ޑރ ޖަމީލު ޕީޕީއެމް ހަފްލާއެއްގައި ވާހަކަދައްކަވަނީ/ ފޮޓޯ: ޕީޕީއެމް
ހަބަރު
29 Dec 2022 | 21:22
ހަސަދަވެރި ދީނީ އިލްމުވެރިން ލާދީނީ ފިކުރު ފަތުރާ މީހުންނަށް ދުލެއް ނުކުރޭ: ޑރ ޖަމީލް

ހަސަދަވެރި ދީނީ އިލްމުވެރިންގެ އަމަލުތައް ލާދީނީ ކަންކަން ފެތުރުމަށް މަސައްކަތް ކުރާ މީހުންނަށް ދޫނުކުރާކަމަށް ކުރީގެ ނައިބުރައީސް ޑރ މުހައްމަދު ޖަމީލު އަހުމަދު ވިދާޅުވެއްޖެ އެވެ.

އެމަނިކުފާނު މިފަދައިން ވިދާޅުވެފައިވަނީ މި ރާއްޖޭގައިވެސް ހަސަދަވެރިކަމުގެ ސިފަ އަށަގެންފައިވާ ދީނީ އިލްމުވެރިންތަކެއް ތިއްބެވިކަމާއި އެމީހުންގެ ފުށުން މުޖުތަމައުގައި ފެތުރެމުންދާ ނުބައި ކަންކަމަށް އަލިއަޅުވާލާ ފޭސްބުކުގައި ހިއްސާކުރެއްވި ޚިޔާލުފުޅެއްގައެވެ.

ޑރ ޖަމީލުގެ އެ ޕޯސްޓުގައި ވަނީ ހަސަދަވެރި ދީނީ އިލްމުވެރިންގެ ސަބަބުން އަދުގެ ޖީލަށް ކުރާނެ ނޭދެވޭ އަސަރުތަކާއި ގައުމަށް ލިބޭނެ ގެއްލުންތަކަށް އަލިއަޅުވާލައްވާފައެވެ.

އެގޮތުން ޑރ ޖަމީލު ވިދާޅުވެފައިވަނީ ހަސަދަވެރިކަމުގެ ވަބާއަކީ ދީނީ އިލްމުވެރިންގެ ތެރޭގައިވެސް އޮތް ކަމެއްކަމަށެވެ. އެއީ ހެޔޮ އަމަލުތައް ފޮހެލާ ބައްޔެއް ކަމަށާއި، މި މުޖުތަމައުގައިވެސް ހަސަދަވެރިކަމުގެ ބަލިމަޑުކަން ޖެހިފައިވާ ދީނީ އިލްމުވެރިން ތިއްބެވިކަމަށެވެ.

އެއާއެކު އެމަނިކުފާނު ވިދާޅުވީ، އެފަދަ ދީނީ އިލްމުވެރިންގެ ސަބަބު ދީނީ އިލްމުވެރިންނަށް އަދުގެ ޒުވާން ޖީލު ކުރާ އިތުބާރު ގެއްލިގެންދާކަމަށެވެ. އަދި ރާއްޖޭގެ ޒުވާން ޖީލަށް އިސްލާމްދީނުގެ ފުރިހަމަކާއި ރީތިކަން އޮޅެނީ އެފަދަ ދީނީ އިލްމުވެރިންގެ ސަބަބުންކަމަށެވެ.

އެފަދަ ދީނީ އިލްމުވެރިންނާއި، އިސްލާމްދީނަށް ފުރައްސާރަކޮށް ލާދީނީ ރިޕޯޓު ނެރުނު އެމްޑީއެންގެ ފިކުރު ތަފުރާ މީހުންނާއި ތަފާތެއް ނެތްކަމަށް ޑރ ޖަމީލު ވިދާޅުވިއެވެ.

އެފަދަ ދީނީ އިލްމުވެރިންގެ ދުލާއި ގަލަމުން ރައްކާތެރިކަން ނުލިބޭ އެތައް ރައްޔިތުންތަކެއް ތިބިކަންވެސް ޑރ ޖަމީލު ފާހަގަކުރެއްވިއެވެ.

ވަކި ބޭފުޅެއްގެ ނަމެއް ޑރ ޖަމީލުގެ އެ މާނަފުން ޕޯސްޓުގައި ވިދާޅުވެފައި ނުވި ނަމަވެސް، މިފަހުން ރާއްޖޭގެ ތާރީހުގައި ހިނގާފައިވާ ކަންކަމަށް ބަލާއިރު، ދީނީ ވަހުދަތު ހިމާޔަތްކުރުމުގެ ނަމުގައި އުފައްދާފައިވާ އަދާލަތު ޕާޓީގެ ދީނީ އިލްމުވެރިން ގެންދަނީ ސިޔާސީ ގޮތުން އެމީހުން ގަބޫލު ނުކުރާ ލީޑަރުންގެ އިސްތަށިފުޅުގައި ސާބިތު ނުހިފޭ ބޮޑެތި ބަދުނާމުތައް އަޅުވާ އެފަދަ ލީޑަރުންނާއި މެދު ރައްޔިތުންގެ ހިތުގައި ނަފްރަތު އުފައްދަން މަސައްކަތް ކުރަމުންނެވެ.

އެހެން ކަމުން ޑރ ޖަމީލުގެ އެ ޕޯސްޓުގައި ހަސަދަވެރި ދީނީ އިލްމުވެރިންކަމަށް ވިދާޅުވެފައި އެވަނީ އަދާލަތު ޕާޓީގެ ދީނީ އިލްމުވެރިން އުޅުއްވާގޮތަށް އަމަލުކުރައްވާ ދީނީ އިލްމުވެރިންނަށްކަމަށް ބެލެވެއެވެ. 

ކޮމެންޓް
ޓެރެސް
ކަލޯގަޔާ މީނާ ޔާމިނަށް ވަގަށް ގޮވީ ހަމަހޭގަ ހުރެގެންހޭ ނުވަތަ މެދުމިނުގެ ތާކިހާ އަޅާގެން މިސްކިތުން ފައިބާފަހޭ؟
30 Dec 2022
ގުޅޭ ލިޔުންތައް
26 Sep 2026
ބައިސްކަލު ދުއްވުމަކީ ލަދުގަންނަންޖެހޭ ކަމެއް ނޫން؛ އެއީ ވަރަށް ފައިދާހުރި ކަމެއް
ބައެއް މީހުންގެ ނަޒަރުގައި ބައިސްކަލު ދުއްވުމަކީ ފަޤީރުންގެ ކަމެކެވެ. ސައިކަލެއް ނުވަތަ ކާރެއް ނެތީމާ ދެން ދުއްވާ އެއްޗެކެވެ. އެކަމަކު ޙަޤީޤަތް ވަރަށް ތަފާތެވެ. ދުނިޔޭގެ އެންމެ ތަރައްޤީ ވެފައިވާ އެންމެ ތަނަވަސް ޤައުމުތަކުގެ ރައްޔިތުން ކޮންމެ ދުވަހަކު ބައިސްކަލުގައި އޮފީހަށް ދެއެވެ. ފިހާރައަށް ދެއެވެ. ދަރިވަރުން ސްކޫލަށް ދެއެވެ. ބައިސްކަލު ދުއްވުމަކީ ލަދެއް ނޫނެވެ. އެއީ ތިބާގެ ހަށިގަނޑަށާއި ޖީބަށާއި ވެށްޓަށް ކޮށްދެވޭ ވަރަށް ބޮޑު ހެޔޮ ކަމެކެވެ
26 Sep 2026
އޭޝިއަން ގޭމްސް؛ އަންހެން ބީޗް ވޮލީ ޓީމް ފަހު މެޗުން މޮޅުވެއްޖެ
މިފަހަރުގެ އޭޝިއަން ގޭމްސްގެ ބީޗް ވޮލީ އިވެންޓުގައި ރާއްޖޭގެ އަންހެން ޓީމުން އެއް މެޗު ކާމިޔާބުކުރި ނަމަވެސް، މުބާރާތުގައި ވާދަކުރި ރާއްޖޭގެ ފިރިހެން ބީޗް ވޮލީ ޓީމަށް އެއްވެސް މެޗަކުން މޮޅުވެވިފައެއް ނުވެއެވެ.
26 Sep 2026
އދ. ގެ ކުށް ހުއްޓުވުމާ ބެހޭ ކޮންގްރެސްގައި ޕީޖީ ޢައްބާސް ޝަރީފް ތަޤުރީރުކުރައްވަނީ
ޕީޖީ އޮފީހުން ބުނީ މި ކޮންގްރެސްގައި ޕީޖީ ތަޤުރީރުކުރެއްވުމަށް ހަމަޖެހިފައިވަނީ މިއަދު އަދި މާދަމާ ކުރިއަށްދާ މަތީ ފެންވަރުގެ ބައްދަލުވުމާއި، ސައުތު އީސްޓް އޭޝިއާ ޖަސްޓިސް ނެޓްވޯކް (ސީޖަސްޓް) ގެ ބައްދަލުވުމާއި ހަމަހަމަ ޢަދުލުއިންޞާފު ކަށަވަރުކުރުމާ ބެހޭ ގޮތުން ބާއްވާ ވޯކްޝޮޕެއްގައި ކަމަށެވެ.
26 Sep 2026
މިއަހަރުގެ މިހާތަނަށް ރާއްޖެއަށް 1.5 މިލިއަނަށްވުރެ ގިނަ ފަތުރުވެރިން ޒިޔާރަތްކޮށްފި
މި ހިނގާ ސެޕްޓެމްބަރު މަހުގެ 23 ވަނަ ދުވަހުގެ ނިޔަލަށް ރާއްޖެއަށް ވަނީ ޖުމްލަ 1,562,968 ފަތުރުވެރިން ޒިޔާރަތްކޮށްފައި. އެންމެގިނަ ފަތުރުވެރިން ޒިޔާރަތްކުރީ ޗައިނާއިން.
26 Sep 2026
ބެލްޖިއަމް އަތުން އިޓަލީ ބަލިވެއްޖެ
މެޗްގައި އިޓަލީގެ ސަޕޯޓަރުންގެ ފަރާތުން ވަނީ ފާޑުކިއުންތައް އަމާޒުވެފައެވެ. މިކަމާ ގުޅޭގޮތުން މަންޗީނީ ބުނީ އަމިއްލަ ސަޕޯޓަރުންގެ ފަރާތުން އަމާޒުވި ފާޑުކިޔުންތަކަކީ ފުޓްބޯޅައިގެ އާންމު ކަމެއް ކަމަށެވެ.
26 Sep 2026
މާލީ މުއާމަލާތްތަކުގައި މެންޗެސްޓަރ ސިޓީން ހަޤީގަތް އޮޅުވާލިކަން ސާބިތުވެއްޖެ
މި މައްސަލައިގައި ސިޓީ ކުށްވެރިވެއްޖެނަމަ، ދެވިދާނެ އަދަބުތަކުގެ ތެރޭގައި ބޮޑު އަދަދަކުން ޖޫރިމަނާކުރުން، ޕޮއިންޓް އުނިކުރުން ނުވަތަ ޕްރިމިއަރ ލީގުން ވަކިކުރުންވެސް ހިމެނެއެވެ.
26 Sep 2026
ފްރާންސް މޮޅުވި މެޗްގައި އެމްބާޕޭއަށް އަނިޔާވެއްޖެ
ޒިދާން ފްރާންސަށް އިރުޝާދު ދިން ފުރަތަމަ މެޗުން އެޓީމް މޮޅުވިއިރު، ފްރާންސްގެ ގައުމީ ޓީމުގެ ކޯޗުކަމާ ހަވާލުވީ މިދިޔަ ހޫނު މޫސުމުގެ ވޯލްޑް ކަޕަށްފަހުއެވެ.
25 Sep 2026
ރަސްމާލޭގެ ބިމުގެ މިލްކުވެރިކަން ބޭރުގެ އެއްވެސް ބަޔަކަށް ނުދޭނެ: ރައީސް
"ނޭޝަން ޗެޓް" ޕޮޑްކާސްޓްގެ މިރޭގެ އެޕިސޯޑްގައި ވާހަކަފުޅުދައްކަވަމުން ރައީސް ވަނީ ރަސްމާލެ މަޝްރޫއު އާއި ބޯހިޔާވަހިކަމާ ބެހޭ ގޮތުން ވަރަށް ތަފްސީލު ގޮތެއްގައި ވާހަކަފުޅުދައްކަވާފައެވެ.