އެމްޑީޕީގެ ޕްރައިމަރީއާއި ގުޅޭ އިންތިޚާބީ ކޮމިޓީން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގެ ތެރެއިން--ފޮޓޯ/ދެން
ހަބަރު
02 Jan 2023 | 16:04
ރައީސް ނަޝީދުގެ ކެންޕެއިން މެނޭޖަރުކަން ފުރަތަމަ ހުށަހެޅީ އަޅުގަނޑަށް: އިބުރާހިމް ވަހީދު

މި މަހު 28 ވަނަ ދުވަހު ބޭއްވުމަށް ހަމަޖެހިފައިވާ އެމްޑީޕީގެ ރިޔާސީ ޕްރައިމަރީގައި ވާދަކުރައްވާ އެމްޑީޕީގެ ރައީސް މުހައްމަދު ނަޝީދު ގެ ކެންޕެއިން މެނޭޖަރު ކަމަށް އެންމެ ފުރަތަަމަ އެމަނިކުފާނު ހުށަހެޅުއްވީ އެމްޑީޕީގެ ޗެއާޕާސަން ގެ ނާއިބު އަދި އިންތިހާބު ކޮމިޓީގެ ރައީސް އިބްރާހިމް ވަހީދު (އިބްރޭ) އަށް ކަމަށް އޭނާ ވިދާޅުވެއްޖެއެވެ.

އެމްޑީޕީ ޕްރައިމަރީގެ ކަންކަން އިންތިޒާމް ކުރުމަށް ނަގާފައިވާ ފަސް މެންބަރުންގެ ކޮމިޓީން މިއަދު ބޭއްވު ނޫސްވެރިންގެ ބައްދަލުވުމުގައި އެކޮމިޓީގެ ނަޒާހާތްތެރި ކަމާއި ގުޅޭ ގޮތުން ނޫސްވެރިޔަކު ކުރި ސުވާލަށް ޖަވާބު ދެއްވަމުން އިބުރޭ ވިދާޅުވީ، އެ ކޮމިޓީން ނިންމާ ކޮންމެ ކަމެއް ނިންމަމުން ދަނީ ވަރަށް ހާމަކޮށް ކަމަށެވެ.

"އަޅުގަނޑުގެ ނަޒާހާތްތެރި ކަމާއި ބެހޭގޮތުން އަޅުގަނޑަށް ހިޔެއް ނުވޭ ތި ސުވާލު ތިހެން އައިސް ފާނެ ކަމަށް. ރައީސް ނަޝީދުގެ ކެންޕެއިން މެނޭޖަރު ކަން އެންމެ ފުރަތަަމަ އޮފާ ކުރީ އަޅުގަނޑަށް. އެހެންވީމާ އެއްފަރާތެއްގެ މީހުން މި ކަމުގައި (އިންތިހާބު ކޮމިޓީގެ ކަންކަމުގައި) ހުސް އެއްފަރާތެއްގެ މީހުން ހުރި ކަމަށްވެސް ގަބޫލުކޮށްގެން ނުވާނެ. އަޅުގަނޑު ރައީސް ނަޝީދުގެ ކެންޕެއިން މެނޭޖަރު ކަމަށް ހުރި ނަމަ މިއަދު ތި ސުވާލު އަޅުގަނޑަށް ނުކުރާނެ". އިބުރޭ ވިދާޅުވިއެވެ.

އިބުރޭ އިތުރަށް ވިދާޅުވީ އިންތިހާބު ކޮމިޓީ ނަގާފައިވަނީ މީގެ ކުރިންވެސް ކޮމިޓީ ނަގަމުންދާ ގޮތަށް ކަމަށެވެ. ނަމަވެސް ސިޔާސީ ޕާޓީއެއްގެ މެމްބަރުންގެ ގޮތުގައި ތިބޭ ނަމަ، އެ މީހަކީ އެއީ ވަކި ފިކުރަކަށް ބުރަވާނެ މީހެއްކަން ފާހަގަކޮށް ވަހީދު ވިދާޅުވީ އޭގެ މާނައަކީ ކުރަމުން ދާ މަސައްކަތްތަކަށް ބުރޫތަކެއް އައުމެއް ނޫން ކަމަށެވެ.

"ސިޔާސީ ޕާޓީއެއްވީމަ، ކޮންމެ ބޭފުޅަކު ވެސް ކޮންމެވެސް އެއް ބޭފުޅަކަށް ތާއީދު ކުރާނެ. އަޅުގަނޑުވެސް ކުރާނެ ދެން ތިބި މީހުން ވެސް ކުރާނެ، އެކަމަކު އަޅުގަނޑުމެން ކޮންމެ ވެސް މީހަކަށް ތާއީދު ކުރުމަކީ، މި ކޮމިޓީން ކުރަން ޖެހޭ މަސައްކަތް ވަކި ފަރާތަކަށް ޖެހުނީ ނޫން ކަންނޭނގެ" އިބުރޭ ވިދާޅުވިއެވެ.

މިއާއެކު އިބުރޭ ވިދާޅުވީ، މި އިންތިޚާބުގައި ހުށަހެޅުނު ޝަކުވާތައް ވަރަށް ކައިރިން ބަލަމުން އަންނަ ކަމަށާއި އިންތިޚާބުގެ ސައްޙަކަން ކަށަވަރު ކުރަން އެ ކޮމިޓީން މަސައްކަތް ކުރާނެ ކަމަށެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
03 Aug 2026
އުފެއްދުންތެރިކަމުގެ ޤައުމީ މައުރަޒުގައި އިންސާފްކޮށްދޭނޭ ފަނޑިޔާރުން ހޯދަނީ
ޝަރުތުތަކުގެ ތެރޭގައި ވާދަކުރުމުގެ ބައިގައި އެއްވެސް ގިންތިއަކުން ވާދަކުރާ ފަރާތެއް ކަމުގައި ނުވުމާއި، ފަނޑިޔާރުކަން ކުރުމަށް ހުށަހަޅާ ގިންތީގައި ވާދަކުރާ ފަރާތަކާއި އާއިލީ ގުޅުމެއް އޮތް ފަރާތެއް ނުވަތަ ވިޔާފާރީގެ މަސްލަހަތު އޮތް ފަރާތެއްކަމުގައި ނުވުމެވެ. މީގެ އިތުރުންވެސް އިތުރު ޝަރުތުތައް ހިމެނޭ
03 Aug 2026
ގިނަބަޔަކު އެ ފިލްމަކަށް އިންތިޒާރުކުރާ ޖަންނަތު މިރޭ އޮލިމްޕަހަށް
03 Aug 2026
ބެލްޖިއަމަށާއި، އީޔޫ ސަފީރުކަމުގެ މަޤާމަށް ދިޔާނާ ޢައްޔަންކޮށްފި
ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު، ބެލްޖިއަމަށާއި، ޔޫރަޕިއަން ޔޫނިއަނަށް ދިވެހިރާއްޖެއިން ކަނޑައަޅާފައި ހުންނަވާ ސަފީރުކަމުގެ މަޤާމަށް ކުރީގެ ބަންޑާރަ ނާއިބު ފާޠިމަތު ދިޔާނާ މިއަދު ޢައްޔަންކުރައްވައިފިއެވެ.
03 Aug 2026
ފެނަކައިގެ ގަވާއިދާ ޚިލާފު ޕްރޮމޯޝަންތައް ތަޙުޤީޤުކުރަން ފޮނުވަން ފާސްކޮށްފި
ފެނަކައިގެ މުވައްޒަފުންނަށް 2022 އަދި 2023ގައި ގަވާއިދާ ޚިލާފަށް ދީފައިވާ ވަޒީފާގެ ކުރިއެރުންތައް ތަޙުޤީޤުކުރުމަށް އޭސީސީ އަދި ފުލުހުންނަށް ފޮނުވަން މަޖިލީހުން ފާސްކޮށްފި.
03 Aug 2026
ޖަންގިޔަލުން ޑްރަގު ފެނުނު އަންހެންމީހާއަށް ކުރިދައުވާ އަނބުރާ ގެންދިޔަ ސަބަބު
އަންހެނެއްގެ ޖަންގިޔާ ތެރޭގައި ފޮރުވާފައި ހުރި މަސްތުވާތަކެއްޗަކީ އޭނާގެ އެއްޗެއް ކަމަށް ބުނެ، އެކަމާ ފިރިމީހާ ހަވާލުވުމާ ގުޅިގެން އެ އަންހެންމީހާގެ މައްޗަށް ކުރި ދައުވާ އަނބުރާ ގެންދަން ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީހުން ނިންމި ސަބަބު އެ އޮފީހުން ހާމަކޮށްދީފިއެވެ.
03 Aug 2026
މިޞްރަށް 5.6 މެގްނިޓިއުޑްގެ ބާރުގަދަ ބިންހެލުމެއް އަތުވެއްޖެ
މިޞްރުގެ ނޭޝަނަލް ރިސާޗް އިންސްޓިޓިއުޓް އޮފް އެސްޓްރޯނޮމީ އެންޑް ޖިއޯފިޒިކްސްއިން ހާމަކޮށްފައިވާ ގޮތުގައި، ރިކްޓަރ މިންގަނޑުން 5.6 ގެ ބާރުމިނުގައި އައި މި ބިންހެލުން ލޮގްކުރެވިފައިވަނީ ހޯމަ ދުވަހުގެ ފަތިހު 3:00 ގައެވެ. ނަމަވެސް، ޖަރުމަނުގެ ރިސާޗް ސެންޓަރ ފޯ ޖިއޯސައިންސަސް (ޖީ.އެފް.ޒެޑް) އިން ބުނެފައިވަނީ މި ބިންހެލުމުގެ ބާރުމިނަކީ 5.4 ކަމަށާއި، މިއީ ބިމުގެ 10 ކިލޯމީޓަރު އަޑިން އައި ބިންހެލުމެއް ކަމަށެވެ.
03 Aug 2026
އަމީނީ މަގަކީ އެމްޑީޕީ ސަރުކާރުގެ ފެންވަރު: މުއްޠަލިބު
މާލޭގެ އަމީނީމަގަކީ ނިމިދިޔަ އެމްޑީޕީ ސަރުކާރުން ފެށި މަޝްރޫއު އެއް ކަމަށާ، އެ މަޝްރޫޢުން އެނގިގެންދަނީ އެ ސަރުކާރުގެ މަސައްކަތުގެ ފެންވަރު ކަމަށް އިންފްރާސްޓްރަކްޗާ މިނިސްޓަރު ޑރ. އަބްދުالله މުއްޠަލިބު ވިދާޅުވެއްޖެއެވެ.
03 Aug 2026
އައްޑޫ ލިންކު ރޯޑު މަރާމާތު ކުރަން 400 މިލިއަން ޚަރަދުވާނެ: ޑރ. މުއްޠަލިބު
އައްޑޫ ލިންކު ރޯޑަކީ ކޮންމެހެންވެސް ހަދަންޖެހޭ ތަނެއް ކަމަށާ، އެ މަގު ރަނގަޅު ފެންވަރެއްގައި މަރާމާތު ކުރަން 400 މިލިއަނެއްހާ ރުފިޔާ ހޭދަވާނެ ކަމަށް އިންފްރާސްޓްރަކްޗާ މިނިސްޓަރު ޑރ. އަބްދުالله މުއްޠަލިބު ވިދާޅުވެއްޖެއެވެ.