އެމްޑީޕީގެ އިންތިހާބާއި ގުޅޭ ކޮމިޓީން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގެ ތެރެއިން--ފޮޓޯ/އެމްޑީޕީ
ހަބަރު
02 Jan 2023 | 14:25
"އެމްޑީޕީން ވަކި ކޮށްފައިވާ ކަމަށް ރައީސް ނަޝީދު ވިދާޅުވި ހާމިދު، ވަކިވީ އަމިއްލައަށް އެދިގެން"

އެމްޑީޕީން ވަކި ކޮށްފައިވާ ކަމަށް އެޕާޓީގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވި ޕޮލިސް ބޯޑުގެ މެމްބަރު އަދި ރައްޔިތުންގެ މަޖިލިހުގެ ކުރީގެ މެމްބަރު ހާމިދު އަބްދުލްޣަފޫރު ޕާޓީން ވަކިވީ އަމިއްލައަށް އެދިގެން ކަމަށް އެމްޑީޕީގެ ޗެއާޕާސަންގެ ނައިބު އިބްރާހީމް ވަހީދު (އިބުރޭ) ވިދާޅުވެއްޖެއެވެ. 

ރައީސް ނަޝީދު ރޭ ބޭއްވެވި ނޫސްވެރީންގެ ބައްދަލްވުމުގައި, އެމްޑީޕީގެ ދަފްތަރުން ވަކިކޮށްފައިވާ 39،000 މެންބަރުން ވަކިކުރީ އެ މެންބަރުންނަށް ނުވެސް އެނގި ކަަމަށާ އަދި އެ މެންބަރުންނަކީ އެމްޑީޕީގެ ވަރަށް ދުވަސްވީ މެންބަރުން ކަމަށް ވަނީ ވިދާޅުވެފައެވެ.

އޭގެތެރެއިން އެމަނިކުފާނު ފާހަގަކުރެއްވި މީހުންގެ ތެރޭގައި، ހާމިދު އަބްދުލްޣަފޫރު ވެސް ހިމެނެއެވެ. 

މިކަމާއި ގުޅިގެން، މިއަދު އެމްޑީޕީގެ އިންތިހާބާއި ގުޅޭ ކޮމިޓީން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަ ދައްކަވަމުން އިބުރޭ ވިދާޅުވީ، ހާމިދު ޕާޓީން ވަކިވީ އަމިއްލައަށް އެދިގެން ކަމަށާ، އޭނާ ޕާޓީން ވަކިވުމަށް އެދި ފޯމު ލުމަށްފަހު، ޕާޓީން ވަކިކުރުން ލަސްވާތީ އެކަމާއި ގުޅިގެން ސިޓީވެސް ލާފައިވާ ކަމަށެވެ. 

"ހާމިދު އަބްދުލްޣަފޫރު އަމިއްލަ އަށް އެދިގެން ޕާޓީން ވަކިވީ. އޭނާ ޕާޓީން ކެނޑުން ލަސްވާތީ ކުރީގެ ޗެއާޕާސަން ހަސަން ލަތީފް އޭރުގެ ސެކެރެޓަރީ ޖެނެރަލް އަށް ގުޅުއްވާފައި އިލެކްޝަނާއި ގުޅައިގެން އަވސްކޮށްދޭންވެސް އެދިފައި އޮތީ އިނގޭތޯ. ހާމިދު ޕާޓީން ކަނޑައިދިނުމަށް. އެހެންވީމާ ނޯންނާނެ ނޫންތޯ. އަމިއްލަ އަށް އެދިގެން ހާމިދުވެސް ކެނޑިފައި އޮތީ." އިބުރޭ ވިދާޅުވިއެވެ. 

މީގެ އިތުރުން އިބުރޭ ވިދާޅުވީ، ރައީސް ނަޝީދުގެ ގާތް ޢާއިލާ ބޭފުޅުން ޕާޓީން ވަކިކޮށްފައިވާ ކަމަށް ވިދާޅުވާއިރު, ޕްރައިމަރީގައި ވާދަކުރައްވާ ކެންޑިޑޭޓް ނަންބަރު 2 އަދި ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ޞާލިހުގެ ވެސް އެއްބަނޑުއެއްބަފާ ބޭފުޅުން ޕާޓީން ވަކިވެފައިވާ ކަމަށެވެ. އަދި އެކަން އެނގުމުން އެ ބޭފުޅުންވެސް އަލުން ޕާޓީއާއި ގުޅިފައިވާ ކަމަށެވެ. 

އިބުރޭ ވިދާޅުވީ، އެމްޑީޕީގައި ތިބި މެންބަރުންގެ ތެރެއިން އިލެކްޝަންސް ގެ ދަފްތަރުގައި ނުހިމެނޭ މެމްބަރުން ޕާޓީން ކެނޑުމުގެ ކުރިން އެ މެންބަރުންގެ ލިސްޓު، މެންބަރުންގެ ނަމާއި، އައިޑީކާޑު ނަަންބަރު އަދި އެޑްރެސް ހިމެނޭހެން ހުރިހާ ދާއިރާގެ ރައީސުންނާއި ހުރިހާ އެމްޑީޕީގެ މަޖިލިސް މެމްބަރުންނަށް ދީފައިވާ ކަމަށެވެ. އަދި އެކަން ކޮށްފައި ވަނީ މެއި މަހުގެ 29 ވަނަ ދުވަހުގެ ކުރިން ކަމަށާ، އެއަށްފަހު އެފަރާތްތަކަށް އަލުން ޕާޓީއާއި ގުޅުމަށްވެސް އެދެވޭ ވަރަށް ވަގުތު ދީފައިވާ ކަމަށެވެ. 

އެހެންކަމުން، ދަފްތަރުގެ މައްސަލާގައި ރައީސް ނަޝީދު ދައްކަވާ ވާހަކަތަކަކީ ހަގީގަތުގައި ދެއްކޭނެ ވާހަކަތަކެއް ނޫންކަމަށް ވެސް އިބުރޭ ވިދާޅުވިއެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
03 Aug 2026
އުފެއްދުންތެރިކަމުގެ ޤައުމީ މައުރަޒުގައި އިންސާފްކޮށްދޭނޭ ފަނޑިޔާރުން ހޯދަނީ
ޝަރުތުތަކުގެ ތެރޭގައި ވާދަކުރުމުގެ ބައިގައި އެއްވެސް ގިންތިއަކުން ވާދަކުރާ ފަރާތެއް ކަމުގައި ނުވުމާއި، ފަނޑިޔާރުކަން ކުރުމަށް ހުށަހަޅާ ގިންތީގައި ވާދަކުރާ ފަރާތަކާއި އާއިލީ ގުޅުމެއް އޮތް ފަރާތެއް ނުވަތަ ވިޔާފާރީގެ މަސްލަހަތު އޮތް ފަރާތެއްކަމުގައި ނުވުމެވެ. މީގެ އިތުރުންވެސް އިތުރު ޝަރުތުތައް ހިމެނޭ
03 Aug 2026
ގިނަބަޔަކު އެ ފިލްމަކަށް އިންތިޒާރުކުރާ ޖަންނަތު މިރޭ އޮލިމްޕަހަށް
03 Aug 2026
ބެލްޖިއަމަށާއި، އީޔޫ ސަފީރުކަމުގެ މަޤާމަށް ދިޔާނާ ޢައްޔަންކޮށްފި
ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު، ބެލްޖިއަމަށާއި، ޔޫރަޕިއަން ޔޫނިއަނަށް ދިވެހިރާއްޖެއިން ކަނޑައަޅާފައި ހުންނަވާ ސަފީރުކަމުގެ މަޤާމަށް ކުރީގެ ބަންޑާރަ ނާއިބު ފާޠިމަތު ދިޔާނާ މިއަދު ޢައްޔަންކުރައްވައިފިއެވެ.
03 Aug 2026
ފެނަކައިގެ ގަވާއިދާ ޚިލާފު ޕްރޮމޯޝަންތައް ތަޙުޤީޤުކުރަން ފޮނުވަން ފާސްކޮށްފި
ފެނަކައިގެ މުވައްޒަފުންނަށް 2022 އަދި 2023ގައި ގަވާއިދާ ޚިލާފަށް ދީފައިވާ ވަޒީފާގެ ކުރިއެރުންތައް ތަޙުޤީޤުކުރުމަށް އޭސީސީ އަދި ފުލުހުންނަށް ފޮނުވަން މަޖިލީހުން ފާސްކޮށްފި.
03 Aug 2026
ޖަންގިޔަލުން ޑްރަގު ފެނުނު އަންހެންމީހާއަށް ކުރިދައުވާ އަނބުރާ ގެންދިޔަ ސަބަބު
އަންހެނެއްގެ ޖަންގިޔާ ތެރޭގައި ފޮރުވާފައި ހުރި މަސްތުވާތަކެއްޗަކީ އޭނާގެ އެއްޗެއް ކަމަށް ބުނެ، އެކަމާ ފިރިމީހާ ހަވާލުވުމާ ގުޅިގެން އެ އަންހެންމީހާގެ މައްޗަށް ކުރި ދައުވާ އަނބުރާ ގެންދަން ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީހުން ނިންމި ސަބަބު އެ އޮފީހުން ހާމަކޮށްދީފިއެވެ.
03 Aug 2026
މިޞްރަށް 5.6 މެގްނިޓިއުޑްގެ ބާރުގަދަ ބިންހެލުމެއް އަތުވެއްޖެ
މިޞްރުގެ ނޭޝަނަލް ރިސާޗް އިންސްޓިޓިއުޓް އޮފް އެސްޓްރޯނޮމީ އެންޑް ޖިއޯފިޒިކްސްއިން ހާމަކޮށްފައިވާ ގޮތުގައި، ރިކްޓަރ މިންގަނޑުން 5.6 ގެ ބާރުމިނުގައި އައި މި ބިންހެލުން ލޮގްކުރެވިފައިވަނީ ހޯމަ ދުވަހުގެ ފަތިހު 3:00 ގައެވެ. ނަމަވެސް، ޖަރުމަނުގެ ރިސާޗް ސެންޓަރ ފޯ ޖިއޯސައިންސަސް (ޖީ.އެފް.ޒެޑް) އިން ބުނެފައިވަނީ މި ބިންހެލުމުގެ ބާރުމިނަކީ 5.4 ކަމަށާއި، މިއީ ބިމުގެ 10 ކިލޯމީޓަރު އަޑިން އައި ބިންހެލުމެއް ކަމަށެވެ.
03 Aug 2026
އަމީނީ މަގަކީ އެމްޑީޕީ ސަރުކާރުގެ ފެންވަރު: މުއްޠަލިބު
މާލޭގެ އަމީނީމަގަކީ ނިމިދިޔަ އެމްޑީޕީ ސަރުކާރުން ފެށި މަޝްރޫއު އެއް ކަމަށާ، އެ މަޝްރޫޢުން އެނގިގެންދަނީ އެ ސަރުކާރުގެ މަސައްކަތުގެ ފެންވަރު ކަމަށް އިންފްރާސްޓްރަކްޗާ މިނިސްޓަރު ޑރ. އަބްދުالله މުއްޠަލިބު ވިދާޅުވެއްޖެއެވެ.
03 Aug 2026
އައްޑޫ ލިންކު ރޯޑު މަރާމާތު ކުރަން 400 މިލިއަން ޚަރަދުވާނެ: ޑރ. މުއްޠަލިބު
އައްޑޫ ލިންކު ރޯޑަކީ ކޮންމެހެންވެސް ހަދަންޖެހޭ ތަނެއް ކަމަށާ، އެ މަގު ރަނގަޅު ފެންވަރެއްގައި މަރާމާތު ކުރަން 400 މިލިއަނެއްހާ ރުފިޔާ ހޭދަވާނެ ކަމަށް އިންފްރާސްޓްރަކްޗާ މިނިސްޓަރު ޑރ. އަބްދުالله މުއްޠަލިބު ވިދާޅުވެއްޖެއެވެ.