ރައީސް ޔާމީންގެ ވަކީލުންގެ ޓީމުން އިއްޔެ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގެ ތެރެއިން: ފޮޓޯ/ޕީޕީއެމް
ހަބަރު
26 Dec 2022 | 10:22
ރައީސް ޔާމީނަށް ކުރި ހުކުމާއި ގުޅޭ ލިޔެކިޔުންތައް ހަވާލުނުކުރާތީ، ވަކީލުން ކްރިމިނަލް ކޯޓަށް

ކުރީގެ ރައީސުލްޖުމްހޫރިއްޔާ އަދި އިދިކޮޅު އިއްތިހާދުގެ ލީޑަރު ރައީސް ޔާމީނުގެ މައްޗަށް ދައުވާކޮށްފައިވާ އާރަށް މައްސަލާގައި ރިޝްވަތު ގަބޫލުކުރުމުގެ ކުށާއި، މަނީ ލޯންޑަރިންގެ ކުށް އެމަނިކުފާނުގެ މައްޗަށް ސާބިތުވާ ކަމަށް ކަނޑައަޅައި އެމަނިކުފާނުގެ މައްޗަށް އިއްވާފައިވާ 11 އަހަރުގެ ޖަލު ހުކުމް ހިމެނޭ ރިޕޯޓް އަދިވެސް ދޫނުކުރާ ކަމަށް ވިދާޅުވެ އެމަނިކުފާނުގެ ވަކީލުން ކަންބޮޑުވުން ފާޅުކޮށްފިއެވެ.

ސުޕްރީމް ކޯޓުން މިދިޔަ އަހަރުގެ ޖަނަވަރީ 18 ވަނަ ދުވަހު ނެރުނު ޕްރެކްޓިސް ޑައިރެކްޝަންގައި ބުނެފައި އޮންނަނީ ކޮންމެ ކޯޓަކުންވެސް ބަލައި ނިންމާ މައްސަލައެއްގައި ހުކުމް އިއްވާ ދުވަހު، އެ މައްސަލައިގެ ހުކުމަށް ވާސިލުވި ސަބަބާއި ހުކުމް ހިމެނޭގޮށް ތައްޔާރުކޮށްފައިވާ "ޝަރީއަތް ނިމުނު ގޮތް" (ޖަޖްމެންޓް) ގެ އަސްލެއް އެ މައްސަލަ ބެލި ފަނޑިޔާރު ނުވަތަ ފަނޑިޔާރުންގެ ސޮޔާއެކު، އެމައްސަލައިގައި ހިމެނޭ ކޮންމެ ފަރާތަކަށްވެސް ހަވާލު ކުރަން ވާނެ ކަމަށެވެ.

ޖިނާއީ އިޖުރާއަތުގެ ގާނޫނުގެ 157 ވަނަ މާއްދާގައި ބުނެފައި އޮންނަނީ ފަނޑިޔާރު ޙުކުމް އިއްވުމަށްފަހު، ހިސާބު ޖެހުމުގައި އަރާފައިއޮތް އޮޅުމެއް ނުވަތަ ލިޔުމުގައިވާ ޢިމްލާކުށެއް ނުވަތަ ހާމަކަންބޮޑު ގޮތެއްގައި އޮޅިގެން އުނިވެފައިވާ ތަނެއް އިޞްލާޙުކުރުން ފިޔަވައި ޙުކުމަށް އެއްވެސް ބަދަލެއް ގެނެސްގެންނުވާނެއެވެ.

ނަމަވެސް އަދިވެސް ޔާމީނަށް އިއްޔެ އިއްވި ހުކުމާއި ގުޅޭ ލިޔުންތައް ކްރިމިނަލް ކޯޓުން ވަކީލުންނާއި ހަވާލެއް ނުކުރެއެވެ. އެކަމާއި ގުޅިގެން ވަކީލުން އަންނަނީ ކަންބޮޑުވުން ފާޅުކުރަމުންނެވެ.

އެގޮތުން ހުކުމުގެ ކޮޕީ ނުދެނީ އަދިވެސް ހުކުމް ލިޔާތީތޯ ޔާމީންގެ ވަކީލުންގެ ޓީމްގައި ހިމެނޭ އާދަމް ޝަމީމް ވަނީ ސުވާލު ކުރައްވާފައެވެ. އޭނާ ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ "ސަބަބުވެރި އިންސާނެއްގެ ވިސްނުމުން ވިސްނާއިރު، މައްސަލައިގެ ހުކުމް ކުރުމަށްފަހު ހުކުމްގެ ކޮޕީ ނުދީ މިހާ ގިނައިރުވާންޖެހޭ ސަބަބެެއް ނެތް." ކަމަށެވެ.

ވަކީލުންގެ ޓީމްގައި ހިމެނޭ ކުރީގެ ނައިބު ރައީސް ޑރ.މުހައްމަދު ޖަމީލް އަހްމަދު ވަނީ ހުކުމް އިއްވީ ހުކުމް ލިޔެ ނުނިމެނީސްތޯ ސުވާލު ކޮށްފައެވެ.

"ކްރިމިނަލް ކޯޓުން މިވަރުގެ ބޮޑު 11 އަހަރުދުވަހުގެ ޖަލު ޙުކުމް އިއްޔެ ކުރީގެ ރައީސެއްގެ މައްޗަށް އިއްވިއިރު އަދިވެސް ރިޕޯޓް ނުލިބޭ. ކޯޓަށް ހާޒިރުވީ 9 ޖެހިއިރު. ޝަރީޢަތް ފެށީ 12 ޖަހަން ކައިރި ވެފައި ހުއްޓާ. ޙުކުމް މިއިއްވީ ރިޕޯޓް ތައްޔާރުނުކޮށް ތިބެބާ؟ މިއީ އިންސާފު؟" ޖަމީލް ވިދާޅުވިއެވެ.

މީގެ އިތުރުން، ރައީސް ޔާމީންއަށް އިއްވާފައިވާ ހުކުމް ހަވާލު ނުކޮށް، އިއްޔެގެ ޝަރީއަތްވެސް ޔޫޓިއުބުން މިހާރު ފޮހެލާފައިވާއިރު، އެކަމާއި ވެސް އެމަނިކުފާނުގެ ވަކީލުން އަންނަނީ ނުރުހުން ފާޅުކުރައްވަމުންނެވެ. އަދި ހުކުމާއި ގުޅޭ ލިޔެކިޔުންތައް ހަވާލުނުކުރާތީ ވަކީލުންގެ ޓީމުން ކްރިމިނަލް ކޯޓަށް ވަޑައިގެންނެވުމަށް ހަމަޖެހިފައިވާ ކަމަށްވެސް މައުލޫމާތު ލިބިފައިވެއެވެ.  

ކޮމެންޓް
ގުޅޭ ލިޔުންތައް
05 Aug 2026
ދިރިއުޅޭ މާހައުލުގެ ސަބަބުންވެސް ދަރިވަރުންގެ ނަތީޖާއަށް އަސަރު ކުރޭ
ދަރިވަރަކު ސްކޫލުން ހޯދާ ނަތީޖާއަކީ ހަމައެކަނި އެ ކުއްޖަކު ފޮތްތަކަށް ދޭ ސަމާލުކަމެއްގެ މައްޗަށް ބިނާވެފައިވާ ކަމެއް ނޫނެވެ. ދަރިވަރުން ދިރިއުޅޭ މާހައުލާއި، ގެދޮރުގެ ހާލަތަކީ އެކުދިންގެ ކިޔެވުމަށާއި އިމްތިޙާންތަކުގެ ނަތީޖާއަށް ސީދާ ގޮތުންނާއި ނުސީދާ ގޮތުން ބޮޑެތި އަސަރުތަކެއް ކުރާ ކަމެކެވެ. ދާދިފަހުން ކުރެވުނު ދިރާސާތަކުން ދައްކާ ގޮތުގައި، ދިރިއުޅޭ ތަނުގެ ފެންވަރު ދަށްވުމަކީ ދަރިވަރުން ސްކޫލަށް ހާޒިރުވާ މިންވަރު މަދުވެ، މާއްދާތަކުން ލިބޭ މާކްސް ދަށްވުމަށް މެދުވެރިވާ މައިގަނޑު އެއް ސަބަބެވެ.
05 Aug 2026
މޯދީއަށް ބަދުބަސް ބުނި އިންޑިއާގެ އަންހެން ކުއްޖަކަށް މަރުގެ އިންޒާރު
އިންޑިއާގެ ބޮޑުވަޒީރު ނަރެންދުރަ މޯދީއަށް ފުރައްސާރަކޮށް ބަދުބަސް ބުނި ކަމަށް ބުނެ ފުލުހުންނަށް ހުށަހެޅި މައްސަލައަކާ ގުޅިގެން، ނޮއިޑާގެ އުމުރުން 15 އަހަރުގެ އަންހެން ކުއްޖަކާއި އޭނާގެ މަންމައަށް މަރުގެ އިންޒާރު ލިބި، ސަލާމަތީ ސަބަބުތަކަށްޓަކައި ތިން ފަހަރެއްގެ މަތިން ދިރިއުޅޭ ތަން ބަދަލުކުރަން މަޖުބޫރުވެއްޖެއެވެ.
05 Aug 2026
މެޑްރިޑް އަލިފާނުގެ ހާދިސާގައި ގެއްލުންވި ފަރާތްތަކަށް މެސީގެ ފަރާތުން މާލީ އެހީއެއް
އަލިފާނުގެ މި ހާދިސާގައި ގާތްގަނޑަކަށް 34,000 ހެކްޓަރުގެ ބޮޑު ސަރަހައްދެއް ވަނީ އަނދާ އަޅިއަށް ވެފައެވެ
05 Aug 2026
މާދަމާ މާފަރުގައި ފަށާ "ވިޔަނަ ކޭމްޕް" އަށް މުޅި ރަށް ތައްޔާރުވެއްޖެ
ޅ. ނައިފަރު ފަތިސް ޖަމްޢިއްޔާއިން އިސްނަގައިގެން ބާއްވަމުން އަންނަ ކާމިޔާބު "ވިޔަނަ ކޭމްޕް" ގެ 2026 ވަނަ އަހަރުގެ އެޑިޝަން މި މަހުގެ 6 ވަނަ ދުވަހު ނ. މާފަރުގައި ފެށުމަށްޓަކައި އެ ރަށުގެ މުވައްސަސާތަކާއި ޖަމްޢިއްޔާތަކުން ފުރިހަމައަށް ތައްޔާރުވެއްޖެއެވެ.
05 Aug 2026
ލަންކާގައި އެކްސްޕްރެސް އުޅަނދުތަކުގައި ސީޓް ބެލްޓް ހަރުކުރުމުގެ މުހުލަތު އިތުކޮށްދީފި
ސިނާޢީ ދާއިރާގެ ބައެއް ފަރާތްތަކުން އެ މުއްދަތު އިތުރުކޮށްދިނުމަށް އެދުމުން ސަރުކާރުން ވަނީ މިއަހަރުގެ ޖޫން 17 ވަނަ ދުވަހު ގެޒެޓްކުރި އެ އަމުރު އިޞްލާޙުކޮށް މުހުލަތު ސެޕްޓެމްބަރު 19 ވަނަ ދުވަހާ ހަމައަށް ދަންމާލާފައެވެ
05 Aug 2026
ފީފާއިން ކުރަން އުޅުނު ކަންތަކުގައި ބައިވެރިވުމެއް ނޯންނާނެ: ވެންގާ
ވެންގާ ނެރެފައިވާ ބަޔާނުގައި ވިދާޅުވެފައިވަނީ، ކުރިއަށްހުރި ވަރލްޑްކަޕް ކަޕްތަކުގެ ފައިދާއިން ބައެއް އަމިއްލަ އިންވެސްޓަރުންނަށް ވިއްކާލުމަށް ފީފާގެ ރައީސް ޖިއާނީ އިންފަންޓީނޯ ގެންގުޅުއްވި ނާކާމިޔާބު މަޝްރޫއާ އޭނާއާ އެއްވެސް ގުޅުމެއް ނެތްކަމަށެވެ
04 Aug 2026
އެލްޖީއޭގެ ބޯޑު އިންތިހާބު ފަސްކުރުމަކީ ސަރުކާރުން ބަލި އިއުލާންކުރުން: ނަޝީދު
ވިދާޅުވީ އެލްޖީއޭގެ ބޯޑްގެ އިންތިހާބު މުއްދަތެއް ނެތި ފަސްކުރުން އެއީ ސަރުކާރުން އަމިއްލައަށް ބަލި އިއުލާނުކުރުން ކަމަށެވެ.
04 Aug 2026
މާފަރު އެއާޕޯޓް ތަރައްގީކުރުމުގެ ތިންވަނަ ފިޔަވަހި: އަބޫދާބީ ފަންޑާއެކު މަޝްވަރާކޮށްފި
ވަޒީރު ވިދާޅުވީ އެ ބައްދަލްވުމުގައި މާފަރު އިންޓަރނޭޝަނަލް އެއަރޕޯޓު ތަރައްގީ ކުރުމުގެ ތިންވަނަ ފިޔަވަހީގެ ޕްލޭނާއި ގުޅޭގޮތުން މަޝްވަރާ ކޮށްފައިވާ ކަމަށެވެ.