އެމްޑީީޕީގެ ރައީސް އަދި ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު: ފޮޓޯ/ އަވަސް
ހަބަރު
23 Dec 2022 | 15:59
އެމްއެމްޕީއާރުސީ ޚިޔާނާތަަށް ދައުވާކޮށް ހުކުމް ކުރީމާ ފައިސާއަށް ވީގޮތް އެނގޭނެ: ރައީސް ނަޝީދު

އެމްއެމްޕީއާރުސީ ޚިޔާނާތަާއި ވެންޓިލޭޓަރު ޚިޔާނާތައް ދައުވާކޮށް ހުކުމް ކުރުމުން އެ ފައިސާއަށް ވީގޮތް އެނގޭނެ ކަމަށް އެމްޑީީޕީގެ ރައީސް އަދި ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ. 

އެމްއެމްޕީއާރުސީގެ ޚިޔާނާތާއި ވެންޓިލޭޓަރުގެ ޚިޔާނާތާއި ގުޅިގެން އެކަމުގެ ތުހުމަތުކުރެވޭ މީހުންނަށް ދައުވާ ނުކުރެވި ލަސްވާތީ ކަންބޮޑުވުން ފާޅުކޮށް ރައީސް ނަޝީދު ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ، ރައީސުލްޖުމްހުރިއްޔާ އިބްރާހީމް މުހައްމަދު ޞާލިހުގެ ދައުރު ނިމެން ވީއިރުވެސް އެމްއެމްޕީއާރުސީގެ މައްސަލަ އާއި ވެންޓިލޭޓަރު ގެ މައްސަލަ އާއި ގުޅިގެން ކާމިޔާބު ތަހުގީގެއް ހިންގައި ދައުވާ އުފުލާފައި ނުވާކަމަށެވެ. 

"އެމްއެމްޕީއާރުސީ ޚިޔާނާތަާއި ވެންޓިލޭޓަރު ޚިޔާނާތައް ދައުވާކޮށް ހުކުމް އިއްވުމުން ފައިސާއަށް ވީގޮތް ސާފުވާނެ." ރައީސް ނަޝީދު ވިދާޅުވިއެވެ. 

ރައީސް ނަޝީދު ވަނީ މީގެ ކުރިން ވެސް އެތައް ފަހަރަކު ޚީޔާނާތުގެ މައްސަލަތައް ބަލަން ގޮވާލައްވާފައެވެ. އެގޮތުން އެމްއެމްޕީއާރްސީ ޚިޔާނާތުގެ މައްސަލަ ރަނގަޅަށް ތަހުގީގު ނުކުރެވޭނަމަ، ދައުލަތް ފެއިލް ވާނެ ކަމަށް މީގެ ކުރިން އެމަނިކުފާނު ވިދާޅުވިއެވެ. އަދި ވައްކަންކުރާ ސަރުކާރަކާ އެކީ އެމްޑީޕީ އޮންނާކަށް ނޭދޭނެ ކަމަށްވެސް އެމަނިކުފާނު ވަނީ ވިދާޅުވެފައެވެ.

އަދި މީގެ އިތުރުން ވެންޓިލޭޓަރު މައްސަލާގައި ދޫ ނުދެއްވާނެ ކަމަށް ވެސް ރައީސް ނަޝީދު މީގެކުރިންވެސް ވިދާފާޅުވެފައިވެއެވެ.

ސަރުކާރުގައި މި މައްސަލަ ތަހުގީގު ކުރަމުން ދަނީ، އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އާއި، ފުލުހުންނާއި ޕްރޮސެކިއުޓާ ޖެނެެރަލް (ޕީޖީ) އޮފީސް ގުޅިގެން ޖޮއިންޓް އިންވެސްޓިގޭޝަނެއްގެ ގޮތުގައެވެ.

ކޮމެންޓް
އޮއްބާބޭ
ދެން ރައީސް ނަސީދޫ މަޖުލީހުގަ ރައީސއ އެމްޑީޕީގެ ބަރުގަދަ ބޭފުޅެއްގެ ހައިސިއްޔަތުން މިކަންކަން ކޮށް ދެއްވާ. ވެރިކަމަށް އާދެވެންދެން މަޑު ނުކުރައްވާ.
23 Dec 2022
ފައިނާ
ކަލޭ ދީނަށްފުރައްސާރަ ކޮށް މަސްތުވާތަކެތި ބޯން ހިތްވަރުދިން މައްސަލަވެސް ބަލަން ޖެހޭ
23 Dec 2022
ގުޅޭ ލިޔުންތައް
05 Aug 2026
ފީފާއިން ކުރަން އުޅުނު ކަންތަކުގައި ބައިވެރިވުމެއް ނޯންނާނެ: ވެންގާ
ވެންގާ ނެރެފައިވާ ބަޔާނުގައި ވިދާޅުވެފައިވަނީ، ކުރިއަށްހުރި ވަރލްޑްކަޕް ކަޕްތަކުގެ ފައިދާއިން ބައެއް އަމިއްލަ އިންވެސްޓަރުންނަށް ވިއްކާލުމަށް ފީފާގެ ރައީސް ޖިއާނީ އިންފަންޓީނޯ ގެންގުޅުއްވި ނާކާމިޔާބު މަޝްރޫއާ އޭނާއާ އެއްވެސް ގުޅުމެއް ނެތްކަމަށެވެ
04 Aug 2026
އެލްޖީއޭގެ ބޯޑު އިންތިހާބު ފަސްކުރުމަކީ ސަރުކާރުން ބަލި އިއުލާންކުރުން: ނަޝީދު
ވިދާޅުވީ އެލްޖީއޭގެ ބޯޑްގެ އިންތިހާބު މުއްދަތެއް ނެތި ފަސްކުރުން އެއީ ސަރުކާރުން އަމިއްލައަށް ބަލި އިއުލާނުކުރުން ކަމަށެވެ.
04 Aug 2026
މާފަރު އެއާޕޯޓް ތަރައްގީކުރުމުގެ ތިންވަނަ ފިޔަވަހި: އަބޫދާބީ ފަންޑާއެކު މަޝްވަރާކޮށްފި
ވަޒީރު ވިދާޅުވީ އެ ބައްދަލްވުމުގައި މާފަރު އިންޓަރނޭޝަނަލް އެއަރޕޯޓު ތަރައްގީ ކުރުމުގެ ތިންވަނަ ފިޔަވަހީގެ ޕްލޭނާއި ގުޅޭގޮތުން މަޝްވަރާ ކޮށްފައިވާ ކަމަށެވެ.
04 Aug 2026
ނިޔާވެފައިވާ 700ވުރެ ގިނަ މީހުންގެ އެކައުންޓަށް 10 މިލިއަނަށް ވުރެ ގިނަ ރުފިޔާ ޖަމާކުރި
ނިޔާވެފައިވާ 700ވުރެ ގިނަ މީހުންގެ އެކައުންޓަށް 10 މިލިއަނަށް ވުރެ ގިނަ ރުފިޔާ ޖަމާކޮށްފައިވާކަން ފާހަގަކުރެވިފައިވާ ކަމަށް ވިދާޅުވި އެވެ.
04 Aug 2026
ޖުލައިމަހު އޮންލައިން ސްކޭމްތައް ވަރަށްބޮޑަށް އިތުރުވި: ފުލުހުން
ޖުލައިމަހު ސްކޭމްތަކުން 1.37 މިލިއަން ރުފިޔާ ގެއްލުނުކަމަށް ފުލުހުން ވަނީ ފާހަގަކޮށްފައެވެ. މީގެ ތެރެއިން 635271.17 ރުފިޔާ ހޯދުނުއިރު، 733،537.39 ރުފިޔާ ހޯދިފައިނުވާކަމަށް ފުލުހުން ބުންޏެވެ
04 Aug 2026
ޑިފެންސްގެ އުޅަނދުތަކަށް ހާއްސަ ސަރަހައްދު ބޭނުންކުރުމަކީ މަނާކަމެއް ކަމަށް ބުނެފި
އެ މިނިސްޓްރީން ބުނީ ޝަހީދު ހުސެއިން އާދަމް ބިލްޑިން އިން ފެށިގެން ދޮށިމޭނާ ބިލްޑިންގއާ ހަމައަށް އަލަށް ހަދާފައިވާ އެއްގަމު ތޮއްޓަކީ، މިނިސްޓްރީ އޮފް ޑިފެންސް އެންޑް ނޭޝަނަލް ސާވިސްގެ ބޭނުމަށް ހާއްސަކޮށްފައިވާ ސަރަހައްދެއް ކަމަށެވެ.
04 Aug 2026
އެލްޖީއޭޭގެ ބޯޑަށް މެންބަރުން ހޮވުން، މުއްދަތެއް ނެތް ގޮތަށް ފަސްކޮށްފި
އެ އޮތޯރިޓީން ބުނީ މި މަހުގެ އަށްވަނަ ދުވަހު ބޭއްވުމަށް ހަމަޖެހިފައިވާ އިންތިޚާބު މުއްދަތެއް ނެތް ގޮތަށް ފަސްކޮށްފައިވާ ކަމަށެވެ.
04 Aug 2026
މެމްބަރުންގެ އިންޝުއަރަންސާމެދު ރައްޔިތުން ކުރަނީ ކުށްހީއެއް: ކޮމިޓީގެ މުގައްރިރު
ހެލްތު އިންޝުއަރަންސްގެ ހިދުމަތް ހޯއްދެވުމަށް މެމްބަރުންވެސް އުޅުއްވަނީ ވަރަށް ދަތިކޮށްކަން ކޮމިޓީގެ މުގައްރިރުގެ ވާހަކާގައި ވަނީ ފާހަގަކުރައްވާފައެވެ.