ހަރާމް ހުކުމް އިހްތިޖާޖް ގެ ތެރެއިން: ފޮޓޯ/ ޕީޕީއެމް
ހަބަރު
30 Dec 2022 | 18:36
"ހަރާމް ހުކުމް" އިހްތިޖާޖް އަމާން ކަމާއި އެކު ނިންމާލައިފި

ވ. އާރަށު މައްސަލާގައި އިދިކޮޅު އިއްތިހާދުގެ ލީޑަރު ރައީސް ޔާމީނުގެ މައްޗަށް ކުރި 2 ދައުވާ ސާބިތުވާކަމަށް ކަނޑައަޅައި އެމަނިކުފާނު 11 އަހަރަށް ޖަލަށްލާފައިވާތީ އެމަނިކުފާނު މިނިވަންކުރަން ގޮވައިލާ މިއަދު ބޭއްވި ސުލްޙަވެރި އިހްތިޖާޖް އަމާން ކަމާއި އެކުގައި ނިންމާލައިފި އެވެ. 

އިދިކޮޅު ޕީޕީއެމްގެ އޮފީސް ކުރިމަތިން ފެށި މި ހިނގާލުމުގައި ގިނަ އަދަދެއްގެ ބަޔަކު ބައިވެރިވެފައިވާއިރު އެ އެންމެންވެސް ވަނީ ރައީސް ޔާމީން މިނިވަންކުރުމަށް ގޮވާލައި އަޑު އުފުލާފައެވެ. 

ހަރާމް ހުކުމް އިހްތިޖާޖް ގެ ތެރެއިން: ފޮޓޯ/ ޕީޕީއެމް

އެގޮތުން މިހިނގާލުމުގައި ވާހަކަ ދައްކަވަމުން އަދުރޭ ވަނީ، ރައީސް ޔާމީނަށް މި ރާއްޖޭގައި އޮތް ތާއީދު މިއަދުގެ ހިނގާލުމުން ފެނިގެންދާނެ ކަމަށާއި އެމަނިކުފާނު ޖަލަށް ލާފައިވަނީ އަންނަ އަހަރު ބާއްވާ ރިޔާސީ އިންތިހާބަށް ފުރުސަތު ނުދެއްވަން ކަމަށެވެ. ނަމަވެސް، ދިވެހިން ތިބީ ދޫދޭ ގޮތަކަށް ނޫން ކަމަށާއި އެމަނިކުފާނުގެ ނަން ނެތި އިންތިހާބު ނުބޭއްވޭނެ ކަމަށް އަދުރޭ ވިދާޅުވިއެވެ.
"ދިވެހިން ބުނީ ޔާމީންގެ ނަން ނެތި ރިޔާސީ އިންތިހާބު ބާއްވަން ފުރުސަތު ނުދޭނަމޭ" އަދުރޭ ވިދާޅުވިއެވެ.

މާލޭގެ އިތުރުން ރާއްޖޭގެ ބައެއް އެހެން ރަށްތަކުގައިވެސް މިއަދު ރައީސް ޔާމީން މިނިވަންކުރުމަށް ގޮވާލައި އިހުތިޖާޖު ކޮށްފައިވެއެވެ. 

ރައީސް ޔާމީން މިނިވަންކޮށް އެމަނިކުފާނު އަނބުރާ ވެރިކަމަށް ގެނައުމަށް އިދިކޮޅުގެ ޖޮއިންޓް ސެނެޓުން ވަނީ ފާސްކޮށްފައެވެ. އަދި އެމަނިކުފާނަށް އިންސާފު ހޯދުމަށް ކުރަން ހުރި ހުރިހާ މަސައްކަތެއް ޕާޓީގެ އެކި ގުނަވަންތަކުން ކުރިއަށް ގެންދާނެކަމުގެ ޔަގީންކަންވެސް އިދިކޮޅުން ވަނީ ދީފައެވެ. 

އެގޮތުން، ރައީސް ޔާމީން ޖަލަށް ލީ ދުވަހުން ފެށިގެން ސިލްސިލާކޮށް ކޮންމެ ރެއަކުވެސް އިދިކޮޅުން އަންނަނީ މާލެގެ މަގުމަތީގައި އިހްތިޖާޖް ކުރަމުންނެވެ. މި އިހްތިޖާޖް ގެ ތެރެއިން ކޮންމެ ރެއަކުވެސް ގިނަ އަދަދެއްގެ މީހުން ފުލުހުންގެ ބެލުމުގެ ދަށަށް ގެންދެއެވެ. 

ކޮމެންޓް
ކޯޓުނޯޓު
ހުކުމް ކަނޑައެޅި ކޯޓަށް ގޮންޖަހައި ޙަރާމް ހުކުމޭ ކިޔާއިރު ކޯޓު ހަނުހުންނަނީތޯ!!
30 Dec 2022
ގުޅޭ ލިޔުންތައް
26 Sep 2026
ބައިސްކަލު ދުއްވުމަކީ ލަދުގަންނަންޖެހޭ ކަމެއް ނޫން؛ އެއީ ވަރަށް ފައިދާހުރި ކަމެއް
ބައެއް މީހުންގެ ނަޒަރުގައި ބައިސްކަލު ދުއްވުމަކީ ފަޤީރުންގެ ކަމެކެވެ. ސައިކަލެއް ނުވަތަ ކާރެއް ނެތީމާ ދެން ދުއްވާ އެއްޗެކެވެ. އެކަމަކު ޙަޤީޤަތް ވަރަށް ތަފާތެވެ. ދުނިޔޭގެ އެންމެ ތަރައްޤީ ވެފައިވާ އެންމެ ތަނަވަސް ޤައުމުތަކުގެ ރައްޔިތުން ކޮންމެ ދުވަހަކު ބައިސްކަލުގައި އޮފީހަށް ދެއެވެ. ފިހާރައަށް ދެއެވެ. ދަރިވަރުން ސްކޫލަށް ދެއެވެ. ބައިސްކަލު ދުއްވުމަކީ ލަދެއް ނޫނެވެ. އެއީ ތިބާގެ ހަށިގަނޑަށާއި ޖީބަށާއި ވެށްޓަށް ކޮށްދެވޭ ވަރަށް ބޮޑު ހެޔޮ ކަމެކެވެ
26 Sep 2026
އޭޝިއަން ގޭމްސް؛ އަންހެން ބީޗް ވޮލީ ޓީމް ފަހު މެޗުން މޮޅުވެއްޖެ
މިފަހަރުގެ އޭޝިއަން ގޭމްސްގެ ބީޗް ވޮލީ އިވެންޓުގައި ރާއްޖޭގެ އަންހެން ޓީމުން އެއް މެޗު ކާމިޔާބުކުރި ނަމަވެސް، މުބާރާތުގައި ވާދަކުރި ރާއްޖޭގެ ފިރިހެން ބީޗް ވޮލީ ޓީމަށް އެއްވެސް މެޗަކުން މޮޅުވެވިފައެއް ނުވެއެވެ.
26 Sep 2026
އދ. ގެ ކުށް ހުއްޓުވުމާ ބެހޭ ކޮންގްރެސްގައި ޕީޖީ ޢައްބާސް ޝަރީފް ތަޤުރީރުކުރައްވަނީ
ޕީޖީ އޮފީހުން ބުނީ މި ކޮންގްރެސްގައި ޕީޖީ ތަޤުރީރުކުރެއްވުމަށް ހަމަޖެހިފައިވަނީ މިއަދު އަދި މާދަމާ ކުރިއަށްދާ މަތީ ފެންވަރުގެ ބައްދަލުވުމާއި، ސައުތު އީސްޓް އޭޝިއާ ޖަސްޓިސް ނެޓްވޯކް (ސީޖަސްޓް) ގެ ބައްދަލުވުމާއި ހަމަހަމަ ޢަދުލުއިންޞާފު ކަށަވަރުކުރުމާ ބެހޭ ގޮތުން ބާއްވާ ވޯކްޝޮޕެއްގައި ކަމަށެވެ.
26 Sep 2026
މިއަހަރުގެ މިހާތަނަށް ރާއްޖެއަށް 1.5 މިލިއަނަށްވުރެ ގިނަ ފަތުރުވެރިން ޒިޔާރަތްކޮށްފި
މި ހިނގާ ސެޕްޓެމްބަރު މަހުގެ 23 ވަނަ ދުވަހުގެ ނިޔަލަށް ރާއްޖެއަށް ވަނީ ޖުމްލަ 1,562,968 ފަތުރުވެރިން ޒިޔާރަތްކޮށްފައި. އެންމެގިނަ ފަތުރުވެރިން ޒިޔާރަތްކުރީ ޗައިނާއިން.
26 Sep 2026
ބެލްޖިއަމް އަތުން އިޓަލީ ބަލިވެއްޖެ
މެޗްގައި އިޓަލީގެ ސަޕޯޓަރުންގެ ފަރާތުން ވަނީ ފާޑުކިއުންތައް އަމާޒުވެފައެވެ. މިކަމާ ގުޅޭގޮތުން މަންޗީނީ ބުނީ އަމިއްލަ ސަޕޯޓަރުންގެ ފަރާތުން އަމާޒުވި ފާޑުކިޔުންތަކަކީ ފުޓްބޯޅައިގެ އާންމު ކަމެއް ކަމަށެވެ.
26 Sep 2026
މާލީ މުއާމަލާތްތަކުގައި މެންޗެސްޓަރ ސިޓީން ހަޤީގަތް އޮޅުވާލިކަން ސާބިތުވެއްޖެ
މި މައްސަލައިގައި ސިޓީ ކުށްވެރިވެއްޖެނަމަ، ދެވިދާނެ އަދަބުތަކުގެ ތެރޭގައި ބޮޑު އަދަދަކުން ޖޫރިމަނާކުރުން، ޕޮއިންޓް އުނިކުރުން ނުވަތަ ޕްރިމިއަރ ލީގުން ވަކިކުރުންވެސް ހިމެނެއެވެ.
26 Sep 2026
ފްރާންސް މޮޅުވި މެޗްގައި އެމްބާޕޭއަށް އަނިޔާވެއްޖެ
ޒިދާން ފްރާންސަށް އިރުޝާދު ދިން ފުރަތަމަ މެޗުން އެޓީމް މޮޅުވިއިރު، ފްރާންސްގެ ގައުމީ ޓީމުގެ ކޯޗުކަމާ ހަވާލުވީ މިދިޔަ ހޫނު މޫސުމުގެ ވޯލްޑް ކަޕަށްފަހުއެވެ.
25 Sep 2026
ރަސްމާލޭގެ ބިމުގެ މިލްކުވެރިކަން ބޭރުގެ އެއްވެސް ބަޔަކަށް ނުދޭނެ: ރައީސް
"ނޭޝަން ޗެޓް" ޕޮޑްކާސްޓްގެ މިރޭގެ އެޕިސޯޑްގައި ވާހަކަފުޅުދައްކަވަމުން ރައީސް ވަނީ ރަސްމާލެ މަޝްރޫއު އާއި ބޯހިޔާވަހިކަމާ ބެހޭ ގޮތުން ވަރަށް ތަފްސީލު ގޮތެއްގައި ވާހަކަފުޅުދައްކަވާފައެވެ.