ތިނަދޫ ދެކުނު ދާއިރާގެ މެމްބަރު އަބްދުﷲ ސަނީފް-- ފޮޓޯ/ މަޖިލިސް
ހަބަރު
23 Dec 2022 | 14:44
ސަނީފް ރައީސް ނަޝީދަށް: މިވީހާ ދުވަހު އިލެކްޝަން ދަފުތަރާއި ޚިލާފު ދަފުތަރެއް ގެންގުޅުނީ ކީއްވެ؟

އެމްޑީޕީގެ ރައީސް ކަމުގެ މަގާމުގައި ރައީސް ހުންނަވައި، އެތައް ދުވަހެއް ވެގެން ދިޔައިރުވެސް، އިލެކްޝަން ދަފުތަރާއި ޚިލާފު ދަފުތަރެއް ގެންގުޅުއްވީ ކީއްވެތޯ ތިނަދޫ ދެކުނު ދާއިރާގެ މެންބަރު ސަނީފް ސުވާލުކުރައްވައިފިއެވެ.

އެމްޑީޕީގެ ދަފުތަރު ގަޑުބަޑުވެފައިވާ ކަމަށް ރައީސް ނަޝީދު ވިދާޅުވުމާއި ގުޅިގެން، ސަނީފް ކުރެއްވި ޓުވީޓެއްގައި ވަނީ، އެވަރު ކަމެއް ހިނގައިދިޔައިރު 15 އަހަރު ވަންދެން ޕާޓީގެ ރައީސް ކަމުގައި މަގާމުގައި ހުންނެވި، ރައީސް ނަޝީދުގެ ޒިންމާ އަކީ ކޮބައިތޯ ސުވާލު ކުރައްވާފައެވެ. އެވާހަކަ ދައްކަވަނީ އެމަނިކުފާނު ޒިންމާތަކުން ބަރީއަ ވުމަށްތޯވެސް ސުވާލު ކުރައްވާފައެވެ. 

"‏މި ވަރުގެ ކަމެއް ހިނގައި ދިޔަ އިރު އެމްޑީޕީ ގެ ރައީސް ކޮބައިތޯ ؟ 15 އަހަރު ޕާޓީގެ ރައީސް ކަން ކުރިއިރު ކޮބައިތޯ ޒިންމާ . އިންތިޙާބު ބޯމަތި ވީމަތޯ އިނގުނީ. މިވީ ހުރިހައި ދުވަހު އިލެކްޝަން ދަފުތަރާއި ޙިލާފު ދަފުތަރެއް ގެންގުޅުނީ ކިހިނެއް ވެގެންތޯ؟ ޒިންމާތަކުން މަނިކުފާނު ބަރިއްޔަ ވީތޯ؟" ސަނީފް ސުވާލު ކުރައްވާފައިވެއެވެ. 

2023 ވަނަ އަހަރުގެ ރިޔާސީ އިންތިހާބުގައި އެމްޑީޕީގެ ޓިކެޓްގައި ކުރިމަތިލާނެ ކެންޑިޑޭޓެއް ހޮވުމަށް ބާއްވާ ފްރައިމަރީގައި ވާދަކުރައްވާނެކަން އިއުލާންކުރައްވާ ރައީސް ނަޝީދު ވަނީ އެމްޑީޕީގެ ދަފުތަރު ގަޑުބަޑުވެފައިވާ ކަމަށް ވިދާޅުވެފައެވެ. މިކަމުގެ ކަންބޮޑުވުންތައް ފާޅުކުރައްވާ ރައީސް ނަޝީދު އެމްޑީޕީގެ ޗެއާޕާސަން ފައްޔާޒު އިސްމާއިލް އަށް ފޮނުއްވި ސިޓީއެއްގައި ވަނީ އެމްޑީޕީގެ ވޯޓުލާ ދަފުތަރުން ސާޅީސްހާހާ ގާތަށް މެމްބަރުން އެންގުމަކާއިނުލައި ކުއްލިއަކަށް އުނިކޮށްފައިވާކަމަށް ވިދާޅުވެފައެވެ. 

އެއާއެކު އެމްޑީޕީގެ ދަފުތަރު ސާފުކުރަންޖެހޭ ވާހަކަ ތަކުރާރުކުރައްވާ ރައީސް ނަޝީދު ވިދާޅުވީ ދަފުތަރު އިސްލާހުކުރުމުގެ ނަމުގައި ޕާޓީން ވަކިކުރީ އެމްޑީޕީގައި ގިނަދުވަސްވީ ޕާޓީގެ އަސްލު މެންބަރުންކަމަށެވެ. އަދި އެއީ އެމްޑީީޕީ ޕްރައިމަރީގައި ރައީސުލްޖުމްހުރިއްޔާ އިބްރާހީމް މުހައްމަދު ޞާލިހަށް ވޯޓް ދޭނެހެން ހީނުވާ މެންބަރުން ކަމަށްވެސް ރައީސް ނަޝީދުވަނީ ވިދާޅުވެފައެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
03 Aug 2026
އުފެއްދުންތެރިކަމުގެ ޤައުމީ މައުރަޒުގައި އިންސާފްކޮށްދޭނޭ ފަނޑިޔާރުން ހޯދަނީ
ޝަރުތުތަކުގެ ތެރޭގައި ވާދަކުރުމުގެ ބައިގައި އެއްވެސް ގިންތިއަކުން ވާދަކުރާ ފަރާތެއް ކަމުގައި ނުވުމާއި، ފަނޑިޔާރުކަން ކުރުމަށް ހުށަހަޅާ ގިންތީގައި ވާދަކުރާ ފަރާތަކާއި އާއިލީ ގުޅުމެއް އޮތް ފަރާތެއް ނުވަތަ ވިޔާފާރީގެ މަސްލަހަތު އޮތް ފަރާތެއްކަމުގައި ނުވުމެވެ. މީގެ އިތުރުންވެސް އިތުރު ޝަރުތުތައް ހިމެނޭ
03 Aug 2026
ގިނަބަޔަކު އެ ފިލްމަކަށް އިންތިޒާރުކުރާ ޖަންނަތު މިރޭ އޮލިމްޕަހަށް
03 Aug 2026
ބެލްޖިއަމަށާއި، އީޔޫ ސަފީރުކަމުގެ މަޤާމަށް ދިޔާނާ ޢައްޔަންކޮށްފި
ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު، ބެލްޖިއަމަށާއި، ޔޫރަޕިއަން ޔޫނިއަނަށް ދިވެހިރާއްޖެއިން ކަނޑައަޅާފައި ހުންނަވާ ސަފީރުކަމުގެ މަޤާމަށް ކުރީގެ ބަންޑާރަ ނާއިބު ފާޠިމަތު ދިޔާނާ މިއަދު ޢައްޔަންކުރައްވައިފިއެވެ.
03 Aug 2026
ފެނަކައިގެ ގަވާއިދާ ޚިލާފު ޕްރޮމޯޝަންތައް ތަޙުޤީޤުކުރަން ފޮނުވަން ފާސްކޮށްފި
ފެނަކައިގެ މުވައްޒަފުންނަށް 2022 އަދި 2023ގައި ގަވާއިދާ ޚިލާފަށް ދީފައިވާ ވަޒީފާގެ ކުރިއެރުންތައް ތަޙުޤީޤުކުރުމަށް އޭސީސީ އަދި ފުލުހުންނަށް ފޮނުވަން މަޖިލީހުން ފާސްކޮށްފި.
03 Aug 2026
ޖަންގިޔަލުން ޑްރަގު ފެނުނު އަންހެންމީހާއަށް ކުރިދައުވާ އަނބުރާ ގެންދިޔަ ސަބަބު
އަންހެނެއްގެ ޖަންގިޔާ ތެރޭގައި ފޮރުވާފައި ހުރި މަސްތުވާތަކެއްޗަކީ އޭނާގެ އެއްޗެއް ކަމަށް ބުނެ، އެކަމާ ފިރިމީހާ ހަވާލުވުމާ ގުޅިގެން އެ އަންހެންމީހާގެ މައްޗަށް ކުރި ދައުވާ އަނބުރާ ގެންދަން ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީހުން ނިންމި ސަބަބު އެ އޮފީހުން ހާމަކޮށްދީފިއެވެ.
03 Aug 2026
މިޞްރަށް 5.6 މެގްނިޓިއުޑްގެ ބާރުގަދަ ބިންހެލުމެއް އަތުވެއްޖެ
މިޞްރުގެ ނޭޝަނަލް ރިސާޗް އިންސްޓިޓިއުޓް އޮފް އެސްޓްރޯނޮމީ އެންޑް ޖިއޯފިޒިކްސްއިން ހާމަކޮށްފައިވާ ގޮތުގައި، ރިކްޓަރ މިންގަނޑުން 5.6 ގެ ބާރުމިނުގައި އައި މި ބިންހެލުން ލޮގްކުރެވިފައިވަނީ ހޯމަ ދުވަހުގެ ފަތިހު 3:00 ގައެވެ. ނަމަވެސް، ޖަރުމަނުގެ ރިސާޗް ސެންޓަރ ފޯ ޖިއޯސައިންސަސް (ޖީ.އެފް.ޒެޑް) އިން ބުނެފައިވަނީ މި ބިންހެލުމުގެ ބާރުމިނަކީ 5.4 ކަމަށާއި، މިއީ ބިމުގެ 10 ކިލޯމީޓަރު އަޑިން އައި ބިންހެލުމެއް ކަމަށެވެ.
03 Aug 2026
އަމީނީ މަގަކީ އެމްޑީޕީ ސަރުކާރުގެ ފެންވަރު: މުއްޠަލިބު
މާލޭގެ އަމީނީމަގަކީ ނިމިދިޔަ އެމްޑީޕީ ސަރުކާރުން ފެށި މަޝްރޫއު އެއް ކަމަށާ، އެ މަޝްރޫޢުން އެނގިގެންދަނީ އެ ސަރުކާރުގެ މަސައްކަތުގެ ފެންވަރު ކަމަށް އިންފްރާސްޓްރަކްޗާ މިނިސްޓަރު ޑރ. އަބްދުالله މުއްޠަލިބު ވިދާޅުވެއްޖެއެވެ.
03 Aug 2026
އައްޑޫ ލިންކު ރޯޑު މަރާމާތު ކުރަން 400 މިލިއަން ޚަރަދުވާނެ: ޑރ. މުއްޠަލިބު
އައްޑޫ ލިންކު ރޯޑަކީ ކޮންމެހެންވެސް ހަދަންޖެހޭ ތަނެއް ކަމަށާ، އެ މަގު ރަނގަޅު ފެންވަރެއްގައި މަރާމާތު ކުރަން 400 މިލިއަނެއްހާ ރުފިޔާ ހޭދަވާނެ ކަމަށް އިންފްރާސްޓްރަކްޗާ މިނިސްޓަރު ޑރ. އަބްދުالله މުއްޠަލިބު ވިދާޅުވެއްޖެއެވެ.