ކ އަތޮޅު ކައުންސިލްގެ ރައީސް މުހައްމަދު ނިމާލް: ފޮޓޯ/ ޕީޕީއެމް
ހަބަރު
29 Dec 2022 | 13:00
މަޖިލީހުގައި ތިބި އެމްޑީޕީ މެންބަރުންގެ ސައްހަ ކަމާއިމެދު ސުވާލު އުފެދޭ: ނިމާލް

މިހާރު އޮތް، 19 ވަނަ ރައްޔިތުންގެ މަޖިލީހުގައި ތިބި އެމްޑީޕީގެ މެންބަރުންނަކީ ސައްހަ މެންބަރުން ކަމާއިމެދު ސުވާލު އުފެދޭ ކަމަށް މާލެ އަތޮޅު ކައުންސިލްގެ ރައީސް މުހައްމަދު ނިމާލް ވިދާޅުވެއްޖެއެވެ. 

ރޭ ބޭއްވި ޕީޕީއެމް/ޕީއެންސީގެ ޖޮއިންޓް ސެނެޓްގެ ބައްދަލުވުމުގައި ވާހަކަ ދައްކަވަމުން ނިމާލް ވިދާޅުވީ، ކުރީގެ ރައީސް ޔާމީން އަބްދުލްގައްޔޫމް 11 އަހަރަށް ޖަލަށް ލުމަށް ކުރިމިނަލް ކޯޓުން ކުރި ހުކުމުން އެނގިގެން ދިޔައީ ސަބަބުވެރި އިންސާނެއްގެ ސިކުނޑިއަކީ މޮޔައިންގެ ސިކުނޑި ކަމަށެވެ.  

މިއާއެކު އޭނާ ވިދާޅުވީ، މިއީ 2018 ވަނަ އަހަރުގެ ރިޔާސީ އިންތިހާބު އޮޅުވާލައިގެން އުފެދިފައިވާ ހަރާމް ސަރުކާރެއް ކަމަށެވެ.  އެހެންކަމުން މި ހަރާމް ސަރުކާރުން ރައްޔިތުންނަށް ރަނގަޅު ކަންތައް ތަކެއް ކޮށްދޭނެ ކަމަށް ގަަަަބޫލު ކޮށްގެން ނުވާނެ ކަމަށްވެސް އޭނާ ވިދާޅުވި އެވެ. 

2019 ވަނަ އަހަރުގެ މަޖިލިސް އިންތިހާބު ކައިރިވެފައި ވަނިކޮށް، ތަހުގީގަށް ނުފޫޒު ފޯރުވާ ކަމަށް ބުނެ ރައީސް ޔާމީން ހައްޔަރުކޮށް، މަޖިލީހުގެ މެޖޯރިޓީ އެމްޑީޕީން ނަގާފައިވާއިރު، މިހާރު އޮތް މަޖިލީހުގައި ތިބި އެމްޑީޕީގެ މެންބަރުންނަކީ ސައްހަ މެންބަރުން ކަމާއިމެދު ވެސް ސުވާލު އުފެދޭ ކަމަށް ނިމާލް ވިދާޅުވި އެވެ. 

"2019 ވަނަ އަހަރުގެ ރައްޔިތުންގެ މަޖިލިސް ބޯމަތިވެފައި އޮއްވައި، ތަހުގީގަށް ނުފޫޒު ފޯރުވާކަމަށް ބުނެ، އަޅުގަނޑުމެންގެ ރައީސް، ގެންގޮސް ހައްޔަރުކޮށް 45 ދުވަސް ވަންދެން ޖަލުގައި ނުހައްގުން ބާއްވާފައި، މަޖިލީހުގެ ވޯޓުލާން އެންމެ ދެތިން ދުވަހެއް ވެފައި އޮއްވައި، ގެއަށް ބަދަލުކޮށް އެމަނިކުފާނު ގޭގައި ބަންދުގައި ބަހައްޓައިގެން މަޖިލީހުގެ މެޖޯރިޓީ އެބޭފުޅުން މި ނެންގެވީ. އާދެ އަޅުގަނޑު ސުވާލު އުފެދޭ މިހާރު މިއޮތް 19 ވަނަ މަޖިލީހުގައި އެމްޑީޕީގެ ފަރާތުން ހޮވިފައިތިބީ ސައްހަ މެންބަރުން ކަމާއި ދޭތެރޭ ވެސް. އެއީ އެވަރުގެ ބޮޑު މަކަރާއި ހީލަތަކުން މަޖިލީހުގެ މެޖޯރިޓީ ނެންގެވީމާ." ނިމާލް ވިދާޅުވި އެވެ.

އެއަށްފަހުގައި ވެސް ރައީސް ޔާމީން 2 އަހަރަށްވުރެ ގިނަ ދުވަސް ވަންދެން ޖަލުގައި ބަންދުކުރައްވައިގެން މިސަރުކާރުން ގެންގުޅުއްވި ކަމަށާއި، އެ މުއްދަތުގެ ތެރޭގައިވެސް ސަރުކާރުން ކުރި ކަމަކީ އިންޑިޔާ އާއި އެކީގައި ގޮތް ނޭނގޭ އެގްރީމެންޓް ތަކެއް ހެދުން ކަމަށް ނިމާލް ވިދާޅުވި އެވެ.

އަދި، ރިޔާސީ އިންތިހާބު ބޯމަތިވެފައި ވަނިކޮށް އިދިކޮޅުގެ ރިޔާސީ ކެންޑިޑޭޓް ރައީސް ޔާމީން އަނެއްކާވެސް ޖަލަށް ލާފައިވާ ކަމަށާ، އެއީ އެމަނިކުފާނު އާއިލާގެ އިތުރުން، ހުރިހާ ދިވެހިންނަށް ލިބުނު ގެއްލުމެއް ކަމަށް ނިމާލް ވިދާޅުވި އެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
26 Sep 2026
އދ. ގެ ކުށް ހުއްޓުވުމާ ބެހޭ ކޮންގްރެސްގައި ޕީޖީ ޢައްބާސް ޝަރީފް ތަޤުރީރުކުރައްވަނީ
ޕީޖީ އޮފީހުން ބުނީ މި ކޮންގްރެސްގައި ޕީޖީ ތަޤުރީރުކުރެއްވުމަށް ހަމަޖެހިފައިވަނީ މިއަދު އަދި މާދަމާ ކުރިއަށްދާ މަތީ ފެންވަރުގެ ބައްދަލުވުމާއި، ސައުތު އީސްޓް އޭޝިއާ ޖަސްޓިސް ނެޓްވޯކް (ސީޖަސްޓް) ގެ ބައްދަލުވުމާއި ހަމަހަމަ ޢަދުލުއިންޞާފު ކަށަވަރުކުރުމާ ބެހޭ ގޮތުން ބާއްވާ ވޯކްޝޮޕެއްގައި ކަމަށެވެ.
26 Sep 2026
މިއަހަރުގެ މިހާތަނަށް ރާއްޖެއަށް 1.5 މިލިއަނަށްވުރެ ގިނަ ފަތުރުވެރިން ޒިޔާރަތްކޮށްފި
މި ހިނގާ ސެޕްޓެމްބަރު މަހުގެ 23 ވަނަ ދުވަހުގެ ނިޔަލަށް ރާއްޖެއަށް ވަނީ ޖުމްލަ 1,562,968 ފަތުރުވެރިން ޒިޔާރަތްކޮށްފައި. އެންމެގިނަ ފަތުރުވެރިން ޒިޔާރަތްކުރީ ޗައިނާއިން.
26 Sep 2026
ބެލްޖިއަމް އަތުން އިޓަލީ ބަލިވެއްޖެ
މެޗްގައި އިޓަލީގެ ސަޕޯޓަރުންގެ ފަރާތުން ވަނީ ފާޑުކިއުންތައް އަމާޒުވެފައެވެ. މިކަމާ ގުޅޭގޮތުން މަންޗީނީ ބުނީ އަމިއްލަ ސަޕޯޓަރުންގެ ފަރާތުން އަމާޒުވި ފާޑުކިޔުންތަކަކީ ފުޓްބޯޅައިގެ އާންމު ކަމެއް ކަމަށެވެ.
26 Sep 2026
މާލީ މުއާމަލާތްތަކުގައި މެންޗެސްޓަރ ސިޓީން ހަޤީގަތް އޮޅުވާލިކަން ސާބިތުވެއްޖެ
މި މައްސަލައިގައި ސިޓީ ކުށްވެރިވެއްޖެނަމަ، ދެވިދާނެ އަދަބުތަކުގެ ތެރޭގައި ބޮޑު އަދަދަކުން ޖޫރިމަނާކުރުން، ޕޮއިންޓް އުނިކުރުން ނުވަތަ ޕްރިމިއަރ ލީގުން ވަކިކުރުންވެސް ހިމެނެއެވެ.
26 Sep 2026
ފްރާންސް މޮޅުވި މެޗްގައި އެމްބާޕޭއަށް އަނިޔާވެއްޖެ
ޒިދާން ފްރާންސަށް އިރުޝާދު ދިން ފުރަތަމަ މެޗުން އެޓީމް މޮޅުވިއިރު، ފްރާންސްގެ ގައުމީ ޓީމުގެ ކޯޗުކަމާ ހަވާލުވީ މިދިޔަ ހޫނު މޫސުމުގެ ވޯލްޑް ކަޕަށްފަހުއެވެ.
25 Sep 2026
ރަސްމާލޭގެ ބިމުގެ މިލްކުވެރިކަން ބޭރުގެ އެއްވެސް ބަޔަކަށް ނުދޭނެ: ރައީސް
"ނޭޝަން ޗެޓް" ޕޮޑްކާސްޓްގެ މިރޭގެ އެޕިސޯޑްގައި ވާހަކަފުޅުދައްކަވަމުން ރައީސް ވަނީ ރަސްމާލެ މަޝްރޫއު އާއި ބޯހިޔާވަހިކަމާ ބެހޭ ގޮތުން ވަރަށް ތަފްސީލު ގޮތެއްގައި ވާހަކަފުޅުދައްކަވާފައެވެ.
25 Sep 2026
ރ. މަޑުއްވަރީގައި ބިދޭސީ ފިރިހެނަކު ބިދޭސީ އަންހެނަކާ މާރާމާރީ ހިންގާ ފޭރިއްޖެ
ބިދޭސީ ފިރިހެން މީހާ އަންހެން މީހާގެ އަތުން ފޭރި މާރާމާރީ ހިންގާ މަންޒަރު ފެންނަ ވީޑިއޯއެެއް ވަނީ އާންމުކޮށްފަ އެވެ.
25 Sep 2026
މާހިދާގެ އާއިލާއަށް ރައީސް ތައުޒިޔާ ވިދާޅުވެއްޖެ
އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ރައީސް ވަނީ ‏މާތްﷲގެ ތަނަވަސް ރަޙްމަތުގައި މަރްޙޫމާ ޢާއިޝަތު މާހިދާ ލަހައްޓަވައި، ސުވަރުގޭގެ ދާއިމީ ނިޢުމަތް މިންވަރު ކުރެއްވުން އެދި ދުއާ ކުރައްވާފަ އެވެ.