ރައީސް ޔާމީން ޖަލު އޮފިސަރުންގެ ބެއްލެވުމުގެ ދަށުން ޕޮލިހަށް ވަޑައިގަންނަވަނީ/ ފޮޓޯ: ހަތާވީސް
ހަބަރު
02 Jan 2023 | 10:00
ރައީސް ޔާމީން ޖަލަށް ލުމަކީ ދެވަނަ ދައުރެއް ހޯދުމަށް ރައީސް ސޯލިހު ކޮށި މަގެއް: އިދިކޮޅު

ޕީޕީއެމްގެ ރިޔާސީ ކެންޑިޑޭޓް ރައީސް ޔާމީން އަބްދުލްގައްޔޫމު ޖަލަށް ލުމަކީ ދެވަނަ ދައުރެއް ހޯއްދެވުމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހު ކޮށި މަގެއްކަމަށް އިދިކޮޅުން ބުނެފިއެވެ. 

އާއަހަރުގެ ތަހުނިޔާއާއެކު އިދިކޮޅުން ނެރުނު ބަޔާނެއްގައި ވަނީ ރައީސް ޔާމީން ޖަލަށްލީ ނުހައްގުން ހުކުމްކޮށްގެންކަން އިދިކޮޅުން ކުރަމުން އަންނަ ތުހުމަތުތައް ތަކުރާރުކޮށްފައެވެ. 

އެގޮތުން އިދިކޮޅު ކޯލިޝަނުން ބުނީ 2023 ވަނަ އަހަރު ފެށިގެން އައީ ދިވެހި ރައްޔިތުންގެ ޢުންމީދު ޤައުމުގެ ތަރައްޤީގެ ބާނީ ރައީސް ޔާމީން ޢަބްދުލްޤައްޔޫމްގެ މައްޗަށް ސިޔަސީ ނުފޫޒުން ޙަރާން ޙުކުމެއް ޖަހާ ޖަލުގެ ތޭރިތަކު ތެރެއަށް ލައިގެން އަނިޔާވެރިވަމުން ދަނިކޮށް ކަމަށާއި، އެމަނިކުފާނަށް ހަރާން ޙުކުމެއް ޖެހުމުގެ އެންމެ ބޮޑު ބޭނުމަކީ މިވަގުތު ރައީސުލްޖުމްހޫރިއްޔާގެ މަޤާމުގައި ހުރި އިބްރާހީމް ރައީސް އިތުރު ދައުރަކަށް އިންތިޚާބު ވުމަށް ކޮށާ މަގެއްގެ ގޮތުގައިކަން ދިވެހި އެންމެހައި ރައްޔިތުންނަށް ކަށަވަރުވާކަމަށެވެ. 

އޭގެ އިތުރުން އިދިކޮޅުން ބުނީ ރައްޔިތުންގެ ދިރިއުޅުމުގެ އަގު ބޮޑުކޮށް، ރައްޔތުން އަތުން 8 ޕަސެންޓް ގެ ޖީއެސްޓި ނަގާ ތަކެތީގެ އަގުބޮޑުކުރުމަކީ މި ސަރުކާރުން ރައްޔިތުންނަށް ދެމުން އައި ހިތްދަތިކަމާއި މާޔޫސްކަމަށް އިތުރުވި ބޮޅެއްކަމަށެވެ. 

އިދިކޮޅުން ބުނީ މި ފަދަ ހުރިހާ ކަމަކުން އަރައިގަނެވެން އޮތީ މިއަހަރު ރިޔާސީ އިންތިޚާބުގައި އިބްރާހީމް ރައީސް އާއި ސަރުކާރު ކޯލިޝަންގައި ހިމެނޭ ފަރާތްތައް ބަލިކޮށް ރައީސް ޔާމީން އަނބުރާ ވެރިކަމަށް ގެނެސްގެންކަމަށެވެ. 

ރައީސް ޔާމީން ޖަލުގައި ރަހީނުކޮށްގެން ގެންގުޅުނު ނަމަވެސް، އެމަނިކުފާނުގެ ހިތްވަރަށް ކުޑަވެސް ބަދަލެއް ނާންނަކަމަށާއި، އެމަނިކުފާނު ހިރީ ސާބިތުކަމާއެކުގައިކަމަށް އިިދިކޮޅިގެ ބަޔާނުގައި ބުނެފައިވެއެވެ. އަދި އެމަނިކުފާނުގެ އެ ހިތްވަރުން ހިތްވަރު ލިބިގަނެ ރައްޔިތުންވެސް ސާބިތުކަމާއެކު ތިއްބެވުމަށް އިދިކޮޅުން ވަނީ އިލްތިމާސްކޮށްފަ އެވެ. 

ކޮމެންޓް
ގުޅޭ ލިޔުންތައް
26 Sep 2026
ބައިސްކަލު ދުއްވުމަކީ ލަދުގަންނަންޖެހޭ ކަމެއް ނޫން؛ އެއީ ވަރަށް ފައިދާހުރި ކަމެއް
ބައެއް މީހުންގެ ނަޒަރުގައި ބައިސްކަލު ދުއްވުމަކީ ފަޤީރުންގެ ކަމެކެވެ. ސައިކަލެއް ނުވަތަ ކާރެއް ނެތީމާ ދެން ދުއްވާ އެއްޗެކެވެ. އެކަމަކު ޙަޤީޤަތް ވަރަށް ތަފާތެވެ. ދުނިޔޭގެ އެންމެ ތަރައްޤީ ވެފައިވާ އެންމެ ތަނަވަސް ޤައުމުތަކުގެ ރައްޔިތުން ކޮންމެ ދުވަހަކު ބައިސްކަލުގައި އޮފީހަށް ދެއެވެ. ފިހާރައަށް ދެއެވެ. ދަރިވަރުން ސްކޫލަށް ދެއެވެ. ބައިސްކަލު ދުއްވުމަކީ ލަދެއް ނޫނެވެ. އެއީ ތިބާގެ ހަށިގަނޑަށާއި ޖީބަށާއި ވެށްޓަށް ކޮށްދެވޭ ވަރަށް ބޮޑު ހެޔޮ ކަމެކެވެ
26 Sep 2026
އޭޝިއަން ގޭމްސް؛ އަންހެން ބީޗް ވޮލީ ޓީމް ފަހު މެޗުން މޮޅުވެއްޖެ
މިފަހަރުގެ އޭޝިއަން ގޭމްސްގެ ބީޗް ވޮލީ އިވެންޓުގައި ރާއްޖޭގެ އަންހެން ޓީމުން އެއް މެޗު ކާމިޔާބުކުރި ނަމަވެސް، މުބާރާތުގައި ވާދަކުރި ރާއްޖޭގެ ފިރިހެން ބީޗް ވޮލީ ޓީމަށް އެއްވެސް މެޗަކުން މޮޅުވެވިފައެއް ނުވެއެވެ.
26 Sep 2026
އދ. ގެ ކުށް ހުއްޓުވުމާ ބެހޭ ކޮންގްރެސްގައި ޕީޖީ ޢައްބާސް ޝަރީފް ތަޤުރީރުކުރައްވަނީ
ޕީޖީ އޮފީހުން ބުނީ މި ކޮންގްރެސްގައި ޕީޖީ ތަޤުރީރުކުރެއްވުމަށް ހަމަޖެހިފައިވަނީ މިއަދު އަދި މާދަމާ ކުރިއަށްދާ މަތީ ފެންވަރުގެ ބައްދަލުވުމާއި، ސައުތު އީސްޓް އޭޝިއާ ޖަސްޓިސް ނެޓްވޯކް (ސީޖަސްޓް) ގެ ބައްދަލުވުމާއި ހަމަހަމަ ޢަދުލުއިންޞާފު ކަށަވަރުކުރުމާ ބެހޭ ގޮތުން ބާއްވާ ވޯކްޝޮޕެއްގައި ކަމަށެވެ.
26 Sep 2026
މިއަހަރުގެ މިހާތަނަށް ރާއްޖެއަށް 1.5 މިލިއަނަށްވުރެ ގިނަ ފަތުރުވެރިން ޒިޔާރަތްކޮށްފި
މި ހިނގާ ސެޕްޓެމްބަރު މަހުގެ 23 ވަނަ ދުވަހުގެ ނިޔަލަށް ރާއްޖެއަށް ވަނީ ޖުމްލަ 1,562,968 ފަތުރުވެރިން ޒިޔާރަތްކޮށްފައި. އެންމެގިނަ ފަތުރުވެރިން ޒިޔާރަތްކުރީ ޗައިނާއިން.
26 Sep 2026
ބެލްޖިއަމް އަތުން އިޓަލީ ބަލިވެއްޖެ
މެޗްގައި އިޓަލީގެ ސަޕޯޓަރުންގެ ފަރާތުން ވަނީ ފާޑުކިއުންތައް އަމާޒުވެފައެވެ. މިކަމާ ގުޅޭގޮތުން މަންޗީނީ ބުނީ އަމިއްލަ ސަޕޯޓަރުންގެ ފަރާތުން އަމާޒުވި ފާޑުކިޔުންތަކަކީ ފުޓްބޯޅައިގެ އާންމު ކަމެއް ކަމަށެވެ.
26 Sep 2026
މާލީ މުއާމަލާތްތަކުގައި މެންޗެސްޓަރ ސިޓީން ހަޤީގަތް އޮޅުވާލިކަން ސާބިތުވެއްޖެ
މި މައްސަލައިގައި ސިޓީ ކުށްވެރިވެއްޖެނަމަ، ދެވިދާނެ އަދަބުތަކުގެ ތެރޭގައި ބޮޑު އަދަދަކުން ޖޫރިމަނާކުރުން، ޕޮއިންޓް އުނިކުރުން ނުވަތަ ޕްރިމިއަރ ލީގުން ވަކިކުރުންވެސް ހިމެނެއެވެ.
26 Sep 2026
ފްރާންސް މޮޅުވި މެޗްގައި އެމްބާޕޭއަށް އަނިޔާވެއްޖެ
ޒިދާން ފްރާންސަށް އިރުޝާދު ދިން ފުރަތަމަ މެޗުން އެޓީމް މޮޅުވިއިރު، ފްރާންސްގެ ގައުމީ ޓީމުގެ ކޯޗުކަމާ ހަވާލުވީ މިދިޔަ ހޫނު މޫސުމުގެ ވޯލްޑް ކަޕަށްފަހުއެވެ.
25 Sep 2026
ރަސްމާލޭގެ ބިމުގެ މިލްކުވެރިކަން ބޭރުގެ އެއްވެސް ބަޔަކަށް ނުދޭނެ: ރައީސް
"ނޭޝަން ޗެޓް" ޕޮޑްކާސްޓްގެ މިރޭގެ އެޕިސޯޑްގައި ވާހަކަފުޅުދައްކަވަމުން ރައީސް ވަނީ ރަސްމާލެ މަޝްރޫއު އާއި ބޯހިޔާވަހިކަމާ ބެހޭ ގޮތުން ވަރަށް ތަފްސީލު ގޮތެއްގައި ވާހަކަފުޅުދައްކަވާފައެވެ.