ޝުޖާއު ޕީޕީއެމް އައްޑަނަ ޖަލްސާގައި ވާހަކަދައްކަވަނީ/ ފޮޓޯ: ވަގުތު
ހަބަރު
01 Jan 2023 | 17:32
އިތުރު 24 މަސް ދިނަސް މޫކޭއަށް އަމީނީ މަގު ހަދާ ނުނިންމޭނެ: ޝުޖާއު

އަމީނީ މަގު ޒަމާނީ ފެންވަރަށް ތަރައްގީ ކުރުމުގެ މަސައްކަތް އާރުޑީސީއާއި ހަވާލުކުރި މުއްދަތު އަންނަ ފެބުރުއަރީ މަހަށް ހަމަވުމުން އިތުރު 24 މަސް ދުވަސް އެ މަސައްކަތަށް ދިން ނަމަވެސް މިހާރު އެ މަސައްކަތް ހަވާލުކޮށްފައިވާ އާރުޑީސީއަށް އެކަން ނުކުރެވޭނެކަމަށް މާލޭ ސިޓީ ކައުންސިލްގެ ހުޅުމާލޭ ދާއިރާގެ މެމްބަރު އިބްރާހިމް ޝުޖާއު ވިދާޅުވެއްޖެ އެވެ. 

ޝުޖާއު މިފަދައިން ވިދާޅުވެފައިވަނީ މާލޭ ސިޓީގެ މޭޔަރު ޑރ މުހައްމަދު މުއިއްޒުއަށް 7 އަހަރުން މަރާމާތު ނުކުރެވުނު އަމީނީ މަގު ޒަމާނީ ފެންވަރަށް ތަރައްގީ ކުރުމުގެ މަސައްކަތް 7 މަސް ދުވަސްތެރޭ ނިންމާނެކަމަށް އާރުޑީސީގެ މެނޭޖިން ޑިރެކްޓަރު މޫސާ އަލި މަނިކު (މޫކޭ) ވިދާޅުވެ ސިޓީ ކައުންސިލާއި ޗެލެންޖު ކުރައްވާފައި ތާރު ނާޅާ، ވެލިމަގެއްގެ ގޮތަށް އަމީނީ މަގުގެ ފުރަތަމަ ފިޔަވަހި ހުޅުވުމާއި ގުޅިގެން މޫކޭއަށް ފާޑުވިދާޅުވެ ކުރެއްވި ޓްވީޓެއްގައެވެ. 

އަމީނީ މަގު ތަރައްގީކުރުމުގެ މަސައްކަތް ސިޓީ ކައުންސިލްގެ އަތުން އަތުލުމަށްފަހު، އޭރު އެ މަސައްކަތް ކުރަމުން ދިޔަ އަގަށްވުރެ ދެ ގުނަ އަގުބޮޑުކޮށް ޕްލޭނިން މިނިސްޓްރީއިން އާރުޑީސީއާއި އެ މަސައްކަތް ހަވާލުކޮށްފައިވަނީ މިދިޔަ އަހަރުގެ ޖޫން މަހުގައެވެ. އަދި އެއީ 7 މަސްދުވަސް ތެރޭ ނިންމަން ކޮންޓްރެކްޓުކޮށްފައިވާ މަސައްކަތެކެވެ. 

އެހެން ނަމަވެސް އެ މަގުގެ ފުރަތަމަ ފިޔަވަހި އާންމުންނަށް ހުޅުވާލާފައިވަނީ ތާރު ނާޅައެވެ. އަދި މަގު ސާފުވެސް ނުކޮށެވެ. 

އެކަމާއި ގުޅޭގޮތުން ޝުޖާއު ވިދާޅުވީ މޫކޭ ދައްކަވަނީ ސައިޒަށްވުރެ ބޮޑެތި ވާހަކަތައްކަމަށެވެ. މޫކޭއަށް ކުރެވޭނީ އައިޖީއެމްއެޗްގައި ފެންޑާ ހެދުން ފަދަ މަޝްރޫއުތަކަށް ޝުޖާއު ވިދާޅުވިއެވެ.

އަދި އެއަށްވުރެ ބޮޑެތި ވާހަކަތައް ދައްކާ ބޮޑެތި މަޝްރޫއުތައް ހިންގެވުމަށް މޫކޭ ނޫޅުއްވުމަށްވެސް ޝުޖާއު ވަނީ އެދިވަޑައިގެންފައެވެ. 

ކޮމެންޓް
ައަމީނީ
ރަނގަޅު ވާހަކަ އެއް.
02 Jan 2023
ގުޅޭ ލިޔުންތައް
26 Sep 2026
ބައިސްކަލު ދުއްވުމަކީ ލަދުގަންނަންޖެހޭ ކަމެއް ނޫން؛ އެއީ ވަރަށް ފައިދާހުރި ކަމެއް
ބައެއް މީހުންގެ ނަޒަރުގައި ބައިސްކަލު ދުއްވުމަކީ ފަޤީރުންގެ ކަމެކެވެ. ސައިކަލެއް ނުވަތަ ކާރެއް ނެތީމާ ދެން ދުއްވާ އެއްޗެކެވެ. އެކަމަކު ޙަޤީޤަތް ވަރަށް ތަފާތެވެ. ދުނިޔޭގެ އެންމެ ތަރައްޤީ ވެފައިވާ އެންމެ ތަނަވަސް ޤައުމުތަކުގެ ރައްޔިތުން ކޮންމެ ދުވަހަކު ބައިސްކަލުގައި އޮފީހަށް ދެއެވެ. ފިހާރައަށް ދެއެވެ. ދަރިވަރުން ސްކޫލަށް ދެއެވެ. ބައިސްކަލު ދުއްވުމަކީ ލަދެއް ނޫނެވެ. އެއީ ތިބާގެ ހަށިގަނޑަށާއި ޖީބަށާއި ވެށްޓަށް ކޮށްދެވޭ ވަރަށް ބޮޑު ހެޔޮ ކަމެކެވެ
26 Sep 2026
އޭޝިއަން ގޭމްސް؛ އަންހެން ބީޗް ވޮލީ ޓީމް ފަހު މެޗުން މޮޅުވެއްޖެ
މިފަހަރުގެ އޭޝިއަން ގޭމްސްގެ ބީޗް ވޮލީ އިވެންޓުގައި ރާއްޖޭގެ އަންހެން ޓީމުން އެއް މެޗު ކާމިޔާބުކުރި ނަމަވެސް، މުބާރާތުގައި ވާދަކުރި ރާއްޖޭގެ ފިރިހެން ބީޗް ވޮލީ ޓީމަށް އެއްވެސް މެޗަކުން މޮޅުވެވިފައެއް ނުވެއެވެ.
26 Sep 2026
އދ. ގެ ކުށް ހުއްޓުވުމާ ބެހޭ ކޮންގްރެސްގައި ޕީޖީ ޢައްބާސް ޝަރީފް ތަޤުރީރުކުރައްވަނީ
ޕީޖީ އޮފީހުން ބުނީ މި ކޮންގްރެސްގައި ޕީޖީ ތަޤުރީރުކުރެއްވުމަށް ހަމަޖެހިފައިވަނީ މިއަދު އަދި މާދަމާ ކުރިއަށްދާ މަތީ ފެންވަރުގެ ބައްދަލުވުމާއި، ސައުތު އީސްޓް އޭޝިއާ ޖަސްޓިސް ނެޓްވޯކް (ސީޖަސްޓް) ގެ ބައްދަލުވުމާއި ހަމަހަމަ ޢަދުލުއިންޞާފު ކަށަވަރުކުރުމާ ބެހޭ ގޮތުން ބާއްވާ ވޯކްޝޮޕެއްގައި ކަމަށެވެ.
26 Sep 2026
މިއަހަރުގެ މިހާތަނަށް ރާއްޖެއަށް 1.5 މިލިއަނަށްވުރެ ގިނަ ފަތުރުވެރިން ޒިޔާރަތްކޮށްފި
މި ހިނގާ ސެޕްޓެމްބަރު މަހުގެ 23 ވަނަ ދުވަހުގެ ނިޔަލަށް ރާއްޖެއަށް ވަނީ ޖުމްލަ 1,562,968 ފަތުރުވެރިން ޒިޔާރަތްކޮށްފައި. އެންމެގިނަ ފަތުރުވެރިން ޒިޔާރަތްކުރީ ޗައިނާއިން.
26 Sep 2026
ބެލްޖިއަމް އަތުން އިޓަލީ ބަލިވެއްޖެ
މެޗްގައި އިޓަލީގެ ސަޕޯޓަރުންގެ ފަރާތުން ވަނީ ފާޑުކިއުންތައް އަމާޒުވެފައެވެ. މިކަމާ ގުޅޭގޮތުން މަންޗީނީ ބުނީ އަމިއްލަ ސަޕޯޓަރުންގެ ފަރާތުން އަމާޒުވި ފާޑުކިޔުންތަކަކީ ފުޓްބޯޅައިގެ އާންމު ކަމެއް ކަމަށެވެ.
26 Sep 2026
މާލީ މުއާމަލާތްތަކުގައި މެންޗެސްޓަރ ސިޓީން ހަޤީގަތް އޮޅުވާލިކަން ސާބިތުވެއްޖެ
މި މައްސަލައިގައި ސިޓީ ކުށްވެރިވެއްޖެނަމަ، ދެވިދާނެ އަދަބުތަކުގެ ތެރޭގައި ބޮޑު އަދަދަކުން ޖޫރިމަނާކުރުން، ޕޮއިންޓް އުނިކުރުން ނުވަތަ ޕްރިމިއަރ ލީގުން ވަކިކުރުންވެސް ހިމެނެއެވެ.
26 Sep 2026
ފްރާންސް މޮޅުވި މެޗްގައި އެމްބާޕޭއަށް އަނިޔާވެއްޖެ
ޒިދާން ފްރާންސަށް އިރުޝާދު ދިން ފުރަތަމަ މެޗުން އެޓީމް މޮޅުވިއިރު، ފްރާންސްގެ ގައުމީ ޓީމުގެ ކޯޗުކަމާ ހަވާލުވީ މިދިޔަ ހޫނު މޫސުމުގެ ވޯލްޑް ކަޕަށްފަހުއެވެ.
25 Sep 2026
ރަސްމާލޭގެ ބިމުގެ މިލްކުވެރިކަން ބޭރުގެ އެއްވެސް ބަޔަކަށް ނުދޭނެ: ރައީސް
"ނޭޝަން ޗެޓް" ޕޮޑްކާސްޓްގެ މިރޭގެ އެޕިސޯޑްގައި ވާހަކަފުޅުދައްކަވަމުން ރައީސް ވަނީ ރަސްމާލެ މަޝްރޫއު އާއި ބޯހިޔާވަހިކަމާ ބެހޭ ގޮތުން ވަރަށް ތަފްސީލު ގޮތެއްގައި ވާހަކަފުޅުދައްކަވާފައެވެ.