ސަލީމް މަޖިލީހުގައި ވާހަކަދައްކަވަނީ/ ފޮޓޯ: މަޖިލިސް
ހަބަރު
29 Dec 2022 | 11:20
ގާޒީ ވިދާޅުވި "ސަބަބުވެރި އިންސާނާ" ހޯދާ ހޯދާވެސް ނުފެނުނު: ސަލީމް

ވ އާރަށުގެ މުއާމަލާތާއި ގުޅުވާ ކުރީގެ ރައީސް ޔާމީން އަބްދުލްގައްޔޫމުގެ މައްޗަށް އުފުލާފައިވާ ދެ ދައުވާ ސާބިތުވާކަމަށް ކަނޑައަޅުއްވުމަށް އެ މައްސަލަ ބެއްލެވި ގާޒީ އަހުމަދު ޝަކީލް ސަބަބުވެރި އިންސާނެއްގެ ވިސްނުމުން ގިނަ ކަންތަނެއް މިނެކިރުއްވާފައިވާއިރު، އެ ވިދާޅުވާ ސަބަބުވެރި އިންސާނާ ހޯދާ ހޯދާވެސް ފެނިފައި ނުވާކަމަށް މަޖިލީހުގެ މައިނޯރިޓީ ލީޑަރު އަދި ޕީޕީއެމްގެ ނައިބުރައީސް އަހުމަދު ސަލީމު ވިދާޅުވެއްޖެއެވެ. 

ރައީސް ޔާމީން މިނިވަންކޮށް އަނބުރާ ވެރިކަމަށް ގެނައުމަށް ގޮވާލާ އިދިކޮޅު ކޯލިޝަންގެ ޖޮއިންޓު ސެނެޓުން ރޭ ގަރާރެއް ފާސްކޮށްފައިވާއިރު، އެ ގަރާރާއި ގުޅޭގޮތުން ވާހަކަދައްކަވަމުން ސަލީމު ވިދާޅުވީ ރައީސް ޔާމީންގެ މައްޗަށް ގާޒީ އިއްވާފައިވަނީ ހަރާން ހުކުމެއްކަމަށެވެ. 

ސަލީމް ވިދާޅުވީ ދައުލަތުން ކޯޓަށް ހުށައެޅި ހެކިބަސްތަކަކީ ހަދައިގެން ހުށައެޅި ހެކިބަސްތަކެއްކަމަށެވެ. ސަބަބުވެރި އިންސާނެއްގެ ވިސްނުމުން ވިސްނާއިރު، ފައިސާގެ މުއާމަލާތްތަކުގައި ޑޮލަރު ގެންދިޔަ މީހާއާއި ފައިސާ ގެންދިޔަ ފަރާތުންވެސް ހަމައެކަނި ވިސްނާނީ ފައިސާއާއި ދޭތެރޭގައިކަން ވިސްނޭނެކަމަށެވެ. 

"ރައީސް ޔާމީންގެ ޑޮލަރުގެ ފައިސާ، އެއާއި ދޭތެރޭގައި އެ ގެންދިޔަ މީހާވެސް އެ ހަވާލުކުރި މީހާވެސް ވިސްނާނީ ހަމައެކަނި ފައިސާއާއި ދޭތެރޭގައި، އެ ފައިސާގޮސް އިޚްލާސްތެރިކަމާއެކީ ތެދުވެރިކަމާއެކީ އެ ދޭންވާ ފަރާތަކަށް ރައްދުކުރަން. އެއީ މީގެ މައިގަނޑު މަސްދަރަކީ. އެމީހަކު ނުވިސްނާނެ ކާރުގެ ދޮރުފަތް އިނީ ކިހެނެއްތޯ އެތަން އިނީ ކޮން ކުލައެއްގަތޯއެއް. މި ސުވާލުތައް ހަގީގަތުގައި ޝަރިއަތުގެ މަޖިލީހުގައި ނުވެސް ދެއްކޭނެ"

މައިނޯރިޓީ ލީޑަރު ސަލީމް 

ސަލީމް ވިދާޅުވީ ޚުދު އެމަނިކުފާނަށްވެސް 10 އަހަރު ދުވަސް ވަންދެން އަމިއްލަފުޅަށް ދުއްވި ކާރުކޮޅުގެ ނަންބަރު ހިތުން ހަނދާން ނުހުންނަކަމަށެވެ. އަދި އުމުރު ދުވަހު ގެންގުޅުނު އައިޑީ ކާޑު ކަންބަރު ހަނދާން ހުންނަނީ ކިތައް މީހުންނަށްތޯ ސަލީމް ސުވާލުކުރެއްވިއެވެ. 

އެއާއެކު އޭނާ ވަނީ އެފަދަ ކުދި ކުދި ކަންތައްތައް ހަނދާން ނުހުންނަ ކޮންމެ މީހަކީ އެއީ ސަބަބުވެރި އިންސާނެއް ނޫންކަމަށް ނިންމަންވީތޯވެސް އައްސަވާފައެވެ. 

ސަލީމް އިތުރަށް ވިދާޅުވީ ގާޒީ ހުކުމް ކުރާއިރު ސަބަބުވެރި އިންސާނެއްގެ ވިސްނުމުން ކަންކަން ނިންމަވަން ނުޖެހޭނެކަމަށެވެ. ހުކުމް ކުރަންވާނީ ހެއްކާއި ގަރީނާގެ މައްޗަށް ބިނާކޮށްކަމަށާއި، މި މައްސަލައިގައި އެއިން އެއްވެސް ކަމެއް ނުފެންނަކަމަށް ސަލީމް ވަނީ ވިދާޅުވެފައެވެ. 

ކޮމެންޓް
ގުޅޭ ލިޔުންތައް
26 Sep 2026
އދ. ގެ ކުށް ހުއްޓުވުމާ ބެހޭ ކޮންގްރެސްގައި ޕީޖީ ޢައްބާސް ޝަރީފް ތަޤުރީރުކުރައްވަނީ
ޕީޖީ އޮފީހުން ބުނީ މި ކޮންގްރެސްގައި ޕީޖީ ތަޤުރީރުކުރެއްވުމަށް ހަމަޖެހިފައިވަނީ މިއަދު އަދި މާދަމާ ކުރިއަށްދާ މަތީ ފެންވަރުގެ ބައްދަލުވުމާއި، ސައުތު އީސްޓް އޭޝިއާ ޖަސްޓިސް ނެޓްވޯކް (ސީޖަސްޓް) ގެ ބައްދަލުވުމާއި ހަމަހަމަ ޢަދުލުއިންޞާފު ކަށަވަރުކުރުމާ ބެހޭ ގޮތުން ބާއްވާ ވޯކްޝޮޕެއްގައި ކަމަށެވެ.
26 Sep 2026
މިއަހަރުގެ މިހާތަނަށް ރާއްޖެއަށް 1.5 މިލިއަނަށްވުރެ ގިނަ ފަތުރުވެރިން ޒިޔާރަތްކޮށްފި
މި ހިނގާ ސެޕްޓެމްބަރު މަހުގެ 23 ވަނަ ދުވަހުގެ ނިޔަލަށް ރާއްޖެއަށް ވަނީ ޖުމްލަ 1,562,968 ފަތުރުވެރިން ޒިޔާރަތްކޮށްފައި. އެންމެގިނަ ފަތުރުވެރިން ޒިޔާރަތްކުރީ ޗައިނާއިން.
26 Sep 2026
ބެލްޖިއަމް އަތުން އިޓަލީ ބަލިވެއްޖެ
މެޗްގައި އިޓަލީގެ ސަޕޯޓަރުންގެ ފަރާތުން ވަނީ ފާޑުކިއުންތައް އަމާޒުވެފައެވެ. މިކަމާ ގުޅޭގޮތުން މަންޗީނީ ބުނީ އަމިއްލަ ސަޕޯޓަރުންގެ ފަރާތުން އަމާޒުވި ފާޑުކިޔުންތަކަކީ ފުޓްބޯޅައިގެ އާންމު ކަމެއް ކަމަށެވެ.
26 Sep 2026
މާލީ މުއާމަލާތްތަކުގައި މެންޗެސްޓަރ ސިޓީން ހަޤީގަތް އޮޅުވާލިކަން ސާބިތުވެއްޖެ
މި މައްސަލައިގައި ސިޓީ ކުށްވެރިވެއްޖެނަމަ، ދެވިދާނެ އަދަބުތަކުގެ ތެރޭގައި ބޮޑު އަދަދަކުން ޖޫރިމަނާކުރުން، ޕޮއިންޓް އުނިކުރުން ނުވަތަ ޕްރިމިއަރ ލީގުން ވަކިކުރުންވެސް ހިމެނެއެވެ.
26 Sep 2026
ފްރާންސް މޮޅުވި މެޗްގައި އެމްބާޕޭއަށް އަނިޔާވެއްޖެ
ޒިދާން ފްރާންސަށް އިރުޝާދު ދިން ފުރަތަމަ މެޗުން އެޓީމް މޮޅުވިއިރު، ފްރާންސްގެ ގައުމީ ޓީމުގެ ކޯޗުކަމާ ހަވާލުވީ މިދިޔަ ހޫނު މޫސުމުގެ ވޯލްޑް ކަޕަށްފަހުއެވެ.
25 Sep 2026
ރަސްމާލޭގެ ބިމުގެ މިލްކުވެރިކަން ބޭރުގެ އެއްވެސް ބަޔަކަށް ނުދޭނެ: ރައީސް
"ނޭޝަން ޗެޓް" ޕޮޑްކާސްޓްގެ މިރޭގެ އެޕިސޯޑްގައި ވާހަކަފުޅުދައްކަވަމުން ރައީސް ވަނީ ރަސްމާލެ މަޝްރޫއު އާއި ބޯހިޔާވަހިކަމާ ބެހޭ ގޮތުން ވަރަށް ތަފްސީލު ގޮތެއްގައި ވާހަކަފުޅުދައްކަވާފައެވެ.
25 Sep 2026
ރ. މަޑުއްވަރީގައި ބިދޭސީ ފިރިހެނަކު ބިދޭސީ އަންހެނަކާ މާރާމާރީ ހިންގާ ފޭރިއްޖެ
ބިދޭސީ ފިރިހެން މީހާ އަންހެން މީހާގެ އަތުން ފޭރި މާރާމާރީ ހިންގާ މަންޒަރު ފެންނަ ވީޑިއޯއެެއް ވަނީ އާންމުކޮށްފަ އެވެ.
25 Sep 2026
މާހިދާގެ އާއިލާއަށް ރައީސް ތައުޒިޔާ ވިދާޅުވެއްޖެ
އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ރައީސް ވަނީ ‏މާތްﷲގެ ތަނަވަސް ރަޙްމަތުގައި މަރްޙޫމާ ޢާއިޝަތު މާހިދާ ލަހައްޓަވައި، ސުވަރުގޭގެ ދާއިމީ ނިޢުމަތް މިންވަރު ކުރެއްވުން އެދި ދުއާ ކުރައްވާފަ އެވެ.