ގަތަރުގެ އަމީރު ޝައިޚު ތަމީމް ބިން ހަމަދު ބިން ޚަލީފާ އާލްޘާނީ، އާޖެންޓީނާގެ ޖޯޒީގެ މަތިން މެސީގެ ގައިގައި ބިޝްޓް ލައްވަނީ
ކުޅިވަރު
23 Dec 2022 | 23:48
މެސީ ލައިގެންހުރި "ބިޝްޓް" ގަަަތުމަށް އެއް މިލިއަން ޑޮލަރު ހުށަހަޅައިފި

ގަތަރު ވޯލްޑް ކަޕް ކާމިޔާބުކުރުމަށްފަހު ވޯލްޑް ކަޕް ޓްރޮފީ އުފުއްލާލި އިރު ލިއޮނެލް މެސީ ލައިގެން ހުރި ބިޝްޓް ގަތުމަށް އޮމާންގެ ގާނޫނު ހަދާ މަޖިލީހުގެ މެމްބަރަކު "އެއް މިލިއަން ޑޮލަރު" ހުށަހަޅައިފި އެވެ.

ބިޝްޓް އަކީ ސަގާފީގޮތުން އަރަބި އަމީރުންގެ އިއްޒަތް ފުރިހަމަކޮށްދޭ ޚާއްސަ އެއްޗެކެވެ. ގަދަރުވެރިކަމާއި ޝަރަފާއި އިއްޒަތް ރަމްޒުކޮށްދޭ އެއްޗެކެވެ. ތަށި ހަވާލު ކުރުމުގެ ކުރިން ފީފާގެ ރައީސް ޖިއާންނި އިންފަންޓީނޯ އާއި ގަތަރުގެ އަމީރު ޝައިޚު ތަމީމް ބިން ހަމަދު ބިން ޚަލީފާ އާލްޘާނީ، އާޖެންޓީނާގެ ޖޯޒީގެ މަތިން މެސީގެ ގައިގައި ބިޝްޓް ލެއްވުމުންގެ ސަބަބުން މެސީގެ އާޖެންޓީނާ ޖޯޒީގެ ބޮޑުބައެއް ފޮރުވުނެވެ. މިކަމާއި ހުރެ ހުޅަނގުގެ މީޑިއާތަކުން ވޯލްޑްކަޕް އިންތިޒާމުކުރި ފަރާތަށް ވަރަށް ބޮޑަށް ފާޑުކިޔާފައިވެއެވެ.

އޮމާންގެ ގާނޫނު ހަދާ މަޖިލީހުގެ މެންބަރެއްކަމަށްވާ އަހުމަދު އަލް ބަރްވާނީ ކުރެއްވި ޓުވީޓެއްގައި ވިދާޅުވެފައިވަނީ 2022 ވަނަ އަހަރުގެ ވޯލްޑް ކަޕް ގަތަރު ކާމިޔާބު ކުރެއްވުމުން އޮމާންގެ ސުލްތާނުން ތިޔަބޭފުޅުންނަށް މަރުހަބާ ދަންނަވާ ކަމަށެވެ. އަދި "ޢަރަބި ބިޝްތަކީ، ޝަޚްޞިއްޔަތާއި ބުއްދީގެ ރަމްޒެކެވެ. އެ ބިޝްޓްގެ ބަދަލުގައި އެއް މިލިއަން ޑޮލަރު ހުށަހަޅާކަމަށެވެ.

އޭނާ ފަހުން އެގައުމުގެ ނެޝަނަލް ނޫހަށް ދިން އިންޓަވިއުއެއްގައި ބަރްވާނީ ބުނީ އެއް މިލިއަން ޑޮލަރަކީ މެސީގެ ހަފުތާއެއްގެ މުސާރައަށް ވުރެ ކުޑަ އެއްޗެއްކަމަށާއި އެއަގު އިތުރުކުރަން ތައްޔާރައްހުރިކަމަށެވެ. އަދި އޭނާ އެމަންޒަރު ދަނޑުގައި ހުރެގެން ބެލިކަމަށާއި އެ ބިޝްޓް ބޭނުންވަނީ އެވަގުތުކޮޅު ހަނދާނެއްގެ ގޮތުގައި ރައްކާކޮއްފައި ބޭއްވުމަށްކަމަށެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
03 Aug 2026
އާހިދުގެ މަގާމުގެ މުއްދަތު ހަމަވަނީ، އިންފޮމޭޝަން ކޮމިޝަނަރު ކަމަށް ހުޅުވާލައިފި
ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން ބުނީ އެ މަގާމަށް ކުރިމަތިލުމުގެ ފުރުސަތު މިއަދުން ފެށިގެން 16 އޮގަސްޓު ވާ އާދީއްތަ ދުވަހުގެ 12:00 ގެ ނިޔަލަށް އޮންނާނެ ކަމަށެވެ.
03 Aug 2026
ޑްރަގް ހުރި 26 ސެލޯފިންކޮޅާއެކު ޒުވާނަކު ހައްޔަރު ކޮށްފި
މި ތަކެތީގެ ވަގުތީ ބަރުދަނަކީ 24.80 ގުރާމެވެ.
03 Aug 2026
އެއްވެސް ރިސޯޓެއްގެ ހެޑް ލީސް ވިއްކާލާލާކަށް ނޫޅެން: އެމްޓީޑީސީ
އެމްޓީޑީސީގެ މުއާމަލާތްތަކުގެ އެންމެހާ މައުލޫމާތުތައް ހިއްސާދާރުންނަށް ހިއްސާކުރަމުންދާނޭކަމުގެ ޔަގީންކަން ދެމުން އެކުންފުނިން ވަނީ، ލިސްޓުކުރުމުގެ ގަވާއިދުގައި ބަޔާންކޮށްފައިވާ ހުރިހާ ކަމެއް އެކުންފުނިން ކުރަމުންދާނީ ހާމަކަމާއެކުގައިކަމަށް ބުނެފައެވެ.
03 Aug 2026
ކޮރަޕްޝަން ހުއްޓުވަން އޭސީސީ އާއި ސްޓެލްކޯއާ ދެމެދު އެއްބަސްވުމެއް
މި ފަހުމުނާމާގެ ދަށުން ދެ ފަރާތުގެ މެދުގައި ފަންނީ އެހީތެރިކަން ބަދަލުކުރުމާއި، ދެ ފަރާތުން ގުޅިގެން ކުރާ މަސައްކަތްތަކުގައި ވަސީލަތްތައް ހިއްސާކުރުން ވެސް ހިމެނެ އެވެ.
03 Aug 2026
ޑީއެންއާރުގެ ކައުންޓަރުތަކަށް 17 އަހަރު، ޒަމާނީ ފެންވަރަށް ތަރައްގީ ކުރަނީ
ޑީއެންއާރުގެ މިހާރުގެ ކައުންޓަރުން ހިދުމަތް ދެމުންދާތާ 17 އަހަރުވީ އެވެ.
03 Aug 2026
ވަޒީފާއާބެހޭ ޓްރައިބިއުނަލްގެ ނައިބު ރައީސަކަށް މަމްދޫހް އައްޔަނުކޮށްފި
ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު، ވަޒީފާއާބެހޭ ޓްރައިބިއުނަލްގެ ނައިބު ރައީސް ކަމަށް، މއ. އެރަލްސީ، އަޙްމަދު މަމްދޫހް ޢައްޔަން ކުރައްވައިފި އެވެ.
03 Aug 2026
ޔުއެފާގެ އިންޒާރެއް އިންފަންޓީނޯއަށް، ޤާނޫނީ ފިޔަވަޅު އަޅަންޖެހިދާނެ
މީޑިއާގެ ބައެއް ރިޕޯޓްތައް ބުނާގޮތުގައި ވިލާތުގެ ބައެއް ޤައުމުތަކުން ވަނީ އިންފަންޓީނޯ މަގާމުން ވަކުކުރުމުގެ މަސައްކަތްވެސް ފަށާފައެވެ. ނަމަވެސް މިހާތަނަށް އިންފަންޓީނޯ މަގާމުން އިސްތިއުފާ ދިނުމުގެ އެއްވެސް އިޝާރާތެއް ދީފައެއް ނުވެއެވެ
03 Aug 2026
ވެހިކަލް ފީ މާލެ ސިޓީ ކައުންސިލް ބަޖެޓުން އުނިކުރަން އެދިއްޖެ
އެއްގަމު އުޅަނދުތަކުގެ އަހަރީ ފީގެ ގޮތުގައި މާލޭ ސިޓީ ކައުންސިލަށް ލިބޭ ފައިސާ އެ ކައުންސިލުގެ ބަޖެޓުން އުނިކޮށް ސަރުކާރަށް ލިބޭނެ އިންތިޒާމެއް ހަމަޖެއްސެވުމަށް ހައުސިން ވުޒާރާގެ ވަޒީރު ޑރ. ޢަބްދުالله މުއްޠަލިބު އެދިވަޑައިގެންފިއެވެ.