ހުކުރު ޚުތުބާ: ފޮޓޯ/ އިސްލާމިކް މިނިސްޓްރީ
ދީން
30 Dec 2022 | 13:58
ދަރަންޏަށް ފައިސާ ނަގައިގެންވެސް ބައެއް މީހުން ބޭކާރު ޚަރަދު ކުރޭ: ޚުތުބާ

މީހުންގެ އަތުން ދަރަންޏަށް ފައިސާ ހޯދައިގެން އަދި ބޭންކުން ލޯނު ނަގައިގެން ވެސް ބައެއް މީހުން ބޮޑަތި، ބޭކާރު ޚަރަދުތައް ކުރާ ކަމަށް، އެއީ ވަރަށް ހިތާމަކުރިކަމެއްކަމަށް މިއަދުގެ ހުކުރުޚުތުބާގައި ބުނެފިއެވެ.

އިޤްތިޞާދު ކުރުމުގެ މައްޗަށް އަލިއަޅުވާލައި މިއަދު ދީފައިވާ ޚުތުބާގައި ބުުނީ، މުދަލާއި ފައިސާއަކީ މާތް ރަސްކަލާނގެ އިންސާނާއަށް ދެއްވި ނިޢުމަތްތަކުގެ ތެރެއިން ވަރަށް މަތިވެރި ދެ ނިއުމަތެއް ކަމަށެވެ. އަދި އެކަލާންގެ އަންގަވާފައިވާ ގޮތަށް މުދަލާއި ފައިސާ ހޯދުމާއި އެކަލާންގެ އަންގަވާފައިވާ ގޮތައް އެތަކެތި ހޭދަކުރުމަކީ ސަވާބާއި ދަރުމަ ހުރި ކަމެއް ކަމަށް ބުނެފައިވެއެވެ.

"ތިމާގެ އަތުގައި ހުރި އެއްޗެއް ހޭދަކުރަންވީގޮތް ބަޔާންކުރައްވާ މާތް ރަސްކަލާނގެ ވަހީ ކުރައްވާފައި ބަސްފުޅެއްގެ މާނައިގައިވެއެވެ. “އަދި އެ އުރެންނީ (އެބަހީ: މުއުމިނުންނީ) އެއުރެން ހޭދައެއް ކޮށްފިނަމަ އިސްރާފު ނުކުރާ، އަދި މުށްބާރުވެސް ނުކުރާ، އަދި އެދެމެދުގައި މެދުމިންވެތިބޭ މީހުންނެވެ.” ޚުތުބާ ގައި ބުނެފައި ވެއެވެ. 

ކަންމިހެން އޮތް ނަމަވެސް އަހުރެމެންގެ ތެރެއިން ބައެއް މީހުން ކަންކުރަމުން ދަނީ މިއާ ޚިލާފަށް ކަމަށް ޚުތުބާގައި ބުނެފައިވެއެވެ. އެގޮތުން، ތިމާގެ އާމްދަނީއަށް ބެލުމެއް ނެތި ޚަރަދުތައް ކުރުމާއި، ޒަމާނީ ތަރައްޤީ އާއި ޓެކްނޮލޮޖީގެ މި ޒަމާނުގައި ބާޒާރަށް އަލަށް އަންނަހާ އެއްޗެއް ބައެއް މީހުން ހޯދާ ކަމަށް ޚުތުބާގައި ބުނެފައިވެއެވެ.

މީގެ އިތުރުން، ދަރިންގެ ކުޅޭ އެއްޗެހި ވެސް ހަލާކުވުމުގެ ކުރިން ގަނެދޭ ކަމަށާ، ތިމާގެ ކިބައިގައި ފުދުންތެރިކަމާއި، ތަނަވަސްކަން ނެތަސް، މީހުންގެ އަތުން ދަރަންޏަށް ފައިސާ ހޯދައިގެން ބޭންކުން ލޯނު ނަގައިގެން ނުވަތަ ސަލާމްޖަހައިގެން ވެސް ބައެއް މީހުން ބޮޑަތި، ބޭކާރު ޚަރަދުތައް ކުރާ ކަން ފާހަގަކޮށް ޚުތުބާގައި ވަނީ އެއީ ވަރަށް ހިތާމަކުރިކަމެއް ކަމަށް ބުނެފައެވެ.

"ސަލާމްޖަހައިގެން އެއްޗެއް ހޯދުމުގެ ނުބައިކަން ބަޔާން ކުރައްވައި ހަދީޘް ކުރައްވާފައެވެ. ” އެމީހަކަށް ފަޤީރުކަމެއް މެދުވެރިވާ ހިނދު، އެހެން މީހުންގެ މައްޗަށް އެކަން ރައްދުކޮށް (އެބަހީ: މީހުންގެ ގާތުން ސަލާމް ޖަހައި ތަކެއްޗަށް އެދޭނަމަ) އެމީހެއްގެ ފަޤީރުކަން ނުފިއްލަވާ ހުއްޓެވެ. އަދި މާތްﷲ ގެ ޙަޟްރަތުން ފަޤީރުކަން ފިއްލެވުމަށް އެދެފި މީހާއަށް އަވަސް ގޮތަކަށް ނުވަތަ ލަހުން ވިޔަށް މާތްﷲ އެމީހާއަށް އަވަސް ގޮތަކަށް ނުވަތަ ލަހުން ވިޔަސް މާތްﷲ އެމީހާއަށް ރިޒުގު ތަނަވަސްކޮށް ދެއްވާ ހުއްޓެވެ." ޚުތުބާގައި ބުނެފައިވެއެވެ. 

ކޮމެންޓް
ގުޅޭ ލިޔުންތައް
12 Sep 2026
މޫސުން ވަރަށް ގޯސްވެއްޖެ. ބައެއް ސަރަހައްދުތަކަށް ޔެލޯ އެލާޓް
ކޮންމެހެން ކުރަންޖެހޭ ދަތުރުތައް ފިޔަވައި އެހެން ދަތުރުތައް ނުކުރުމަށާއި، ދަތުރަށް ފުރުމުގެ ކުރިން މޫސުމާ ބެހޭ އެންމެ ފަހުގެ މަޢުލޫމާތު ހޯދައި، ސަލާމަތީ ވަސީލަތްތައް ފުރިހަމައަށް ހުރިތޯ ޔަޤީންކުރުމަށް ކަމާބެހޭ ފަރާތްތަކުން ވަނީ އަންގާފައެވެ
12 Sep 2026
ބްރިޖު ރައްކާތެރިކޮށް ރަނގަޅު ގޮތުގައި ބެލެހެއްޓުމަށް ގުޅިގެން މަސައްކަތް ކުރުމަށް ސަފީރު ގޮވާލައްވައިފި
މި ދެ ބޯޓު ވަނީ ދިޔަވެ، މާލެ އަތޮޅުގެ އިރުން، ރާއްޖޭގެ ސަރަހައްދުން 30 ނޯޓިކަލްމޭލު ބޭރަށް މިރޭގެ ވަގުތެއްގައި އަޑިއަށް ގޮސްފަ އެވެ.
11 Sep 2026
ބްރިޖަށް އުރުނު ދެ ބޯޓް ދިޔަވެ އަޑިއަށް ހިނގައްޖެ
ސިނަމާލެ ބްރިޖަށް ރޭ އުރުނު ދެ ބޯޓް ދިޔަވެ މިރޭ އަޑިއަށް ހިނގައްޖެ އެވެ.
11 Sep 2026
ފީފާއިން ބައްސާމް އުމުރަށް ސަސްޕެންޑްކޮށް، 1.2 މިލިއަން ޑޮލަރުން ޖޫރިމަނާކޮށްފި
ފުޓްބޯލް އެސޯސިއޭޝަން އޮފް މޯލްޑިވްސް (އެފްއޭއެމް) ގެ ކުރީގެ ރައީސް ބައްސާމް އަދީލް ޖަލީލް، ކޮވިޑް-19 ގެ ރިލީފް ފަންޑުގެ ފައިސާ އަމިއްލަ ބޭނުމަށް ބޭނުންކުރި މައްސަލައިގައި ފުޓްބޯޅައާ ގުޅުންހުރި އެންމެހައި ހަރަކާތްތަކުން އުމުރަށް ސަސްޕެންޑްކޮށް، ބޮޑު އަދަދަކުން ޖޫރިމަނާކުރުމަށް ދުނިޔޭގެ ފުޓްބޯޅައިގެ މައި އިދާރާ (ފީފާ) އިން ނިންމައިފިއެވެ.
11 Sep 2026
ޕީއެންސީގެ އަންހެނުންގެ ހަރަކާތުގެ ރައީސާ އަކަށް މިނިސްޓަރު ހީނާ
ހީނާ އަކީ ޕީޕީއެމް / ޕީއެންސީ އެކުގައި ހިންްގިއިރު އެ ޕާޓީގެ އިސް މަގާމުތައް ފުރުއްވި ބޭފުޅެކެވެ. އެގޮތުން ދެ ޕާޓީގެ ތަރުޖަމާންކަން ކުރެއްވި އެވެ.
11 Sep 2026
ބޯޓް އުރުނު ހާދިސާ؛ ބްރިޖުގެ ސްޓްރަކްޗާއަށް ގެއްލުމެއް ނުވޭ
މި ތެޔޮ ބޯޓު އުތުރު ފަރާތުން އޮޔާ އައިސް އެންމެ ފުރަތަމަ ޖެހުނީ ސިނަމާލެ ބްރިޖުގެ ތަނބެއްގައެވެ. ތަނބުގައި ޖެހުމުގެ ސަބަބުން ބޯޓަށް އެކި ވަރުގެ ގެއްލުންތައް ލިބިފައިވެ އެވެ.
11 Sep 2026
ދެކުނަށް މޫސުން ގޯސް; ފޭދޫގެ 30 ވުރެ ގިނަ ގެއަށް ފެންވަދެ ގެއްލުން
އެ އޮތޯރިޓީން ބުނީ އައްޑޫ ސިޓީގެ ރަށްރަށުގައި ފެންބޮޑުވުމާ ގުޅިގެން، ކައުންސިލްތަކާއިސިފައިންނާއި ފުލުހުން ގުޅިގެން ފެންހިއްކުމުގެ މަސައްކަތް މެދުކެނޑުމެއްނެތި ދަނީ ކުރަމުން ކަމަށެވެ.
11 Sep 2026
އިކުއިޓީ ޕޭމަންޓް ދެއްކޭނެ ފެސޭހަ ސިސްޓަމެއް ގާއިމް ކުރަނީ
އިކުއިޓީ ޕޭމަންޓް ދެއްކޭނެ ލުއި ސިސްޓަމެއް ގާއިމް ކުރުމުގެ މަސައްކަތް ސަރުކާރުން ކުރަމުންދާ ކަމަށް ރައީސް ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.