ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު--
ހަބަރު
02 Jan 2023 | 10:14
މީހަކު ޖަލަށް ލުމަކީ މޮޅުކަމެއް ކަމަށް ނުދެކެން؛ އެއީ ދާން ބޭނުންވާ ތަނެއްވެސް ނޫން: ރައީސް ނަޝީދު

އެއްވެސް ހާލެއްގައި އެއްވެސް މީހަކު ޖަލަށް ލައިގެން، އެއީ މާމޮޅު ކަމަކަށް ހަދައިގެން އެއްވެސް އިރަކު ނޫޅުއްވާ ކަމަށާ އަދި ޖަލަކީ އެއްގޮަތަކަށްވެސް ދާން ބޭނުންވާ ތަނެއް ނޫން ކަމަށް ކުރީގެ ރައީސް، އަދި ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ. 

ރޭ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ނަޝީދު ވިދާޅުވީ، އެބައެއްގެ ލީޑަރަށް ދެރަގޮތެއް ވުމުން ކޮންމެ ބައެއްވެސް ނުރުހޭނެ ކަމަށެވެ. އަދި ރައީސް ޔާމީންއަށް ރިޔާސީ އިންތިހާބުގައި ބައިވެރި ނުވެވޭނެތީ އެމަނިކުފާނުގެ ބަދަލުގައި ޕީޕީއެމް ޕީއެންސީން ކެންޑިޑޭޓަކު ނެރުއްވާނެ ކަމަށްވެސް ނަޝީދު ވިދާޅުވި އެވެ. 

"އަޅުގަނޑަށް ލަފާ ކުރެވޭ ގޮތުގައި، ޕީޕީއެމް/ޕީއެންސީން ކެންޑިޑޭޓެއް ނެރުއްވާނެ، ކޮންމެ ބޭފުޅުކުވެސް އެ ބައެއްގެ ލީޑަރަށް ދެރަގޮތެއް ވީމާ، ނުރުހޭނެ، އިހުސާސްތައް އަންނާނެ، އުދާސްތައް އަންނާނެ، އެހެންވީމަ އެއީ އަޅުގަނޑުމެން އެންމެންވެސް ބަލައިގަންނާނެ ކަމެއް، އަދި މިއީކީއެއް އަޅުގަނޑުމެން އުފާ ކުރަން ޖެހޭ ބާވަތުގެ ކަމެއް ނޫން". ނަޝީދު ވިދާޅުވިއެވެ.

ނީގެ އިތުރުން ވ. އާރަށް މައްސަލާގައި ރައީސް ޔާމީނަށް އިއްވާފައިވާ 11 އަހަރުގެ ޖަލު ހުކުމާއި ގުޅިގެން ކުރި ސުވާލަކަށް ޖަވާބުދެއްވަމުން ނަޝީދު ވިދާޅުވީ، އެމަނިކުފާނު މިކަމާއި ގުޅޭގޮތުން އެއްޗެއް ނުދަންނަވާނެ ކަމަށެވެ. 

"އަޅުގަނޑަކީ އެއްވެސް ހާލެއްގައި އެއްވެސް މީހަކު ޖަލަށް ލައިގެން، އެ މާމޮޅު ކަމަކަށް ހަދައިގެން އެއްވެސް އިރަކު އުޅުނު މީހެއް ނޫން، އަދި އުޅޭނެ މީހެއްވެސް ނޫން. ދެން އެއީކީ އަޅުގަނޑު ހަމަ އެއްގޮަތަކަށްވެސް ދާން ބޭނުންވާ ތަނެއް ނޫން.". ނަޝީދު ވިދާޅުވިއެވެ.

އަދި އެއީ ސިޔާސީ ދައުވާއެއް ކަމަށް ގަބޫލުރައްވަންތޯ ކުރެއްވި ސުވާލަށް ޖަވާބުދެއްވަމުން ނަޝީދު ވިދާޅުވީ، ޔާމީންގެ މައްޗަށް އުފުލިފައި ވަނީ ގާނޫނުގައިވާ މާއްދާތަކުގެ ތެރެއިން މާއްދާގައިވާ ދައުވާއެއް ކަމަށާ އަދި ހުކުމް އިއްވަނީ ހެއްކާއި ގަރީނާގެ މައްޗަށް ކަމަށެވެ. އެހެންކަމުން އެކަމާއި ގުޅޭގޮތުން އެހެން އެއްޗެއް ދަންނަވަން ބޭނުން ނުވާކަމަށް އެމަނިކުފާނު ވިދާޅުވި އެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
03 Aug 2026
އުފެއްދުންތެރިކަމުގެ ޤައުމީ މައުރަޒުގައި އިންސާފްކޮށްދޭނޭ ފަނޑިޔާރުން ހޯދަނީ
ޝަރުތުތަކުގެ ތެރޭގައި ވާދަކުރުމުގެ ބައިގައި އެއްވެސް ގިންތިއަކުން ވާދަކުރާ ފަރާތެއް ކަމުގައި ނުވުމާއި، ފަނޑިޔާރުކަން ކުރުމަށް ހުށަހަޅާ ގިންތީގައި ވާދަކުރާ ފަރާތަކާއި އާއިލީ ގުޅުމެއް އޮތް ފަރާތެއް ނުވަތަ ވިޔާފާރީގެ މަސްލަހަތު އޮތް ފަރާތެއްކަމުގައި ނުވުމެވެ. މީގެ އިތުރުންވެސް އިތުރު ޝަރުތުތައް ހިމެނޭ
03 Aug 2026
ގިނަބަޔަކު އެ ފިލްމަކަށް އިންތިޒާރުކުރާ ޖަންނަތު މިރޭ އޮލިމްޕަހަށް
03 Aug 2026
ބެލްޖިއަމަށާއި، އީޔޫ ސަފީރުކަމުގެ މަޤާމަށް ދިޔާނާ ޢައްޔަންކޮށްފި
ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު، ބެލްޖިއަމަށާއި، ޔޫރަޕިއަން ޔޫނިއަނަށް ދިވެހިރާއްޖެއިން ކަނޑައަޅާފައި ހުންނަވާ ސަފީރުކަމުގެ މަޤާމަށް ކުރީގެ ބަންޑާރަ ނާއިބު ފާޠިމަތު ދިޔާނާ މިއަދު ޢައްޔަންކުރައްވައިފިއެވެ.
03 Aug 2026
ފެނަކައިގެ ގަވާއިދާ ޚިލާފު ޕްރޮމޯޝަންތައް ތަޙުޤީޤުކުރަން ފޮނުވަން ފާސްކޮށްފި
ފެނަކައިގެ މުވައްޒަފުންނަށް 2022 އަދި 2023ގައި ގަވާއިދާ ޚިލާފަށް ދީފައިވާ ވަޒީފާގެ ކުރިއެރުންތައް ތަޙުޤީޤުކުރުމަށް އޭސީސީ އަދި ފުލުހުންނަށް ފޮނުވަން މަޖިލީހުން ފާސްކޮށްފި.
03 Aug 2026
ޖަންގިޔަލުން ޑްރަގު ފެނުނު އަންހެންމީހާއަށް ކުރިދައުވާ އަނބުރާ ގެންދިޔަ ސަބަބު
އަންހެނެއްގެ ޖަންގިޔާ ތެރޭގައި ފޮރުވާފައި ހުރި މަސްތުވާތަކެއްޗަކީ އޭނާގެ އެއްޗެއް ކަމަށް ބުނެ، އެކަމާ ފިރިމީހާ ހަވާލުވުމާ ގުޅިގެން އެ އަންހެންމީހާގެ މައްޗަށް ކުރި ދައުވާ އަނބުރާ ގެންދަން ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީހުން ނިންމި ސަބަބު އެ އޮފީހުން ހާމަކޮށްދީފިއެވެ.
03 Aug 2026
މިޞްރަށް 5.6 މެގްނިޓިއުޑްގެ ބާރުގަދަ ބިންހެލުމެއް އަތުވެއްޖެ
މިޞްރުގެ ނޭޝަނަލް ރިސާޗް އިންސްޓިޓިއުޓް އޮފް އެސްޓްރޯނޮމީ އެންޑް ޖިއޯފިޒިކްސްއިން ހާމަކޮށްފައިވާ ގޮތުގައި، ރިކްޓަރ މިންގަނޑުން 5.6 ގެ ބާރުމިނުގައި އައި މި ބިންހެލުން ލޮގްކުރެވިފައިވަނީ ހޯމަ ދުވަހުގެ ފަތިހު 3:00 ގައެވެ. ނަމަވެސް، ޖަރުމަނުގެ ރިސާޗް ސެންޓަރ ފޯ ޖިއޯސައިންސަސް (ޖީ.އެފް.ޒެޑް) އިން ބުނެފައިވަނީ މި ބިންހެލުމުގެ ބާރުމިނަކީ 5.4 ކަމަށާއި، މިއީ ބިމުގެ 10 ކިލޯމީޓަރު އަޑިން އައި ބިންހެލުމެއް ކަމަށެވެ.
03 Aug 2026
އަމީނީ މަގަކީ އެމްޑީޕީ ސަރުކާރުގެ ފެންވަރު: މުއްޠަލިބު
މާލޭގެ އަމީނީމަގަކީ ނިމިދިޔަ އެމްޑީޕީ ސަރުކާރުން ފެށި މަޝްރޫއު އެއް ކަމަށާ، އެ މަޝްރޫޢުން އެނގިގެންދަނީ އެ ސަރުކާރުގެ މަސައްކަތުގެ ފެންވަރު ކަމަށް އިންފްރާސްޓްރަކްޗާ މިނިސްޓަރު ޑރ. އަބްދުالله މުއްޠަލިބު ވިދާޅުވެއްޖެއެވެ.
03 Aug 2026
އައްޑޫ ލިންކު ރޯޑު މަރާމާތު ކުރަން 400 މިލިއަން ޚަރަދުވާނެ: ޑރ. މުއްޠަލިބު
އައްޑޫ ލިންކު ރޯޑަކީ ކޮންމެހެންވެސް ހަދަންޖެހޭ ތަނެއް ކަމަށާ، އެ މަގު ރަނގަޅު ފެންވަރެއްގައި މަރާމާތު ކުރަން 400 މިލިއަނެއްހާ ރުފިޔާ ހޭދަވާނެ ކަމަށް އިންފްރާސްޓްރަކްޗާ މިނިސްޓަރު ޑރ. އަބްދުالله މުއްޠަލިބު ވިދާޅުވެއްޖެއެވެ.