އެމްޑީޕީގެ ރައީސް މުހައްމަދު ނަޝީދު--
ހަބަރު
28 Dec 2022 | 22:32
އަޅުގަނޑު މި ކުރިމަތި ލަނީ ރާއްޖޭގައި އަނެއްކާވެސް އިސްލާމީ ވެރިކަމެއް ކުރުމަށް: ރައީސް ނަޝީދު

އެމްޑީޕީގެ ރިޔާސީ ޕްރައިމަރީގައި ވާދަކުރައްވަން ނިންމެވީ އެ ޕްރައިމަރީ އާއި ކުރިއަށް ރިޔާސީ އިންތިޚާބުވެސް ކާމިޔާބު ކުރައްވައި، ދިވެހިރާއްޖޭގައި އަނެއްކާވެސް އިސްލާމީ ވެރިކަމެއް ގާއިމް ކުރެއްވުމުގެ ނިޔަތުގައި ކަމަށް، އެމްޑީޕީގެ ރައީސް އަދި ކުރީގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ.  

"އަންނި 2023" ނަމުގައި، މިރޭ ސަލްޓަން ޕާކުގައި  ކުރިއަށް ދިޔަ ރައީސް ނަޝީދުގެ ރިޔާސީ ޕްރައިމަރީގެ ކެންޕެއިން   ޖަލްސާގައި ވާހަކަ ދައްކަވަމުން ނަޝީދު ވަނީ، ރިޔާސީ ޕްރައިމަރީގައި ވާދަކުރައްވަން އެމަނިކުފާނު ނިންމެވި ސަބަބުތައް ހާމަކޮށްދެއްވާފައެވެ. 

އެގޮތުން، އެމަނިކުފާނު ވަނީ، ޕްރައިމަރީގައި ވާދަކުރައްވަން ނިންމެވީ، ކުރިއަށް އޮތް ރިޔާސީ އިންތިހާބުގައި އެމްޑީޕީ އަށް ވެރިކަން ހޯއްދަވައި ދެއްވައި، އެމްޑީޕީ އެ ޕާޓީގެ މެންބަރުންނާއި ހަވާލުކުރެއްވުމަށް ކަމަށެވެ. 

އަދި، ކުރިއަށް އޮތް ރިޔާސީ އިންތިހާބުގައި، އަދުގެ ސަރުކާރުގެ ކޯލިޝަންގައި ހިމެނޭ ޕާޓީތަކުގެ ލީޑަރުންވެސް ވާދަ ކުރައްވާނެކަން އެމަނިކުފާނަށް ޔަގީންވެވަޑައިގަންނަވާ ކަމަށާ، އެފަދައިން އެކަން ެޮ އޮއްވައި އެ އިންތިހާބުގައި އެމްޑީޕީގެ ފަރާތުން ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ޞާލިހު ވާދަކުރައްވައިފި ނަމަ، ޖުމުލަ %20 މީހުންގެ ވޯޓުވެސް ނުލިބޭނެ ކަމަށް އެތައް ފަހަރަކު ތަކުރާރުކޮށް ނަޝީދު ވިދާޅުވިއެވެ. 

އޭގެ ސަބަބެއް ކަމުގައި ރައީސް ނަޝީދު ވިދާޅުވީ، ކުރީގެ ރައީސް އަދި އިދިކޮޅު ރިޔާސީ ކެންޑިޑޭޓް ރައީސް ޔާމީން އަބްދުލްގައްޔޫމް އަށް ކުރިއަށް އޮތް ރިޔާސީ އިންތިހާބުގައި ބައިވެރި ނުވެވޭނެ ކަމަށާ، އެހެންކަމުން އެމަނިކުފާނުގެ ޕާޓީގެ އެއްވެސް މެންބަރެއް ރައީސް ޞާލިހަށް ވޯޓު ނުދެއްވާނެ ކަމަށެވެ. ވުމާއެކު، އިންތިޚާބުން ދެން ކުރި ހޯއްދަވާނީ އެހެން ބޭފުޅުން ކަމަށާ، އޭގެ ސަބަބުން އެމްޑީޕީ އަށް ވެރިކަން ކުރުމުގެ ފުރުސަތު ނުލިބި އިންތިހާބުން "ކަޓައިގެން" ދާނެ ކަމަށް ނަޝީދު ވިދާޅުވިއެވެ.  

މީގެ އިތުރުން، ރައީސް ނަޝީދު ޕްރައިމަރީގައި ވާދަކުރައްވަން ނިންމެވި އިތުރު ސަބަބެއްގެ ގޮތުގައި އެމަނިކުފާނު ވިދާޅުވީ، ރާއްޖޭގައި އިސްލާމީ ވެރިކަމެއް ގާއިމް ކުރުން ކަމަށެވެ. 

"އަޅުގަނޑު މި ކުރިމަތި ލަނީ ދިވެހިރާއްޖޭގައި އަނެއްކާވެސް އިސްލާމީ ވެރިކަމެއް ކުރުމުގެ ނިޔަތުގައި. އަޅުގަނޑުމެން އެދޭ، އަޅުގަނޑުމެން ބޭނުންވާ ވެރިކަމެއް ގާއިމް ކުރުމުގެ ނިޔަތުގައި." ރައީސް ނަޝީދު ވިދާޅުވި އެވެ. 

ނަޝީދު މިފަދައިން ވިދާޅުވެފައި ވާއިރު، އެމަނިކުފާނަށް ވެރިކަމުން އިސްތިއުފާ ދެއްވަން ޖެހިވަޑައިގެންނެވި އެންމެ ބޮޑު އެއް ސަބަބަކީ، ވެރިކަމުގައި ހުންނެވި އިރު، ގެންގުޅުއްވި ދީނާއި ބީރައްޓެހި ލާ ދީނީ ސިޔާސަތު ކަމަށް ގިނަ ބަޔަކު ދެކެއެވެ. އެގޮތުން، ރާއްޖެ އާއި ރާއްޖެ އިން ބޭރުގައިވެސް، އެކި ޕޯޑިއަމްތަކުގައި ދީނާއި ޚިލާފް ވާހަކަ ދައްކަވައި، ސުންނަތުން ސާބިތުވާ ކަންކަމަށްވެސް ފާޑުވިދާޅުވުމާއި ގުޅިގެން ވަރަށް ގިނަ ޢިލްމުވެރިންނާއި އާއްމުންގެ ނުރުހުން އެމަނިކުފާނަށް އަމާޒުވެގެން ދިޔައެވެ. 

ކޮމެންޓް
ގުޅޭ ލިޔުންތައް
03 Aug 2026
އުފެއްދުންތެރިކަމުގެ ޤައުމީ މައުރަޒުގައި އިންސާފްކޮށްދޭނޭ ފަނޑިޔާރުން ހޯދަނީ
ޝަރުތުތަކުގެ ތެރޭގައި ވާދަކުރުމުގެ ބައިގައި އެއްވެސް ގިންތިއަކުން ވާދަކުރާ ފަރާތެއް ކަމުގައި ނުވުމާއި، ފަނޑިޔާރުކަން ކުރުމަށް ހުށަހަޅާ ގިންތީގައި ވާދަކުރާ ފަރާތަކާއި އާއިލީ ގުޅުމެއް އޮތް ފަރާތެއް ނުވަތަ ވިޔާފާރީގެ މަސްލަހަތު އޮތް ފަރާތެއްކަމުގައި ނުވުމެވެ. މީގެ އިތުރުންވެސް އިތުރު ޝަރުތުތައް ހިމެނޭ
03 Aug 2026
ގިނަބަޔަކު އެ ފިލްމަކަށް އިންތިޒާރުކުރާ ޖަންނަތު މިރޭ އޮލިމްޕަހަށް
03 Aug 2026
ބެލްޖިއަމަށާއި، އީޔޫ ސަފީރުކަމުގެ މަޤާމަށް ދިޔާނާ ޢައްޔަންކޮށްފި
ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު، ބެލްޖިއަމަށާއި، ޔޫރަޕިއަން ޔޫނިއަނަށް ދިވެހިރާއްޖެއިން ކަނޑައަޅާފައި ހުންނަވާ ސަފީރުކަމުގެ މަޤާމަށް ކުރީގެ ބަންޑާރަ ނާއިބު ފާޠިމަތު ދިޔާނާ މިއަދު ޢައްޔަންކުރައްވައިފިއެވެ.
03 Aug 2026
ފެނަކައިގެ ގަވާއިދާ ޚިލާފު ޕްރޮމޯޝަންތައް ތަޙުޤީޤުކުރަން ފޮނުވަން ފާސްކޮށްފި
ފެނަކައިގެ މުވައްޒަފުންނަށް 2022 އަދި 2023ގައި ގަވާއިދާ ޚިލާފަށް ދީފައިވާ ވަޒީފާގެ ކުރިއެރުންތައް ތަޙުޤީޤުކުރުމަށް އޭސީސީ އަދި ފުލުހުންނަށް ފޮނުވަން މަޖިލީހުން ފާސްކޮށްފި.
03 Aug 2026
ޖަންގިޔަލުން ޑްރަގު ފެނުނު އަންހެންމީހާއަށް ކުރިދައުވާ އަނބުރާ ގެންދިޔަ ސަބަބު
އަންހެނެއްގެ ޖަންގިޔާ ތެރޭގައި ފޮރުވާފައި ހުރި މަސްތުވާތަކެއްޗަކީ އޭނާގެ އެއްޗެއް ކަމަށް ބުނެ، އެކަމާ ފިރިމީހާ ހަވާލުވުމާ ގުޅިގެން އެ އަންހެންމީހާގެ މައްޗަށް ކުރި ދައުވާ އަނބުރާ ގެންދަން ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީހުން ނިންމި ސަބަބު އެ އޮފީހުން ހާމަކޮށްދީފިއެވެ.
03 Aug 2026
މިޞްރަށް 5.6 މެގްނިޓިއުޑްގެ ބާރުގަދަ ބިންހެލުމެއް އަތުވެއްޖެ
މިޞްރުގެ ނޭޝަނަލް ރިސާޗް އިންސްޓިޓިއުޓް އޮފް އެސްޓްރޯނޮމީ އެންޑް ޖިއޯފިޒިކްސްއިން ހާމަކޮށްފައިވާ ގޮތުގައި، ރިކްޓަރ މިންގަނޑުން 5.6 ގެ ބާރުމިނުގައި އައި މި ބިންހެލުން ލޮގްކުރެވިފައިވަނީ ހޯމަ ދުވަހުގެ ފަތިހު 3:00 ގައެވެ. ނަމަވެސް، ޖަރުމަނުގެ ރިސާޗް ސެންޓަރ ފޯ ޖިއޯސައިންސަސް (ޖީ.އެފް.ޒެޑް) އިން ބުނެފައިވަނީ މި ބިންހެލުމުގެ ބާރުމިނަކީ 5.4 ކަމަށާއި، މިއީ ބިމުގެ 10 ކިލޯމީޓަރު އަޑިން އައި ބިންހެލުމެއް ކަމަށެވެ.
03 Aug 2026
އަމީނީ މަގަކީ އެމްޑީޕީ ސަރުކާރުގެ ފެންވަރު: މުއްޠަލިބު
މާލޭގެ އަމީނީމަގަކީ ނިމިދިޔަ އެމްޑީޕީ ސަރުކާރުން ފެށި މަޝްރޫއު އެއް ކަމަށާ، އެ މަޝްރޫޢުން އެނގިގެންދަނީ އެ ސަރުކާރުގެ މަސައްކަތުގެ ފެންވަރު ކަމަށް އިންފްރާސްޓްރަކްޗާ މިނިސްޓަރު ޑރ. އަބްދުالله މުއްޠަލިބު ވިދާޅުވެއްޖެއެވެ.
03 Aug 2026
އައްޑޫ ލިންކު ރޯޑު މަރާމާތު ކުރަން 400 މިލިއަން ޚަރަދުވާނެ: ޑރ. މުއްޠަލިބު
އައްޑޫ ލިންކު ރޯޑަކީ ކޮންމެހެންވެސް ހަދަންޖެހޭ ތަނެއް ކަމަށާ، އެ މަގު ރަނގަޅު ފެންވަރެއްގައި މަރާމާތު ކުރަން 400 މިލިއަނެއްހާ ރުފިޔާ ހޭދަވާނެ ކަމަށް އިންފްރާސްޓްރަކްޗާ މިނިސްޓަރު ޑރ. އަބްދުالله މުއްޠަލިބު ވިދާޅުވެއްޖެއެވެ.