ހަވާއެރުވުން---ފޮޓޯ: މީސްމީޑީއާ
ހަބަރު
31 Dec 2022 | 14:22
މިރޭ 12 ޖެހުމާއެކު ހަވާއަރުވައި، ޖީއެސްޓީ 8% އަށް ބޮޑުވާނެ!

އާއަހަރަށް މިރޭ މަރުހަބާ ކިޔާއިރު ފާގަނަކުރެވޭ ދެކަމެއް ރާއްޖޭގައި ކުރެވިގެން، ބަދަލުވެގެންދާނެއެވެ.

އެގޮތުން މިރޭ 12 ޖެހުމާއެކު މާލެ ސަރަހައްދުން ހުޅުމާލެ، އަދި ރާއްޖޭގެ އެކި ސަރަހައްދުތަކުގެ ރިސޯޓުތަކުގައި ހަވާއަރުވަންވަނީ ހަމަޖެހިފައެވެ. 

މިނިސްޓްރީ އޮފް ޔޫތް ސްޕޯޓްސް އެންޑް ކޮޮމިއުނިޓީ އެމްޕަވާމެންޓުން ވަނީ އާ އަހަރު ފެށުން ފާހަގަކުރުމަށް ހުޅުމާލޭގައި ޝޯއެއް ބޭއްވުމަށް ނިންމާފައިވާކަން ހާމަކޮށްފަ އެވެ. އެ ޝޯ އޮންނާނީ މިރޭ 8:30 އިން ފެށިގެން ހުޅުމާލޭ ސިންތެޓިކް ޓްރެކުގަ އެވެ.

މި ޝޯގައި ހަވާ އެރުވުމާއި މިއުޒިކުގެ އެކި ހަރަކާތްތައް ފެނިގެން ދާނެ އެވެ. 

މިއާއެކު ރައްޔިތުންގެ މަޖިލިހުން ފާސްކޮށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ތަސްދީގުކުރެއްވި މުދަލާއި ހިދުމަތުން ޓެކްސް ނެގުމުގެ ގާނޫނަށް ގެނައި އިސްލާހާ އެކު، މިރޭ 12 އިން ފެށިގެން ރާއްޖޭގައި ޖީއެސްޓީ އާއި ޓީޖީއެސްޓީ ބޮޑުވާނެ އެވެ.

މިރެއިން ފެށިގެން، އާންމު ހިދުމަތްތަކުން (ޖީއެސްޓީ) - %8، ފަތުުރުވެރިކަމުގެ ހިދުމަތް ދޭ ތަންތަނުން (ޓީޖީއެސްޓީ) - %16 އަށް ބޮޑުވެގެންދާނެއެވެ.

ޓެކްސް ރޭޓު ބޮޑުކުރުމާ ގުޅިގެން މޯލްޑިވްސް އެސޯސިއޭޝަން އޮފް ޓޫރިޒަމް އިންޑަސްޓްރީ (މަޓީ) އާއި ޓްރެވަލް އެޖެންޓުންގެ ޖަމިއްޔާ މަޓާޓޯ އިން ވަނީ ކަންބޮޑުވުން ފާޅުކުރި ނަމަވެސް، ދުނިޔޭގެ މާލީ ބޮޑެތި އިދާރާތައް ކަމަށް ވާ އައިއެމްއެފް އާއި ވޯލްޑް ބޭންކުން ވަނީ ރާއްޖޭގެ ޓެކްސް ބޮޑުކުރަން ތާއީދުކޮށްފަ އެވެ. މިއާއެކު ރާއްޖޭގެ ދަރަންޏާއި ސަރުކާރު ހިންގުމަށް ދާ ހަރަދުގެ ބޮޑުކަމާއި ގުޅިގެން އެ ޖަމިއްޔާތަކުން ވަނީ ކަންބޮޑުވުން ފާޅުކޮށް މިކަންކަން އިސްލާހުކުރަންޖެހޭކަން ފާހަގަކޮށްފައެވެ.

ކޮމެންޓް
ދިވެހި ދަރި
ފާގަނައެއް ނޫން ފާހަގަ ! އެހެން މީހުންނާ ގެޅެވޭތޯ ބަލާތި އަދިވެސް.
31 Dec 2022
އިއްބެ
ކޮބާ ކުދިންނޭ ރައްވެހި ފަތިސް އެޖެންޑާ ނަވާރަ އިންސާފްގެ މަގަށް ކިހިނެތް ވަނީ
31 Dec 2022
ޑައްބެ
ޔައްޔިތުން ބަނޑައް ޖައްސަން ކުރާކަމެއް
31 Dec 2022
ގުޅޭ ލިޔުންތައް
09 Aug 2026
ދީނީ އިލްމުވެރިންގެ އަހަރީ ބައްދަލުވުން މި މަހު 14 އަދި 15 ގައި
ދެ ދުވަހުގެ މުއްދަތަށް ކުރިއަށްދާ މި ޕްރޮގްރާމުގައި މައިގަނޑު ގޮތެއްގައި އަލިއަޅުވާލުމަށް ހަމަޖެހިފައިވަނީ، "21 ވަނަ ޤަރުނުގައި އިސްލާމީ ދަޢުވަތު" މި ތީމްގެ މައްޗަށެވެ.
09 Aug 2026
ދިހަ ދުވަސްތެރޭ ރާއްޖޭގައި ބަންގްލަދޭޝްގެ 8 މީހަކު މަރު، ގިނައީ ސްޓްރޯކް
ބަންގްލަދޭޝްގެ ވިއުސް ނޫހުން ރިޕޯޓްކުރި ގޮތުގައި ޖުލައި މަހުގެ 25 ވަނަ ދުވަހުން ފެށިގެން އޮގަސްޓް މަހުގެ ތިންވަނަ ދުވަހަށް ރާއްޖޭގައި ބަންގްލަދޭޝްގެ އަށް މީހަކު މަރުވެފައިވެ އެވެ.
09 Aug 2026
އިންފަންޓީނޯގެ އަގު ވައްޓާލުމަށް ބަޔަކު މަސައްކަތްކުރަމުންދާކަމަށް ފީފާއިން ބުނެފި
"ފީފާގެ ރައީސަކީ އެ އިދާރާގެ މެންބަރު ގައުމުތަކުގެ މެދުގައި ބޭއްވުނު ޑިމޮކްރެޓިކް އިންތިޚާބަކުން ހޮވިފައިވާ ބޭފުޅެއް. އޭނާ މަގާމުގެ މަސްއޫލިއްޔަތު އަދާކުރައްވަނީ އެ މެންޑޭޓުގެ ދަށުން" ފީފާގެ ބަޔާނުގައިވެއެވެ
09 Aug 2026
ނޫރު ބިލްޑިންގެ ތަފްސީލީ ކުރެހުން އަންނަ މަހުގައި ނިމޭނެ
މި ބިލްޑިންގަކީ ގުރްއާނަށް ހާއްސަ ވަގްފެއް ގޮތުގައި 15 ބުރިއަށް މާލެގައި ބިނާކުރެވޭ ބިލްޑިންގެކެވެ. މިތާނގެ 3 ފްލޯ ހާއްސަ ކުރެވިފައި ހުންނާނީ އިސްލާމީ މިނިސްޓްރީގެ އިދާރާއަށެވެ.
09 Aug 2026
ފަތިސް ޖަމްޢިއްޔާއިން އިސްނަގައިގެން ކުރިއަށްގެންދިޔަ "ވިޔަނަ ކޭމްޕް" ކާމިޔާބުކަމާއެކު ނިންމާލައިފި
ކޭމްޕްގައި ކުރިއަށް ގެންދިޔަ ޙަރަކާތްތަކުގެ ތެރޭގައި ދީނީ ޢިލްމީވޯކްޝޮޕާއި، ދީނީ ދަރުސްތައް، ތަރުބަވީ ސެޝަންތައް، ދަރިވަރުންނަށް އަމާޒުކޮށްގެން ކުރިއަށްގެންދިޔަ ސްޓަޑީ ކޭމްޕް ތަކާއި ސްކިލް ޑިވެލޮމްޕެންޓް ޕްރޮގްރާމްތައް، ޕްރޮފެޝަނަލް ޑިވެލޮޕްމެންޓް ސެޝަންތަކާއި ޓީމް ބިލްޑިންގ ހަރަކާތްތަކުގެ އިތުރުން ކުޅިވަރު ޙަރަކާތްތައް ހިމެނެއެވެ
09 Aug 2026
ބޭނުންވަނީ މުޒާހަރާ މާލެތެރޭގައި ރައްޔިތުންނަށް އަޑު އިވޭގޮތަށް ކުރިއަށްްގެންދަން: އެމްޑީޕީ
މުޒާހަރާ ކުރިއަށްގެންދަން މަޖީދީމަގު ނޫން އެހެންމަގެއް ހިޔާރުކުރެވެން ނެތްކަމަށް އެޕާޓީން ވަނީ ބުނެފައެވެ
09 Aug 2026
ހަމަސްނުވާ ތުއްތު ކުދިން ކަރުހިއްކުން ފިލުވުމަށް ފެން ނުދީ: އެޗްޕީއޭ
އެޗްޕީއޭއިން ބުނީ މައިމީހާގެ ގާތުން ދޭ ކިރުގެ 88 އިންސައްތައަކީ ފެންކަމުގައިވާތީ، ދަރިފުޅުގެ ކަރުހިއްކުން ފިލުވުމަށް ގާތުންދޭ ކިރު ފުދޭނޭކަމަށް
09 Aug 2026
ގެއްލުނު ތިން މީހުން ހޯދަން ބޭރުގެ އެހީ ހޯދަނީ
ހާރިޖިއްޔާގެ އޮފީހުން ބުނީ، މީހުން ހޯދުމުގެ މަސައްކަތުގައި ލިބެންހުރި ހުރިހާ ވަސީލަތެއްގެ ބޭނުން ހިފައި، އެ މަސައްކަތް ހުއްޓުމެއްނެތި ކުރިއަށް ގެންދާނެކަމުގެ ޔަގީންކަން ދޭކަމަށެވެ