އިދިކޮޅު ކޯލިޝަންގެ ތަރުޖަމާނު ހީނާ ވަލީދު: ފޮޓޯ/ ޕީޕީއެމް
ހަބަރު
01 Jan 2023 | 15:45
މި ސަރުކާރު ބަލިކަށި ކުރުމަކީ ރައްޔިތުންނަށް ލާޒިމް ކަމެއް: އިދިކޮޅު

މި ނާގާބިލު ސަރުކާރަށް ނޫނެކޭ ބުނެ މި ސަރުކާރު ބަލިކަށިކޮށްލުމަކީ ދިވެހި ރައްޔިތުންނަށް ލާޒިމް ކަމެއް ކަމަށް އިދިކޮޅުން ބުނެފިއެވެ.

ޕީޕީއެމް އިން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ޕީޕީއެމްގެ ތަރުޖަމާނު ހީނާ ވަލީދު ވިދާޅުވީ އިދިކޮޅުން ހުކުރު ދުވަހު ކުރިއަށް ގެންދިޔަ ސަބަބުވެރި ހިނގާލުމުން އެނގިގެން ދިޔައީ، ކުރީގެ ރައީސް ޔާމީންއަށް ކޮށްފައިވާ ހަރާމް ހުކުމް ރައްޔިތުން ބަލައިނުގަންނަ ކަމާއި ދިވެހި ހުރިހާ ރައްޔިތުން ރައީސް ޔާމީން މިނިވަންކުރަން ބޭނުންވާކަން ކަމަށެވެ.

އެހެންކަމުން މިހާރުން މިހާރަށް ރައީސް ޔާމީން މިނިވަން ކޮށް އިދިކޮޅުގެ ރިޔާސީ ކެންޑިޑޭޓްގެ ގޮތުގައި ހަރަކާތްތެރިވެވޭނެ މަގު ފަހިކޮށްދިނުމަށް އޭނާ ވަނީ ސަރުކާރަށް ގޮވާލާފައެވެ.

މީގެ އިތުރުން، ހީނާ ވިދާޅުވީ 2023 ވަނަ އަހަރާއި ކުރިމަތިލާއިރު ރައްޔިތުންވަނީ ވަރަށް އަތްމަތި ދަތިވެފައިކަމަށާއި ކުރިމަތިލަނީ ގިލަންވެރި 2023 ވަނަ އަހަރަކާ ކަމަށެވެ.

ކަން މިހެން ހުރިއިރު، ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ޞާލިހު، ދެވަނަ ދައުރަކަށް އިންތިހާބުވުމަށް ނުފުއްދޭނެ ވައުދުތައް ވަމުންކަމަށާ، އެހެން ނަމަވެސް، މި އަހަރު ފެށުމާއި އެކު ބޮޑުވެގެންދާ ޖީއެސްޓީއާއި އެކު ރައްޔިތުންނަށް އިތުރު އެތައް ތަކުލީފު ތަކެއް ލިބިގެން ދާނެ ކަމަށް އޭނާ ވިދާޅުވި އެވެ. 

"ކަންކަން މިހެން ހުރި އިރު، ދިވެހި ރައްޔިތުންނަށް މިއަދު ލާޒިމްވެގެންވަނީ މި ނާގާބިލް، ނުކުޅެދޭ، މި ވައްކަން ކުރަމުންދާ ސަރުކާރަށް ނޫނެކޭބުނެ، މި ސަރުކާރު ބަލިކަށި ކޮށްލުން." ހީނާ ވިދާޅުވިއެވެ. 

އެހެންކަމުން، އެކަން ކުރުމަށްޓަކައި ޕީޕީއެމްގެ ރިޔާސީ ކެންޑިޑޭޓް ރައީސް ޔާމީން އަށް ވެރިކަން ހޯދައި ދިނުމަށްޓަކައި ކުރެވެން ހުރި ހުރިހާ ކަމެއް ކުރުމަށްވެސް ހީނާ ވަނީ އެދިވަޑައިގެންފަ އެވެ.  

ކޮމެންޓް
މުހައްމަދުހުސޭޔްނުކާށިދޫ
ކަމަނާސާބަސްތީވަފާތެރިއޯގާތެރިނަކީ ކަމަނާއިޜާދަކުރެއްވިޔަތިގޮތުގަދެމިހުންނާތިބަދަލުނުވާތިދެގޮތެއްނުވާތިތިގޮތުގަހުރުންޕާޓީގެމެންބަރުންގެގޮވާލުން ﷲޢިރާދަކުރެވިޔަރައިސްޔާމީނުވެރިކަމައްއަނާނެ
01 Jan 2023
ގުޅޭ ލިޔުންތައް
26 Sep 2026
ބައިސްކަލު ދުއްވުމަކީ ލަދުގަންނަންޖެހޭ ކަމެއް ނޫން؛ އެއީ ވަރަށް ފައިދާހުރި ކަމެއް
ބައެއް މީހުންގެ ނަޒަރުގައި ބައިސްކަލު ދުއްވުމަކީ ފަޤީރުންގެ ކަމެކެވެ. ސައިކަލެއް ނުވަތަ ކާރެއް ނެތީމާ ދެން ދުއްވާ އެއްޗެކެވެ. އެކަމަކު ޙަޤީޤަތް ވަރަށް ތަފާތެވެ. ދުނިޔޭގެ އެންމެ ތަރައްޤީ ވެފައިވާ އެންމެ ތަނަވަސް ޤައުމުތަކުގެ ރައްޔިތުން ކޮންމެ ދުވަހަކު ބައިސްކަލުގައި އޮފީހަށް ދެއެވެ. ފިހާރައަށް ދެއެވެ. ދަރިވަރުން ސްކޫލަށް ދެއެވެ. ބައިސްކަލު ދުއްވުމަކީ ލަދެއް ނޫނެވެ. އެއީ ތިބާގެ ހަށިގަނޑަށާއި ޖީބަށާއި ވެށްޓަށް ކޮށްދެވޭ ވަރަށް ބޮޑު ހެޔޮ ކަމެކެވެ
26 Sep 2026
އޭޝިއަން ގޭމްސް؛ އަންހެން ބީޗް ވޮލީ ޓީމް ފަހު މެޗުން މޮޅުވެއްޖެ
މިފަހަރުގެ އޭޝިއަން ގޭމްސްގެ ބީޗް ވޮލީ އިވެންޓުގައި ރާއްޖޭގެ އަންހެން ޓީމުން އެއް މެޗު ކާމިޔާބުކުރި ނަމަވެސް، މުބާރާތުގައި ވާދަކުރި ރާއްޖޭގެ ފިރިހެން ބީޗް ވޮލީ ޓީމަށް އެއްވެސް މެޗަކުން މޮޅުވެވިފައެއް ނުވެއެވެ.
26 Sep 2026
އދ. ގެ ކުށް ހުއްޓުވުމާ ބެހޭ ކޮންގްރެސްގައި ޕީޖީ ޢައްބާސް ޝަރީފް ތަޤުރީރުކުރައްވަނީ
ޕީޖީ އޮފީހުން ބުނީ މި ކޮންގްރެސްގައި ޕީޖީ ތަޤުރީރުކުރެއްވުމަށް ހަމަޖެހިފައިވަނީ މިއަދު އަދި މާދަމާ ކުރިއަށްދާ މަތީ ފެންވަރުގެ ބައްދަލުވުމާއި، ސައުތު އީސްޓް އޭޝިއާ ޖަސްޓިސް ނެޓްވޯކް (ސީޖަސްޓް) ގެ ބައްދަލުވުމާއި ހަމަހަމަ ޢަދުލުއިންޞާފު ކަށަވަރުކުރުމާ ބެހޭ ގޮތުން ބާއްވާ ވޯކްޝޮޕެއްގައި ކަމަށެވެ.
26 Sep 2026
މިއަހަރުގެ މިހާތަނަށް ރާއްޖެއަށް 1.5 މިލިއަނަށްވުރެ ގިނަ ފަތުރުވެރިން ޒިޔާރަތްކޮށްފި
މި ހިނގާ ސެޕްޓެމްބަރު މަހުގެ 23 ވަނަ ދުވަހުގެ ނިޔަލަށް ރާއްޖެއަށް ވަނީ ޖުމްލަ 1,562,968 ފަތުރުވެރިން ޒިޔާރަތްކޮށްފައި. އެންމެގިނަ ފަތުރުވެރިން ޒިޔާރަތްކުރީ ޗައިނާއިން.
26 Sep 2026
ބެލްޖިއަމް އަތުން އިޓަލީ ބަލިވެއްޖެ
މެޗްގައި އިޓަލީގެ ސަޕޯޓަރުންގެ ފަރާތުން ވަނީ ފާޑުކިއުންތައް އަމާޒުވެފައެވެ. މިކަމާ ގުޅޭގޮތުން މަންޗީނީ ބުނީ އަމިއްލަ ސަޕޯޓަރުންގެ ފަރާތުން އަމާޒުވި ފާޑުކިޔުންތަކަކީ ފުޓްބޯޅައިގެ އާންމު ކަމެއް ކަމަށެވެ.
26 Sep 2026
މާލީ މުއާމަލާތްތަކުގައި މެންޗެސްޓަރ ސިޓީން ހަޤީގަތް އޮޅުވާލިކަން ސާބިތުވެއްޖެ
މި މައްސަލައިގައި ސިޓީ ކުށްވެރިވެއްޖެނަމަ، ދެވިދާނެ އަދަބުތަކުގެ ތެރޭގައި ބޮޑު އަދަދަކުން ޖޫރިމަނާކުރުން، ޕޮއިންޓް އުނިކުރުން ނުވަތަ ޕްރިމިއަރ ލީގުން ވަކިކުރުންވެސް ހިމެނެއެވެ.
26 Sep 2026
ފްރާންސް މޮޅުވި މެޗްގައި އެމްބާޕޭއަށް އަނިޔާވެއްޖެ
ޒިދާން ފްރާންސަށް އިރުޝާދު ދިން ފުރަތަމަ މެޗުން އެޓީމް މޮޅުވިއިރު، ފްރާންސްގެ ގައުމީ ޓީމުގެ ކޯޗުކަމާ ހަވާލުވީ މިދިޔަ ހޫނު މޫސުމުގެ ވޯލްޑް ކަޕަށްފަހުއެވެ.
25 Sep 2026
ރަސްމާލޭގެ ބިމުގެ މިލްކުވެރިކަން ބޭރުގެ އެއްވެސް ބަޔަކަށް ނުދޭނެ: ރައީސް
"ނޭޝަން ޗެޓް" ޕޮޑްކާސްޓްގެ މިރޭގެ އެޕިސޯޑްގައި ވާހަކަފުޅުދައްކަވަމުން ރައީސް ވަނީ ރަސްމާލެ މަޝްރޫއު އާއި ބޯހިޔާވަހިކަމާ ބެހޭ ގޮތުން ވަރަށް ތަފްސީލު ގޮތެއްގައި ވާހަކަފުޅުދައްކަވާފައެވެ.