސްޓްރަކްޗާއަށް ގެއްލުމެއް ނުވޭ
މި ތެޔޮ ބޯޓު އުތުރު ފަރާތުން އޮޔާ އައިސް އެންމެ ފުރަތަމަ ޖެހުނީ ސިނަމާލެ ބްރިޖުގެ ތަނބެއްގައެވެ. ތަނބުގައި ޖެހުމުގެ ސަބަބުން ބޯޓަށް އެކި ވަރުގެ ގެއްލުންތައް ލިބިފައިވެ އެވެ.
11 Sep 2026
ދެކުނަށް މޫސުން ގޯސް; ފޭދޫގެ 30 ވުރެ ގިނަ ގެއަށް ފެންވަދެ ގެއްލުން
އެ އޮތޯރިޓީން ބުނީ އައްޑޫ ސިޓީގެ ރަށްރަށުގައި ފެންބޮޑުވުމާ ގުޅިގެން، ކައުންސިލްތަކާއިސިފައިންނާއި ފުލުހުން ގުޅިގެން ފެންހިއްކުމުގެ މަސައްކަތް މެދުކެނޑުމެއްނެތި ދަނީ ކުރަމުން ކަމަށެވެ.
11 Sep 2026
އިކުއިޓީ ޕޭމަންޓް ދެއްކޭނެ ފެސޭހަ ސިސްޓަމެއް ގާއިމް ކުރަނީ
އިކުއިޓީ ޕޭމަންޓް ދެއްކޭނެ ލުއި ސިސްޓަމެއް ގާއިމް ކުރުމުގެ މަސައްކަތް ސަރުކާރުން ކުރަމުންދާ ކަމަށް ރައީސް ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.