އެމްޑީޕީގެ ގައުމީ މަޖިލިސް ބައްދަލުވުމުގެ ތެރެއިން: ފޮޓޯ/އެމްޑީޕީ
ހަބަރު
26 Dec 2022 | 23:25
އެމްޑީޕީ ހަރުގެ ދެ ފަހަރެއްގެ މަތިން ހުއްދަ ނެތި ބޭނުން ކޮށްފި: ފައްޔާޒު

ޕްރައިމަރީގެ ހަރަކާތްތަކުގެ ބޭނުމަށް އެމްޑީޕީގެ ހަރުގެ ދެ ފަހަރެއްގެ މަތިން ހުއްދަ ނެތި ބޭނުން ކޮށްފައިވާ ކަމަށް އެ ޕާޓީގެ ޗެއާޕާސަން ފައްޔާޒު އިސްމާއިލް ވިދާޅުއްވެއްޖެއެވެ.

މިރޭ ކުރިއަށްދިޔަ އެމްޑީޕީގެ ގައުމީ މަޖިލިސް ބައްދަލުވުމުގައި ވާހަކަދައްކަމުން ފައްޔާޒު ވިދާޅުވީ، ޕްރައިމަރީގެ ހަރަކާތްތަކުގެ ބޭނުމަށް ޕާޓީގެ ހަރުގެ ބޭނުންކުރައްވަން ޖެހިވަޑައިގަންނަވާނީ ހުއްދަ ހޯދައިގެން ކަމަށެވެ. އެހެންނަމަވެސް، ދެ ފަހަރެއްގެ މަތިން އެމްޑީޕީގެ ހަރުގޭގައި ހަރަކާތްތަކެއް ހުއްދަ ނުހޯދާ ކުރިއަށް ގެންގޮސްފައިވާ ކަމަށް އޭނާ ވިދާޅުވި އެވެ.

ފައްޔާޒު މިފަދައިން ވިދާޅުވެފައި މިވަނީ، އެމްޑީޕީގެ ރިޔާސީ ޕްރައިމަރީގައި ވާދަކުރައްވާނެކަން އިއުލާން ކުރައްވައި، ފޯމުވެސް ހުށަހަޅާފައިވާ،އެ ޕާޓީގެ ރައީސް މުހައްމަދު ނަޝީދުގެ، ތާއީދު ފޯމު ފުރުމަށާއި، އަދި ކެމްޕޭން ބައްދަލުވުމެއް ބޭއްވުމަށް އެމްޑީޕީގެ ހަރުގެ ބޭނުންކުރި މައްސަލައާއި ގުޅިގެން ކަމަށް ބެލެވެއެވެ.

ފައްޔާޒު ގެ ވާހަކައިގައި ރައީސް ނަޝީދު ގެ ނަން ވިދާޅުނުވި ނަމަވެސް، އެމްޑީޕީ ރިޔާސީ ޕްރައިމަރީގައި ރައީސް ނަޝީދުގެ އިތުރުން ވާދަ ކުރައްވާ، ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ޞާލިހު، އެމަނިކުފާނުގެ ކެމްޕޭން ހަރަކާތްތައް ކުރިއަށް ގެންދަނީ ޗާންދަނީ މަގުގައި 'ރައީސް ސޯލިހް 2023'ގެ ނަމުގައި ވަކިން ޖަގަހައެއް ހަދައިގެންނެވެ.

އެހެންކަމުން މިއީ ރައީސް ނަޝީދާއި އެމަނިކުފާނުގެ ފެކްޝަންގެ މެންބަރުންނަށް ނުސީދާކޮށް އަމާޒުކުރެއްވީ ވާހަކަފުޅެއް ކަމަށް ބެލެވެއެވެ. 

އެމްޑީޕީގެ ޗެއާޕާސަން ކަނޑައެޅުމަށް ބޭއްވި އިންތިޚާބުގެ ކެންޕެއިން ތެރެއިން އެ ޕާޓީ ދެ ފެކްޝަނަކަށް ބެހިގެން ދިޔަގޮތަށް، އިންތިޚާބު ނިމުނު ފަހުން ވެސް އަދިވެސް ޕާޓީގެ ތެރެއިން ދެ ފެކްޝަންގެ ކޯޅުންތައް އަަބަދުވެސް ދަނީ ފެންނަމުންނެވެ. 

ކޮމެންޓް
ގުޅޭ ލިޔުންތައް
03 Aug 2026
އުފެއްދުންތެރިކަމުގެ ޤައުމީ މައުރަޒުގައި އިންސާފްކޮށްދޭނޭ ފަނޑިޔާރުން ހޯދަނީ
ޝަރުތުތަކުގެ ތެރޭގައި ވާދަކުރުމުގެ ބައިގައި އެއްވެސް ގިންތިއަކުން ވާދަކުރާ ފަރާތެއް ކަމުގައި ނުވުމާއި، ފަނޑިޔާރުކަން ކުރުމަށް ހުށަހަޅާ ގިންތީގައި ވާދަކުރާ ފަރާތަކާއި އާއިލީ ގުޅުމެއް އޮތް ފަރާތެއް ނުވަތަ ވިޔާފާރީގެ މަސްލަހަތު އޮތް ފަރާތެއްކަމުގައި ނުވުމެވެ. މީގެ އިތުރުންވެސް އިތުރު ޝަރުތުތައް ހިމެނޭ
03 Aug 2026
ގިނަބަޔަކު އެ ފިލްމަކަށް އިންތިޒާރުކުރާ ޖަންނަތު މިރޭ އޮލިމްޕަހަށް
03 Aug 2026
ބެލްޖިއަމަށާއި، އީޔޫ ސަފީރުކަމުގެ މަޤާމަށް ދިޔާނާ ޢައްޔަންކޮށްފި
ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު، ބެލްޖިއަމަށާއި، ޔޫރަޕިއަން ޔޫނިއަނަށް ދިވެހިރާއްޖެއިން ކަނޑައަޅާފައި ހުންނަވާ ސަފީރުކަމުގެ މަޤާމަށް ކުރީގެ ބަންޑާރަ ނާއިބު ފާޠިމަތު ދިޔާނާ މިއަދު ޢައްޔަންކުރައްވައިފިއެވެ.
03 Aug 2026
ފެނަކައިގެ ގަވާއިދާ ޚިލާފު ޕްރޮމޯޝަންތައް ތަޙުޤީޤުކުރަން ފޮނުވަން ފާސްކޮށްފި
ފެނަކައިގެ މުވައްޒަފުންނަށް 2022 އަދި 2023ގައި ގަވާއިދާ ޚިލާފަށް ދީފައިވާ ވަޒީފާގެ ކުރިއެރުންތައް ތަޙުޤީޤުކުރުމަށް އޭސީސީ އަދި ފުލުހުންނަށް ފޮނުވަން މަޖިލީހުން ފާސްކޮށްފި.
03 Aug 2026
ޖަންގިޔަލުން ޑްރަގު ފެނުނު އަންހެންމީހާއަށް ކުރިދައުވާ އަނބުރާ ގެންދިޔަ ސަބަބު
އަންހެނެއްގެ ޖަންގިޔާ ތެރޭގައި ފޮރުވާފައި ހުރި މަސްތުވާތަކެއްޗަކީ އޭނާގެ އެއްޗެއް ކަމަށް ބުނެ، އެކަމާ ފިރިމީހާ ހަވާލުވުމާ ގުޅިގެން އެ އަންހެންމީހާގެ މައްޗަށް ކުރި ދައުވާ އަނބުރާ ގެންދަން ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީހުން ނިންމި ސަބަބު އެ އޮފީހުން ހާމަކޮށްދީފިއެވެ.
03 Aug 2026
މިޞްރަށް 5.6 މެގްނިޓިއުޑްގެ ބާރުގަދަ ބިންހެލުމެއް އަތުވެއްޖެ
މިޞްރުގެ ނޭޝަނަލް ރިސާޗް އިންސްޓިޓިއުޓް އޮފް އެސްޓްރޯނޮމީ އެންޑް ޖިއޯފިޒިކްސްއިން ހާމަކޮށްފައިވާ ގޮތުގައި، ރިކްޓަރ މިންގަނޑުން 5.6 ގެ ބާރުމިނުގައި އައި މި ބިންހެލުން ލޮގްކުރެވިފައިވަނީ ހޯމަ ދުވަހުގެ ފަތިހު 3:00 ގައެވެ. ނަމަވެސް، ޖަރުމަނުގެ ރިސާޗް ސެންޓަރ ފޯ ޖިއޯސައިންސަސް (ޖީ.އެފް.ޒެޑް) އިން ބުނެފައިވަނީ މި ބިންހެލުމުގެ ބާރުމިނަކީ 5.4 ކަމަށާއި، މިއީ ބިމުގެ 10 ކިލޯމީޓަރު އަޑިން އައި ބިންހެލުމެއް ކަމަށެވެ.
03 Aug 2026
އަމީނީ މަގަކީ އެމްޑީޕީ ސަރުކާރުގެ ފެންވަރު: މުއްޠަލިބު
މާލޭގެ އަމީނީމަގަކީ ނިމިދިޔަ އެމްޑީޕީ ސަރުކާރުން ފެށި މަޝްރޫއު އެއް ކަމަށާ، އެ މަޝްރޫޢުން އެނގިގެންދަނީ އެ ސަރުކާރުގެ މަސައްކަތުގެ ފެންވަރު ކަމަށް އިންފްރާސްޓްރަކްޗާ މިނިސްޓަރު ޑރ. އަބްދުالله މުއްޠަލިބު ވިދާޅުވެއްޖެއެވެ.
03 Aug 2026
އައްޑޫ ލިންކު ރޯޑު މަރާމާތު ކުރަން 400 މިލިއަން ޚަރަދުވާނެ: ޑރ. މުއްޠަލިބު
އައްޑޫ ލިންކު ރޯޑަކީ ކޮންމެހެންވެސް ހަދަންޖެހޭ ތަނެއް ކަމަށާ، އެ މަގު ރަނގަޅު ފެންވަރެއްގައި މަރާމާތު ކުރަން 400 މިލިއަނެއްހާ ރުފިޔާ ހޭދަވާނެ ކަމަށް އިންފްރާސްޓްރަކްޗާ މިނިސްޓަރު ޑރ. އަބްދުالله މުއްޠަލިބު ވިދާޅުވެއްޖެއެވެ.