ވާހިރާ އާއި އުތުރުކޮޑާ ކުޅުނު މެޗުތެރެއިން : ޕޮޓޯ/ ގާފު އޮންލައިން
ކުޅިވަރު
24 Dec 2022 | 00:21
ވާހިރާ އެފްސީއިން ވަރުގަދަ އުުތުރުކޮޑާ ބަލިކޮށްފި

އެސްޓީއޯ ގައްދޫ ކައުންސިލް ފުޓްސަލް ޗެލެންޖުގައި ގްރޫޕު ބީގައި މިރޭ ވާހިރާ އެފްސީ އާއި އުތުރުކޮޑާ ކުޅުނު މެޗު ވާހިރާ އެފްސީއިން ކާމިޔާބުކޮށްފި އެވެ.

މިރޭ ގައްދޫ ފުޓްސަލް ގްރައުންޑުގައި ކުޅުނު މިމެޗު ވާހިރާއިން ކާމިޔާބުކުރީ 3-2 ގެ ނަތީޖާއަކުންނެވެ. ވާހިރާ އެފްސީ ގެ ކުޅުންތެރިންގެ އެވަރެޖް އުމުރަކީ 19 އަހަރެވެ. އުތުރުކޮޑާ އަކީ ހުވަދު އަތޮޅުގައި ފާހަގަކޮށްލެވޭ ވަރުގަދަ ކުޅުންތެރިންތަކަކާއި އެކު މި މުބާރާތަށް ނުކުތް ޓީމެކެވެ.

މިރޭގެ މެޗުގައި ދެޓީމުގެ ފަރާތުންވެސް ވަރަށް މޮޅު ކުޅުމެއް ފެނިގެން ގޮސްފައިވެއެވެ. މެޗުގައި ފުރަތަމަ ލީޑް ނެގީވެސް ވާހިރާ އެފްސީ އިންނެވެ. ފުރަތަމަ ހާފުގައި ވާހިރާގެ (ޖ.12) ވަނީ މެޗުގެ ފުރަތަމަ ގޯލް ކާމިޔާބުކޮށް އެޓީމަށް ލީޑު ނަގާދީފައެވެ. ނަމަވެސް އެގޯލަށް މާގިނަ އިރުތަކެއް ނުވެ އުތުރުކޮޑާގެ (ޖ.66) ސަދަގަތުﷲ ޝަފީގް ވަނީ ގޯލެއް ކާމިޔާބުކޮށް އެޓީމަށް ނަތީޖާ ހަމަހަމަކޮށްދީފައެވެ.  ފުރަތަމަ ހާފު ނިމިގެން ދިޔައީ 1-1 ގެ ނަތީޖާއަކުން ދެޓީމު އެއްވަރުވެގެންނެވެ.

މެޗުގެ ދެވަނަ ހާފު ބޮޑަށް ޑޮމިނޭޓްކުރީ ވާހިރާއިންނެވެ. ނަތީޖާއެއްގެ ގޮތުން މި ހާފުގައި އެޓީމުން ވަނީ ކައިރިކައިރީގައި ދެގޯލް ކާމިޔާބުކޮށް ލީޑު ފުޅާކޮށްފައެވެ. މި ދެގޯލް އެޓީމަށް ކާމިޔާބުކޮށްދިނީ ލައިޝް އިބްރާހިމް އާއި އަހުމަދު ރައިމް އެވެ. މެޗުގެ ފަހު ފަސް މިނެޓުގެ ތެރޭގައި އުތުރުކޮޑާއިން ވަނީ ނަތީޖާ އަނބުރާލުމަށް ވަރަށް މަސައްކަތްކޮށްފައެވެ. އެގޮތުން އެޓީމުގެ މުލްހަމް އިބްރާހިމްގެ ވަނީ ގޯލެއް ކާމިޔާބުކޮށް ނަތީއްޖާގެ ފަރަގު ކުޑަކޮށްފައެވެ.

މި މެޗުގެ ކިންގް އޮފްދަ މެޗަކަށް ހޮވިފައިވަނީ ވާހިރާގެ ފުރަތަމަ ގޯލް ކާމިޔާބުކޮށްދިން ލައިޝް އިބްރާހިމް އެވެ.

މިރޭގެ މެޗުން ލިބުނު ތިން ޕޮއިންޓާއި އެކު ވާހިރާ އެފްސީ އޮތީ ގުރުޕް އޭ ގެ ތިން ވަނާގައެވެ. މި ގުރޫޕްގެ އެއްްވަނާގައި އޮތީ ތިން ޕޮއިންޓާއި ފައިދާ 11 ގޯލާއެކު ފެނަކައެވެ. ދެ މެޗުން ލިބުނު ތިން ޕޮއިންޓާއި ފައިދާ 8 ގޯލާއެކު ދެވަނަގައި އޮތީ މި މެޗުން ބަލިވި އުތުރުކޮޑާއެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
03 Aug 2026
އާހިދުގެ މަގާމުގެ މުއްދަތު ހަމަވަނީ، އިންފޮމޭޝަން ކޮމިޝަނަރު ކަމަށް ހުޅުވާލައިފި
ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން ބުނީ އެ މަގާމަށް ކުރިމަތިލުމުގެ ފުރުސަތު މިއަދުން ފެށިގެން 16 އޮގަސްޓު ވާ އާދީއްތަ ދުވަހުގެ 12:00 ގެ ނިޔަލަށް އޮންނާނެ ކަމަށެވެ.
03 Aug 2026
ޑްރަގް ހުރި 26 ސެލޯފިންކޮޅާއެކު ޒުވާނަކު ހައްޔަރު ކޮށްފި
މި ތަކެތީގެ ވަގުތީ ބަރުދަނަކީ 24.80 ގުރާމެވެ.
03 Aug 2026
އެއްވެސް ރިސޯޓެއްގެ ހެޑް ލީސް ވިއްކާލާލާކަށް ނޫޅެން: އެމްޓީޑީސީ
އެމްޓީޑީސީގެ މުއާމަލާތްތަކުގެ އެންމެހާ މައުލޫމާތުތައް ހިއްސާދާރުންނަށް ހިއްސާކުރަމުންދާނޭކަމުގެ ޔަގީންކަން ދެމުން އެކުންފުނިން ވަނީ، ލިސްޓުކުރުމުގެ ގަވާއިދުގައި ބަޔާންކޮށްފައިވާ ހުރިހާ ކަމެއް އެކުންފުނިން ކުރަމުންދާނީ ހާމަކަމާއެކުގައިކަމަށް ބުނެފައެވެ.
03 Aug 2026
ކޮރަޕްޝަން ހުއްޓުވަން އޭސީސީ އާއި ސްޓެލްކޯއާ ދެމެދު އެއްބަސްވުމެއް
މި ފަހުމުނާމާގެ ދަށުން ދެ ފަރާތުގެ މެދުގައި ފަންނީ އެހީތެރިކަން ބަދަލުކުރުމާއި، ދެ ފަރާތުން ގުޅިގެން ކުރާ މަސައްކަތްތަކުގައި ވަސީލަތްތައް ހިއްސާކުރުން ވެސް ހިމެނެ އެވެ.
03 Aug 2026
ޑީއެންއާރުގެ ކައުންޓަރުތަކަށް 17 އަހަރު، ޒަމާނީ ފެންވަރަށް ތަރައްގީ ކުރަނީ
ޑީއެންއާރުގެ މިހާރުގެ ކައުންޓަރުން ހިދުމަތް ދެމުންދާތާ 17 އަހަރުވީ އެވެ.
03 Aug 2026
ވަޒީފާއާބެހޭ ޓްރައިބިއުނަލްގެ ނައިބު ރައީސަކަށް މަމްދޫހް އައްޔަނުކޮށްފި
ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު، ވަޒީފާއާބެހޭ ޓްރައިބިއުނަލްގެ ނައިބު ރައީސް ކަމަށް، މއ. އެރަލްސީ، އަޙްމަދު މަމްދޫހް ޢައްޔަން ކުރައްވައިފި އެވެ.
03 Aug 2026
ޔުއެފާގެ އިންޒާރެއް އިންފަންޓީނޯއަށް، ޤާނޫނީ ފިޔަވަޅު އަޅަންޖެހިދާނެ
މީޑިއާގެ ބައެއް ރިޕޯޓްތައް ބުނާގޮތުގައި ވިލާތުގެ ބައެއް ޤައުމުތަކުން ވަނީ އިންފަންޓީނޯ މަގާމުން ވަކުކުރުމުގެ މަސައްކަތްވެސް ފަށާފައެވެ. ނަމަވެސް މިހާތަނަށް އިންފަންޓީނޯ މަގާމުން އިސްތިއުފާ ދިނުމުގެ އެއްވެސް އިޝާރާތެއް ދީފައެއް ނުވެއެވެ
03 Aug 2026
ވެހިކަލް ފީ މާލެ ސިޓީ ކައުންސިލް ބަޖެޓުން އުނިކުރަން އެދިއްޖެ
އެއްގަމު އުޅަނދުތަކުގެ އަހަރީ ފީގެ ގޮތުގައި މާލޭ ސިޓީ ކައުންސިލަށް ލިބޭ ފައިސާ އެ ކައުންސިލުގެ ބަޖެޓުން އުނިކޮށް ސަރުކާރަށް ލިބޭނެ އިންތިޒާމެއް ހަމަޖެއްސެވުމަށް ހައުސިން ވުޒާރާގެ ވަޒީރު ޑރ. ޢަބްދުالله މުއްޠަލިބު އެދިވަޑައިގެންފިއެވެ.